ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމުން، އެ މަނިކުފާނު މިނިވަންކުރުމަށް ގޮވާލައި ސަޕޯޓަރުން މުޒާހަރާކުރަނީ. --. ފޮޓޯ: ހުސައިން ވަހީދު/މިހާރު
24 ފެބުރުއަރީ 2019 - 07:05
މީގެ ތިން މަސް ކުރިން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިނުމާއި ކޯޓުތަކަށް ނުފޫޒު ފޯރުވުމާއި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކަވައި އެ ކަންކަމުން ރެކެން ވެރިކަމާ ހެދި އުޅުއްވި ބޭފުޅެކެވެ.
ހަމަ އޭރު، ކަންކަމާ ހިތްހަމަނުޖެހި އަޑު އުފުލަން ބޭރު ތެރެއަށް ނިކުމެއްޖެ ނަމަ ގައުމަށް ކުރިމަތިވަނީ ނާމާންކަމާއި ބިރުވެރިކަމެވެ. އެހެންވެ މި ބިރުވެރިކަމުން މުޖުތަމައު ސަލާމަތްކުރަން، މުޒާހަރާކުރުން ވެސް ގޮޅިއަކަށް ފައްތާލީ އެވެ.
އަމިއްލަ އަށް ޖެހި މަޅީގައި ބެދޭނެ ދުވަހެއް ކައިރީގައި ނެތް ކަމަށް ހީކޮށްގެން ޕީޕީއެމްގެ މެމްބަރުން ތިއްބާ، ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެ، އެމަނިކުފާނާއި ސަޕޯޓަރުންނަށް ލިބުނީ ވަރަށް ބޮޑު މާޔޫސް ކަމެކެވެ. އެއަށް ވުރެ ކަންބޮޑުވީ ޔާމީނަށް މަނީ ލޯންޑަރިންގެ ތުހުމަތުކޮށް ޝަރީއަތާ ހިސާބަށް ދިއުމެވެ. ސިޔާސީ މައިދާނުގައި ގެންގުޅުނު ގޮތް ދޫނުކުރުމާއި ބޯހަރު ސިޔާސަތުގެ ސަބަބުން ސިޔާސީ މައިދާނުގައި އެކުވެރިން ގެއްލި ނިކަމެތިވެފައިވާކަން ރަނގަޅަށް އިހްސާސްވީ ސަރުކާރާ ދެކޮޅަށް ކަމެއް ކުރަން ހިތަށް އަރުވާ މީހާ ވެސް ހައްޔަރުކޮށް "ވާނުވާ" އަށް ޖަލަށް ފޮނުވި އިރުގެ ވެރިޔާ އަށް ވެސް އެ ހާލު ޖެހުމުންނެވެ.
މި ކަންކަމުގެ ބައެއް މޭސްތިރިންނާއި އެ ކަންކަމަށް ހިތްވަރުދީ ދިފާއުގައި ވާހަކަ ދެއްކި އެތައް ބަޔަކު މިދިޔަ ހަފުތާގައި އެ ފެނުނީ ދައުލަތުގެ މައި ހޮސްޕިޓަލު ތެރޭ މުޒާހަރާކުރި ތަނެވެ. އަދި އެކަން މި ކުރީ ވެސް ބަލި މީހުންނަށް ޒިޔާރަތްކުރަން ވެސް ދާ ވަގުތުގަ އެވެ. ގޯސްވީ މުޒާހަރާ ނުވަތަ އެ އެއްވުން ރޫޅާލަން ޕެޕަ ސްޕްރޭ ޖެހި ފުލުހުންނެވެ. އޭގެ ދިލަ އެރި މީހުން ބުނީ މިއީ އަނިޔާވެރި ސަރުކާރެއް ކަމަށެވެ. ހޮސްޕިޓަލެއްގެ ކައިރީގައި ވެސް މުޒާހަރާކުރުން މަނާ ކަމަށް އޮންނަ އިރު ހޮސްޕިޓަލް ތެރޭގައި މުޒާހަރާކޮށް އަޑު ގަދަކުރުމުން އަސްލު މައްސަލައަކަށް ވާންވީ އެކަން ހުއްޓުވަން ޕެޕަ ސްޕްރޭ ޖެހުމެއް ނޫނެވެ. އެ ނުޖެހުމެވެ.
ގާނޫނު އަސާސީން ލިބިދީފައި އޮތް ހައްގުތައް، ހިތުހުރި ގޮތަކަށް ހިފަހައްޓައި، މާލޭގައި މުޒާހަރާކުރެވޭނީ ކާނިވާ ސަރަހައްދުގައި އެކަނި ކަމަށް ކަނޑައެޅި މީހުންނަށް އެތަނުގެ ތެރޭގައި ވެސް މުޒާހަރާކުރާކަށް ނުތިބެވުނެވެ. މަގުމައްޗަށް ނިކުމެ އެ މީހުންގެ ޝުއޫރު ފާޅުކުރި އެވެ. މަގުމަތީގައި ހިނގާ މީހުންނާއި ދުއްވާ އެއްޗިއްސަށް މިހާރު ދައްޗެއް ވެސް ނުވެ އެވެ.
މަގެއްގެ އަރިމަތީގައި ހަވީރު ސައި ބޯން ތިބުން ވެސް ގައުމީ ސަލާމަތަށް ނުރައްކާވުން ކަމަށް ބެލި މީހުންނަށް، އެއްވެ އުޅުމާއި ޝުއޫރު ފާޅުކުރުމުގެ މުހިންމުކަން ކުއްލިއަކަށް އެނގުނީ ކަމަށް ވެދާނެ އެވެ. މުޒާހަރާތަކުން ހައްޔަރުކުރާ މީހުންނާއި އަނިޔާ ލިބޭ މީހުންނާ ދިމާލަށް، "ތިޔައީ ގޭގައި އޮއްވައި ވީ ކަމެއްހޭ" ކިޔައި ފުރައްސާރަކުރި މީހުން ޕެޕަ ސްޕްރޭ އަކީ އަނިޔާވެރިކަމުގެ އިންތިހާ ކަމަށް ގޮވާއިރު ހަމަ ލަދު ނުގަންނަނީ ހެއްޔެވެ؟
ބޭނުންހާ ތަނެއްގައި މުޒާހަރާކުރެވިގެން ނުވާނެ ކަމަށް ބުނެ، އެއްވެ އުޅުމުގެ ހައްގު ހަނިކޮށް އެކަމުގެ ދިފާއުގައި ވާހަކަ ދެއްކި ސިޔާސީ ބައެއް ބޭފުޅުން ހޮސްޕިޓަލް ތެރޭގައި ވެސް ވަނީ މުޒާހަރާކޮށްފައި
ގާސިމާ މެދު ވެސް މި ވީ ހަމަ މިހެންނެވެ.
ގާސިމަކީ ކޯޓުތަކަށް ނުފޫޒު ފޯރުވާ، އެންމެ ކުރު މަގުން ކަންކަން ކުރަން ދަންނަ ބޭފުޅެއް ކަމަށް ވިދާޅުވެ ވާހަކަ ދެއްކެވި ޔާމީނާއި އެމަނިކުފާނުގެ އަރިސް ބޭފުޅުންނަށް ކުއްލިއަކަށް ގާސިމު ރަނގަޅުވީ ގާސިމަށް އެ ކުރެއްވި ތުހުމަތާ ގުޅޭ ކަމެއްގައި ހެއްޔެވެ؟ ނުވަތަ ސިޔާސީ މައިދާނުން އަލުން އެކުވެރިން ހޯދައިގެން ނޫނީ ލީޑަރު ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދު ގެއްލުމުން ހެއްޔެވެ؟ އޭރު ގާސިމަކީ ވެރިކަމަށް ކުފޫ ހަމަވާ ބޭފުޅެއް ނޫނެވެ. އެކަމަކު އޭގެ ތިން މަސް ފަހުން އެ ވިދާޅުވަނީ ވެރިކަމަށް އެންމެ އެކަށީގެންވާ ބޭފުޅަކީ ގާސިމް ކަމަށެވެ. ގާސިމާ އެކު ސިޔާސީ މަސައްކަތްކުރަން ތައްޔާރުވީ އެވެ. މިހާރު ގާސިމްގެ އަމިއްލަ މަސްލަހަތެއް ނެތެވެ.
ވެރިކަމަށް އެންމެ އެކަށީގެންވާ ގާސިމް، އޭނާގެ ޕާޓީ އަށް ވަންނަ މަޖިލިސް މެންބަރުންނަށް ޕާޓީގެ ޓިކެޓް ދިނުމުގައި ރަނގަޅު ގޮތްތަކެއް ހަމަޖައްސައިދެއްވާނެ ކަމަށް ވިދާޅުވުމުން އެއީ ރިޝްވަތުގެ އަމަލަކަށް ވެ ޖަލު ހުކުމެއް އައި އިރު އަދި ގާސިމަކީ ވެރިކަން ކުރެއްވޭ ވަރުގެ ބޭފުޅަކަށް ނުވެ އެވެ. އޭރު އުޅުއްވީ އަމިއްލަ މަސްލަހަތު ހިމާޔަތްކުރެއްވުމުގަ އެވެ. ވެރިކަން ބަދަލުކުރަން އުޅުއްވީ ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކަވާ ވާނެ ގޮތެއް ހޯއްދެވުމަށެވެ. ޔާމީންގެ ވެރިކަން ވައްޓާލަން ކޯޓުތަކަށް ނުފޫޒު ފޯރުވި ކަމަށް ވެސް ފާޅުގައި ގޮވަމުން ދިޔަ އެވެ.
މިވަގުތު ގާސިމު އެހާ މުހިންމުވާނީ ހަމަ އެންމެ ކަމަކަށެވެ. ގެއްލުނު ސިޔާސީ ބާރުވެރިކަން އަލުން ހޯދުމަށާއި ޖަލުން ސަލާމަތްވާން ސިޔާސީ ކުޅިވަރެއް ކުޅުމަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުގައި ބޮޑު ބާރެއް ހޯދައިގެން ނުވަތަ އެހެން ގޮތަކުންނެވެ.
ސިޔާސީ ވާދަވެރިންނަށް އަމާޒުކޮށްގެން ގާނޫނު އަސާސީ އާއި ގާނޫނުތަކާ ކުޅުމާއި އެއް ދުވަހު ދައްކާ ވާހަކައާ ދިމާ އިދިކޮޅަށް އަނެއް ދުވަހަކު ވާހަކަ ދެއްކުމަކީ ސިޔާސީ މާހައުލު އޮންނާނެ ގޮތޭ އެއްބަޔަކު ބުނެ އެވެ. އެކަމަކު އަހަރެމެންނަށް ހަމަ ނޭވާ ނުލެވިގެން މި އުޅެނީ އެކަމާ ހެދިއެއް ނޫން ހެއްޔެވެ؟ މިކަން މިހެން ހިނގަމުން އަންނަހާ ދުވަހަކު އިސްލާހުވާނެ އެއްވެސް ކަމެއް ނެތެވެ. އަހަރެމެންނަށް އޮތީ ސިޔާސީ ލީޑަރުންގެ އަމިއްލަ މަސްލަހަތު ހިމާޔަތްކުރާ އައްޑަނަތަކަށް ވެގެން ތިބުމެވެ.
މުޒާހަރާ އާއި ގާސިމްގެ މިސާލެއް ދެއްކިޔަސް މިއީ ވަކި ޕާޓީއަކަށް ހާއްސަ ކަމެއް ވެސް ނޫނެވެ. ގާސިމަށް ވެސް މިހާ ހިސާބުން ފެނިވަޑައިގަތީ ބަރުލަމާނީ ނިޒާމަކާއި އަމިއްލަ އެދުން ބޮޑު ލީޑަރެކެވެ. ޔަގީނުން ވެސް އެ ވިދާޅުވާ ލީޑަރަކީ ޔާމީނެއް ނޫނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަތްނެތްކުއްޖާ
24 February 2019
ތަމެން ކޮންމެ އެއްޗެކޭ މިއަދު ކިޔަސް މަމެން ރައްޔިތުން ހާހެއް ނުވެއެވެ. މަމެންގެ ރަޢީސްގެ ހަމަ އެންމެ ފޯނު ކޯލަކުން ތަމެން ހުރިހާ މީހުން އެއް ރޯނު ފަށަކުން އިންޑިއާގެ ސިފައިން ލައްވާ ބަނދެ ލާނަމެވެ. މޯދީ ވިދާލުވީ ބޭނުން ވަނީ އިބޫގެ ކުޑަކުޑަ ހިންޓެއް ކަމަށެވެ. ވަންޝޮޓުން ހުރިހާ ކަމެއް ކުޑަކުޑަ ހިނދުނކޮލެއްގެ ތެރޭގައި ނިންމާލާނަމޯއެވެ. ވ ސަލާން.
ކަނބުލޮ
24 February 2019
ހާދައެއޗެއްނުވިސްނޭމީހެއް އެއްފަރާތުންދޯ ފެންނަނީ
ކޮޔާ
24 February 2019
މަގޭ ހިތަށް އަރާ ގާސިމް މީ މޮޔައެއްބާއޭ ، ގުނބޯ ހެދިގެން ގާސިމް އުޅޭތީއޭ ހުރިހާވެސް މައްސަލައަކީ. ގާސިމް އަށް ހެޔޮ ވިސްނުންދެއްވީށި. ގާސިމް މީހަކު ޖަހާހާ ބެރަކަށް ނަށާތީއޭ ހުރިހާ ކަމެއް ގޯސްވަނީ .
ފިސާރި ދިވެހި ދަރިއެއްމީ
24 February 2019
ވަރަށް ގޮތްކުޑަ ބައެއްތީ
އާންމު މީހާ
24 February 2019
ގާސިމު މި ފެންނަނީ މުހަންމަދު ވަހީދު ހަސަން މަނިކު ހިނގި މަގުން ހިގަން އުޅޭތަން. އޭނާ ވެސް އެންމެ ފަހު ދުވަހާ ޖެހެންދެންވެސް ބުނީ މިހިރީ ރައީސް ނަޝީދު ފަހަތުގައޭ. އެކަމަކު އަޑި އަޑިން ކުޅުނީ ވެރިކަން ވައްޓާލުމުގެ ހުތުރު ކުޅިވަރު. ހަމަ ސީދާ އެމަގުން ގާސިމް އެ ދަނީީ. އިބޫ ގެ މަޑުމައިތިރި ކަމުގެ ނާޖާއީޒް ފައިދާ ގާސިމަށް ނެގޭނެ ކަމަށް ހީކުރުން ތީ މޮޔަ ވިސްނުމެއް. މި ސަރުކާރު ދިވެހި ރައްޔިތުން ދިފާއު ކުރާނެ. އެކަން ހަނދާން ކުރާތި!
ހަސީން
24 February 2019
ރަންކޮޅާ ވިސްނާލަބަ ދުނިޔެ ހިގަމުންމިދާގޮތް އިއްޔެ ގާސިމް ވިދާޅުވި އަޑެއް އެއްސެވި މީހަކު ނެތް
ހަސީން
24 February 2019
ރަންކޮޅާ ވިސްނާލަބަ ދުނިޔެ ހިގަމުންމިދާގޮތް އިއްޔެ ގާސިމް ވިދާޅުވި އަޑެއް އެއްސެވި މީހަކު ނެތް
ރީތި
24 February 2019
ގާސިމްގެ ބޭނުން ޕީޕީއެމުން ކުރަން އުޅޭ ވާހަކަ ލިއެގެން މުޅި އެތި އަނބުރާލަން މަސައްކަތް ކުރިއަސް ހަގީގަތަކީ ގާސިމް ބޭނުންކޮށްގެން އެމްޑީޕީންވެސް ވެރިކަން ހޯދާފަ ގާސިމް ދުރުނުކުރެވިގެން އުޅޭކަން. އެކަމުގައި ޕީޕީއެމްއެކޭ އެމްޑީޕީއެކޭ އެއީ ތަފާތެއް ހުރި ބައެއްނޫން. ޖޭޕީ ޕީޕީއާއެކު އޮތަސް އެމްޑީޕީއާއެކު އޮތަސް އެއޮވެވެނީ އެއްކަހަލަ ބަޔަކާ އެކު.
ކޮވެލި
24 February 2019
ޔާމީނަށް މާ ބޮޑަށްވެސް އެނގޭ ގާސިމް ރާއްޖޭގެ ސިޔާސީ މައިދާނުގެ ހަރަކާތެރިވާހާ ދުވަހަކު ޔާމީނަށް ހިތްހަމަޖެހުމެއް ނެތްކަން. ވީމާ، ގާސިމް ހައްލާލައިގެން އެނެއްކާވެސް ލޮޓިއެއް ދެވޭތޯ މަސައްކަތް ކުރަނީއެވެ. 2013 ގައި ކަންކުރި ފަދައިންނެވެ. ދެން ދެރައީ ގާސިމްވެސް މި މަޅީގައި ޖެހުމަށް ތައްޔާރުވާތީއެވެ.
ރަދީފުގެ ދަރި ކުމާރު
24 February 2019
ގާސިމުގެ ކަރަށް މަޅިއެއްމަހަން މިމީހުން މިއުޅެނީ.