ކުރިއަށް އޮތް މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓުންތަކެއް ކެމްޕެއިން ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
26 ފެބުރުއަރީ 2019 - 15:48
ސުޕްރީމް ކޯޓުން މީގެ ފަސް އަހަރު ކުރިން ރިޔާސީ އިންތިޚާބުގެ ތާރީހަށް ބަދަލު ގެނައި ގޮތަށް އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު "ފިކްސް" ކުރުމަށް އެ ކޯޓުން މަސައްކަތް ކުރާ ކަމަށް ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ތުހުމަތުކޮށްފި އެވެ.
އާންމު އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓު ދޭނެ މީހުން ކަނޑައަޅަން ބޭއްވި ޕްރައިމަރީން ބަލިވި މީހުންނަށް ވެސް އެ އިންތިޚާބަށް ނުކުތުމަށް ފަހިވާ ގޮތަށް ސުޕްރީމް ކޯޓުން އިއްޔެ ވަނީ ހުކުމްކޮށްފަ އެވެ. ޕްރައިމަރީން ބަލިވި ބައެއް ކެންޑިޑޭޓުން އެ ހުކުމާ ގުޅިގެން އަމިއްލަ ގޮތުން ވާދަކުރުމުގެ ޝައުގުވެރިކަން އެބަހުއްޓެވެ.
އިންތިޚާބާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުންނާ އެކު ބޭއްވި ބައްދަލުވުމަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ، 2013 ވަނަ އަހަރު ސުޕްރީމް ކޯޓުން އިންތިޚާބުގެ ތާރީހުތަކަށް ބަދަލު ގެނެސްގެން ވަކި ބަޔަކު ބޭނުންވާ ގޮތަށް އިންތިޚާބު "ފިކްސް" ކުރުމުގައި ވަރަށް ބޮޑެތި ދައުރުތަކެއް އަދާކުރި ކަމަށެވެ.
އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުން މިއަދު އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާ ބައްދަލު ކުރައްވަނީ. -- ފޮޓޯ: އެމްޑީޕީ
"އެއީ ދިވެހި ރައްޔިތުން ދަންނަ ކަމެއް. އަނެއްކާ ވެސް އެބޭފުޅުން (ސުޕްރީމް ކޯޓު) ފެއްޓެވީ އެކަހަލަ މަޝްރޫއެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ހަސަން ލަތީފް ވިދާޅުވި އެވެ.
"އެއީ އެއްގޮތަކަށް ވެސް ސުޕްރީމް ކޯޓުން ކޮށްގެން ވާނެ ކަމެއް ނޫން."
ހަސަން ލަތީފް ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން އެމްޑީޕީން ކުރަން ޖެހޭ ކަންކަން ކުރާނެ ކަމުގެ ޔަގީން ކަން އިލެކްޝަނަށް ދީފައިވާ ކަމަށެވެ. ނަމަވެސް، އެމްޑީޕީން ކުރަން ނިންމާފައިވާ ކަންކަމުގެ ތަފްސީލެއް ހަސަން ލަތީފް ވިދާޅެއް ނުވެ އެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ އިންތިޚާބުގެ ވަކި ތާރީހުތަކެއް އިލެކްޝަނުން ކަނޑައަޅާފައި އޮއްވައި ކޯޓުތައް މެދުވެރިވެގެން ތާރީހުތަކަށް ބަދަލު އަންނަމުން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެންވެ، އިލެކްޝަންސް ކޮމިޝަންގައި އޮންނަން ޖެހޭ މުސްތަގިއްލުކަން ގެއްލިގެން އެބަދޭ. އެއީ އަޅުގަނޑުމެން ކަންބޮޑުވެ، އެކަމަށް ހައްލު ހޯދަން ޖެހޭ ކަމެއް،" އަސްލަމް ވިދާޅުވި އެވެ.
ނަމަވެސް ސުޕްރީމް ކޯޓަށް ވެސް ކަންކަން ނިންމުމުގެ ބާރު އޮތް ކަން ފާހަގަ ކުރައްވައި އަސްލަމް ވިދާޅުވީ "އެޖެންޑާ 19" ގެ ތެރެއިން އުފެދިގެން އަންނަ ގާނޫނުތަކަކީ ސުޕްރީމް ކޯޓަށް ޗެލެންޖް ނުކުރެވޭ ގޮތަށް އުފެދޭ ގާނޫނުތަކަށް ހަދަން ބޭނުންވާ ކަމަށެވެ.
އެމްޑީޕީގެ ޕްރައިމަރީގައި، އެ ޕާޓީގެ މުހިންމު އަދި މިހާރުގެ ބައެއް މެމްބަރުން ކެޓިއިރު، ސުޕްރީމް ކޯޓުގެ މި ހުކުމާއެކު، މަޖިލިހުގެ އިންތިޚާބަށް އެބޭފުޅުން ކުރިމަތިލައްވާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ. މިއީ، މިހާރު އެ ދާއިރާތަކަށް ޕްރައިމަރީން ހޮވިފައިވާ ކެންޑިޑޭޓުންނަށް ކުރިމަތިވާނެ ގޮންޖެހުމަކަށް ވެސް ވެެދާނެ އެވެ.
ޕްރައިމަރީން ބަލިވި މީހުންގެ ތެރެއިން، މި ފަހަރުގެ އާންމު އިންތިޚާބުގައި ވާދަކުރަން ބޭނުންވާ މީހުންނަށް އެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު، އަންނަ ހޯމަ ދުވަހުގެ މެންދުރު ފަހު 4:00 އާ ހަމަށް ދިނުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އަދި އެ އަމުރާ އެއްގޮތަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އިންތިޚާބީ ތާރީހުތަކަށް ސުޕްރީމް ކޯޓުން ބަދަލު ގެނައީ އެ ޕާޓީ އަށް އަމާޒުކޮށް، ގެއްލުން ދިނުމުގެ ގޮތުންނެވެ. އަދި މިއީ ވަކި ބަޔަކަށް ސިޔާސީ ގޮތުން މަންފާއެއް ހޯދައިދިނުމަށް ސުޕްރީމް ކޯޓުން ކުރި ކަމެއް ކަމަށް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
ގާނޫނީ ގޮތުން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ތާރީހުތަކާ އެއްގޮތަށް އިންތިޚާބު ބޭއްވުމަކީ ކޮންމެހެން ލާޒިމުކަމަކަށްވާތީ، އެގޮތަށް އަމަލުކުރުމުގެ ބާރު ކޮމިޝަނަށް ލިބެން ޖެހޭ ކަމަށް އެމްޑީޕީން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާޅީ
26 February 2019
މިދިޔަ އަހަރުގެ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ތިޔަ ކަހަލަ "ފިކްސް"އެއް ކުރަން އުޅުނުކަންވެސް ދިވެހި ރައްޔިތުން ދަނޭ.
އަލިބެއްޔާ، އެކުވެރިސުވައިދީބް
26 February 2019
ސުޕްރީމް ކޯޓްގެ ނިންމުމާ ދެކޮޅެއް ނެހެދޭނެ އެވެ. ހަސަން ލަތީފް ވެސް ގާނޫނަށް ބޯ ލަނބައި ހުރުމަތްތެރި ހިތާށެވެ. ޕާޓީ ގާނޫނަކުން އަދި އެހެން ގާނޫނަކުން ވިޔަސް ދިވެހި އެއްވެސް ރައްޔިތެއްގެ އަސާސީ ހައްގެއް ނިގުޅައި ނުގަނެވޭނެއެވެ.
އަތްޖަހާލާ
26 February 2019
އެމްޑީޕީއަށް މަޖިލިސް މެޖޯރިޓީ ނުލިބިއްޖެއްޔާ ދައްކާނެ ބަހަނާ މިހާރުން ސުރެން މި ފެށުނީ.
އާއިޝަތު ނާޒިމާ އަހުމަދު
27 February 2019
އަތްޖަހާލާ!!!! އެމް ޑީ ޕީ އަށް މެޖޯރިޓީ ނުލިބިއްޖެއްޔާ ވާނެ 6 އެތި މިއަދުވެސް އެބަފެނޭ... ޑރ އަފްރާޝީމު އަލީ އަނިޔާވެރިގޮތަކަށް ގަތުލުކޮށް ފޮތި ފޮތި ޖަހާފައި އެވަނީ ކަލޭ އެއީ ގަބޫލުކުރާ އަދި ބޭނުންކަމެއްތޯ ސުވާލު މިކުރަނީ ޑރ.އަފުރާޝީމު އަލީގެ ދަރަިވަރެއް. މިއީ އެއްމެ މިސާލެއް... ކިތައްދުވަސް ވެގެން މިދަނީ މަރުތައް ތަހުގީގުކުރުމަށް ގާނޫނީ ބާރުބޭނުންވެގެން ރައްޔަތުންގެ މަޖިޅީހަށް ބިލެއްވައްދައިގެން އުޅެތާން...ކުޑަކޮށްވިސްނާ މިގައުމުގެ ހާލަތަށް.!!
ވަރަބޮނޑި
26 February 2019
އެމް.ޑީ.ޕީ ކުދިންރުހޭގޮތައް ހުކެމެއްނެރޭއިރައް ކޯޓުތަކާ ގާޒީންވަރައްބަރާބަރު އަދި މިމީހުން ހިތްހަމަނުޖެހޭ އަމުރެއްނެރިއްޖެއްޔާ ފަނޑިޔާރުންނާ ކޯޓުތައް ވަރުގޯސްބައެއްނެތް.
ހައްގު ނުހައްގު
26 February 2019
ދިވެހި ރައްޔިތުންނަށް ޗެލެންޖްކޮށް ސްޕްރިމް ކޯޓުން މުޙައްމަދު ނަޝީދު މިނިވަންކުރި ކުރުން ހަމަ ބަރާބަރު ދޯ؟ އިންތިހާބުގައި ވާދަކުރުމަކީ ކޮންމެ ރައްޔިތަކަށްވެސް އޮތް ހައްގެއް.
އިކްރާމް އަބްދުއް ސައްތާރު
26 February 2019
މި މީހުން ދޯ ބުނީ ކުރީގެ ސަރުކާރުން ކޯޓުތަކަށް ނުފޯޒު ފޯރުވިޔޭ..! އަޅުގަނޑުމެން ބޭނުމީ ކޯޓު މިނިވަން ވާށޯ..! ކޮބާ އެވާހަކަ.. މިހާރު ކޯޓުން މިބައިމީހުން ހިތްނުރުހޭގޮތަށް އަމުރެއް ނެރޭއިރަށް ކޯޓު ގޯސް.. ސިސްޓަމް ގޯސް.. އެމަކަކު ޖަލުގައި ތިބި މިމީހުންގެ ނާއި ރޫހާނީ ލީޑަރު މިނިވަން ކުރުމުން އެއީ ރަގަލު ހުކުމް.. މިފަދަ ބަޔަކަށް މަޖިލިސް މެޖޯރިޓީ ދޭން ހެޔޮނުވާނެ..! ހަމަ ކުރީ ގެ މީހުން ހެދިހެން މި މީހުން ވެސް ދައުލަތް ފުނޑާލާނެ..!
ކަނހަބު
26 February 2019
ބަލަ ހަސަންލަތީފް ޕްރައިމަރީތެރޭގައި ޗެއަރޕާސަންކަންދޫކޮއްލިވާހަކަބުނި އަނެއްކާ އޮޓަމެޓިކުން އިންތިޚާބުވީތަ ތީހަމައެއް ލަމައެއްއޮންނަޕާޓީއެއްނޫންދޯ ނަމުގަ ޑިމޮކްރެޓިކު
ޒަވި
26 February 2019
އެމްޑީޕީއަށް މެޖޯރިޓީ ނުލިބި މިސަރުކާރު ހިންގަން އުދަގޫވާނެ.
ޖަހޯބަރާ
26 February 2019
ތިބުނާ ބިލެއް ފާސްކުރިއިރު އޭރު އެމްޑީޕީ ގެ ހުރިހާމެމްބަރުން ވެސް ބަހުސްކުރީ ވެސް ވޯޓްދެއްވީވެސް ސްޕްރީމްކޯޓުން ކުރި ހުކުމާއި އެއްގޮތަށް ރައްޔިތަކަށް ލިބިދެވޭ ހައްގެއް ހަނިނުކުރެވޭނެ ކަމެއްކަމުގައި ބުނެ.. މިއަދު ކީއްވެގެން ތިއުޅެނީ..! ތަފާތަކީ މިއަދު ވެރިކަމުގަ ތިބެވުނީމަތޯ.! ބަލަ އޭރުވެސް ގޯސްވިކަމެއް މިހާރުވެސް ގޯސް.. މީވާންޖެހޭ ގޮތަކީ..
އަތްޖަހާ
26 February 2019
ތިކޯޓްތައް ބޭނުންގޮތަކަށް ތިކުރާ ހުކުމްތަކަށް ނިމުމެއް އައިސްދާނެތީ ތެޅިފޮޅެނީ. މިމީހުން މައިތިރި ކުރާނެ ކެނޑިޑޭޓުންނަށް ވޯޓް ދެއްވާ