ރިޔާޒު ރަޝީދު މަޖިލީހުގެ ކޮމެޓީއެއްގައި: މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ މުގައްރިރަކަށް މިއަދު ވަނީ އޭނާ އައްޔަން ކުރައްވާފައި: ފޮޓޯ: މަޖިލިސް
27 ފެބުރުއަރީ 2019 - 15:56
މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ މުގައްރިރު، ރޮޒައިނާ އާދަމް އެ ކޮމެޓީން ނަން ނެގުމުން އެ ކޮމެޓީގެ އާ މުގައްރިރަކަށް ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު މިއަދު އިންތިޚާބުކޮށްފި އެވެ.
ރޮޒެއިނާގެ ނަން އެ ކޮމެޓީން މިއަދު ނެގީ އޭނާ މުގައްރިރުކަމުން ވަކިކުރަން ހުށަހަޅާފައި އޮއްވަ އެވެ.
ޕީޕީއެމުން އެގޮތަށް ހުށަހެޅީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކޮށް، ޝަރީއަތް ނިމެންދެން ހައްޔަރުކުރި މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އާއި އާއިޝަތު ބިޝާމް އަދި އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހާޒިރުކުރަން ހުށަހެޅި މައްސަލަ ނުބަލަން ރޮޒައިނާ ނިންމެވުމުންނެވެ.
ރޮޒައިނާ ވިދާޅުވިގޮތުގައި އެ މައްސަލަ ނުބަލަން ނިންމީ އެއީ ޝަރީއަތުގައި އޮތް ކަމަކަށްވާތީ އެވެ.
PG aai CP haaziru nukuree Yameen ge shareeaiy hingaathee: Rozaina
The most trusted news source in the Maldives
Mihaaru
ޕީޖީ އާއި ސީޕީ ހާޒިރު ނުކުރީ ޔާމީންގެ ޝަރީއަތް ހިނގާތީ ކަމަށް ރޮޒައިނާ ވިދާޅުވުން--
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ ރޮޒެއިނާގެ ނަން މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ނަގަން ނިންމީ އޭނާ އެދިވަޑައިގަތުމުން ކަމަށެވެ. ރޮޒައިނާގެ ބަދަލުގައި އެ ކޮމެޓީއަށް އެމްޑީޕީން ކަނޑައެޅީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ މުގައްރިރަކަށް ޖުމްހޫރީ ޕާޓީގެ ރިޔާޒު މިއަދު އައްޔަން ކުރެއްވީ ޕީޕީއެމާއި ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ވޯޓާއެކު، ހަތް ވޯޓުންނެވެ. އެ ކޮމިޓީގައި 11 މެމްބަރުން ތިއްބަވާއިރު ދެން ތިއްބަވަނީ އެމްޑީޕީގެ ތިން މެމްބަރުންނާއި އެމްޑީއޭގެ މެމްބަރެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢާސީ
28 February 2019
ޥަރައް ބަރާބަރު މިހާރު ލަސްވެއްޖެ ރިޔާޒުމެން ލާން
އަދުރޭބެ
28 February 2019
އޭސީސީގެ ތަހްގީގު ނިމުނީމަ އެނގޭނެ ވަރަށް ކަންތައް. އިންތިޒާރުކޮށްލަމާ. ވަރަށް ބިރުން އެބައުޅޭ ބަޔަކު.
އިހޫ
28 February 2019
ރޮޒޭނާ ކަހަލަ ސްޓްރޯންގ އެމްޕީއެއް ކޮންމެހެން ވެސް އިންނަންޖެހޭ ތަނެއް ތިއީ.. ދެރަ ނިންމުމެއް ތިއީ. ދެން އަދި ހަވާލުކުރީ ރިޔާޒު ރަޝީދުއާ؟!!
މިންޖާ
28 February 2019
މި ރިޔާޒު މިތަނުން ދުރުކުރަން އޭނަ ދާއިރާ މީހުނަށް އެނގޭނީ ކޮން އިރަކުންތަ؟ މަކަރާ ހީލަތުގެ އިންތިހާ!
ޝޮކްތެރަޕީ
27 February 2019
މި ހަރަކު ދިވެހިންނަކަ މިނިވަންކަމުގެ އިހުސާސެ ނުކުރެވޭ. އިންޑިޔާ ސިފައިން ވެލާނާ އިންޓަނޭށަނަލް އިޔާޕޯޓުން ވަރައް ގިނައިން ފެނޭ. ވަރައް ދެރަ.
ކުޅިވަރު
27 February 2019
މިއީ މިވަގުތަށް ބަލާއިރު އެމްޑީޕީން ކުރި ގަޅި ކަމެއްގެ ގޮތުގަ ފާހަނގަ ވަނީ. ޖޭޕީ އަދި ޕީޕީއެމްއަށް އަނެއްކާވެސް އިތުރު ބާރުތަކެއް.
ޓިނު
27 February 2019
ތި ގޮޑީގައި އިދެވޭނީ ކުޑަދުވަސްކޮޅަކު؟
ރަދީފުގެ ދަރި ކުމާރު
27 February 2019
ހަމަ އެއްވަރުގެ ދެމީހިންނެއްނުތީ.
ރާއްޖެތެރޭމީހާ5
27 February 2019
މާލޭމީހާ މުގައްރިރަކަށް ލިޔަސް މިރާއްޖެތެރޭ މީހާ ގޮތްނިންމައިގެން މިހިރީ ... އަމިއްލައެދުން އިސްކުރި އެކަކަށް ވެސް މަގޭ އާއިލާ މީހުންނާ ރައްޓެހިންވެސް ވޯޓުލާން ދެކޮޅުވާނެ މިފަހަރު.. އިރާދަ ކުރެއްވިއްޔާ ތިކަހަލަ އެތައް މޫނެއް މީގެފަހުން ތިޔަ މަޖުލީހަކުން ނުފެންނާނެ. ވޯޓުން ހަމަ ބިމަށް ތިރިކުރާނީ.
ލަބީބު
27 February 2019
ކުޅެން އުޅޭ ކުޅިވަރު ވަރަށް ސާފު. މިއީ ޖޭޕީ އަޑީގައި ތިބެގެން ކުރާ ކަމެއް.