ޚަބަރު / ސިވިލް ކޯޓް

ފައިރޫޝާއި ރިޔާޒަށް އަލުން ފުލުހުންގެ ވަޒީފާދޭން ހުކުމްކޮށްފި

ފައިރޫޝް: އޭނާއަށް އަލުން ވަޒީފާދޭން ސިވިލް ކޯޓުން މިއަދު ވަނީ ހުކުމް ކޮށްފައި

ކުރީގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް އާއި ކުރީގެ ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒަށް އަލުން ވަޒީފާ ދޭން ދައުލަތުން އެއްްބަސްވުމުން ސިވިލް ކޯޓުން އެ ގޮތަށް މިއަދު ހުކުމްކޮށްފި އެވެ.

ފައިރޫޝް މިދިޔަ އަހަރުގެ ފަހުކޮޅު ފުލުހުންގެ ވަޒީފާއިން ވަކިކުރީ ސޯޝަލް މީޑިއާގައި ސަރުކާރާ ބެހޭގޮތުން ނުބައި ތަސައްވުރެއް އުފެދޭ ގޮތަށް ވާހަކަ ދެއްކި ކަމަށް ބުނެ އެވެ. އޭނާ ވަކި ކުރިއިރު ހުރީ ޕީއެޗްޑީއަށް ތައުލީމް ހާސިލް ކުރުމަށްޓަކައި އޮސްޓްރޭލިއާގަ އެވެ.

ބޮޑެތި މައްސަލަތައް ތަހުގީގު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ރިޔާޒް ފުލުހުންގެ ވަޒީފާއިން ވަކިކުރީ އޭނާގެ އަޚުލާގީ މައްސަލައެއް ބެލުމަށް ފަހު އެވެ.

ފައިރޫޝާއި ރިޔާޒަށް އަލުން ވަޒީފާދޭން ސިވިލް ކޯޓުން މިއަދު ހުކުމްކުރީ އެ ދެ ބޭފުޅުން ދާދިިފަހުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާއިންނެވެ. ޝަރީއަތަށް މައްސަލަ ފޮނުވުމުގެ ކުރިން ހައްލެއް ލިބޭތޯ ކުރިއަށް ގެންދާ އެ މަރުހަލާގައި ދައުލަތުން ވަނީ ފައިރޫޝާއި ރިޔާޒް ވަކި ކުރުމުގައި އިޖްރާއާތުތައް ފުރިހަމަ ނުވާ ކަމަށް އެއްބަސްވެފަ އެވެ.

ރިޔާޒް: ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް ދޭން އެންގި.

ހުކުމުގައި އެންގީ ފައިރޫޝާއި ރިޔާޒަށް އެ މީހުން ކުރި ތިބި ފެންވަރުގެ ވަޒީފާއެއް ދިނުމަށާއި ވަކިކުރި ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ދިނުމަށެވެ.

ފައިރޫޝާއި ރިޔާޒްގެ އިތުރުން ކުރީގެ އެސްއޯ ފުލުހެއް ކަމަށްވާ އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ އިބްރާހިމް (ޑީޑީ) އަށް ވެސް އަލުން ވަޒީފާދޭން ކޯޓުން މިއަދު ހުކުމްކުރި އެވެ. އޭނާގެ މައްސަލަ ވެސް ނިންމީ ޑިސްޕިއުޓް މަރުހަލާއިންނެވެ.

ފައިރޫޝާއި ރިޔާޒާއި ޑީޑީއަށް ވަޒީފާދޭން އަމުރު ކުރިއިރު، ފުލުހުންގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ މުހައްމަދު ހަމީދު (އެމްސީ) ހަމީދަށް އަލުން ވަޒީފާދޭން ސުޕްރީމް ކޯޓުން ހުކުމް ކުރުމުން އޭނާއަށް އަލުން ވަޒީފާދީ، އެކްޓިން ޕޮލިސް ކޮމިޝަނަރު ކަމަށް ވެސް އޭނާ ވަނީ އައްޔަންކޮށްފަ އެވެ. އެކްޓިން ކޮމިޝަނަރު ކަން އޭނާއަށް ދިނީ ޕޮލިސް ކޮމިޝަނަރުގެ މަގާމުން ހަމްދޫން ރަޝީދު ވަކި ކުރެއްވުމަށް ފަހު އެވެ.

މީގެ އިތުރުން ސިފައިންގެ ކުރީގެ ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ޝަމާލަށް އަލުން ވަޒީފާދޭން މިދިޔަ އަންގާރަ ދުވަހު ހައި ކޯޓުން ހުކުމް ކުރުމުން އެ ދުވަހު އޭނާއަށް އަލުން ވަޒީފާދީ، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އޭނާ ވަނީ އައްޔަންކޮށްފަ އެވެ.

14 ކޮމެންޓް, 48 ރިއެކްޝަންސް

icon happy icon happy 44%
icon sad icon sad 4%
icon angry icon angry 52%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުހައްމަދު ބ

14 December 2018

އެހެންވީމާ ކުރިން ކުރި ގޯސް ހުކުމް ކުރި މީހުން ކުރީ ކޮންގޮތަކަށް ބަލާފަތޯ. މިއީ އަޖައިބެއފަދަ ހުކުމްތަކެއް އަންނަ ދުވަސްވަރެއް.

The name is already taken The name is available. Register?

ޏަޖީބް

14 December 2018

ޓތީ ދެން މިހާރު އޯވާރވީ މީހަކައް ސަރިއަތުން ވަޒީފާދޭން ހުކުމެއްކޮށްފާނެ އެކަމަކު ވަޓް އިޒް ދިސް..

The name is already taken The name is available. Register?

ކޮވެލި

14 December 2018

ކަރޯ އައްބާހާ ޑީބީ ޝާހިދާ ކާނަލް ޒިޔާދު އަދި ފަލްކަނަށްވެސް ވަޒީފާ ހައްގު

The name is already taken The name is available. Register?

މަރުމޯލު

14 December 2018

ހައްޕު......

The name is already taken The name is available. Register?

ޛުލީ

13 December 2018

ފައިރޫޒް އަށް ކިޔަވައިދެނީ ވިލާއިން ރިޔާޒް އުޅެނީ ކުރީގެ ސީޕީ ރިޔާޒްކާރީ. ދެން މަންޒަރު ވަރަށް ސާފު. ދެންް އެފްއޭ ލާ ކޮމިޝަރަކަށް

The name is already taken The name is available. Register?

ޜޮހެންޔާ ކުޑަ ތުއްތު

13 December 2018

ބައެށް ފަހަރު ރަނގަޅު ޑިސިސަން ކަަމަށް ހީކޮށް ރޯންގުވެސް ނެގެއެވެ. ޙެހެހެ

The name is already taken The name is available. Register?

ޝާމް1945

13 December 2018

އަދި އެމްޑީޕީ މުޒާހަރާ ގައި ފުލުހުންނާއި ދެކޮޅަށް ނިކުމެ މުޒާހަރާގެ ބައިވެރިންނާއި ގުޅުމުން، ވަޒީފާ އިން ވަކިކުރި ކުރީގެ އެސް.އޯ ކުދިންނަށް ވެސް ވާނެ އަލުން ވަޒީފާ ދޭން.

The name is already taken The name is available. Register?

Fisaarikanbaleh

13 December 2018

ކޮބާތޯ އާދައިގެ ރައްޔިތުމީހާ ވަޒީފާއިން ގަކިކުރީމަ ލިބުނު ހައްޤު؟

The name is already taken The name is available. Register?

ތޮރުފި އުނދުޅި

13 December 2018

މިއީ ފުކެއްބޮޑުވަރު ...

The name is already taken The name is available. Register?

ޢަލީ7777777

13 December 2018

ޢިބޫ ވަރަށް ޑިސަޕޮއިންޓިންގ. ކޯޓްތަކަށް ތިމަންނަ ނުފޫޒް ނުފޯރުވާނަމޭ ކިޔާފަ ކީއްތޯ ތިޔަކުރައްވަނީ ، ސިވިލްކޯޓްގައި ދެރަނިކަމެތިންގެ މައްސަލަތައް ފުނިޖެހިފައިހުރި އިރު އެެމައްސަލަތައް ނުނިންމާ ކެމްޕޭންގައި އެހީތެރިވެދިން ކުދިންކޮޅަށް ވަޒީފާ ތިޔަދެއްވަނީ. ÷ޕޮލިސް ސިޔާސީ ނުފޫޒުން އެއްކިބާވާނޭގޮތެއް ހަރާން.

The name is already taken The name is available. Register?

ޖިނާޙް

13 December 2018

އެމައްސަލަތައް ވެސް ކުރިޔަށްދާނެ ސުރުޚީއަށް ނާރަނީ

The name is already taken The name is available. Register?

އިހުސާންބެ

14 December 2018

އެހެންވީމާ ރައީސް އިބްރާހިމް ސޯލިހު ވެސް ދެންތިބި މީހުންވެސް އަނެއްކާވެސް ހުރިހާ ޖަރީމާއެއް ހިންގުމަށް މަގުފަހި ކޮށްދެންވީ ދޯ އެހެން ހުރުހާ ޖަރީމާއާ ކުށްތައް ބަލާފައި ނޫނީ ނުބެލޭނޭގޮތް ހަދައިދީގެން؟ ކުށްވެރިން ހިމާޔަތްކޮށްދޭން ހާދަމޮޮޅެތި ބަހަނާ މީހުން ދައްކައޭވާ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454