އިންޑިއާ އިން ރާއްޖެ އައި ދިވެއްސެއްގެ އަތުން އަތުލައިގަތް މަސްތުވާތަކެތި.
26 ފެބުރުއަރީ 2019 - 16:48
އިންޑިއާ އިން ރާއްޖެ އައި މީހެއްގެ އަތުން ދެ ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން މިއަދު ބުނީ ދެ ކިލޯގެ މަސްތުވާތަކެތި ފެނުނީ އުމުރުން 24 އަހަރުގެ ދިވެއްސެއްގެ ލަގެޖް ތެރެއިން ކަމަށެވެ. އެ މީހާގެ އަމަލުތައް ހުރި ގޮތުން އޭނާއާ މެދު ޝައްކު ކުރެވިގެން ބަލައި ފާސްކުރިއިރު، ޕެކެޓެއްގައި މުށި ކުލައިގެ ދިޔާ ތަކެތި ހުރި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
މިދިޔަ ބުދަ ދުވަހު ރާއްޖެ ގެނައި މި ތަކެތި ކަސްޓަމްސް އިން އިތުރަށް ތަހުލީލް ކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލް އަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
މި މައްސަލައިގައި ޝާމިލްވާ މީހާ މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.
ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަންދެލި
27 February 2019
އެމީހާގެ ވަނަވަރު + ފޮޓޯ އާންމު ނުކުރަނީ ކީއްވެބާ؟
މައްސަލައެއް ނެތް
26 February 2019
ތިޔައީ މިރާއްޖޭގެ ކޮންމެވެސް ބަޔަކަށް ނުހަނު ބޭނުންވެފައިވާ އެއްޗެއް. އެ މީހުންނާ ހަމައަށް ތިޔަ އެއްޗެއް ނުގެންދެވުނުކަން އެއީ ގާނޫނީ ކުށެއްކަމަށް މުރައްކަބުޖާހިލު ގާ ނޫނީ ވަކީލަކު ފަތުވާ ދެއްވާނެ ވަގުތެއްގެ އިންތިޒާރުގައި ހުރިން.
އަދީބު
26 February 2019
ކަސްޓަމްސް އިން އަދިވެސް ދޮގުހަދަނީ ކީއްވެގެންހެއްޔެވެ؟ ޝައްކު ވަނީކީ އެއްވެސް މީހެއްގެ ޢަމަލެއް ހުންނަ ގޮތަކުން ނޫނެވެ. ޝައްކުވަނީ ސްކޭން މެޝިނަށް ލުމުން އެއިން އެއިން މަސްތުވާތަކެތި ފެންނަ ކުލައަކުން ނުވަތަ އެއިން ފާހަގަކޮށްދޭތީއެވެ.
ތިއޭ އެއްކަލަ
27 February 2019
ތިއޭ އެއްކަަލަ. ކަސްޓަމްސްއިން އިން އެޔޮށް ސިއްރު ކޮށްގެން ހުރި ކަންތައް ތި ބާނުވާލީ. ދެން ގަޓު ހުރި މީހަކުވެސް ކިލޯއެއް ވަރުވެސް ނުގެންނާނެ
ކޮރަލް
26 February 2019
ބައިވަރު މަސްތުވާތަކެތި އަތުލައިގެންފިއެވެ. ތަހުގީގު ކުރަނީ އެވެ. ނަމެއް ފޮޓޯއެއް ހާމަ އެއް ނުކުރެއެވެ. ދުވަސް ކޮޅަކުން މަގުމަތީން ފެނެއެވެ. މިނޫން ގޮތަކަށް ކަން ކުރަން ވީއެވެ.
އަޅާނުލާ
26 February 2019
އިހަކަށް ދުވަހު ހިފުނު މީހުންވެސް ދޫކޮށްލިގޮތަށް މިމީހުންވެސް ދޫކޮށްލާނެ. ހުއްޓުވަންވީ ކަންކަން ހުއްޓުވަން ކޮންމެ ސަރުކާރެއްވެސް ނުކުޅެދޭ ހާލަތުގަ އޮންނަނީ.
ކައުންސެލަރު
26 February 2019
"............އެ މީހާގެ އަމަލުތައް ހުރި ގޮތުން އޭނާއާ މެދު ޝައްކު ކުރެވިގެން....." އެހެންވީމާ ފަސިންޖަރެއް މިސާމާނު ހިފައިގެން ކޫލް ވެލާފައި ނުކުމެގެން އާދެވޭނެތާ؟ ގިނައިން މިގޮތަށްކަންނޭނގެ މީހުން އަތުލައިގަންނަނީ. ސްކޭން މެޝިނަށް އެއްޗެއް ނާރަނީބާ؟ މައްސަލަ ޖެހިފަބާ؟ ކިހިނެއްބާ؟ ޖަވާބެއް ލިބޭނެބާ؟
މޮޔަކަލޯ
26 February 2019
ކޮންކަހަލަ އަމަލުތަކެއް ހުރީމަ ޝައްކު ކުރެވެނީ. ޗެކިން ކުރާ ގަޑީގަ އެފަދަ މީހުން ނަަށައިގަންނީތަ؟ ހަމަ އަހާލީ
އެއްކަލަ މީދާ
26 February 2019
މަސްތުވާތަކެތި އެތެރެކުރާ މީހުން ތިޔަ ހިފެއްޓީ "ދަންތުރަ"އެއް ބޭނުންކޮށްގެން. އޭނާ އަވަހަށް ދޫކޮށްލާ!
ސައިނީ
26 February 2019
އިންޑިޔާ ތީ މަސްދުވާތަކެތީގެ ހާލި ތިތަނުން މުރިހާ އެއްޗއް ރާއްޖެވަންނަނީ ތަފާތު ހިސާބު ބަލާ މިހާރުވެސް އަނެއްކާ އެދޮރު އެއޮތީ ހުޅުވާފައި
މުހުސިން ހަމީދު
26 February 2019
މީހާގެ އަމަލުތައް ހުރި ގޮތަކުން އެކަނި ދޯ މިހާރު މަސްތުވާތަކެތި އަތުލައިގަނެވެނީ؟ ކޮބާ މީހާގެ އަމަލުތައް ހުރި ގޮތަކުން ޝައްކު ނުކުރެވޭ މީހުން އެތެރެކުރާ ކިލޯ ކިލޯ ތަށް. އެއޯކޭ ދޯ؟