ތޮއްޑޫގައި ހައްދާފައި ހުރި ކަރާ ދަނޑުތަކެއް.
10 ޑިސެމްބަރ 2018 - 12:25
ދަނޑުވެރިކަން ކުރުމަށް ރާއްޖެ އިން ބޭރުން އެތެރެ ކުރާ ތަކެތި ޑިއުޓީ ކަނޑާލުމަށް އެކްސްޕޯޓް، އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް ހުށަހެޅުއްވި ބިލްގައި ދަނޑުވެރިކަން ކުރުމަށް އެތެރެ ކުރާ ތަކެތީގެ ތެރެއިން ދަނޑުވެރިކަމާ ބެހޭ ސިޔާސަތުތައް ކަނޑައަޅާ ފިޝަރީޒް މިނިސްޓްރީން އާންމުކޮށް ޝާއިއުކުރާ ތަކެތި ޑިއުޓީ ކަނޑާލަން ވަނީ ހުށަހަޅުއްވައިފަ އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި، މި ބިލް ހުށަހެޅުއްވުމުގެ ބޭނުމަކީ ރާއްޖޭގެ އިގްތިސާދު ފުޅާކުރުމަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދަނޑުވެރިކަން ފަށައި، ފުޅާ ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމެވެ.
ދަނޑުވެރިކަން ކުރުމަށް އެތެރެކުރާ އެންމެހައި ތަކެއްޗާއި ދަނޑުވެރިންގެ އުފެއްދުންތައް ބާޒާރަށް ނެރުމަށް އަދި އެކްސްޕޯޓް ކުރުމަށް ފުރިހަމަ ކުރަން ޖެހޭ މިންގަނޑުތައް ފުރިހަމަ ކުރުމަށް ބޭނުންވާ އެންމެހައި ތަކެތިން އިމްޕޯޓް ޑިއުޓީ ދައްކަން ނުޖެހޭ ގޮތަށް ހަމަޖެއްސުން ކަމަށް ބިލްގައިވެ އެވެ.
ބިލަށް އަމަލު ކުރަން ފަށާނީ، ބިލް ފާސްވެ ރައީސް ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރުމުންނެވެ.
މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 100 ދުވަހުގެ އެޖެންޑާގައި ހިމެނޭ ވައުދެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެ
10 December 2018
ރާއްޖޭގެ ގިނަ ދަނޑުވެރިން މިހާރު ވަރަށްގިނަ ޕެސްޓިސައިޑްސް ބޭނުންކުރޭ. ތަރުކާރީއާއި މޭވާ ކައިގެން ލިބޭނެ ފައިދާއަށްވުރެ ގެއްލުން ބޮޑުވާނެވަރަށް މިކަން ކުރޭ. މިބުނީ ކައިރި އިންޑިޔާއިން ގެންނަ އެއްޗިހި ވަކި ރަނގަޅުވާނެއެކޭ ނޫން. ތަންކޮޅެއް ބޮޑަށް ރެގިއުލޭޓް ކުރެވެން ޖެހޭ ކަމެއް މިއީ.
ބަޑީ
10 December 2018
ޑިޔުޓީ ކަނޑާލުމަކީވެސް ދަނޑުވެރިކަމަށް ފައިދާއެއް ކޮށްފާނެ ކަމެއް!! ހަމަ އެއާއެކު، މިނިސްޓްރީން އެބަޖެހޭ ދަނަޑުވެރިކަން ކުރާނޭ ގޮތާ ކުރެވޭނެގޮތް އެންމެންގެ އަތްފޯރާ ހިސާބަށް ގެންނަން. ދަނޑުވެރިން ހައްދާ އެތިކޮޅަށް އެކަށިގެންވާ އަގެއް ލިބޭނެގޮތް ސަރުކާރުން ހަދާދޭންޖެހޭ. ދަނޑުތަކަށް ޖެހޭ ބަލިތަކަށް ދޭނެ ފަރުވާއާއި ބޭސް ލިބޭނެގޮތާ، ނާސަރީ ހިދުމަތާ، ތަފާތުވައްތަރުގެ އެއްޗެހި ހެއްދޭނެ އެންމެ ފަސޭހަގޮތްތައްވެސް ފަސޭހައިން ލިބޭނެގޮތްވުން.
އަބްދުﷲ
10 December 2018
ޑިއުޓީ ކަނޑާލެވިދާނެ. ނަމަވެސް ވިއްކާ އެއްވެސް އެއްޗެއްގެ އަގެއް ހެވެއްނުކުރާނެ.. ހުރިހާ މަންފާއެއް ވިޔާފާރިކުރާ މީހާއަށް...
ފޮޓޯ ފެނިފަ
10 December 2018
ޚަބަރާއިގުޅޭ ފޮޓޯ ފެނިފައި މަހީކުރީ ޖަންގަލީގަ ފިލާ ތިބި، މިލިޓަރީ ސިފައިންތަކެއް ކަމަށް!
ނަން
10 December 2018
ލައްކަ ގިނަ އެއްޗެހި ދަނޑުވެރިކަމަށް ދެން އެތެރެކުރާނެ ތޯއްޗެއް. މި ފޯނުވެސް މީ ދަނޑުވެރިކަމަށް ބޭނުންކުރާ އެއްޗެއް. އެވެސް ވަކިބަޔަކު އެތެރެކޮށްފިއްޔާ. މިހެން ނުވެއްޖެއްޔާ ރަނގަޅު.
ތިމާވެށި
10 December 2018
ދަނޑު ވެރި ކަމުގައި ދިވެއްސަކު ބައިވެރި ނުކޮށް ބިދޭސީން ފައިސާ ގެ މުއާމަލާތް ކުރުމަކީ މިހާރު އޮތް އެންމެ ބޮޑު އެއް މައްސަލައެވެ. ހައްލު ވާނީ ފައިސާ އާ ހަވާލުވާން ކޭޝިއަރުންގެ ގޮތުގަ ގަވާއިދާ ހިލާފައް ހުންނަ ބިދޭސީން ނާ މެދު ފިޔަވަޅު އަޅައިގެންނެވެ.
އުނބުށެން
10 December 2018
ޑިއުޓީ ކެނޑީމާ އޭގެ ފައިދާ އާންމު މީހާއަށް ކުރޭބާވައެވެ. މޭވާއިން ނެގި ޑިއުޓީ ކުޑަކުރީމާ މޭވާ ލިބޭ އަގުތައް ހެޔޮވެއްޖެ ބާވައެވެ. ޓެކްސް ދައްކައިގެން ތަންތަން ކުއްޔަށް ހިފައިގެން މުވައްޒަފުންނަށް މުސާރަ ދީގެން ކަރަންޓާއި އެހެންވެސް ކަންކަމަށް އިތުރަށް އެތައް ޚަރަދެއް ކޮށްގެން ހިންގާ ފިހާރަތަކުގައި ވިއްކާތަކެތި ދަތުރުވެރިންގެ (ލޯކަލް މާރުކޭޓް) މާރުކޭޓުގައި މިބުނެވުނު އެއްވެސް ޚަރަދެއްނުކޮށް ވިއްކާއަގުވެސްވަކި ކުޑައެއް ނޫނެވެ.
ބަޑީ
10 December 2018
ރަގަޅު ވަހަކައެއް، ޑިއުޓީ ކެނޑީމާ އޭގެ ފައިދާ އާންމު މީހާއަށް ނުކޮށްފާނެ!! އެކަމު، ދަޑުވެރިކަން ކުރަންބޭނުންވާ މީހާއަށް ފަހަރުގައި ތަންކޮޅެއް އަގުހެޔޮކޮށް އެއްޗެހި ލިބުމަކީ އެކަށިީގެންވާކަމެއް. ހީވަނީ ކޮންމެސް ބަޔަކަށް ހެޔޮ ފައިދާއެއް ކުރާނެހެން. ހިގާބަލަމާ.