ޚަބަރު / ރައީސް މުހައްމަދު ނަޝީދު

ކޯލިޝަނެއް ނުރޫޅޭނެ، ސަރުކާރެއް ނުވެއްޓޭނެ: ނަޝީދު

ކޯލިޝަން ލީޑަރުންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ފައިސަލް ނަސީމް-- ފޮޓޯ: މިހާރު

މި ސަރުކާރު ހިންގާ ކޯލިޝަން ރޫޅޭ ފަދަ މައްސަލަތަކެއް ނެތް ކަމަށާއި ސަރުކާރު ނުވެއްޓޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި، ހުރިހާ ދާއިރާ އަކަށް ވާދަ ކުރަން އެމްޑީޕީން ނިންމި ހިސާބުން ކޯލިޝަންގެ ތެރޭގައި ވަނީ ދެބަސްވުންތަކެއް އުފެދިފަ އެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގެންދަވަނީ އެމްޑީޕީ އާއި ނަޝީދަށް ހޫނު ބަހުގެ ހަމަލާތަކެއް ދެއްވަމުންނެވެ. އެންމެ ފަހުން ގާސިމް ރޭ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ނަޝީދު ވައްޓާލަން މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތު ކުރައްވައިފަ އެވެ.

ގާސިމް އެހެން ވިދާޅުވެފައި ވަނިކޮށް، ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގުރާމްގައި ނަޝީދު މިއަދު ވިދާޅުވީ ސަރުކާރު ހިންގުމަށް ހަދާފައިވާ ކޯލިޝަނަކީ "ހިތުގެ އަޑިން ވެފައިވާ އެއްބަސްވުމެއް" ކަމަށެވެ. އެއީ ވަޒީރުންގެ މަޖިލިހާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ސިޔާސީ މަގާމުތަކާ އެކު ސަރުކާރު ހިންގުމަށް ވެފައިވާ އެއްބަސްވުމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ރީތިކޮށް [ސަރުކާރު] އެބަ ހިނގާ. ސަރުކާރު ވެސް އެބަ ހިނގާ. ވުޒާރާތައް ވެސް އެބަ ހިނގާ. ޖުމްހޫރީ ޕާޓީގެ ވަޒީރު ބޭފުޅުންނާއި އަދާލަތު ޕާޓީގެ އަދި އެމްއާރުއެމާ ހުރިހާ ބޭފުޅުން ވެސް އެބަ މަސައްކަތް ކުރައްވާ. އަޅުގަނޑަކަށް ސަރުކާރުގައި އޮތް އިއްތިހާދެއްގެ މައްސަލައެއް ނުފެނޭ،" ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީގެ ރައީސް ނަޝީދު ވިދާޅުވި އެވެ.

Nasheed iskoh hunnavai, sarukaaru vattaalan ulhey kamah Gasim thuthumathu kuravvaifi

Nasheed iskoh hunnavai, sarukaaru vattaalan ulhey kamah Gasim thuthumathu kuravvaifi

The most trusted news source in the Maldives

Mihaaru

ނަޝީދު ވެރިކަން ވައްޓާލަން އުޅުއްވާކަމަށް ގާސިމް ތުހުމަތު ކުރެއްވުން---

އެކަމަކު، އެ ކޯލިޝަން ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަ ނުކުރެވޭނެ ކަމަށާއި އެއީ ރައްޔިތުންނަށް ކުރެވޭ ބޭއިންސާފެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މިސާލަކަށް އަޅުގަނޑު އެއްބަސްވާންވީ މަޖިލިހުގެ ވަކި ދާއިރާއެއްގައި އެމްޑީޕީގެ ވަކި ކެންޑިޑޭޓެއް ނުހުންނަން. ނުހުރެފާ އަދި އޭގެ މާނަ އަކަށް ވާންވީ އަޅުގަނޑުމެން ބުނަން މި ޖެހެނީ ޖޭޕީގެ ކެންޑިޑޭޓަށް އަޅުގަނޑުމެންގެ ހުރިހާ މެމްބަރުން ވޯޓް ދެއްވާށޭ. އެއީ އެއްގޮތަކަށް ވެސް އަޅުގަނޑުމެންގެ މެމްބަރުންނަށް ވެސް އަދި ރާއްޖޭގެ ރައްޔިތުންނަށް ވެސް އިންސާފެއް ނޫން،" އެމަނިކުފާނު ވިދާޅުވި އެވެ.

"ރައްޔިތުންނަށް ލިބެން ޖެހޭނެ ފުރުސަތު. ސިޔާސީ އެކިއެކި ފިކުރުތަކުގެ ތެރެއިން އެ ރައްޔިތުން ބޭނުންވާ ބޭފުޅަކަށް. ބޭނުންވާ ޕާޓީ އަކަށް ވޯޓް ދެއްވުމުގެ ފުރުސަތު. އެއީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމުގެ އަސާސަކީ."

ކޯލިޝަންގެ ލީޑަރުންގެ މެދުގައި އަބަދުވެސް ވާހަކަ ދެއްކެވި މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އަދި ކޯލިޝަން ރޫޅި ސަރުކާރު ނިމުމަކަށް އަތުވެދާނެ އެއްވެސް މަންޒަރެއް ނުފެންނަ ކަމަށް ވިދާޅުވި އެވެ.

ނަޝީދު އެގޮތަށް ވިދާޅުވާއިރު، ސަރުކާރު ގެނައުމަށް ކޯލިޝަން އެގްރިމެންޓް ހެދިއިރު އޭގައި އެއްބަސްވެފައިވަނީ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވެސް ކޯލިޝަން ގުޅިގެން ވާދަ ކުރުމަށެވެ.

21 ކޮމެންޓް, 56 ރިއެކްޝަންސް

icon happy icon happy 70%
icon sad icon sad 2%
icon angry icon angry 29%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބުޝް

24 January 2019

ވަރަށް ރަނގަޅު ވާހަކައެއް ނަޝީދު ވިދާޅުވީ.... މަގޭ ދާއިރާއަށް އެމްޑީޕީ ނޫން މީހަކު ކުރިމަތި ލައިފިއްޔާ މަށެއް ވޯޓެއް ނުދޭނަން. އަދި ކެމްޕެއިނެއްވެސް ނުކުރާނަން. ސަޕޯޓެއްވެސް ނުކުރެވޭނެ...

The name is already taken The name is available. Register?

ޢާޞިފް

24 January 2019

ވެއްޓެނީ ވެއްޓެނީ ވެއްޓެނީ ވެއްޓެނީ ވެއްޓެނީ ވެއްޓެނީ

The name is already taken The name is available. Register?

އިބްރާ

24 January 2019

ގާސިމް ވަކިވިޔަސް، މައުމޫނާއި އަދާލަތު ވަކިވިޔަސް ވޯލިޝަން ރޫޅެނެ ހަމައެއްގޮތެއްވެސް ނޯންނާނެ

The name is already taken The name is available. Register?

ލޮކިމަސް

24 January 2019

ވަކިވަކިން ވާދަކޮށްލީ މާ އެނގޭނެ އެސިޔާސީ ޕާޓީއެއްގެ ސައިޒް.

The name is already taken The name is available. Register?

އަރަރެން

24 January 2019

މީ ޢަލީ ސައީދު ބުނި ވަރަށް ރަގަޅުވާކައެއް: ނަސީދު ސިޔާސީ ކަންކަމާ ދުރައް ދާންވީ، އޭރުން މިޤައުމު ރަގަޅައްދާނީ. ނަސީދު މާލޭގަ ހުރިނަމަ އަދިވެސް ޔާމީން ވެރިކަމުގަވެސް ހުންނާނީ، ނަސީދަކީ އެކުގަ މަސައްކަތް ނުކޮށް ބައިބައި ކޮއްގެން ކަންކުރާ މީހެއް

The name is already taken The name is available. Register?

ސޭޓޫ

24 January 2019

650 މިލިައނެެއްގެ ވާހަކަ އެބަދެކެވޭ.....މިއީ ތެދެއްތަ.

The name is already taken The name is available. Register?

އަލީ ރާޖާ

24 January 2019

ރިޔާސީ ނިޒާމެއްގައި ކޯލިޝަން ސަރުކާރެއް ނުހިނގާނެ. މަނިކުފާނު ވެސް ކުރިން އެހެން ވިދާޅުވި.

The name is already taken The name is available. Register?

ފިތުނަ މމމމމމ

24 January 2019

86 ދާއިރާ ގެނެސް އެމްޑީޕީ ބޭނުން ވަނީ ދިީން ކުޅެން

The name is already taken The name is available. Register?

ޔާމީނު

24 January 2019

ރޫޅާލުމުގެ ގަހު ތައްޔާރީ ކާސިމާ ފަށާފި

The name is already taken The name is available. Register?

ރޮނގުދޯ

24 January 2019

ކޯލިޝަން ނުރޫޅޭނެ ކަމަށް ކެނެރީގެ ނަޝީދު ބުނަނީ އެއީ އޭނާ އަތުގައި އޮތީތޭ ކޯލިޝަން ނުރޫޅޭނެ ކަން އަންގައިދޭ ޑިޓެކްޓަރެެއް ނެތިއްޔާ ދެން ތިޔާ ގޮވާ ގޮވުން ތަކަކީ އެއީ ކަނޑުގައި އަޅާލާ ރޮނގުދޯ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454