ޝައިނީ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އޭނާ ވާދަކުރައްވަނީ ހެންވޭރު އުތުރު ދާއިރާ އަށް. --ފޮޓޯ: ނިޝާން އަލީ/މިހާރު
13 ޖެނުއަރީ 2019 - 12:09
ސިޔާސީ ޕާޓީއެއްގެ ޕްލެޓްފޯމު ދޫކޮށްލައްވައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވަނީ ރައްޔިތުންގެ ޚިދުމަތްތެރިއެއްގެ ގޮތުގައި ދެމިހުންނަވަން ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމަނިކުފާނުގެ ސިޔާސީ އެޖެންޑާ ކުރިއަރުވަން އިސް ދައުރެއް އަދާކުރެއްވި ޝައިނީ ނުކުންނަވަނީ ހެންވޭރު އުތުރު ދާއިރާ އަށެވެ. އެ ދާއިރާ، މީގެ ކުރިން ތަމްސީލްކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.
ޝައިނީ "މިހާރު" އަށް ވިދާޅުވީ ޕާޓީއަކުން ވާދަ ނުކުރެއްވި އެއް ސަބަބަކީ ވަކި ބޭފުޅަކު ވަށައިގެން އަބަދުވެސް ޕާޓީތައް އެނބުރޭތީ ކަމަށެވެ. މި ހާލަތުގައި ރައްޔިތުން އެދޭ ގޮތަށް ޚިދުމަތް ކުރެއްވޭނީ މިނިވަންކޮށް އަޑުއުފުއްލަވައިގެން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ބޭނުން ވަނީ ސީދާ ރައްޔިތުންގެ މީހެއްގެ ގޮތުގައި އިޚްލާސްތެރިކަމާ އެކު ދެމިހުންނަން،" ޝައިނީ ވިދާޅުވި އެވެ.
ޝައިނީ ވިދާޅުވި ގޮތުގައި ތަރައްގީ އާއި ރައްޔިތުންގެ ކުރިއެރުމަށް އޭނާ އަބަދުވެސް ލޯބިކުރައްވަ އެވެ. އެ ވިސްނުމާ އެކު ބޭނުމަކީ ރައްޔިތުން އެދޭ ކަންކަން މަޖިލިސް މެދުވެރިކޮށް ހާސިލްކޮށްދެއްވުން ކަމަށް ވެސް ވިދާޅުވި އެވެ.
Allah s.w.t ge rahmaiyfulhun #HenveyruUthuru #Majlis2019 gondi hoadhumah masakaiy fattafin. Dhaairaage huriha rayyithunge ebbarulun dhevvun edhen. @tckokko @Sinapps2 @Zinan91951930 @avasmv @VaguthuOnline @Mihaarunews @sunbrk pic.twitter.com/UaETK5bWiH
— Mohamed Shainee (@mshainee) January 12, 2019
މަޖިލީހަށް ވާދަކުރައްވާ ކަން އިއުލާން ކުރައްވަން ޝައިނީ ކުރެއްވި ޓުވީޓް.
އޭނާ ވިދާޅުވީ ދައުރުގެ މެދުތެރެއިން ސަރުކާރު ވައްޓާލުމަކީ އޭނާ އެއް އިރެއްގައި ވެސް ތާއީދު ކުރައްވާ ކަމެއް ނޫން ކަމަށެވެ. ރައްޔިތުންގެ ވޯޓުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަންކުރީ ފަސް އަހަރުގެ ދައުރަކަށްވާތީ ވައުދުތައް ފުއްދަވަން އެމަނިކުފާނަށް ވެސް ފުރުސަތު ލިބެން ޖެހޭ ކަމަށް ޝައިނީ ގަބޫލުކުރައްވަ އެވެ.
ޝައިނީ ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ވެރިކަމުގައި އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް ޚިދުމަތުގައި ދެމިހުންނެވީ އިޚްލާސްތެރިކަމާ އެކުގަ އެވެ. ނިމިގެން ދިޔަ ސަރުކާރުގައި ބައިނަލްއަގުވާމީ މުޖުތަމައުން ރާއްޖެ އަށް ކުރިމަތިކުރަމުންދިޔަ ޕްރެޝަރުތަކާ އެކު ވެސް މަސައްކަތް ކުރެއްވީ ރާއްޖެ އަށް ދަތިކުރުމުގެ ފިޔަވަޅު އެޅިޔަ ނުދޭން ކަމަށް ވިދާޅުވި އެވެ.
އެއީ، ރައްޔިތުންނާއި ގައުމުގެ ހައްގުގައި ކުރެއްވި މަސައްކަތެއް ކަމަށް ވެސް ވިދާޅުވި އެވެ.
މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ޝައިނީ ވާދަ ކުރައްވަނީ، ޔާމީނާ ހިޔާލުތަފާތުވެގެން ކަމަށް ކުރާ ތުހުމަތު އޭނާ ދޮގުކުރެއްވި އެވެ.
"އެއީކީ އެއްގޮތަކަށް ވެސް ރަނގަޅު ވާހަކައެއް ނޫން. ޕީޕީއެމާ އަދި ރައީސް ޔާމީނާ ވެސް އަޅުގަނޑާ އެއްވެސް މައްސަލައެއް ނެތް. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި މިހާރު އޮތް ހާލަތުގައި ރައްޔިތުންނަށް ޚިދުމަތްތަކެއް ކުރެވޭނީ ވަކި ޕާޓީއެއް ތަމްސީލް ނުކޮށް،" ޝައިނީ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުށަވަކި
14 January 2019
މަނިކުފާނު ތިހެން ނުބުނުއްވޔަސް މަނިކުފާނަކީ މަނިކުފާނަކީ މިނިވަނެއްކަން ސާބިތުކޮއްދީފިއެވެ.
ނަމެއް ނެތް
14 January 2019
ހޭވުނު ހަޑިމަދުވީ ދޯ
އަޙުމަދު
14 January 2019
މަނިކުފާނު ލަދެއް ނުގަނޭތޯ ނިމިދިޔަ ސަރުކާރުގައި ބޭނުންހާ ގޮތަކަށް ކަންކުރުމަށް ފަހު ރައްޔިތުން އެއީ އުޅޭބައެއް ކަންވެސް ނޭންގޭހާ ބޮޑާކަން މަތީގައި އުޅުމަށް ފަހު މިހާރު ބޭނުންވަނީ ރައްޔިތުންނަށް ޚިދުމަތް ކުރާ ރައްޔިތުންގެ މީހެއްގެ ގޮތުގައި ހުންނާށޭ ބުނީމަ ކަޑަ. ބަލައެއްނުގަނެވެ. ވައްކަމާ ކޮރަޕްޝަނާ ފަސާދައާއި އަނިޔާވެރިކަން ކަލޯމެންގެ ސަރުކާރުގައި އިންތިހާޔަށް ދިއުމުން ރައްޔިތުން ވޯޓުންތަލާބަލިކޮށްފަ ތިޔަތިބީ. ޒުވާންކުދިން ކޮޅެއްލައްވާ އަތްޖަހާ
ރަބަރޭ
13 January 2019
ކޮބާ ތެޔޮވަޅު.....ޕަކާސް ޕަސް
ދަތްނެތްކުއްޖާ
13 January 2019
މަނިކުފާނުމެންގެ ނިމިދިޔަ ސަރުކާރުން ރައްޔިތުންގެ ޙަޒާނާ ތަކަށް ހިތުހުރި އެއްޗެއް ހެދުމަށްފަހު ދެން ނުކުމެ ތިޔަ ވިދާލުވަނީ ތިމަންނަ ބޭނުންވަނީ ރައްޔިތުން ނަށް ޙިދުމަތް ކުރުމަށް ދެމިހުރުމަށް ބޭނުމޭ. މަނިކުފާނުގެ ހަޔާތް ކޮބާބާ! ރައްޔިތުންނެއް މިހާރު ތަމެން ބޭނުމެއްނޫން.
ނާނާާނާނާ
14 January 2019
އެއާއި އެކު ރ ޔާމިންގެ ބާރުނެތުމުން އެބޭފުޅާއަށް ބޮލާލާޖަފައި ރ ޔާމިން އެކަހަރި ކޮށްލީ.
ކޮރަލް
13 January 2019
ރައްޔިތުން ގެ މީހަކަށް ވެވޭނީ ކަންމަތީ ހޮޓަލުން ސައި ބޮވޭ މީހަކަށެވެ . ރެސްޓޯރަންޓް އަށް ދަނީ ވޯޓްލާ މަދު ބައެކެވެ. މިއީ އެންމެނައް ދޭ މެސެޖް އެކެވެ.
މޮގޮޑާ
13 January 2019
ހޮވޭ އިރަށް އެންމެ ގިނައިން ހުށައަޅާ ފަރާތަކަށް ދާނެ
555
13 January 2019
ގޮޑި ދެއްތޯ ބޭނުމީ. ރައްޔަތު މީހާ ބޯ ކައެއްނުލެވޭނެ.
ގަދުގާމްބެ
13 January 2019
ކަންކެލި ނުވަތަ ކަނޑުމަހު ދޯންޔަކުން ޖާގަ ހޯއްދަވައިގެން އެއް ދައުރު ކަނޑުމަތީ މަސްވެރިކަމުގައި ހޭދަ ކޮއްލައްވަން ނަސޭހައްތެރިވަން. އޭރުން މަނިކުފާނަށް އިނގިލައްވަވާނެ ރައްޔިތުންނަށް ޚިދުމަތްކުރައްވާނެ ގޮތް. އޭގެ އިތުރުން ދަސްވެވަޑައިންނަވާނެ ފައިސާގެ އަސްލު އަގަކީ ކޮބައިކަން. އަދި ކިއެެއްތަ، ރައްޔިތުންގެ އަގުވެސް އިނގިލައްވާނީ އޭރުން. އެކަން ކުރައްވާ 'ބެކް ފްރޮމް ވެލިއުޔިންގް ހޫލިގަންސް ޓު ވެލިއުޔިން ދަ އޯޑިނަރީ ފިޝަމަން' ގެ ޝަރަފް ހޯއްދަވާ.
ވާލުސޮރު
13 January 2019
ކީއްވެބާ އަދީބުގެ މީހެކޭ ނުބުނީ، ޝައިނީކޮށްފައިވާ ޓްވީޓުގައި ޓެގްކޮށްފައި ތިބި މީހުންނާއި އާއްމުކޮށް މުއާމަލާތުކުރާ މީހުންނަށް ބަލާއިރު ތިއީ ކުރީގެ ޝައިނީއެއްނޫން، މިހާރު ބޮޑަށް ގާތްކުރެވެނީ މިއުޅޭ ކަންމަތީ ކުދިންކޮޅުގެ ބޮޑުން