ހުޅުމާލެ ހޮސްޕިޓަލް ރޭޑިއޮލޮޖީ ޑިޕާޓްމަންޓް. -- ފޮޓޯ: ނިޝާން އަލީ
25 ނޮވެމްބަރ 2018 - 14:54
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަވެފައިި ވިޔަސް ދައުލަތުގެ ހެލްތު އިންޝުއަރެންސް، ހުސްނުވާ އާސަންދަ ލިބޭ ގޮތަށް އާސަންދަ ކުންފުނިން ހަމަަޖައްސައިފި އެވެ.
އާސަންދަ ކުންފުނިން މިއަދު ބުނީ އެގޮތަށް ހަމަޖެއްސީ އައިޑީ ކާޑު ހުށަހެޅުމުން ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ހިދުމަތް ލިބޭނެ ގޮތް ހެދުމަށް ކަމަށެވެ. ކުރިން އަމަލުކުރަމުން އައި ގޮތަކީ އައިޑީކާޑްގެ މުއްދަތު ހަމަވެފައި ވާނަމަ ހިދުމަތް ނުދިނުމެވެ.
އާސަންދައިގެ ހިދުމަތްދޭ ކުންފުނިތަކަށް މިއަދު ފޮނުވި ސާކިއުލާއެއްގައި ބުނީ ހުށަހަޅާ ކާޑަކީ ހިދުމަތް ހޯދާ ފަރާތުގެ ކާޑުކަން ކަށަވަރު ކުރުމަށް ފަހު ހިދުމަތް ދިނުމަށެވެ.
އާސަންދައިގެ ހިދުމަތަށް ބަދަލުތަކެއް ގެންނަވާނެ ކަމަށް ރައީސް ކަމުގެ ހުވާ ކުރެއްވުމަށް ފަހު އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ. އާސަންދައިގެ ހިދުމަތް ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ވެސް ލިބޭނެ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ނޭޝަނަލް މެންޓަލް ހެލްތު އިންސްޓިޓިއުޓް އުފައްދައި ނަފްސާނީ ބަލިތަކަށް ދެވޭ ފަރުވާ އަށް އާސަންދަ ލިބޭނޭ އިންތިޒާމު ހަމަޖެހިގެންދާނެ،" ވެރިކަމުގެ ފުރަތަމަ 100 ދުވަހު ކުރައްވާނެ ކަންކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވި އެވެ.
ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން މި އަހަރު ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ އާސަންދައިގެ ހިދުމަތް ދޭން ބިނާކޮށްފައިވާ ނިޒާމަކީ އެކަށީގެންނުވާ އޮޅުންބޮޅުން ބޮޑު ނިޒާމެއް ކަމަށެވެ. އަދި މެދުނުކެނޑި ސިއްހީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް މި އަށް ވުރެ ރަނގަޅު ނިޒާމެއް ވަރަށް އަވަހަށް ބިނާ ކުރަންޖެހޭނެ ކަމަށް ވެސް ޑަބްލިއުއެޗްއޯ އިން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހާދޮގޭ
25 November 2018
ދެނ ްއައިޑީކާޑެއއ ބޭނުމެއްނުވާނެ އެއްވެސްކަމަކު ބަންގާޅީންނާ ދިވެހިންނާ އެއްވަރުވީ ހަމަ ހަމަވީ
އުނބުށެން
26 November 2018
ބަންގާޅީންނަށް ދިވެއްސެއްކަން އަންގައިދޭކާޑު ހަދައިދޭތަ. ތަނެއްދޮރެއް ނުބަލައި ވެސް ކޮމެންޓް ކުރަންވާނެއެވެ. މުއްދަތު ހަމަވިޔަކަސް އެމީހެއްގެ ދިވެހިރައްޔިތެއްކަމުގެ ހައްގު ގެއްލިގެންނުދެއެވެ. އެހެނޭ ކިޔާފައި ބިދޭސީންނަށް މުއްދަތު ހަމަވެފައިވާ ކާޑެއް ދެއްކޭނެ ބާވައެވެ.
ހީސަމާސާ
25 November 2018
އަޑިކާޑްގެ މުއްދަތުހަމަވެފައި އޮތަސް ހޮސްޕިޓަލުން ލިބެންޖެހޭ ހުރިހާ ޚިދުމަތެއް ލިބޭގޮތަށް ހަމަޖެއްސުން އެދެން. އަދި އެނޫންވެސް ސަރުކާރުގެ އެހެން މުއައްސަސާތަކުން ދޭޚިދުމަތުގެ ތެރެއިންވެސް އައިޑީކާޑް ބޭނުންކުރަންޖެހޭ ހުރިހާ ކަމަކަށް މިއުސޫލު އޮންނަ ގޮތަށް ހަމަޖެއްސުން ރަނގަޅު. ހަމައެއާއެކު ކޮންމެ 7 އަހަރަކުން އައިޑީކާޑް އާކުރަންޖެހޭ ގޮތަށްވެސް ހަމަޖައްސައި މުއްދަތު ހަމަވުމުގެ 3 މަސްކުރިން އައިޑީކާޑްގެ ވެރިފަރާތަށް ހަނދާންކޮށްދިނުން ރަނގަޅު.
ޖަޒީރާމީ
25 November 2018
މީޖަޒީރާ ރާއްޖެ މިތާގައި ހަމައެއް ލަމައެއް ނޯންނާނެ.
ކަނޑުކޮހުން
25 November 2018
ބަލިވެ ނޭވާ ހޮޅިއަށް އެޅުނީމާ ފުރަތަމަ ދާންވީ އައިޑީ ކާޑު ޔުނިޓަށް ދޯ؟
ބްލެޑަރ
25 November 2018
ޑޮމެސްޓިކް ފްލައިޓް ތަކުން ފުރާމީހުނަށް މުއްދަތު ހަމަ ވެފަ އޮތް އައިޑީ ކާޑު ބޭނުން ކޮށްގެން ފުރޭނެތަ؟
ކޭކުބެ
25 November 2018
ފުރެންވާނެ. ސަބަބަކީ މީހާ އަށް ދީފައިވާ އައި.ޑީ ކާޑުން އޭނައަކީ ކާކުކަން ކަށަވަރުވެފައި ފުން. އަދި އަލުން އައި.ޑީ ކާޑު ހެއްދިއަަސް ނަންބަރުވެސް ބަދަލުނުވާތީ.
ބްލެޑަރ
25 November 2018
ޑޮމެސްޓިކް ފްލައިޓް ތަކުން ފުރާމީހުނަށް މުއްދަތު ހަމަ ވެފަ އޮތް އައިޑީ ކާޑު ބޭނުން ކޮށްގެން ފުރޭނެތަ؟
ޘަރޫ
25 November 2018
މަށައްފެނޭ އާސަންދަ ހުއްޓާލަފަ އެއީ ހަމައެކަނި ނިކަމެތިންނައް ލިބޭ އެއްޗަކައް ހަދަން. ކަނޑާލާފަ ބާކީވާ ބައިން ގޭގޭގެ ކުލިދައްކަން ހަރަދުކުރަން ?
މަރޭމިތުރާ
25 November 2018
[[އާސަންދަ ގުޅިފައިވީ ބަލިބައްޔާއި، އާސަރުކާރުގެ ވިސްނުން ދިވެހިންނަށް، އާސަންދަލިބުން ދަތިވާދަތިވުން، އާސަރުކާރުން ކަނޑުވައިލީ އައިޑީކާޑުން.]]
ބުއްދިހުސޭނުބޭބެ
25 November 2018
ވަރަށް ރަނގަޅު ނިންމުމެއް! މީގެ ދެދުވަސްކުރިން އައި ޖީ އެމް އެޗް ހޮސްޕިޓަލުން ދިމާވި އާއިލާއެއް އިމަޖެންސީގަ ބަލިވެގެން ގެނައި ކުއްޖަކަށް ޑޮކްޓަރަށް ދައްކަން އައިޑީކާޑުގެ މުއްދަތު ހަމަވެފަ އޮވެގެން އެއާއިލާގެ މީހުން އާދޭސްކޮށްވެސް ލާރިނުދައްކާ ޑޮކްޓަރަށް ދެއްކޭގޮތެއްނުވި، ބުނަމުން ދިޔައީ އަދި މިކޮޅަކަށް އަންގާފަކަނެތޭ އެހެންވީމަ ޖެހޭނީ ލާރިދައްކާށޭ!!
އަޖީތު
25 November 2018
100 ދުވަހުގެ ވައުދުތައް ފަތުއަޑުކިޔާފައި މިދަނީ ފުއްދަމުން. ވަަރަށް ބޮޑަށް ޝުކުރިއްޔާ ރައީސް އިބޫ!
ދުސްނާ
25 November 2018
މީ ސަރުކާރުން ރައްޔިތުންނަށް ބޮޑުކަމެއް ކޮށްދިންކަމަކަށް ނުވާނެ..ކަރަންޓް ފެން ކުލި މިކަންކަމަށް ހައްލެއް ގެނެބަލަ.. ދޮންކޭލާއި ކިރު ވިހާ ފަރާތްތަކަށް ހަދިޔާ މީތޯ ރައްޔިތުންގެ ބޭނުންތަކަކީ؟؟
ފަސްކިލަނބު
25 November 2018
ކުލި ކުޑަކުރެވޭނެ. އެހާ ހިއްވަރު ކޯލިޝަންގައި ހުރިކަމަކަށް އަދި ނުފެނޭ.
އަލިބެއްޔާ
25 November 2018
މީ އެހާ ބޮޑުކަމަށް ހީނުވެދާނެ. އެކަމަކު ބޮޑުކަމަކު ހޮސްޕިޓަލް އެމަރޖެންސީއަށްގޮސް އައިޑީކާޑު ބަލައި ނުގަނެގެން އުޅޭއިރު އެތަކުލީފު އުފުލާ އާއިލާއަކަށް އެއީ ބޮޑުކަމެއް.