30 ޖެނުއަރީ 2019 - 18:52
ކުރީގެ ރައީސް އަބްދުﷲ ޔާމީިންގެ ސަރުކާރުގައި، ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެ އަށް ކުރިމަތިވި އެކަހެރި ކަމަށް ފަހު ދުނިޔެއިން ރާއްޖެ ބަލައިގަންނަން ފަށާފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ޔުނައިޓެބް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި އެމެރިކާ އަދި އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރުފުޅަށްފަހު މިއަދު ރާއްޖެ ވަޑައިގެން ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދަތުރު ވަރަށް ކާމިޔާބު ކަމަށެވެ.
"ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މެނިފެސްޓޯ ހަގީގަތަކަށް ހަދައިދިނުމަށް އެހީވާން ދުނިޔެ އޮތީ އެހީތެރިވާން،" 10 ދުވަހުގެ ދަތުރާ ބެހޭ ގޮތުން ޝާހިދު ޓްވީޓްގައި ވިދާޅުވި އެވެ.
Back in Maldives after fruitful meetings in Adu Dhabi, Washington, NY and London. After 5 years of isolationism, Maldives is received by the international community with genuine warmth and a readiness to assist us realise Pres @ibusolih's manifesto for the people of Maldives. pic.twitter.com/YHHwIxYZBx
— Abdulla Shahid 🎈 (@abdulla_shahid) January 30, 2019
އެނބުރި ރާއްޖެ ވަޑައިގެން ޝާހިދު ކުރެއްވި ޓްވީޓް---
މި ދަތުރުގައި ޝާހިދު ވަނީ އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެމްބަރުންނާއި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްއާ ބައްދަލުކުރައްވައިފަ އެވެ. މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން އދ.ގެ ސަލާމަތީ މަޖިލީހުގައި ޝާހިދު ތަގުރީރުކުރެއްވި އެވެ.
އޭގެ އިތުރުން އޭނާ ވަނީ ރާއްޖޭން އަލުން ގުޅެން ނިންމާފައިވާ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީސިއާ ސްކޮޓްލަންޑާ ބައްދަލުކުރައްވައި އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ އާންމު އިންތިޚާބު އޮބްޒާވް ކުރުމަށް ދައުވަތު ދެއްވާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޮއްބެ
22 March 2019
ރައީސް ޔާމީންގެ ދައުރުގައި މިގައުމަކީ މިނިވަން މުސްތަޤިއްލު ގައުމެއްކަން އިޙްސާސް ކުރެވުނު. އެއީ އެއްވެސް ގައުމެއްގެ ނުރަނގަޅު ނުފޫޒު މިގައުމަށް ފޯރުވިޔަ ނުދިނީތީ. މިހާރު، މަކަރާ ޙީލަތުން ގެނައި ރީނދޫ ސަރުކާރަކީ ބޭރުގައުމުތަކުގެ “ގޮނޑިކޮއްކޮ” ސަރުކާރަކަށް ވުމުން، އިޙްސާސް ކުރެވެނީ އަޅުވެތިކަން. އެހެންކަމުން ކުރިމަގުގައި އަޅުވެތިކަމާ ނިކަމެތިކަމުގެ ހިތިރަހަ ދިވެހި ރައްޔިތުން ގެ އަރުތެރޭގައި ލައްވާނެ ބަލަންތިބޭ.
މީމަށޭ
31 January 2019
ދުނިޔޭގެ އެއްވެސް ތާކުން ތިކަހަލަ ވާހަކައެއް ދެއްކި މީހަކު ނެތް
އަޅުވެތި
31 January 2019
5 އަހަރުތެރޭ ރާއްޖެ އެކަހެރިވީކީ ނޫން. މިގައުމުގެ ފޮރިން ޕޮލިސީއަށް ބަދަލުތަކެއް ގެނެސް ރާއްޖެ ތަރައްގީވާ ގޮތް ބަދަލުކުރަން ޔާމީން އުޅުއްވީ. އިންޑިއާ ކަހަލަ ޒަމާންވީ ދެފުއްކެހެރި ގައުމެއް ކުޑަކޮށް އެކަހެރިކޮށްލައިގެން ގައުމުގެ ތަރައްގީގެ ކަންކަން ކުރިއަށް ގެންދަން ފެއްޓެވީ. އެކަން އިންޑިއާއާ އިދިކޮޅު މީހުންނަށް ހަޖަމުނުވެގެން ރާއްޖެއާ އެހެން ގައުމުތަކާ ޖެއްސުމަށް ވާހަކަތަކެއް ދައްކައި އެކަހެރިވީ ކަމަށް ހަދައިގެން އުޅުނީ ރައްޔިތުންނަށް އޮޅުވާލަން
ވަތުބަތާނަ
31 January 2019
ދުނިޔެ ރާއްޖެބަލައިގަތްކަމުގެ ނަތީޖާއަކީ ރާއްޖޭގެ މީސްތަކުން އުޅޭނެގޮތަކަށް އުޅުމަށް ލިބުނު މިނިވަންކަމާއި، ރާއްޖޭގެ ހަތަރު ކަންކޮޅުގައި އިންޑިޔާގެ ހަންފަތުރާލެވުން! ކޮބާ މީގެކުރިން ކިޔާތީ އަޑުއިވެނީ ޗައިނާގެ އަސްކަރިއްޔާއަށް ހުރިހާ ރައްތަކެއް ދީފިޔޯލަ؟ އެކަމަކު އެބުނާ މީހުންގެ އެކަކުވެސް ނުވެއްފެނޭ؟ މީ އެމެރިކާ މީހުން އިރާގަށް އަރަން ދެއްކި ކަހަލަ ބަހަނާއެއް ނޫންތަ؟
ޝިރުހާން
31 January 2019
ތިކުރާ މަސައްކަތަށް ޝުކުރިއްޔާ. ޔާމީނު އޮތީ މި ގައުމު މިދިޔަ 5 އަހަރު ދުނިޔޭގެ އެންމެން ރުޅި އަންނަ ގައުމަކަށް ހަދާފައި، ޗައިނާޔާ ގުޅިގެން ވީކަމެއް ނެތް ދަރަނި ބޮޑުވުން ފިޔަވައި. ރާއްޖެއަކީ ބައިނަލްއަގްވާމީ މުޖްތަމައުގައި ބަސްވިކޭ ގައުމަކަށް ވާން އެބަ ޖެހޭ. އެކަން ޝާހިދާ އިބޫ ކުރައްވާނެކަމާމެދު ޝައްކެއް ނެތް
ޕިރުހާން
31 January 2019
އިންޑިއާއާ ގުޅިގެން ރާއްޖެއަށް ވާނެ ފައިދާއެއް ނޯންނާނެ ރާއްޖޭގެ ދަރަނި އިތުރުވުމާ ރާއްޖޭގެ ބޭނުން އިންޑިއާ މީހުން ބޭނުންވަރަކަށް ހިފުން ފިޔަވައި.
މުޙަންމަދު
31 January 2019
އިންޑިއާއިން ފުރަތަމަ އެއްމަސްދުވަސް ތެރޭގައި 1.4 ބިލިއަން ނަގައިފި! އަދި ގައިމުވެސް އެއްވެސް ތަރައްޤީގެ މަޝްރޫއުއެއް ނުފެށޭ! ޗައިނާގެ އަސްކަރިއްޔާއިން މިތަނާ ވެގެން ނޫޅޭ އިންޑިއާ އެއުޅޭހެންނެއް! އެމް.ޑީ.ޕީ އަށް ހަމަ ނޭވާ ލެވޭނީ ޤައުމު އިންޑިއާގެ އަވަށަކަށް ހަދާލެވުނީމަ!
ޝޮކްތެރަޕީ
31 January 2019
މިރާއްޖެ ކިލަބުކުރަނީވެސް ކަލޭމެން.
ދީމާހު
31 January 2019
މީނާއަށް ކޮންކަމެއް ކުރެވިގެން މިއުޅެނީ. ކުރެވުނުހާވެސް ކަމަކީ ގޮތްނޭގޭ ޑީލުތަކެއް އިންޑިއާއެކު ހަދާ، ދިވެހިންގެ އިސްތިގުލާލަށް ބުރޫއަރާ ކަންކަންކޮށް، ޓެކްސް ޕޭޔަރސްގެ ފައިސާ ބޭކާރުގޮތުގައި ހޭދަކުރުމަށް ދިމަދިމާލަށް ދަތުރުކޮށް ފަށުވި ޢިބާރާތުން މޮޅެތި ވާހަކަ ދެއްކުން. މީނާ ހީކުރަނީ ދިވެހިންނަކީ މޮޔައިން ކަމަށް
އަހައްމަދާ
31 January 2019
އިންޑިއާޔާ ޑީލެއް ހެދިއްޔާ ބުނާއިރު، ހެދި ޑީލެއް ބުނެ ނުދެވިގެން ތިއުޅެނީ ކީއްވެ؟ ތިޔަ ޒާތުގެ ފިތުނަވެރި ވާހަކަ ފަތުރާ މީހުންނަށް ޤިޔާމަތްދުވަހުން އޮތް އަޛާބުގެ ވާހަކަ ނޭނގޭތަ؟ ފޮރިން މިނިސްޓަރު ބޭރުގެ ގައުމުތަކަށް ދަތުރުކުރުމުގެ މުހިއްމުކަން ނޭނގޭ މީހުން ސިޔާސީ ވާހަކަ ނުދައްކާ.
ގައުމީ ލޯބީގާ
31 January 2019
އަހަންމަދާ ހާދަ ފިތުނަވެރިވާހަކަ އެއްދައްކައިގެނެވެރިކަމަށް އެރީ އެދުވަހު އެދެއްކި ފިތުނަ ވެރިވާހަކަ ތައް މިއަދު މީހުން ގަބޫލު ނުކުރާކަށް އޮޅުވައިލިކަން ލައިކް އާއި ޓިސްލައިކުން އެބައެގޭދޯ.މަމެން މިގޮވަނީ ފުދިއްޖެޔޭ ފައިބާށޭ.
ހަސަންފުޅު
31 January 2019
އެއީ ކިލައެއްނޫން. ހަމަ ހުންނަގޮތް. އެއީ ކަޅު ކޮށް ހުންނަ ލަފެއް.. މިވަރު މީހުން ދައްކާ ވާހަކަ ޤަބޫލުކުރަން ހެޔޮ ނުވާނެ.
ކަނބިލި
31 January 2019
އިންޑިއާގެ މުށުތެރެއަށް ރާއްޖެ ގެންދިއުމުގެ މޭސްތިރިއަކީ މީނާ. މީނާ ބޭނުންވަނީ އިންޑިއާގެ އަޅުކުއްޖެއްގެ ގޮތުގައި ވެރިކަމަށް އަންނަން.
އާދަނު123
31 January 2019
ދުނިޔެއިން ރާއްޖެ ބަލައި ނުގަތީކީނޫން ޝާހިދުމެން ކަހަލަ ގައުމަށް ގައްދާރު މީހުން ރާއްޖެހަލާކުކުރަން ބޭރުގައުމުތަކަށް ގޮވީ