ކޯސްޓްގާޑްގެ އުޅަނދެއް ދަތުރު ކުރަނީ: ސަފާރީއެއް ދިޔަވާތީ ކޯސްޓްގާޑުން ދަނީ އެހީތެރިވަމުން -- ފޮޓޯ/މިހާރު
04 ޖެނުއަރީ 2019 - 15:18
މާލެއަށް މިއަދު ދަތުރު ކުރަމުންދިޔަ ސަފާރީއެއް ދިޔަވާން ފެށުމުން ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ "މޯލްޑިވްސް އެކްސްޕްލޯރާ" ނަމަކަށް ކިޔާ ސަފާރީ ދިޔަވާން ފެށީ ވ. ފުލިދޫ އިން ފުރައިގެން މާލެއަށް ދަތުރު ކުރަމުން ދަނިކޮށް މިއަދު މެންދުރު ކަމަށެވެ. އެ ހާދިސާ ހިނގިއިރު އެ ސަފާރީގައި 24 މީހުން ތިބި ކަމަށާއި އެއިން އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
ސަފާރީގައި ތިބި މީހުން އެހެން އުޅަނދަކަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި ކޯސްޓްގާޑްގެ އުޅަނދެއް މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
އެ ހާދިސާ ހިނގަން މެދުވެރީ މޫސުން ގޯސްވެ، ކަނޑު ގަދަވުމުން ކަމަށް ލަފާ ކުރެވޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. މިދުވަސްވަރު ރާއްޖޭގެ ބައެއް ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީ މެޓް އޮފީހުން އޮތީ އެކަމަށް ސަމާލުވުމަށް ވެސް ކުރިން އިލްތިމާސްކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިހާޅޮހި
04 January 2019
ކޮންމެ ފަހަރަކު ފިހާޅޮހި ރިސޯޓް ކައިރީގަ ހިގާ ހުރިހާ ހާދިސާ ތަކުގަ ރިސޯޓްއިން ފުރަތަމަ އެހީ ވާއިރު އެވާހަކަ ނުކެރޭ މނޑފ އަކަށް ބުނެލަން.މނޑފ އަށް އާދެވޭ އިރު ގިނަފަހަރު އޮނަނީ ނިމިފަ ބައެއް ފަހަރު ނުވެސް އާދެ.އެހީވި ފަރާތްތަށް ބުނެލުން ރަގަޅު ކަންނޭގެ.
ނަގިއްޔާ
04 January 2019
ގިނަފަހަރު ވާގޮތަކީ އުޅަދުގެ އަލަތު ދަތުރުކުރުމަށް މޫދަށް ބޭލުމަށް ފަހު މެއިންޓެނެންސް ރިޕެއާ ކިޔާ އެއްޗެއް ނުވެސްއޮވޭ. ކަމެއް ދިމާވަންދެން ފައިދާއަށް ލިބުނު ލާރިކޮޅު ގުނަގުނާ ތިބޭނީ. އަހަރަކު ދެތިންފަހަރު އެއްފަހަރު މެއިންޓެނެންސް އޮޑިޓެއް ހަދާނަމަ މިކަހަލަ ހާދިސާއަކާ ކުރިމަތިވުން ދުރުވާނެ.