ހެލްމެޓް އަޅައިގެން އިން މީހަކު މިއަދު ބްރިޖުގައި ދުއްވާފައި ދަނީ. --މިހާރު ފޮޓޯ: ހުސައިން ވަހީދު
10 ޖެނުއަރީ 2019 - 13:31
ސިނަމާލެ ބްރިޖުން ދަތުރުކުރާއިރު ހެލްމެޓް އަޅަން މަޖުބޫރުކޮށް، ޓެކްސީތަކުގައި މީޓަރު ހަރުކޮށްގެން ދަތުރުކުރާ ގޮތަށް ހަދަން ޓްރާންސްޕޯޓް އޮތޯރިޓީން ނިންމައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ބްރިޖުން ދަތުރުކުރާ އިރު މާޗް މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހެލްމެޓް އަޅަން މަޖުބޫރުވާނެ ކަމަށެވެ. އެ ބަދަލަކީ އާއްމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނާފައި ގެންނަ ބަދަލެއް ކަމަށް ވެސް ވިދާޅުވި އެވެ.
އެއީ، ބްރިޖު މަތީގައި ހިނގަމުންދާ ނުރައްކާތެރި އެކްސިޑެންޓްތަކުން ބޮލަށް އަނިޔާވެ ފުރާނަ އަށް ނުރައްކާވުން ހުއްޓުވަން އޮތް ހައްލެއް ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މާޗް 10 ގެ ފަހުން ހެލްމެޓް ނާޅާ ދުއްވާ ފަރާތްތަކަށް ގާނޫނާ ގަވައިދުގެ ތެރެއިން ލިބެން ޖެހޭ އަދަބެއް ލިބޭނެ އެވެ. "މަޖުބޫރު ވާނެ ވާހަކަ އަޅުގަނޑު މި ދެންނެވީ. މަޖުބޫރުވުމަކީ މަޖުބޫރު ކަމެއް ނުކޮށްފި ނަމަ ގާނޫނާ ގަވައިދުގެ ދަށުން އެބަޔަކަށް ލިބެން ޖެހޭ އަދަބެއް ވެސް ލިބެން ޖެހޭނެ ކަމެއް ކަމަށް ގަބޫލު ކުރެވެނީ. އެހެންވީމާ ހަމަ އެ ބަޔަކާ މެދު ފިޔަވަޅު އެޅޭނެ،" އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ނަހުލާ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.--ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ހެލްމެޓް އަޅަން މީހުން ހޭލުންތެރި ކުރުވުމުގެ ހަފުތާއެއް ފާހަގަކުރަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. އެ ހަފްތާގައި ކޮންމެވެސް ވަރަކަށް އާއްމުންނަށް ހެލްމެޓް ބަހަން ވެސް ވަނީ ނިންމައިފަ އެވެ.
ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި 5،000 ހެލްމެޓް ހިލޭ ބެހުމަކީ މި ސަރުކާރުގެ ވައުދެކެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ޓެކްސީތަކުގައި މީޓަރު ހަރުކޮށްގެން ދަތުރުކުރާ ގޮތަށް ބަދަލުކުރަނީ އެ ޚިދުމަތް ފޯރުކޮށްދިނުމަށް ދިމާވާ ދަތިތަކާއި ޚިދުމަތް ހޯދުމުގައި އާއްމުންނަށް ދިމާވާ ދަތިތަކަށް ބެލުމަށް ފަހު އެވެ. ޓެކްސީ ޚިދުމަތާ ގުޅޭ ގޮތުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ވަނީ ފޯރަމެއް ބާއްވައިފަ އެވެ.
މާލޭގައި ނަމަ ޓެކްސީ ދަތުރަކަށް ނަގަނީ 25ރ. އެވެ. ޓެކްސީ ނުލިބުމާއި ދަތުރެއް ކުރާއިރު، އެހެން މީހުން އަރުވައިގެން ގިނަ ތަންތަނަށް ހުއްޓުން ފަދަ ކަންކަން ޑްރައިވަރުން ކުރި ނަމަވެސް އެ އަގަކީ އެންމެ އެކަށީގެންވާ އަގު ކަމަށް ފޯރަމްގައި ވާހަކަ ދެއްކި ގިނަ ބަޔަކު ގަބޫލުކުރި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ޓެކްސީތަކުގައި މީޓަރު ހަރުކުރިއަސް އެ އަގު ބޮޑެއް ނުވާނެ އެވެ. މިނިސްޓްރީން ވިސްނާފައި އަގެއް ކަނޑައަޅާނީ އާއްމުންނާއި ޑްރައިވަރުންނަށް ވެސް ދަތިނުވާނެ ގޮތަކަށް ކަމަށް ވިދާޅުވި އެވެ.
"އެއް ބަޔަކަށް މޮޅުވެފައި އަނެއް ބަޔަކަށް ދެރަ ލިބޭ ގޮތަށް ނޫން ބަދަލު ގެންނާނީ. ދެ ފަރާތަށް ވެސް އެކަށީގެންވާ ގޮތަށް ނިންމާނީ،" މިނިސްޓަރު ވިދާޅުވި އެވެ.
"މިހާރު މާލެ ތެރޭގައި ދުއްވާ އަގު، ހަމަ ހުރިހާ ރައްޔިތުންވެސް އެއްބަސްވާ 25 ރުފިޔާގެ އަގަށް ވުރެ ބޮޑުކޮށެއް ހަމަ ގައިމުވެސް ނުފައްޓާނަން،" އޭނާ ވިދާޅުވި އެވެ.
ޓެކްސީތަކުން މާލެ ތޮއްޖެހިފައި: ޓެކްސީ ޚިދުމަތް ދެމުން އަންނަ ގޮތަށް ސަރުކާރުން އަންނަނީ ބަދަލުތަކެއް ގެންނަމުން. --ފޮޓޯ/މިހާރު
މާލެ އާއި ހުޅުލެ އަދި ހުޅުލެ އަށް ބްރިޖުން ކުރާ ދަތުރުތަކަށް ޑްރައިވަރުން 100ރ. ނަގަ އެވެ. މި އަގު ބޮޑުވެގެން އާއްމުން ޝަކުވާ ކުރެ އެވެ. ޓެކްސީތަކުގައި މީޓަރު ހަރުކުރުމުން މި އަގަށް ވެސް ބަދަލު އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މީގެއިތުރުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިހާރު ކުރިއަށް ގެންދާ ބަސް ދަތުރުތައް، އެމްޓީސީސީއާ ހަވާލުކުރަން ވެސް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަަެވަޓް އަ ހަމަހަމަ ކަން
14 January 2019
އޮފީސް ތަކުގެ ފްރޮންޓް އަށްް ނިކުމެ ތިބޭ ކުދިިން ކޮއްމެ ދުުހުުކު ހެލްމެޓް އަޅާގެން ބްްރިޖް އިިން އަައިސް އަނެށްކާވެސް ރީތިވާން ދޯ ޖެހޭނީ.
ޖައިސާމް
13 January 2019
ރަނގަޅު ނިންމުމެއް
އެޑަމް
11 January 2019
ޓެކުސީގަ މީޓަރު ބެހެއްޓުމުގެ ފައިދާ ރައްޔިތުންނައް ފެންނާނީ ފުރަތަމަ ފުރަތަމަމީޓަރު=/10ރ.އިން ކެޑޭގޮތައް އެއައްފަހު އެއަރޕޯޓައް ދެވޭއިރު =/35ރ.ހުޅުމާލެއަށްދެވޭއިރުގިނަވެގެން =/75ރ. އަރާވަރުރަގަޅުތިޔަމީޓަރު އެޖެސްޓް ކުރުމަކީވެސް ޑުރައިވަރުންގެ ބިރުދެއްކުމާހެދި ސަރުކާރަށް ވަރައްބޮޑުކަމަކައްވާނެ ރައްޔިތުންގެފައިދާއަށް ކުރާކަންތަކުގާ ވަކިބައެއްގެއަޑައް ހުއްޓިގެންނުވާނެ
އަހުމަދުބެ
11 January 2019
ގަވާއިދާގާނޫނު އެންމެންނައް ހަމަހަމަ ވާންޖެހޭނީ ކޮބާތޯ އައްޑޫ ލިންކުރޯޑު ލާމު އަތޮޅު ލިންކުރޯޑު ކިތައްމީހުންމަރުވިތޯ ހަމައެކަނި މާލޭ ބުރިޖުން ދަތުރުކުރާނަމަ ހެލްމެޓުއަޅަން މަޖުބޫރުކުރުވީމަ މިގަބޫލުކުރަންވީތޯ
ޕާޓު
11 January 2019
ދެން ޕާޓޭން ހެލްމެޓް އަޅައިގެން ހުރިހާ ނުބައެހަދާނީ
މިގޮތްބަލާބަލަ.
11 January 2019
ޓެކްސީގެ އަށް ގޮތް ހަދާނެ ކަމެއް ނެތް. ސައިޒް ކުދި ތިމާވެއްޓާއި ރައްޓެހި ޓެކްސީ ތަކެއް އެތެރެ ކުރަން ބަލާބަލަ. ޓެކްސީ ދަތުރުތައް އަގުހެޔޮކށް ފައްޓާ ކުންފުންޏަކަށް ބީލަމަކުން ދޫކޮށްލާނީ. އޭރުން ހައްލުވީ ގިނަ މައްސަލަތަކެއް. ފަހުން ނިންމި ދާނެ ޓެކްސީ ކުރެވޭ އެވައްތަރުގެ އުޅަނދުގައި އެކަނިކަމަށް. ލަގެޖް ބަހައްޓާ ބައިވެސް އުޅަނދުގެ މަތީގައި ނޫނީ ދަށުގައި ހުްންނަގޮތަށް.
ޙައްލަކީ ކޮބާ
11 January 2019
އެހެންވީމައި އެކްސިޑެޓްތަކުގެ ހައްލަކީ ހެލްމެޓް ކަމުގައި ތޯ މި ބުނެވެނީ؟ އަސްލު މައްސަލަ ހައްލުކޮށްބަލަ. ބާރު ސްޕީޑުގައި ދުއްވުން. ކޯނިކޯންޏަށް ގްރޫޕް ހަދައިގެން ދުއްވުން. ލޭންގެ މެދުގައި އިނދެގެން ނޫނީ ކަނާފަރާތު ކައިރިން ދުއްވުން. ސައިކަލް ސެކްސް(ސައިކަލުގައި ދެޖިންސުގެ ކުދިން އޮޅުލައި ގަޔަށް އަތްލައި ކުޅެމުން ދުއްވަނީ) އެހެންވީ ސްޕީޑް މޮނީޓަރ ހަރުކޮށް ދުއްވުމުގެ އަހްލާގު ރަނގަޅު ކުރަން ހޭލުންތެރިކޮށް ފިޔަވަޅު އަޅަންވީ.
މަރޭމިތުރާ
11 January 2019
ދުނިޔޭގެ އެއްވެސް ގައުމަކު ޕެޓްރޯލުން ދުއްވާ ވެހިކަލަކު މީޓަރު ހަރުކުރި އެއްވެސް ގައުމެއް ނެތް. ސަބަބެއް އޮތީމަ ދޮގެއްތޯ އެކަން އެލްޕީޖީ އަށް ބަދަލުކޮށްގެން މީޓަރުހަރުކުރަނީ.
މަރޭމިތުރާ
11 January 2019
މީޓަރުހަރުކުރުމުން ނުކުންނާނެ މައްސަލަތައް '"1 ކުރު ހިސާބަކަށްދާންޖެހުނަސް މަގުތާށިވުމުން ވެއިޓިންގ އަށް ދަތުރާއެކުމިހާރައްވުރެ ގިނަ ފައިސާދޭންޖެހުން.2 މާރުކުރަންދޭ ފައިސާ މާރުނުވެ މަގުބުލޮކްވުމުގެ މައްސަލަ 3ވަރިލާރި އަރައިފިނަމަ އެކަން ހައްލުނުވުން4 ޒުވާބު ގިނަވުން.[ 3ކިލޯމީޓަރުތަނަކަށް މީޓަރުން ފައިސާނެގީމާ ކަސްޓަމަރުންނަށް ވާގެއްލުން އަލުން ބަދަލުކުރަން މަޖުބޫރުވާނެ ފަށާތާ 1 މަސްތެރޭ]
ކަޓޭ
11 January 2019
އޫބަރ ތާރަފް ކޮއްފިނަމަ އާއްމުންގެ ޖީބައް ލުއިވެ އިތުރު ބަޔަކަށް އާމްދަނީ ހޯދޭނެވެސް ގޮތެއް. ޓެކްސީތަކަށް ރައްޔިތުން ފެލުމުގެ ބާރުދީފަ ބޭއްވުން އެއީ ވަރަށް ނާތަހުޒީބު ކަމެއް. ސަރުކާރުން އަގު ކަނޑައެޅުމަކީ ހައްލެއްނޫން. މީޓަރު ހަރުކުރިޔަސް، ޑްރައިވަރުން ހަޅޭލަވައި ގަންއިރަށް މިނިސްޓަރު ސައިޒް ވާތަން ބަލާކަށް ބޭނުމެއްނޫން.