ފުވައްމުލައް: ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އަތޮޅު ކައުންސިލުން ވަނީ ނިންމާފައި، އެ އިންތިޒާމު ހަމަޖައްސަން ދެން ހުށަހަޅާނީ އެލްޖީއޭ އަށް
26 އޯގަސްޓް 2016 - 14:20
ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އެލްޖީއޭ އަށް ހުށަހެޅުމަށް އަތޮޅު ކައުންސިލުން އިއްޔެ ނިންމައިފި އެވެ.
އަތޮޅު ކައުންސިލް ޖަލްސާގައި ބައިވެރިވި ކައުންސިލަރުން ވަނީ ސިޓީ ކައުންސިލެއްގެ ދަރަޖަ ފުވައްމުލަކަށް ހޯދައިދިނުމާ ގުޅޭ ގޮތުން މަޝްވަރާކޮށް ކައުންސިލަރުންގެ ހިޔާލު ހޯދައިފަ އެވެ.
ސިޓީ ކައުންސިލެއްގެ ދަރަޖަ ފުވައްމުލަކަށް ލިބިގެން ދިއުމަކީ އެ ރަށުގެ ތަރައްގީއަށް އެޅޭ ކުރިމަގެއް ކަމަށް މެމްބަރުން ފާހަގަކުރެއްވި ކަމަށް ވެސް އަތޮޅު ކައުންސިލުން ބުންޏެވެ.
އެހެންވެ، އަތޮޅު ކައުންސިލުން ނިންމީ ސިޓީ ކައުންސިލެއްގެ ދަރަޖަ ފުވައްމުލަކަށް ހޯދުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގައި އެދުމަށާއި އެކަމާ ގުޅޭ މަޝްވަރާތަކުގައި ބައިވެރިވުމަށެވެ.
ރައްޔިތުންގެ މަޖިލީހުން ވަނީ ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނެސް، 10،000 މީހުންނަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް ނުވަ މެމްބަރުން އިންތިހާބުކުރަން ޖެހޭ ގޮތަށް އޮތް އޮތުމާއި ފުވައްމުލަކުގެ ކޮންމެ އަވަށެއްގައި ހިމެނޭ ރަށު ކައުންސިލަށް ތިން މެމްބަރުން އިންތިހާބުކުރަން ޖެހޭ ގޮތަށް އޮތް އޮތުން އުނިކޮށްފަ އެވެ.
މީގެ އިތުރުން 3000 މީހުންނަށް ވުރެ މަދު އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް ތިން ކައުންސިލަރުން އިންތިހާބުކުރާ ގޮތަށާއި 3000 މީހުންނަށްވުރެ ބޮޑު އާބާދީއެއް އޮންނަ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް ފަސް ކައުންސިލަރުން އިންތިހާބުކުރާ ގޮތަށް ގާނޫނު ވަނީ ބަދަލުކޮށްފަ އެވެ.
އެ ގާނޫނަށް ގެނައި އިސްލާހުތައް ދާދި ފަހުން ރައީސް އަބްދުﷲ ޔާމީން ވަނީ ތަސްދީގު ކުރައްވައިފަ އެވެ.
މި އިސްލާހުގެ ސަބަބުން ފުވައްމުލަކު ސިޓީއެއްގެ ގޮތުގައި ކަނޑަނާޅާހާ ހިނދަކު އެ ރަށަށް އިންތިހާބު ކުރަން ޖެހޭނީ ފަސް ކައުންސިލަރުންނެވެ. އެއީ އެ ރަށުގެ އާބާދީ 3000 އަށް ވުރެ އިތުރުވާތީ އެވެ. ފުވައްމުލަކުގެ އާބާދީ މިހާރު 10،000 އަށް ވުރެ މަތިވާނެ އެވެ. އަދި ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ދީފިނަމަ، ކައުންސިލަރުންގެ އަދަދު އެއަށްވުރެ އިތުރުވާނެ އެވެ.
އަތޮޅު ކައުންސިލް މެމްބަރުންނާއެކު ފުވައްމުލަކުގެ ކޮންމެ އަވަށެއްގައި ތިން ކައުންސިލަރުން ހިމެނޭ ގޮތަށް ޖުމްލަ 30 ކައުންސިލަރުން އެ ރަށުގައި ތިއްބަވަ އެވެ. އެކަމަކު ސިޓީ ކައުންސިލްގެ ދަރަޖަ ދީފިނަމަ، ކައުންސިލަރުންގެ އަދަދު އެއަށްވުރެ މަދުވާނެ ކަމަށް ބެލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުއްތޮންބެ
05 September 2016
ކޮންމެހެން ސިޓީ ނުކިއެއްކަމަކު ތިޔަ ރަށް އެންމެ ޒަމާނީ ފެންވަރަށްވެސް ތަރައްގީކުރެވިދާނެއެވެ. އެކަމަކު އެކަން ކުރެވޭނީ ކައުންސިލް ގެ ފުރިހަމަ ބާރުގައި ސަރުކާރުގެ އެހީވެސް ލިބިގެންނެވެ. ފުރަތަމަ ފަހަރަށް ފުވައްމުލަކަށް ޒިޔާރަތްކޮށްލެވުނީ އައްޑޫ ސާކްސަމިޓް ތެރޭ ތެރޭގައެވެ. އެގޮތުން އެރަށުގައި ހުރެވުނީ ވިއްސާރަ ދުވަހަކަށްވެފާ މަގުތައް އޮތް ހާލުން ރައްޔިތުން އުފުލާނެ ތަކުލީފް އިހުސާސްވިއެވެ. އެރަށުގެ މެހްމާންދާރީ ރަނގަޅު ނޫންނަމަ ރަށް ބަލައިލަން ގެއިން ބޭރަށް ނުކުމެލާނެ ފުރުސަތެއް އެދަތުރަކު ނުލިބުނީހެވެ. މަގުތައް ހަލާކުވެ މުޅި ރަށުތެރޭ ފެންބޮޑުވެފައި އޮތުމުން ޓެކްސީ ގެ ޚިދުމަތެއް ނުލިބުނެވެ. އެރަށުގައި ހުރި ގޭގެ ކާރުގައި ކުދި ކޯރުތަކެއްފަދަ ބޮޑެތި ފެންގަނޑުގަނޑު ތަކުގެތެރާގައި ދުއްވާ މުޅި ރަށް ބަލައިލެވުނީ އެކަމަކު މުޅިން ހިލެއެވެ. ފުވައްމުލަކަކީ އާދަޔާ ޚިލާފު ހިތްހެޔޮ ރައްޔިތަކު ދިރިއުޅޭ އެހާމެ ހިތަގައިމު ރީތި ރަށެއްކަން އެފަހަރު ފާހަގަކުރެވުނެވެ. ތިޔަރަށުގެ ރީތިކަމާ ރީތި ނަންމަތީ އަބަދަށް ބޭއްވުމަށްވުރެ މޮޅުގޮތެއް ނެތެވެ. ރައްޔިތުން ބޭނުންވާނަމަ ސިޓީ އަކަށް ބަދަލުކުރުމަކީވެސް ހަމަ ރަނގަޅުކަމެކެވެ.
އާދަނު
27 August 2016
މަސީހުގެ ކެމްޕޭން ސުލޮގަން އަކީ " ފުވައްމުލައް މޮޑާން ސިޓީ އަކަށް"، 15 ހާސްއެެއްވުރެ ގިނަމީހުން އުޅޭއިރުވެސް، ފެނެއް ނަރުދަމާއެއް ނެއް. ހޮސްޕިޓަލު ހުރީނަމަކަށް. ފުވައްމުލަކުމީހުން ހޭލަން ވެއްޖެ. މަސީހުމެން ފުވައްމުލަށް ތަރިއްޤީއެއް ނުކުޜާނެ. މުޅިއާއިލާ މާލެގެ. ހަފުތާ ބަންދުގަ ރިސޯޓުގަ ނޫނީ ސިންގަޕޫގަ. ފުވައްމުލަށް އޮތްކޮޅަށްބޯވެސް ނުލާނެ. ވޯޓުހޯދަން އެކަނި ރަށަށްއަޜާނީ. މުޅި އުމުރު މަޖިޅީހުގަ، ވީކަމެއްނެއް.
މަރޭމިތުރާ
27 August 2016
ފޯއްމުލަކުގެ ނަން ފުވައްމުލަކައް ހަދައިފި. ދެންވެސް ރަށުގެ ނަން ބަދަލުކުރެވޭތޯ އެބަލަނީ. ދެންކިޔާނީ މުލަކުސިޓީބާ؟ނޫނީ ފުވައްސިޓީބާ؟ މިވެރިން ހަދާފާނެ ކޮންމެކަމެއްވެސް .
އަލީ ނަސީރު
27 August 2016
މަށައް ފެނޭ ތިއީ ބޮޑު ގައުމަކައް ހަދަން. އަމިއްލަ ދިދަ ނަގާ، ރަސްގެފާނެއް ހޮވާ، ރައްޔިތުން މިހާރައްވުރެ ބޮޑައް ރަންބުއްދި ކޮއްގެން ގެންގުޅެން. ސޭކުހެދިފަ ތިބެދާނެނު! މަށައްކީއް!!
ދެވަނަ ވިސްނުން
26 August 2016
"ސިޓީ" ކިޔުމަކީ މާމޮޅު ކަމެއްނޫން. އަދި ސިޓީއޭ ކިޔުމުންވާ އިތުރު މޮޅެއް ނުވަތަ ލިބޭ ތަރަށްގީ އެއްވެސް ނުމެނެތް. މީގެ އިރުރުން ވިސްނާލަންޖެހޭ އަނެއް ކަމަކީ "ސިޓީ" ކިޔާއުޅެނީ "އަރބަން ކޮންކުރިޓް ޖަންގަލް" އޭމިކިޔާ ފާޑަށް ހުސްއިމާރާތުން ފުރިފަތިބޭ ޕޮޕިއުލޭށަން ސެންޓަރު ތަކަށް. ފުވައްމުލަކަކީ މުޅި ދިވެހިރާއްޖޭގަ ނެތްފަދަ ރީތިގަސްތަށް ގިނަ ގުދުރަތީ ގޮތުން ޗާލު ރީތި ރަށެއް. ކީއްކުރަން އެރަށަށް "ސިޓީ" އެކޭ ކިޔަންވީ؟ ބޭނުމިއްޔާ ސިޓީގެ ދަރަޖަ ހޯދަންވީ. ތިރީތި ރަށުގެ ނަމުގެ ފަހަތަށް ސިޓީ ކިޔުންވާނީ ގޯހަކަށް. މާރަނގަޅުވާނެ "ފުވައްމުލަށް ބަގީޗާ ރަށް" މހެން ކިޔުން.
ގައްޔޭ
26 August 2016
މިސަރުކާރުގަ ތިކަމާ ނޫޅުނިއްޔަ ރަގަޅުވާނީ.
މެންޓަލިސްޓް
26 August 2016
ސިޓީއަކަށް ހެދުމަކީ މާކަބޮޑުކަމެއް ނޫން ،،، ހަަމަ އެންމެ ދެއަކުރުން އެކަންކުރެވޭ ،، " ފޯއްމުލަކުސިޓީ " މިހެންކީމަނިމުނީ ،، ނަންބޯޑަށް ގެންނަންޖެހޭބަދަލެއް ،،، ދެއްއިތުރުއެއްކަމެއްވެސް ނުހިންގާނެ ،،، އައްޑޫސިޓީވެސް ކިޔާނުން ،،، އެކަމުއެތަން އެއޮތީ އިނގިރޭސިން ފޭބިއުރެކޭ ދާތި އެއްގޮތަކަށް ، އަދިވެސް ހިތަދޫގެ މަގުތަކުގައި އެބަހުރި އަލްމަރްހޫމް މުހައްމަދުއަމީންގެ ވެރިކަމުގައި ރޭނިފާރުތަށް ،،، ވީމާ ސިޓީކިއުމަކުން ، ކުލިނިކަށް ހޮސްޕިޓަލް ކިއުމަކުން ރާއްޖޭގައިއަންނަ މާބޮޑުބަދަލެއްނޯވޭ ،،
އިބުނު ޢަލީ
26 August 2016
ރަށެއް ނުވަތަ އަތޮޅެއް ތަރައްގީވެ ކުރިއަރާ ދަނީ އެތަނަކަށް ކިޔާ ނަމަކުންނޫން. އައްޑުއަކީ ތިޔަބުނާ ސިޓީއެއް. ސަރުކާރަށް ސަނާކިޔާ މެންބަރުންނަށް މަޖިލިހުގެ މެޖޯރިޓީ ނުލިބުމާއި ސަރުކާރުގެ ގޮނޑިކޮއްކޮ މެންބަރުން ކައުންސިލަށް އިންތިޚާބު ނުކުރުމުގެ ސަބަބުން އެއޮތީ އެކަހެރި ކޮށްފަ. ތަރްއްގީގެ ފަހި ފުރުސަތެއްނެތް. ކުޑަހުވަދޫ ދާއިރާގަ ހުރީ ގާނޫނއަސާސީއާއި ތައާރުޒުވޭތޯ ނުވޭތޯ ބެލުމެއްނެތި ސަރުކާރުން ދިއްކޮށްލާ ކޮންމެ ބިލަކަށް ފިސާރި ޖޯޝާއި ފޯރީގައި ވޯޓުދޭ މެންބަރެއް. ރަށުކައުންސިލްވެސް އެފަދަ. ނަތީޖާއެއްގެ ގޮތުން ތަރައްގީގެ ގިނަ ކަންތައްތަކެއް އެތަނުގައި އެބަ ހިނގާ.
ސައިދު
26 August 2016
ތިވިދާޅުވި ގޮތަށް ވޯޓު ދެއްވާ 3 މެމްބަރުން ފުވައްމުލަކުން މަޖިލިހަށް ވަދެފަ ތިބީ. ޢެކަމަކު ރަށަށް ވާ ކަމެއް ހަމަ ހަރާމުން ހަރާން. ޖީބު ފުފޭ ކަމަށް ވާހަކަ ދެކެވޭ.