އިސްކަންދަރު ސްކޫލުގައި މިދިޔަ އާދިއްތަ ދުވަހު ދަރިވަރުން ހެނދުނުގެ ނާސްތާގައި -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
20 ޖެނުއަރީ 2019 - 18:28
ފުރަތަމަ ހަފުތާ ނިމުނުއިރު 8،500 އަށް ވުރެ ގިނަ ދަރިވަރުންނަށް ނާސްތާ ދީފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ނަސީރު ވިދާޅުވީ ނާސްތާގެ ޕައިލެޓް ޕްރޮގްރާމަށް ވަރަށް ރަނގަޅު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. އެގޮތުން ހެނދުނު ދަންފަޅީގައި ކިޔަވާ އާބާދީގެ ބޮޑު ބަޔަކަށް ނާސްތާ ދެމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.
މިިދިޔަ ހަފުތާގައި ފެށި ދިރާސީ އާ އަހަރުގެ ކިޔެވުމާ އެކު ދަރިވަރުންނަށް ނާސްތާ ދެމުން އަންނައިރު، ފުރަތަމަ ހަފުތާ ނިމުނުއިރު 8،510 ދަރިވަރުން ނާސްތާ ޕްްރޮގްރާމުގައި ބައިވެރިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނާސްތާ ދެމުން އަންނަނީ އެކަމަށް ބެލެނިވެރިން ހުށަހެޅުމުންނެވެ.
ސަރުކާރުން ނިންމާފައިވަނީ ނާސްތާގެ އަޖުމަ ބެލުމުގެ ޕްރޮގްރާމް 25 ސްކޫލެއްގައި އެންމެ ފުރަތަމަ ކުރިއަށް ގެންދާށެވެ. އެ ސްކޫލުތަކުގައި ދަރިވަރުންގެ އާބާދީ އުޅެނީ ގާތްގަނޑަކަށް 12،000 ގަ އެވެ. އެހެންކަމުން އެ ޕްރޮގްރާމުގައި ބައިވެރިނުވެ ބާކީތިބީ ގާތްގަނޑަކަށް 3،490 ދަރިވަރުންނެވެ.
ބާކީ ހުރި 188 ސްކޫލުގައި ނާސްތާ ދޭން ފަށާނީ ދެ ވަނަ ޓާމުން ފެށިގެންނެވެ.
ނާސްތާ ދޭން ފެށިފަހުން ދަރިވަރުންގެ ކިޔެވުުމަށާއި އަހުލާގަށް ބަދަލެއް އައިސްފައިވާކަން ދެނެގަންނަން އަދި އަވަސް ކަމަށާއި ނަމަވެސް އެކަމާ ގުޅޭގޮތުން ދަރިވަރުން ތިބީ ހިތްހަމަޖެހިފައި ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.
ނާސްތާގައި ހިމެނެނީ ހަތަރު މެނޫ ސެޓެކެވެ. އެގޮތުން ފުރަތަމަ މެނޫ ސެޓުގައި 11 ވައްތަރެއް ހިމެނޭއިރު ދެ ވަނަ ސެޓުގައި ހިމެނެނީ ފަސް ވައްތަރެކެވެ. ތިނެއް އަދި ހަތަރު ވަނަ ސެޓުގައި ހުންނާނީ، މީގެ ކުރިން އިއުލާނުކުރި މެނޫގައި ހިމެނޭ ބައެއް ތަކެއްޗެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
abdulla ali
22 January 2019
ހަފްތާއަކުން 8500 ކުދިންނަށް ނާސްތާދިނީމަ ތިއޮތީކަމެއްވެފަ! އޭރުން ނާސްތާ އެދެވުނީ ކިޔަވައިދޭ ކޮންމެދުވަހަކު 1700 ކުދިންނަށް ތިކަން އިންސާފުން ހަމަހަމަކަންމަތީ ނުކުރެވެންޏާ ތިކަން ހުއްތާލާ ތިޚަރަދުކުރާ ފައިސާޔަކީ ރައްޔިތުންގެ ހަމަހަމަ ޙައްޤެއް ހުރިހާކުދިންނަށް ނާސްތަ ދެވެންޖެހޭނެ.
އައްޔ
21 January 2019
ބޮޑު ޚަރަދުކުރަން ތިޔައްވުރެ ރަނގަޅު އެހެންކަމެއް ނެތްދޯ. ކީއްތަވާނީ އެކި ކަންކަމުގަ ސަލާންޖަހަން ޖެހިފައިވާ ނިކަމެތިންނަށް ޚަރަދުކޮށްދޭން. މިހާރުވެސް ބޮޑެތި ބަލިތަކުގަ ފައިސާ ހޯދަން ޖެހިފައިވާ އެތައްބަޔަކު އުޅޭ. ތިކަމަކީ ދެން ރާއްޖޭގަ އުޅޭ އެނަމެ ތަނަވަސް މީހުންނަށްވެސް ކުރެވޭ ބޮޑު ޚަރަދުތަކެއް.
ބުނެލީ
21 January 2019
ތި ދެން ބޮޑުވަރު، ހުރިހާ ސްކޫލެއްގެ ކުދިންނަށް ހަމަހަމަ ކަމާއި އެކު ތިކަންވާންޖެހޭނެ، މިއީ އޯގާތެރި ސަރުކާރޯލަ. ހީވަނީި ސަތޭކަ ދުވަހުގެ ވައުދު ސުރުހީއެއް އަޅާލަން ކުރިކަމެއްހެން.
ކުންނާރު އާދަނު
21 January 2019
ޓީޗަރުންނާއި ކިޔަވާދޭނެ ފޮތް ނެތް ސުކޫލުތައް ބައިވަރު. މިފަދަ ސުކޫލުތަކުގައި އަޅުގަނޑުގެ ސިކުނޑިއަށް ނުވިސްނުން ހެނދުނު ނާސްތާގެ ބޭނުމެއް.
ޣަފޫރު
21 January 2019
އިސްލާމިކް މިނިސްޓްރީގެ ބައެއް މުއައްޒަފުންނަށް ޑިސެމްބަރު މަހު މުސާރަ އަދިވެސް ނުދޭކަމަށްވަނީ. ކިހިނެތް ތިހަދަނީ. މިއަހަރުގެ ބަޖެޓު ނުލިބެތީ ރަށްރަށުގައި ހިންގާ ގުރުއާން ކުލާސްތައް ހުއްޓާލަން އުޅޭވާހަކަ އެބަ ދެކެވޭ.
ތުނިޔަ
21 January 2019
ބޮޑަށް ހީވަނީ ކަންނެތްކަމުންހެން! މިހެން މިބުނީ ގައިމު ކުދިންނަށް ކާނެ ނުވަތަ ބޯނެ އެއްޗެއް ނުދެވެނީ ހަމަ ނުލިބިގެން ކަމަށް ގަބޫލު ނުކުރެވޭތީ! ނުލިބިގެން ނުދެވޭ ބަޔަކު ތިބިނަމަ ޔަގީނުންވެސް އެވާނީ އިނގިލިން ގުނާލެވޭހާ މަދު ބަޔަކަށް!
ޝޮކްތެރަޕީ
21 January 2019
މިޔައްވުރެ ރަގަޅުވާނެ ހޮސްޕިޓާތަ ބިނަކުރިއްޔާ. ހޮސްޕިޓާތަކަ އެމްއާރުއޭ މެށިން ބެހެއްޓީޔާ.
ފަޤީރުކޮއި
20 January 2019
މަށަށް ފެންނަނީ އެހެން މަންޒަރެއް. ސަރުކާރުގެ އެހީ ބޭނުންވާތަން، އަމިއްލަ ކުދިންނަށް ހެނދުނު ސައި ދޭންވެސް. ރާއްޖޭގައި ފަޤީރު ޢާއިލާތައް ގިނަވާތަން. އަދި ހެޔޮ ކަންކަމަށް ޚަރަދު ކުރަން ފަސްޖެހި، ދަހިވެތިކަން އިތުރުވެގެން ދާތަން.
ޔާހުންބަރާސް
20 January 2019
ދަރިވަރުންގެ ދުާލހެއުކަމަށް ނާސްތާ ދޭން ހަމަޖައްސާފަ ބައްޕަ ގޭން ބޭރުގަ ރޭގަނޑު 11 ޖަހަންދެން ފިހާރާގަ ފިހާރަ ބަންދުކޮށްފަ އަންނައިރު މެންދަމު 12 ޖަހާފަ ދަރިން ނިދާފަ މި މީހުން ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު މުސާރަ ބޮޑުނުކޮށް ފިހޜަތަކުގެ ގަޑި ދިގުކޮށް ރޭގަޑު 11 އަށް ފިހާރަތައް އެބަހަދާ އެކަމަކު މިމީހުން ވާހަކާގަ ލޭބަރުނ ހައްގުގަ ކަމުގަ މުޅިން އެހެން ސިފައެއް
@ޔާހުން ބަރާސް
21 January 2019
ރޭގަނޑު 11 އަށް ފިހާރަތައް ހަދާނެ މިމީހުންނަށް ބާރެއް ލިބޭ ކޮންމެ ފަހަރަކު އެކަމަކު އެ އިތުރުކުރާ ގަޑިއަށް މުސާރަދިނުމާބެހޭ ވާހަކަވެސް ނުދައްކާނެ އެކަމަކު މީން މީހެއްގެ ކެމްޕޭނުގަ މަސައްކަތްތެރިންގެ ހައްގުގަ އެބިނދެލާ ފެންނެތް ބޮޑެތިކާށި ނިކަން ދެކިބަލަ ހައްގުން ކަމަކާ ނުލާ މިއޮތީ ރޭގަޑު 11 އަށް ފިހާރަތައް ދަންމާލާފަ މިކަމުގެ ބޭނުަމަކަށް އޮތީ އިންޓަވަލް ފައިސާ ފިހާރަތަކަށް ގަޑި އިތުރުކޮށްގެން ޓެކުސް ނުވަތަ ވާރުގެ ގޮތުގައި އިތުރުކުރުމުެގެ ނިޔަތް
ތިމާވެށި
20 January 2019
ފައިސާގެ ތަފާސް ހިސާބުތައް ނުލިބުމަކީ މިއަދުވެސް އަދި ކުރީގަ ވެސް ހައްލު ނުވެ އޮންނަ މައްސަލަ އެކެވެ.