ޑިފެންސް މިނިސްޓަރު މާރިޔާ: އޭނާ އިންޑިއާގައި ދަތުރުކުރެއްވި މޮޓޯކޭޑްގައި އެހެން ކާރަކުން ޖެހި އެކްސިޑެންޓެއް ވަނީ ހިނގާފައި -- ފޮޓޯ/މިހާރު
31 ޖެނުއަރީ 2019 - 14:01
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިންޑިއާ އަށް ކުރެއްވި ދަތުރުގައި، މޮޓޯކޭޑްގައި ދަތުރުކުރައްވަނިކޮށް ކާރަކުން ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.
އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން އިއްޔެ އެ ހާދިސާ ހިނގީ އިންޑިއާގެ ޝިމްލާ ޑިސްޓްރިކްޓްގައި ދަތުރު ކުރައްވަމުން ގެންދަވަނިކޮށް އެހެން ކާރަކުން ޖެހިގެންނެވެ. އެކްސިޑެންޓްވި ކާރު ޖެހުނީ މާރިޔާ އެވަގުތު އިންނެވި ކާރުކޮޅުގަ އެވެ. އެކަމަކު އެ ހާދިސާ މީހަކަށް އަނިޔާއެއް ނުލިބެ އެވެ.
އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން އެ ހާދިސާ ހިނގިއިރު، މާރިޔާ އިންނެވި ކާރުކޮޅާ އެކު މޮޓޯކޭޑްގައި ދަތުރު ކުރަމުން ދިޔައީ ފުލުހުންގެ އެސްކޯޓް އުޅަނދުތަކެކެވެ. އަދި އެކްސިޑެންޓްވި ކާރު ދުއްވި މީހާ ހުއްޓުވައި، އެ މައްސަލައިގެ ތަހުގީގު އިންޑިއާ ފުލުހުން ފަށާފައިވާ ކަމަށް ނޫސްތަކުގައިވެ އެވެ.
އެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފްގެ ބަހެއް ނުލިބުނެވެ.
ފަތުރުވެރިންގެ މެދުގައި މަގްބޫލު ޝިމްލާއަށް މާރިޔާ ވަޑައިގަތީ ދެ ދުވަހަށް ކަމަށް ނޫސްތަކުގައިވެ އެވެ. މާރިޔާ އިންޑިއާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ޑިފެންސް މިނިސްޓަރާއި އެ ގައުމުގެ އިސް ފަރާތްތަކާ ވެސް ވަނީ ބައްދަލުކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުއްالله
31 January 2019
ސިމްލާ އަށް ދާ ކޮންމެ މީހަކީ ޗުއްޓީއަށް ދާ މީހެއްނޫން. 2 ޖުލާއި 1972 ގަ އިންދިރާ ގާނދީ އާއި ޒުލްފިގާރު އަލީ ބުއްޓޫ، މަޝްހޫރު ސިމްލާ އެގެރިމެންޓު ގަ ސޮއި ކުރީވެސް ސިމްލާގަ. އިގިރޭސި ރަސްކަމުގައި، ކޮންމެ ފިނި މޫސުމެއްގައި، މުޅި އިންޑިޔާގެ ސަރުކާރު ވެސް ދިއްލީން ސިމްލާއަށް ބަދަލުކުރި.
އަބްދުއްالله
31 January 2019
އިންޑިޔާ ފުލުހުންނަކީ މީހުންގެ ގައިގަ ތަޅާ، ހޭބަލިކޮށްލާފަ، އޭގަފަހުން ސުވާލުކުރާ ބައެއް. ތިޔަ ކާރުގަ އިންމީހާ މިހާރު ކޮޅަށް ހުރެވޭ ބާވައޭ ހީވެ.
4568
31 January 2019
ސަރުބަތު ހަދާތަން ބަލަންދިޔައީ ކަމަށް ވާނީ
ބޯބުރާންތި
31 January 2019
އަހަރެން ހީކުރީ މިނިސްޓަރުންގެ ރަސްމީދަތުފުޅު ނިމުމާއެކު އަންނަނީ ގައުމަށް ކަމަށް. ކުޑަ ޗުއްޓީއެއް ހަދާލަން އަރާމު މައިޒާނަކަށް ދާކަމެއް އެގިފައެއްނެތް. އެކަމު މިއޮތީ ފަޅާއަރާފަ މުޅިން އެހެން ކަހަލަ ގޮތަކަށް. ކަމެއް ފަޅާ އަރަންވެއްޖެއްޔާ ލަހެއް ފަހެއްނެތް.
ންންންން
31 January 2019
އެއީ ގައުމުތަކުންއެކަންތައް ހަމަޖައްސާގޮތް އެވަރުގެ މަގާމުތަކާ އަދަ ދަށް މަގާމުތަކަށްވެސް. އެއީ މައްސަލައެއްނޫން.
ނިޔާޒީ
31 January 2019
މީ ބަލައި ގަނެވޭނެ ކަމެއްނޫން. އަހަރުމެން އައްނި އަށް ނޫނީ އިބޫއަށް ސަޕޯޓު ނުކުރިޔަސް ރައްޔިތުންގެ ވޯޓަކުން އެމީހުން ހޮވިއްޖިއްޔާ އެމީހުނަށް ވެސް ރެސްޕެކްޓް ކުރާނަން. ހަމަ މިހާރު އިންޑިޔާ ސަފީރު ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށް ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރު މިކަމާ ކަންބޮޑުވެ ހިތްހަމަ ނުޖެހޭކަން އަންގާ
ހާމަ333
31 January 2019
ދައުލަތުގަ މުވައްޒަފުންނަށް މުސާރަ ދޭނެ ފައިސާއެއް ނެތް ކަމަށް ބުނ ދައުލަތް ހިންގަން ނޭގޭމީހުން މިތިބެނީ އަބަދު ރާއްޖޭން ބޭރަށް ދަތުރުއަޅާލަ އަޅާލަ...ޗުއްޓީ ހޭދަކުރުމާއި މަޖާކުރުމުގަ...ސާބަހޭ...
ރާއްޖެ
31 January 2019
މައި ސަރުކާރުގަ ސަލާން ޖަހަން
ސީދި
31 January 2019
ތީ ރާއްޖޭގަ އިންޑިއާ މިނިސްޓަރަކަށް ދިމާވިކަމެއްނަމަ ނިމުނީ ތިކަން ރަންގަޅަށް ތަހުގީގު ކުރުމަށް ދިވެހި ކަމާބެހޭފަރާތްތަކައް ގޮވާލަން
ޢަސީލު
31 January 2019
ޝިމްލާ އައް ވަޑައިންނެވީ ރާޑަރ ތައް ބައްލަވާލައްވަންތޯ؟
ބާސީލު
31 January 2019
2016 ގައި ޔާމީން ސަރުކާރުން ސޮއިކޮށްފައިވާ ރާއްޖެއަށް ބޭރުގެ ބޯޓުފަހަރު ގަވައިދާ ޚިލާފަށް ވަނަން ނަމަ އެކަން އެގޭ ރާޑަރު.
ޢަލީސުޖާއު
31 January 2019
ކޮންކަހަލަ ސެކިއުރިޓީއެއް ؟؟ ދިވެހިރާއްޖޭގެ އެންމެ ސީނިއަރމިނިސްޓަރަށް އިންޑިޔާއިންދިން ސެކުރިޓީ އާމެދު ސުވާލުއުފެދޭ
ރާއްޖެ
31 January 2019
ރަސްމީ ދަތުރުގެ ތެރެއިން ޗުއްޓީއެއް ހަދާލަން ޝިމްލާއަށް ޖައްސާލީދޯ؟