ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން ވާހަކަ ދައްކަވަނީ. -- ފޮޓޯ: ހުސެން ވަހީދު/މިިހާރު
03 ޖެނުއަރީ 2019 - 16:12
އަންނަ ހަފުތާގެ ހުކުރުދުވަހުން ފެށިގެން ބަންދުކުރަން ނިންމީ، ބައިބޯ، އާއްމުންނަށް ނުކުމެ އުޅެން ދަތި ސަރަހައްދުތައް ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
މާލޭގެ ބައެއް ސަރަހައްދުތައް ބަންދުކޮށް، ކުޑަކުދިންނާއި އާއްމުންނަށް ހިތްފަސޭހަ މާހައުލެއް ހޯދައި ދިނުމަކީ މި ސަރުކާރުގެ 30 ދުވަހުގެ ތެރޭގައި ފުއްދަން ވެފައިވާ ވައުދެކެވެ.
ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން ވިދާޅުވީ ބަންދުކުރާނެ ސަރަހައްދުތައް ކަނޑައެޅިއިރު، ކުޑަކުދިން ކުޅެ، އެކި ހަރަކާތްތައް ހިންގޭނެ ފަދަ ތަންތަން ބަންދުކުރަން ސަމާލުކަން ދީފައިވާނެ ކަމަށެވެ.
"އަޅުގަނޑުމެން ވިސްނީ މާލޭގެ ސަރަހައްދުތަކުގެ ތެރެއިން ވީހާވެސް ބައިބޯ، ނުކުމެ ނޫޅެވޭ ކަހަލަ ސަރަހައްދުތަކުގެ ގޯޅިތައް [ބަންދުކުރުމަށް]،" ޝާމިން ވިދާޅުވި އެވެ.
މާލެ އިން ޖަޒީރާ މާހައުލެއް ހޯދައިދޭން 13 ސަރަހައްދެއް ބަންދުކުރަން ނިންމާފައި ވަނީ ހުކުރުދުވަހުގެ ހެނދުނު 6:30 އިން 10:30 އަށެވެ. އެ ގަޑިތަކުގައި އެ މަގުތަކުގައި ވެހިކަލް ދުއްވުން މަނަލެވެ.
1. ހެންވޭރު ސްޓޭޑިއަމްއާ ޖެހިގެން އޮންނަ ދޭލިޔާ ހިނގުން.
2. މޫނިމާ ހިނގުން/ ހެންވޭރު
3. ގަލޮޅު ސިޓީޕާކުގެ ދެކުނަށް އޮންނަ ގޯޅި.
4. ޑެއިޒީ މަގު/ ގަލޮޅު
5. ދެވިނަ މަގު/ މައްޗަންގޯޅި
6. ވައިދެރި ހިނގުން/ މައްޗަންގޯޅި
7. ބެންތެޔޮ ގޯޅި/ މާފަންނު
8. އަސުރުމާ ގޯޅި/ މާފަންނު
9. ފަނޑިޔާރު މަގު/ މާފަންނު
10. ކާނޭޝަން މަގު/ މާފަންނު
11. ކުޅިދޮށު މަގު/ މާފަންނު
12. ހިލާލީ މަގު/ މާފަންނު
13. މާފަންނު މަދަރުސާ އިން ފެށިގެން ރަސްރަނި ބަގީޗާގެ ދެމެދު އޮންނަ މަޖީދީ މަގުގެ ސަރަހައްދު
ހައުސިން މިނިސްޓްރީން ބުނިގޮތުގައި ބަންދުކުރާ މަގުތަކުގައި ބައިސްކަލް ދުއްވުމާއި ސްކޭޓް ކުރުން ފަދަ ހަރަކާތްތައް ކުރިއަށް ގެންދެވޭނެ އެވެ. އެކަމަކު، ކުޅިވަރުގެ މުބާރާތްތައް ފަދަ ކަންކަން ނުބޭއްވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ މަގުތަކުގައި ކުރެވޭނެ ކަންތައްތަކާއި ނުކުރެވޭނެ ކަންތަކުގެ އުސޫލެއް އެކުލަވާލައި އަންނަ ހަފުތާގައި ގެޒެޓް ކުރަން ވަނީ ނިންމައިފަ އެވެ.
މަގުތައް ބަންދުކުރާއިރު، އާއްމުން އެހީތެރިކަން ދިނުމަށް ފުލުހުން އިލްތިމާސްކުރި އެވެ. ކޯން ޖަހައިގެން މަގުތައް ބަންދުކޮށްފައި ހުންނަ ވަގުތުތަކުގައި އާއްމުން ވަދެ ނުކުމެ އުޅެން އުނދަގޫވާ ގޮތަށް ސައިކަލްތައް ޕާކުކުރުން ފަދަ ކަންކަން ނުކުރުމަށް ވެސް ފުލުހުން އެދުނެވެ.
ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ފާތިމަތު ނަޝްވާ (ކ) އާއި ޗީފް ސްޓޭޝަން އިންސްޕެކްޓަރު އިލްޔާސް އަދި މާލެ ސިޓީގެ ފަރާތުން ސަބް-އިންސްޕެކްޓަރު އަބްދުﷲ ރަޝީދު ވާހަކަ ދައްކަވަނީ. --ފޮޓޯ/ހުސެއިން ވަހީދު/މިހާރު
ފުރަތަމަ 13 މަގެއް ބަންދުކުރުމަށް ފަހު، ތަރުހީބު ލިބޭ ވަރަކުން އިތުރު މަގުތައް ބަންދުކުރަން ވިސްނާފައިވާ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫނޭވާ
04 January 2019
ދިރާސާފަށެއް ކޮށްފަ ތިޔަ މަގުތައް ތި ކަނޑައެޅީ. ތިޔަތަނުގައެބަ އޮތް ދުވާލު ގަޑީ ދުއްވާ އެއްޗެއް ހާލަކުން ފަހަރަކު ފެންނަ މަގެއްވެސް. އެމަގުގަ ހުންނަ ގެސްޓްހައުސްއިން ފަތުރުވެރިން ފުރަންދާންވެސް ލަގެޖާއެކު ނިކުމެގެން ދާންޖެހެނީ ބޮޑުމަގާ ހަމައަށް ހިނގާފަ އަބަދުވެސް. 4 ފުރޮޅުލީ އެއްޗެއް ވަންނަ މަގެއްނޫން. މަގުގެ އެއް ފަރާތުގަ އެކަނި 5 ވަރަކަށް ގެ ހުންނަނީ. ބައިބޯވެފަ ނިކުމެ އުޅެން ދަތިވުމުގެ ޝަރުތު ފުރިހަމައެއްނުވޭ އެ މަގެއް.
މަގުމަތި
04 January 2019
ޟަގުތަކެއްނޫނޭ ބަންދުކުރަންވި ގަވައިދާ ކިލާފަށް އުޅޭ ބަންގާޅީން ބަންދުކޮށްބަލަ
ކަނބިލި
04 January 2019
މިފަހަރު ތިޔަ ކަންތައް ކުރި އިރު ސިޓީ ކައުންސިލްގެ ދައުރެއްނެތީ ތޯ. ނޫނީ ޒިންމާތަކުގެ ފުށު އެރުމެއްތޯ. ސަރުކާރުން ގެންގުޅޭ ރައްޔިތުންގެ ޚިޔާލު ހޯދުން މިކަމުގައި ނެތީ ކީތްވެތޯ
އިއްބެ.
03 January 2019
ހުކުރު ދުވަހު ހެންދުނު ތި ލިސްޓުގަ ހުރި މަގުތަކަށް ވަރަށް ގިނަމީހުން އެއްވޭ. ދައްކާ ވާހަކަ ހުކުރު ދުވަހު ހަވީރު ބަންދު ކުރަންވީ ނޫން. ގަލޮޅު ސިޓީޕާކުގެ ދެކުނަށް އޮންނަ ގޯޅި އަށް ހަވީރު ވަގުތުވެސް މީހުން ނުދޭ. ދެން ހެންދުނު ދާނެ މީހުން ހޯދަން އިއުލާން ކުރަން ޖެހޭނީ. ހަމަ ވައުދު ފުއްދުމުގެ ނަމަކަށް އަވަސް އަރުވާލަފާ މާބޮޑު ދިރާސާއެއް ނުކޮށް ތި ބަންދުކުރަނީ.
އާރީ
03 January 2019
ބިދޭސީންގެ މަންސަލަ ހައްލު ކުރާވާހަކަ ކަމާބެހޭ މުއަށްސަސާތަކުން ނުދަށްކަނީ ކީއްވެ. ރައީސް ސޯލިހު ގެ ވައުދެއް ބިދޭސީންގެ މަންސަލަ ހައްލު ކުރުމަކީ.
މާޅެންދޫ
03 January 2019
މީހުން ނިދާފަ ތިބޭ ގަޑީގަ މަގުތައް ބަންދުކޮށްގެން މިކަން ހަވީރު ގަޑީގަ ކުރީމަ ދޯ ކިރިޔާވެސް
ބީތާވެދާނެ
04 January 2019
ހެނދުނު ނުޖެހޭ ނިދާފަ ތިބޭކަށް ކޮންމެހެން ހުކުރެކޭ ކިޔާފަ! ދަރިން ގޮވައިގެން ހެނދުނު ހެނދުނާ ނުކުންނަން އާދަ ކުރަންވީ. ޢޮޅިގެންވެސް ހިފިފަ އޮންނަ ގޯސް އާދައެެެެއް ދޫކޮށްނުލާތި!
ހުސީނާ
04 January 2019
ބީތާވެދާނެ ނަމުގައި ކޮމެންޓްކުރިމީހާ ބުނެބަލަ ހެނދުނު ކުދިންގޮވައިގެން ބޭރަށް ނުކުންނަންޖެހޭ ކަމަށް ބުނެފައި އޮންނަ ފޮތުގެ ނަން. ބަލަ ހެނދުނަކަސް ހަވީރަކަސް ކޮންތަފާތެއްތަ ވަނީ. ކޮންމެ އިރެއްގައި ދިޔަޔަސް ކުދިންގޮވައިގެން ނުކުމެ އުޅެންޖެހެނީ ކޮންމެވެސް ބޮޑުމީހަކާއެކު. ހެނދުނުސަޔއިހަދާފައި ގޭގެކަންތައް ނިންމާފައި ކޮންމެ މީހަކަށްވެސް ފަސޭހަވާނީ ހަވީރުކޮޅު ނުކުމެލަން. ކަލޭމެން ކިތަންމެ ގަޅިވާހަަކައެއް ދެއްކިޔަސް އެވާހަކަ ދިފާއުކުރާކަށް ނުޖެހޭނެދޯ.
އަދީބު
04 January 2019
މީހުން ފަތިހާ ނަގާ ކުދިން ގޮވައިގެން ފަތިހު ބޭރަށް ނުކުމެލާ ހަދަން އެންމެ ރަގަޅު ގޮތަކީ ގޯޅި ގޯޅި ބަންދުކުރުން ކަމުގައި ވަނީނަމަ ތިކަމާ ބުނާނެ އެއްޗެއް ދެން ނެތް. ދެން އަތްހަޖަމާ ހިނގާ ބަހީ !!
ގޫގުލާ
03 January 2019
ހިތްހަމަ ޖައްސަން ކޮންމެ ހުކުރަކު މުޅި މާލޭގަ ވެހިކަލް ނުދުއްވޭގޮތަށް ހަދަންވީނުން ދެން މަހަކު އެއްދުވަހަކު ދެން އަހަރަކު އެއްފަހަކު ދުއްވޭގޮތަށް ހަދާލީމަ އެ ތަރައްގީ ވީ.. މޮޔައަކު އަތަށް ކަނޑިއެއް ދިނީމަ އުޅޭނީ މިފަދަ ގޮތަކަށް..
ޛިހާމް
03 January 2019
ރައްޔިތުންގެ ވެރިކަން..
ޑެލްބޯއި
03 January 2019
މާލެ ތެރޭގައި ޤާވާއިދާ ހިލާފަށް އުޅޭ ބިދޭސީންތައް ފޮނުވާލަނިކޮށް ނުކުމެ އުޅެން ފަސޭހަވާނެ. މީހުންގެ ފިހާރަތަކާ އެހެނިހެން ތަކެއްޗަށް ކުޑަކުދިން ބޯޅަ ކުޅެ ހަދައިގެން ގެއްލުންވާތީ މަގު ބަންދުކުރުން ވަރަށް އަވަހަށް ހުއްޓާލާނެ ކަމަށް ލަފާކުރެވެނީ. ވިސްނުން ތަންކޮޅެއް ފުންކޮށްލަން ދަސްކުރަންވެއްޖެ.
އަޑަފި
03 January 2019
ގިނަ އަދަދެއްގެ އާއްމުރައްޔިތުން ހިތްހަމަ ޖައްސާލަންދާ ރަސްފަންނުގެ ދޮނވެލި މަގު، މާލެވަށާ ވެހިކަލް ދުއްވޭގޮތައް ހެދުމަށްކަމަށް ބުނެ އަލުން ހުޅުވާލަން މަސައްކަތް ކުރުމަކީ މި ސަރުކާރުގެ ބަހާ އަމަލު ދިމާނުވާކަމުގެ ހެއްކެވެ. މިކަން ނުކުރުމަށް ގޮވާލަމެވެ.