ރިޕޯޓް / ޕީޕީއެމް މެނިފެސްޓޯ

ޕީޕީއެމްގެ މެނިފެސްޓޯ ތަންފީޒުކުރަނީ ކިހާ ވަރަކަށް؟

މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ: ފަސް އަހަރުގެ ދައުރުގައި ކުރައްވަން ގިނަ ވައުދުތަކެއް މެނިފެސްޓޯގައި ހިމަނާފައިވޭ. -- ފޮޓޯ: މުހަންމަދު ޝަރުހާން/ މިހާރު

ވެރިކަމުގެ މި ހިނގާ ފަސް އަހަރަށް ޕީޕީއެމުން ހުށަހެޅި މެނިފެސްޓޯގައި ވައުދުތައް ބައިވަރެވެ. އިގްތިސާދީ ހެޔޮ ބަދަލުތައް ގެނައުމާ އެކު އަތޮޅުތަކާއި ރަށްތަކާއި ވަކިވަކި ފަރުދުންގެ ޖީބުތައް ތަނަވަސްވާނެ ގޮތްތަކެވެ. އެކި ދާއިރާތަކުން ފަސް އަހަރު ތެރޭގައި ގައުމަށް އަންނާނެ ހެޔޮ ބަދަލުތަކާއި އެކަން ކުރާނެ މުއްދަތުތައް ވެސް ވަކިވަކިން ތަފްސީލްކޮށްދީފައިވެ އެވެ.

މެނިފެސްޓޯގައި ލިއެފައިވާ ކަންކަމަށް ބަލާއިރު، ސަރުކާރުގެ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ރައްޔިތުން ކުރާނެ މާ ބޮޑު ޝަކުވާއެއް ނޯންނާނެ އެވެ. މިއީ، މެނިފެސްޓޯ އަށް ބަލައިގެން ވޯޓު ދިން އެންމެންނަށް ޔަގީން ކުރެވުނު ގޮތް ކަމަށް ވެސް ވެދާނެ އެވެ. އެކަމަކު އިންތިހާބުގައި ރައްޔިތުންނަށް ދެއްކި މެނިފެސްޓޯ މިހާރު "ވީ ތަނެއް" ނޭނގެ އެވެ. ހާސިލްކުރަން ވައުދުވީ ބައެއް ކަންކަމުގައި އަދި "އަތެއް ނުލަ" އެވެ. އެހެންވެ ވެރިކަމުގެ ބާކީ އޮތް ގާތްގަނޑަކަށް ދެ އަހަރު ނިމޭއިރު، މެނިފެސްޓޯގައި ކަނޑައެޅި ކަންކަން ހާސިލްވާނެތޯ މިއީ ބައެއް މީހުން އުފައްދާ ސުވާލެކެވެ.

ބްރިޖް އެޅުމާއި އިންޑަސްޓްރިއަލް ވިލެޖް ތަރައްގީކުރުމާއި ފުޓްސަލް ދަނޑު އެޅުމާއި ޕާކުތައް ތަރައްގީކުރުމާއި ރަށްރަށުގެ މަގުތަކާއި ބަނދަރު ހެދުން ފަދަ މަޝްރޫއުތައް އެކި ސަރަހައްދުތަކުގައި ކުރިއަށް އެބަ ގެންދެ އެވެ. އެކަމަކު މިއީ މެނިފެސްޓޯގައި ވެފައިވާ ވައުދުތަކާ އަޅާބަލާއިރު ކުޑަ މިންވަރެކެވެ. މީގެ ތެރެއިން ބައެއް މަޝްރޫއުތައް މެނިފެސްޓޯގައި ހިމަނާފައެއް ވެސް ނުވެ އެވެ. އަދި މާ ބޮޑު ޕްލޭނެއް ނެތި ކުއްލިއަކަށް ފަށައިގެން ކަންކަން ވެސް އެބަ ހުއްޓެވެ.

ރައީސް އަބްދުﷲ ޔާމީން، ގއ. ދެއްވަދު އަށް ކުރެއްވި ޒިޔާރަތުގައި އެ ރަށުން އެމަނިކުފާނަށް މަރުހަބާ ދެންނެވި ކުދިންތަކަކާ ސަލާމް ކުރައްވަނީ: އިސްކަންދޭ ތަރުތީބުން ވައުދުތައް ފުއްދަަވަމުން އަންނަ ކަމަށް މުއާޒް ވިދާޅުވި. --ފޮޓޯ ރައީސް އޮފީސް

ޕީޕީއެމްގެ ސަރުކާރެއްގައި ރައްޔިތުންނަށް ކޮށްދޭނެ ކަމަށް ވައުދުވީ ކަންކަމުގެ ތެރެއިން މިހާތަނަށް ހާސިލްވީ ކަންކަން ފުރިހަމަ އަށް އެނގޭނެ ގޮތެއް ނެތެވެ. ރަސްމީ ހިސާބުތަކެއް ހުރިހާ މިނިސްޓްރީތަކަކުން އާއްމެއް ނުކުރެ އެވެ.

ޕީޕީއެމް މެނިފެސްޓޯގެ ބައެއް ވައުދުތައް:

- ދަނޑުވެރިކަމުގައި މަސައްކަތް ކުރާ މީހުންގެ އަދަދު 10،000 އަށް މަތިކޮށް އެވްރެޖް އާމްދަނީ މަހަކު 10،000ރ. އަށް ހެދުން.

- މަސްވެރިންގެ ފްލީޓް 15،000 އަށް އިތުރުކޮށް، 10،000 ޒުވާން މަސްވެރިން އުފެއްދައި އާމްދަނީ މަހަކު 10،000ރ. އަށް ހެދުން.

- ބެޔަސް ނުބެޔަސް މަސްވެރިންނަށް 10،000ރ. ދިނުން.

- އަހަރަކު އަލަށް 10 ރިސޯޓް ހުޅުވައި 26،000 ވަޒީފާ ކަށަވަރުކޮށްދިނުން.

- ކޮންމެ އަތޮޅެއްގައި ޓޫރިޒަމް ތަރައްގީކުރާނެ ރަށެއް ކަނޑައަޅައި ތަރައްގީކުރުން.

- ކޮންމެ ދިވެއްސަކަަށް ދިރިއުޅޭނެ ތަނެއް ހޯދައިދިނުން.

- ސަރަަހައްދުތަކުގައި ތޮޔޮ ބަންކަރު ހެދުމާއި ކަރަންޓް ބިލް ކުޑަކުރުން.

- ތިން ބާރަށް ފުރިހަމަ ބާރުވެރިކަން ހޯދައިދިނުން.

- އަބުރުވެރި ޝަރަފުވެރި މަޖިލީހަކާއި މިނިވަން ޝަރުއީ ނިޒާމެއް ކަށަވަރުކޮށްދިނުން.

- ވޯޓުން އަޅުވެތި ވުމަށް ފުރުސަތު ނުދިނުން، އިޖުތިމާއީ އަދާލަތަށް ފުރުސަތު ދިނުން.

- ސިއްހީ ފަރުވާގައި އުފުލާ ތަކުލީފް ކުޑަކުރުން.

- ކުޅިވަރު ކުޅެ މުނިފޫހިފިލުވޭނެ އިންތިޒާމްތަކާ އެކު މި އަހަރު ތެރޭ ހުޅުމާލޭގައި ޒުވާނުންނަށް އެއް ހެކްޓަރުގެ ތީމް ޕާކެއް ހުޅުވުން/ ޓެކްނޮލޮޖީ ޕާކެއް ގާއިމްކުރުން.

- ޒުވާނުންނަށް މިއުޒިކް އަދި އާޓްސް އިންސްޓިޓިއުޓެއް ގާއިމްކުރުން.

- ރިސޯޓްތަކުން ޒުވާނުންނަށް ހިއްސާ ދިނުން

ސަރުކާރަށް ފާޑުކިޔާ އިދިކޮޅު ޕާޓީތަކުގެ އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި މެނިފެސްޓޯ އަށް ބަލައިގެން ވައުދުތައް ފުއްދުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅެ އެވެ. ސަރުކާރުގެ ދެ އަހަރުގެ މިސްރާބު ގޯހެވެ. މަޝްރޫއުތައް ހިންގަނީ މެނިފެސްޓޯގައިވާ ގޮތާ ދިމާ އިދިކޮޅަށެވެ. ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދަނީ މާ ބޮޑު ސިޔާސަތެއް ނެތި އޭރަކު ވިސްނުން އައި ގޮތަކަށް ކަމަށް ވެސް ފާޑުކިޔާ މީހުން ބުނެ އެވެ.

އިގްތިސާދީ ހެޔޮ ބަދަލުތަކާ އެކު ދަރަނި ކުޑަކުރާނެ ކަމަށް މެނިފެސްޓޯގައި ހިމަނާފައި އޮތަސް ދަރަނި ހައްތަހާ ދަނީ މައްޗަށެވެ. ވޯލްޑް ބޭންކުން ނެރުނު "ސައުތު އޭޝިއާ އިކޮނޮމިކްސް ފޯކަސް 2016"ގައި ވެސް ދަރަނި ބޮޑުވާ މައްސަލަ އަށް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

މެނިފެސްޓޯގައި ޔަގީންކަން ދީފައިވާ ފަދަ ހެޔޮ ބަދަލުތަކެއް ޓޫރިޒަމުން އަދި ނުފެނެ އެވެ. ބެޔަސް ނުބެޔަސް 10،000ރ. ކޮންމެ މަސްވެރިއަކަށް ހަމަޖައްސައިދިނުމާއި ކޮންމެ އާއިލާއަކަށް ޑޮކްޓަރެއް އަދި ދަނޑުވެރިންނަށް ހާއްސަ އިނާޔަތް ދޭން ވެސް މެނިފެސްޓޯގައި ހިމަނާފައިވެ އެވެ. އެކަން ކާމިޔާބެއް ނުވެ އެވެ. އަންހެނުންގެ ކުރިއެރުމާއި ތަރައްގީ އަށް ވީ ވައުދުތައް ވެސް އަދި ހުރީ އެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ ސިއްހީ ދާއިރާ އަށް ކުރު މުއްދަތެއްގެ ތެރޭގައި ހެޔޮ ބަދަލުތަކެއް ގެނެސްފަ އެވެ. އަދި އާސަންދައިގެ ހިދުމަތް ހޯދުން ފަސޭހަކޮށް، ވަރަށް ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އައިޖީއެމްއެޗުގެ ފެންވަރު ކުރިއަށް ވުރެ އެތައް ތަނެއް ރަނގަޅުކޮށް، ކުރިން ލިބެން ނެތް ބޮޑެތި ބައެއް ހިދުމަތްތައް ތައާރަފުކޮށްފި އެވެ. ރަށްރަށުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ވެސް ގިނަ ބަދަލުތަކެއް ގެނެސްފައިވެ އެވެ.

ޕީޕީއެމްގެ މެނިފެސްޓޯގައި ހިމެނޭ ފަސް އަހަރު ތެރޭގައި 94،000 ވަޒީފާ އުފައްދުމަކީ ވަރަށް މުހިއްމު ވައުދެކެވެ.

ވަޒީފާ އުފެއްދާނެ ފޯމިއުލާ އިއުލާންކުރިއިރު އަލަށް ހުޅުވާ 50 ރިސޯޓުން 26،000 ވަޒީފާ އުފައްދާނެ ކަމަށް މެނިފެސްޓޯގައި ލިއެފައިވެ އެވެ. އެއާއެކު، މަސްވެރިކަމުން 15،000 ވަޒީފާ، ދަނޑުވެރިކަމުން 10،000 އަދި އިމާރާތްކުރުމާއި ދަތުރުފަތުރުކުރުމުގެ ދާއިރާ އިން 1،000 ވަޒީފާ އުފައްދަން އޮތީ ނިންމާފަ އެވެ. މި ނޫން ވެސް ވަޒީފާ އުފައްދާނެ ދާއިރާތައް މެނިފެސްޓޯގައި ހިމަނާފައިވެ އެވެ.

ވަޒީފާ ނެތް ޒުވާނުންގެ ލިސްޓެއް ސަރުކާރުގެ ކުރީކޮޅު އެކުލަވާލި އެވެ. އެ ލިސްޓުގައި ނަން ނޯޓު ކުރި މީހުންގެ ތެރެއިން ވަޒީފާ ލިބުނީ ކިހާ އަދަދެއްގެ ބަޔަކަށް ކަމެއް ސާފެއް ނުވެ އެވެ.

އެކަމަކު ސަރުކާރުގެ އިސް ވެރިން ވިދާޅުވާ ގޮތުން ނަމަ، އެ ވައުދު މިހާރު ވަނީ ގާތްގަނޑަކަށް ހާސިލްވެފަ އެވެ.

ޒުވާނުންގެ އެވޯޑު ހަފުލާގައި ވާހަކަ ދައްކަވަމުން ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު ޒުހޫރު ވިދާޅުވެފައި ވަނީ ސަރުކާރުގެ ދެ އަހަރު ތެރޭގައި 70،000 ވަޒީފާ އުފެދިފައިވާ ކަމަށެވެ. އެކަމަކު އެ ވަޒީފާތައް އުފެދުނު ދާއިރާތަކެއް އޭނާ ވިދާޅެއް ނުވެ އެވެ. މެނިފެސްޓޯގައިވާ ވައުދުތައް ފުއްދާފައިވާ ކަމަށް ސިޔާސީ ގޮތުން ވިދާޅުވާ ވާހަކަތައް ގަބޫލުކުރަން ބައެއް މީހުންނަށް ދަތިވަނީ ވެސް ހިސާބުތަކުން ފެންނަން ނެތުމުން ކަމަށް ވެދާނެ އެވެ.

ވައުދުތައް ދަނީ ފުއްދަމުން

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވި ގޮތުގައި މެނިފެސްޓޯގެ ވައުދުތައް ނުފުއްދާ ކަމަށް ބުނެ އަމާޒުކުރެވޭނެ ފާޑުކިޔުމެއް ނެތެވެ. މެނިފެސްޓޯގައި ކަނޑައެޅި ކަންކަން ވަރަށް ފުރިހަމަކޮށް، ވަރަށް ކާމިޔާބުކަމާ އެކު ރައީސް ޔާމީން ތަންފީޒުކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މެނިފެސްޓޯގައި ހިމަނާފައިވާ ވައުދުތައް ތަންފީޒުކުރަނީ، އޭނާ ވިދާޅުވި ގޮތުގައި، އެ ދުވަސްވަރެއްގައި ރައްޔިތުންނަށް ބޭނުންވާ ކަންކަމަށް ބަލައި އިސްކަންދޭ ތަރުތީބުންނެވެ.

"ހަގީގަތަކީ މެނިފެސްޓޯ ތަންފީޒުނުކުރާ ކަމަށް ބުނެ އަމާޒުކުރެވޭނެ ބިނާކުރަނިވި ފާޑުކިއުމެއް ނެތް. މެނިފެސްޓޯގައި ކަނޑައެޅި ވައުދުތައް މި އަންނަނީ ފުރިހަމަވަމުން. ބޭރުގައި ފިއްލަވައި ތިއްބަވައިގެން އަބުރު ކަތިލުމުގެ ކުޅިވަރުތަކެއް ކުރިއަށް ގެންދަނީ ކިޔޭނެ ފާޑެއް ނެތިގެން،" މުއާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާތަނަށް ވެރިކަން ކުރެއްވި އެއްވެސް ރައީސަކަށް ދެ އަހަރު ތެރޭގައި ރައީސް ޔާމީން ކޮށްދެއްވި ކަންކަން ރައްޔިތުންނަށް ކޮށްދެއްވިފައެއް ނެތެވެ.

ޒުވާނުންނަށް ކޮށްދޭން ރައީސް ޔާމީން ވައުދުވެވަޑައިގެން މިހާތަނަށް ހާސިލްކޮށްދެއްވާފައިވާ ވައުދުތަކަށް ބަލާއިރު ވެސް އެކަންކަން ހާސިލްވެ ޒުވާނުންނަށް އޭގެ ފައިދާ ލިބެމުން އަންނަ ކަމަށް ވެސް މުއާޒު ވިދާޅުވި އެވެ. ސިއްހީ ނިޒާމަށް ގެންނަވާ ތަރައްގީގެ ތެރެއިން ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހުސް ނުވާ އާސަންދަ ނިޒާމެއް ގާއިމްކޮށް ރައްޔިތުންނަށް ހިތްހަމަޖެހުން ރައީސް ޔާމީން ހޯއްދަވައިދެއްވި ކަން ފާހަގަކުރެއްވި އެވެ.

"ފުޓްސަލް ދަނޑު އެޅުން ވެސް އެއީ ރައީސް ޔާމީނަށް ފެންތައްޓެއް ބޯލައި ވައެއްލުން ފަދަ ކަމެއް. ޒުވާނުން އެކަން ގަބޫލުކުރޭ. އުމުރުން ދުވަސްވީ މީހުންގެ އިނާޔަތް ވަނީ ބޮޑުކޮށްފައި. ރަށްރަށުގައި ޑޮކްޓަރުން އެބަ ތިބި. މިހެން ގޮސް ހުރިހާ ވައުދުތައް އެ ގެންދަވަނީ ފުއްދަވަމުން. ބާކީ ދެ އަހަރު ތެރޭގައި ކުރައްވަން ހުރި ކަންކަން އެ ވަނީ ޕްލޭންކުރައްވައި އަމަލީ މަސައްކަތް ފައްޓަވާފައި،" މުއާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވީ ވާދަވެރިންނާ ވާދަކުރައްވަން ނޫން ކަމަށެވެ. ގައުމުގައި ހުރި މައްސަލަތައް ހައްލުކުރައްވަން ކަމަށާއި އެމަނިކުފާނު ކުރައްވަމުން ގެންދަވަނީ އެ މަސައްކަތްޕުޅު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމަކު ޕީޕީއެމް މެނިފެސްޓޯގައިވާ ކަންކަން ފުރިހަމަ ނުވާ ނަމަ، އެއީ އިންތިހާބުތަކުގައި އަމާޒުކުރާނެ ސުވާލެކެވެ. އެއަށް ފުރިހަމަ ޖަވާބެއް ދެވޭނީ މެނިފެސްޓޯގައި ހިމަނާފައިވާ ބޮޑެތި ވައުދުތައް ފުއްދަމުން އަންނަ ނިސްބަތަކުންނެވެ.

46 ކޮމެންޓް, 80 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 5%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސާދާސީދާ

28 August 2016

"އޭނާ ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވީ ވާދަވެރިންނާ ވާދަކުރައްވަން ނޫން ކަމަށެވެ." ތެދުފުޅެއް. ހުރިހާ ވާދަވެރިން ޖަލަށް!

The name is already taken The name is available. Register?

ނަފީސާ

23 August 2016

ޕީޕީއެމްއޭ ނުކިޔާ! އަދުވެރިކަމުގައި މިއޮތީ ޕީޕީއެމް ސަރުކާރެއްނޫން! ޔާމީންގެ ހުދުމުހުތާރު ވެރިކަމެއް.

The name is already taken The name is available. Register?

ޟަރީ

23 August 2016

ޜައްރަށުގެ ޑޮކްޓަރުން އެބަތިއްބޭ.ރާއްޖޭގަ އާބާދީ އެންމެބޮޑު އެއްރަށް އައްޑޫ ސިޓީގަ ފަޔައްގޮތެއްވެގެން ކަށީގެ ޑޮކްޓަރެއް ހުރިތޯބަލާލިއިރު އެއްވެސް ހޮސްޕިޓަލެއްގަ ނެއް ކަށީގެޑޮކްޓަރެއްނެތް އެކަމަކު މިބުނަނީ ހުރިހާ ރަށެއްގަ ޑޮކްޓަރުން އެބަތިއްބޭ.އެނގިފެނިގެން މިހާބޮޑެތި ދޮގުމިހަދަނީ..ދެން ކުނިއުކަން ލާރި ނެގީ މިމަހުން ފެށިގެން ހަފްތާއަކު 3 ދުވަހު /165ރ ކުނިނެގުނީ ފުރަތަމަ ހަފްތާގަ 1 ފުވަހު 2ވަނަހަފްތާގަ 3 ދުވަހު .މިހަފްތާގަ އަދި އެންމެ ދުވަހަކުވެސް އަފިނުނަގާ..މީއަހަރުމެން އަތުން ލާރިނަގާފަ ވާވަރު. ކާކު ޒިންމާނަގާނީ...ނޫސްތަކުން މިކަހަލަ ފޮނި ވާހަކަ ފެނުނީމަ ހިނިއަންނަނީ..

The name is already taken The name is available. Register?

ހާދާލު

23 August 2016

ހަނިމާދޫ އެއަރޕޯޓް ތަރައްގީ ކުރަން ވެފަވީ ވައުދު ވީ ތަނެއް ނޭގެ........... ހދ. އަތޮޅުގައި އެޅުނު ރިސޯޓެއް ނެތް...... އަދިވެސް ބައިވަރު ކަންކަން........

The name is already taken The name is available. Register?

ގުޑް

23 August 2016

ޕީޕީއެމްގެ ޕިންކް ވެރިކަމުގައި މިއުޅެނީ އަވަށްޓެރި ލަންކާ އަދި އިންޑިއާ ކުދިން ރާއްޖެ އަށް ބޭސް ފަރުވާ އަށާއި އަދި ކިޔެވުމަށްޓަކައި އަންނަ ގޮތް ހަދަން. މިކަން ކުރުމަށް ޓަކައި ހުޅުމާލޭގައި ޓްރީ ޓޮޕް ހޮސްޕިޓާ ފީންނެއް އަޅާ އަދި ހުޅުމާލޭގައި އިންޓަރނޭޝަނަލް އެޑިއުކޭޝަނަލް ޕާރކެއް އަޅަން ސަރުކާރުން މިއުޅެނީ. ޔޫ ކޭން ޓޭކް ޔުއަރ ފިއުޗަރ ވިދް އަސް. ސަމްތިންގް އިޒް ގުޑް އިން ޕިންކް ޑްރީމްސް.

The name is already taken The name is available. Register?

ބޫ

23 August 2016

ހެހެހެ... އެންމެ ފަހުން މިރަށަށް އައި ޕީޕީއެމްގެ އިސް މެންބަރުންތަކެއް ވިދާޅުވީ ޕީޕީއެމްގެ ހުރިހާ ވައުދެއް މިހާރު ފުއްދައިފީމޭ. މިހާރު ކުރިޔަށްދަނީ ވައުދުގެ އިތުރުން ރައްޔިތުންގެ ތަރައްގީއަށް ރައީސް ޔާމީން ކޮށްދެއްވާ ކަންތަކޭ. އެހެންވީމާ ސުރުޚީގައި ފަޒީނާ އުފައްދަވާފައި އެވާ ސުވާލު އަޅުގަނޑުމެނެއް ނޫފައްދަން.

The name is already taken The name is available. Register?

ކުޑްބީ

23 August 2016

ޕީޕީއެމް އަކީ ރަންރީނދޫ ކުދިންގެ ވެރިކަމުގައި އެކުދިން ރައްޔިތުންނަށް އޮޅުވާލި ގޮތަށް އޮޅުވާލާ މަކަރާއި ހީލަތް ހަދާނެ ބަޔެއް ނޫނެވެ. މަމެން ޕިންކް ކުދިން ކުރާ ކަންކަން ކުރާނީ ފިސާރި ކޮލިޓީ ގައެވެ. ނަސީބު ރަންރީނދޫ ކުދިން އިންޑިއާ މެދުވެރިކޮށް މާލެ އާއި ހުޅުލެ އާއި ދެެމެދު ބްރިޖް ނޭޅިކަން. އެނޫންނަމަ އެބްރިޖް އޮންނާނީ ބޮލަށް ވެއްޓިފައި ވިއްޔާ. ޕިންކް ކުދިންގެ ސަރުކާރުން ކުރަމުން އަންނަ ކަންކަމަށް އަދިވެސް އެބަ ބޭނުންވޭ ރަންރީނދޫ ކުދިންގެ ވެސް ބޮޑު އަދަދެއްގެ ތާއީދާއި މަދަދު. ތިކުދިން ރުޅި މަޑުކުރުމަށް ފަހު އޯޕަން މައިންޑަކުން ވިސްނާ ހަދާ އާދެބަލަ ކޮންމެ ކުއްޖަކަށް މާލެ ސަރަހައްދުން ލިބޭ ފްލެޓް އާއި ހަވާލުވާން. އައިނޯ ޔޫ ހިއަރ މީ ނައު. ވީއާރ އިން ޑިފެރެންޓް ކައިންޑް ނައު. ވީކޭން ޑޫ އެނީތިންގް. ވީ ކުޑްބީ ހީރޯސް މީ އެން ޔޫ. ވީ ކުޑްބީ..

The name is already taken The name is available. Register?

އަޖާބު

23 August 2016

އަޖަިބެކެވެ. ރަން ރީނދޫ ކުރިކަމެއް ބޮލަށް ވެއްޓުނުހެއްޔެވެ؟ ރަސްފަންނާއި މަރުކަޒު މާބްލް ނުފެނޭ ހެއްޔެވެ. އަދިވެސް ހަމަ ތިކިޔަނީ ތިހެންނެވެ. އަޖާބު ހީވެއެވެ.

The name is already taken The name is available. Register?

ލެބޯވްސްކީ

23 August 2016

ރައްޔިތުން ނިންމާނެ ވޭތުވެ ދިޔަ ތިން އަހަރު ތެރޭ އެމީހުންގެ ދިރިއުޅުމަށް ލުޔެއް ލިބިއްޖެތޯ. 2008 ގައި ހޮވި ސަރުކާރުން ބޯންދިން ހިތި ބޭހުގެ ރަހަ ކަރު ބުޑުން އެބަ ފިލާތޯ. ގައުމު އެބަ ހަމަޖެހުމާ ދިމާލަށް ދޭތޯ. ތަރައްގީގެ ކުަލަވަރު ލޯމަތިން ފެންނަނީ ކިހާވަރަކަށްތޯ. ރައްޔިތު މީހާ ލޯ މަރާލާފަ ރަގަޅަށް ހެޔޮހިތުން ވިސްނާލައިފި ނަމަ ފެންނާނީ ހިނިތުންވެލުމާ އެކީ ރައީސް ޔާމިންގެ ސިފަފުޅު އެމީހުންގެ އުއްމީދެއްގެ ގޮތުގައި

The name is already taken The name is available. Register?

ދެޓްޑޭ

23 August 2016

ޕިންކް ކުދިން ރައްޔިތުންނަށް ވެފައިވާ ވައުދު ދަނީ ބަރާބަރަށް ފުއްދަމުންނެވެ. ޕިންކް ކުދިންނަށް 2013 ވަނަ އަހަރު އޮރެންޖް ކުދިންނާއި އަދި ރެޑް ކުދިންނާއި އަދި ފެހި ކުދިންނާއި އަދި އުމަރު ދަންޑެހެލު ޓީމާއި ގުޅިގެން ނިމިދިޔަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރީ އެއީ މެނިފެސްޓޯ ގައި ހުރި ވައުދު ތައް ފުއްދާ ދޭން އެވެ. އެވައުދު ތައް ދަނީ ބަރާބަރަށް ފުއްދެމުންނެވެ. 2013 ވަނަ އަހަރު ރިޔާސީ އިންތިޚާބު ޕިންކް ކުދިން މި ބުނެވުނު ކޯލިޝަންގެ އެހީއާއި އެކު ކާމިޔާބު ކުރި ދުވަހަކީ އެއީ ރީތި އަބަދުވެސް ރީތި އުފާވެރި ދުވަހެކެވެ. އެދުވަސް އެއީ ރީތި އަދި މާރވެލަސް ދުވަހެކެވެ. އެއީ ހަނދާނުން ފުހެލަން ދަތި ދުވަހެކެވެ. ދެޓް ޑޭ، ދެޓް ޑޭ، ދެޓް ޑޭ ސޯ ސްވީޓް. ކޭން ޔޫ ފީލް އިޓް..

The name is already taken The name is available. Register?

ފުދޭފުދޭ

23 August 2016

ފުއްދެޔޭ ފުއްދެޔޭ. ... ކަނަވެޔޭ ކުރެވެޔޭ ނުކިޔާ ފުއްދުނު ވައުދުތަކުގެ ލިސްޓް ކިޔާބަލަ.

The name is already taken The name is available. Register?

އިބޫ

23 August 2016

ވައުދު ތައް މިހިރީ އތް ނުލެވި، ހަމަ ހުސް ހޮޅި ވަހަކަ ދައްކަނީ، ރިޝްވަތާއި ކޮރަޕްޝަން ޔަގީން މި ވައުދު ތަކުގެ ތެރެއިން ކުރެވުނީ ކީއް؟ 1- 20000 ހައުސިންގ ޔުނިޓް ( ކޮންމެ ކައިވެންޏަކަށް ފްލެޓެއް) 2- ބެޔަސް ނުބެޔަސް 10ހާސް 3- ދަނޑުުވެރިޔަކަށް 8ހާސް 4- ކޮންމެ އާއިލާ އަކަށް ޑރ އެއް 5- ހުސްނުވާ އާސަންދަ 6- 65 އަހަރުން މައްޗަށް 5ހާސް 7ހާސް- 7- ރިސޯޓް ތަކުގެ މުއައްޒަފުންނަށް ރިސޯޓް ޝެއަރ 8- ޒުވާނުންގެ ސިޓީ 9- 94000 ވަޒީފާ 10- ގޭގަ ތިބޭ އަންހެނުންނަށް އާންމުދަނީ 11-ސްޕީޑް އެމްބިޔުލެންސް 12- ހުޅުމާލެ ބްރިޖު 13- ނަރުދަމާ 14 ބަނދަރު 15- ކޮންމެ ކުއްޖަކަށް ޔުނިވަރސިޓީ ނިމެންދެން ހިލޭ ތައުލީމު 16- ޖީޑީޕީ 4000ޑޮލަރުން 12000ޑޮލަރަށް 17- ޓާޝަރީ 3 ހޮސްޕިޓަލް 18-ކިޑްނީ ބަދަލު ކުރުމާއި، ބައިޕާސް އޮޕަރޭޝަން ކުރެވުން 19- ބޭންކް ލޯންއިންޓެރެސްޓް %5 އަށް ހެދުން- ކޮސްޓް އޮފް ލެންޑިނ އާއި ކޮސްޓް އޮފް އިންޓެރެސްޓްގެ ތަފާތު %1 އަށް ހެދުން 20- 50 އާ ރިސޯޓް ނެރުން

The name is already taken The name is available. Register?

ބައިބައި

23 August 2016

މިއިން ކުރެވުނީ ކޮންކަމެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454