އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބް (ކ) ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ..---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
26 ފެބުރުއަރީ 2019 - 09:44
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު ކަމަށް ކުރިމަތިލި 16 މީހެއްގެ ނަން ދިރާސާ ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.
އީސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިހާރުގެ މެންބަރު އިސްމާއިލް ހަބީބްގެ މެމްބަރު ކަމުގެ ދައުރު އަންނަ މަހު ހަމަވާތީ އެވެ. އީސީގެ މެމްބަރު ކަމަށް ކުރިމަތިލި އެންމެންގެ ނަންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޖިލިހަށް ފޮނުއްވި އިރު، އޭގެ ތެރޭގައި ހަބީބްގެ ނަން ވެސް ހިމެނެ އެވެ.
އީސީގެ މެމްބަރުކަމުގެ ދައުރަކީ ފަސް އަހަރެވެ. މެމްބަރުކަމުގައި ދެ ދައުރު ހުންނެވޭނެތީ، ހަބީބަށް އީސީގެ މެމްބަރު ކަމަށް އަލުން ކުރިމަތިލެއްވުމަށް އެއްވެސް ހުރަހެއް ނެތެވެ.
އީސީގެ މެމްބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި އެ ކޮމިޝަންގައި މިހާރު ވަޒީފާ އަދާކުރަމުން އަންނަ ބައެއް ބޭފުޅުންނާއި ގާނޫނީ ވަކީލުން ވެސް ހިމެނިވަޑައިގަންނަވަ އެވެ. އަދި އީސީގައި ކުރިން މަސައްކަތް ކުރެއްވި ބައެއް ބޭފުޅުން ވެސް މެމްބަރު ކަމަށް ކުރިމަތިލި އެވެ.
1- ޝުއައިބު ޔޫސުފް، ދަފްތަރު ނަންބަރު 1896
2- އަބްދުﷲ ރާޒީ، ކޯޒީ، ޏ. ފުވައްމުލައް
3- އަހުމަދު އަދީން، މ. ރަބީއީގެ
4- އަހުމަދު އަލީ، ނޮވެމްބަރުގެ، ސ. ހިތަދޫ
5- އައިމިނަތު ސާދިޔާ، މ. ޕިސްތާގެ
6- މަރިޔަމް ހަނީފާ ހާލިދު، އަނބުގަސްދޮށުގެ، ހއ. ކެލާ
7- އައިމިނަތު މަދީހާ، ދަފްތަރު ނަންބަރު 9456
8- އައިޝަތު ހަފީޒް، އާހިޔާ، ނ. ވެލިދޫ
9- އަލީ މުހައްމަދު މަނިކު، ދަފްތަރު ނަންބަރު 1851
10- ސުލްވާން އަހުމަދު، ސެލީނާ، ސ. މީދޫ
11- އިސްމާއިލް ސާޖިދު، މއ. ވިލާރޮދި
12- މުހައްމަދު ޝާފިއު، ޝަރުތު، ބ. ތުޅާދޫ
13- މުހައްމަދު ޝަމްއޫން، މ. އަސަލް
14- ޔާސިރު ވަސީމް، ވެސްޓްލައިޓް، ސ. ހުޅުދޫ
15- އަހުމަދު މޫސާ، މ. އަންސާވިލާ،
16- އިސްމާއިލް ހަބީބް، ހ. ނީޓް
އީސީގެ މެމްބަރުކަމަށް އައްޔަން ކުރަން ޖެހޭނީ ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުގައި ކޮމިޝަނުގެ މަސައްކަތް ކުރެވޭ ވަރުގެ ތައުލީމާއި ގާބިލްކަން ހުރި މީހުންނެވެ. ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި ހިމެނޭ މީހަކަށް، ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމައްޗެއް ނުލެވޭނެ އެވެ.
މެމްބަރަކަށް ހުންނަ މުއްދަތުގައި އެހެން ވަޒީފާއެއް ވެސް އަދައެއް ނުކުރެވޭނެ އެވެ.
އިސީގައި މިހާރު ތިއްބަވާ މެމްބަރުންނަކީ ހަބީބްގެ އިތުރުން، އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފާއި ނައިބު ރައީސް އަމްޖަދު މުސްތަފާ އާއި މެމްބަރު އަހުމަދު އަކްރަމާއި މެމްބަރު އަލީ ނަޝާތެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނ.ޢ.ޢ.ޤ
26 February 2019
ތިޔަފަދަ ތަންތަނަށް ބޭނުންވަނީ ކިލަނބުކަމެއް ނެތް ތެދުވެރި ނަޒާހާތްތެރި މޫނުތައް. ރައްޔަތުންގެ އިތުބާރު ފުރިހަމައަށް ލިބޭނީ އޭރުން.
މަރޭމިތުރު
26 February 2019
މުތެއްވިއްޔާ ކިސަޑުހުއްޓަސް އޮފްއަރާނެ! މުތެއް ގޮނޑެއްގައި އޮތަސް ފާޅުވާނެ.!.....................ހަބީބަކީ ޖަވާހިރެއްވިއްޔާ މިފަހަރު އެނގޭނެ.
ކަނބިލި
26 February 2019
ކޮމިޝަނަށް ބޭނުންވަނީ އައު މޫނެއް. ޚައްޞަކޮށް އަންހެން ބޭކަނބަލަކަށް ފުރުސަތު ދިނުން މުހިންމު
ސައިނީ
26 February 2019
ހަބީބާއެކު ޑީލްއެއް ހަދާފައި ވަނީ އެމްޑީޕީއިން ބަލަން ތިބޭ އޭނަ ހޮވޭނެ ދަން ލަލަލަލަލަލާ
ވާލުސޮރު
26 February 2019
މި ލިސްޓުގެ 8ވަނަ ނަމްބަރުގައި އެވާ ބޭކަނބަލަކީ ޕީޕީއެމްގެ ވަރަށް އިސް ސަފުގައި އަދި ޔާމީނު ވެރިކަން ނިމެންދެން ޕީއެސްއެމް ގެ ބޯޑު މެމްބަރެއް، ކޮންމެ ރިޔާސީ އިންތިހާބެއްގައި ޕީޕީއެމް ގެ ވޯޓު ފޮށި އޮބްޒަވް ކުރުމާ މީހުން ވައްދަން އުޅުނު ބޭކަނބަލެއް، މި ފަހަރު މަޖްލީހަށް ޕީޕީއެމް ފަރާތުން ނިކުންނަން މަސައްކަތްވެސް ކުރި، ހީވަނީ ކުއްލިއަކަށް ޕާޓިން ކެނޑިގެން އިލެކްޝަން ކޮމިޝަނަށް އެޕްލައި ކުރީހެން
ބުމަރޭ
26 February 2019
ހަނީފާ ތިިތަނުން އެންމެ ރަގަޅުވާނީ. އަހަރުމެން ޔެލޯ ކުދިންބޭނުންވާ ގޮތައް ތި ފުއްގަޑު މޮޑެވޭނީ ހަނީފާމެން ކަހަލަ އަހަރުމެން ކަހަލަ ޔެލޯ ވިސްނުން ހުރިމީހުން ލައިގެން.
އެޑްމުންޑޯ
26 February 2019
ނިމުނު ސަރުކާރުގައި ރައީސް ޔާމީނނާއި ޕީޕީއެމް ބޭނުންވާގޮތަށް ހުރިހާ ކަމެއްކުރީ ، ސަރުކާރު ބަދަލުވި ހިސާބުން މިސަރުކާރު ރުއްސަން އުޅެންފެށީ ، މިފަދަ މީހުން ނަކީ ދެފުއްކެހެރިން ، ކޮންމެ ސަރުކާރެއް އޮތަސް ހަމަހަމަކަމާއި އެކު މަސައްކަތްކުރާ މީހުން ހޮވަންޖެހޭނީ
މަރޭމިތުރު
26 February 2019
ވަތަން ފިއްތާނެ ބަޓަން، ކަތުން ވިސްނަވާށެ ވަތަން................................... ވޯޓުދެއްވާއިރު ގައުމުގެ އެންމެ ބޮޑު އަމާނަތަކީ ރައްޔިތުންލާ ވޯޓުކަން ދަނެ އެއަށް ހިޔާނާތްނުވާވަރުގެ ދެތުވެރި މީހަކު ގެންނަވާ!!!!
އައިސަ
26 February 2019
ސަޅި ޅެމެއް
އައުޓު
26 February 2019
ހަބީބު އައުޓު. ޓެސްޓުކުރެވިފައި އަދި ފެއިލް ވެފައި. ސަރުކާރު ބަދަލުވުމުން އަމަލު ތަފާތުވި. އަހަރުމެން ބޭނުންވަނީ ކޮންމެ ސަރުކާރެއް އޮތަސް ގޮތުގައި ހުންނަން ކެރޭނެ، ހިތްވަރު ހުރި މީހެއް.
އަނބިމީހާގެފިރިމީހާގެއަނބިމީހާ
26 February 2019
ތީތާއުޅުނު މީހަކަށް ދެވަނަ ފުރުސަތެއް ދެވިގެންނުވާނެ.