ގާނޫނީ ވަކީލުންތަކެއް ހުވާކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ބިޝާމް ވާހަކަ ދައްކަވަނީ: އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވަނީ އަނބުރާ ނަގާފައި. ---ފޮޓޯ: ނިޝާން އަލީ/މިހާރު
28 ފެބުރުއަރީ 2019 - 12:39
ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް މަގާމުން ވަކިކުރަން ހުށަހެޅި މައްސަލަ ކުރިއަށް ގެންދަން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ބޭނުން ނުވުމުން އެކަމާ ސުވާލު އުފެދިއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިދިކޮޅު ލީޑަރުންނަށް ސިޔާސީ ދައުވާ އުފުއްލެވި ކަަމަށް ތުހުމަތުކުރާ ބިޝާމް ޕީޖީކަމުން ވަކިކުރަން އެންމެ ފުރަތަމަ ހުށަހެޅުއްވީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އެކަމަކު އިތުރު ކަންތައްތަކެއް ފުރިހަމަ ކުރަން ކަމަށް ވިދާޅުވެ އޭރު އެ މައްސަލަ އަނބުރާ ނެގުމަށް ފަހު އަލުން ހުށަހެޅީ މި މަހުގެ 2 ވަނަ ދުވަހެވެ.
ތިނަދޫ ދެކުނު ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަހްމަދު އަބްދުﷲ (އަބްދުﷲ) މަޖިލީހަށް އެ މައްސަލަ ހުށަހެޅުއްވީ، އޭނާ ވިދާޅުވި ގޮތުގައި، ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕާ ވެސް މަޝްވަރާ ކުރެއްވުމަށް ފަހު އެވެ. ދެ ފަހަރަށް ހުށަހަޅައިގެން ވެސް ކުރިއަށް ނުގެންދިއުމުން އޭނާ ވަނީ، ޕީޖީ ވަކިކުރަން ހުށަހެޅި މައްސަލަ އަނބުރާ ނަންގަވައިފަ އެވެ.
އަބުޅޯ ވިދާޅުވި ގޮތުގައި ޕީޖީ ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ކުރިއަށް ގެންދަން ބޭނުންނުވި ސަބަބެއް އެނގިވަޑައެއް ނުގަންނަވަ އެވެ. އެކަން ސާފުކުރަން މަސައްކަތް ކުރެއްވި ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އެ މައްސަލަ ކުރިއަށް ގެންދާނެ ކަމަކަށް. ނުހިނގާނެ މައްސަލައެއް ކޮމިޓީގައި ބާއްވައިގެން ރައްޔިތުންނަށް ނާއުއްމީދު ނުކުރުވަން ނެގީ،" އަބުޅޯ ވިދާޅުވި އެވެ.
މިނިވަން މުއައްސަސާތަކަށް އިއްޔެ އައި ބަދަލާ އެކު ދެން ވެސް އެ މައްސަލަ ހިނގައިގަންނާނެ ކަމަކަށް އަބުޅޯ ގަބޫލެއް ނުކުރައްވަ އެވެ. އެމްޑީޕީގެ ރޮޒެއިނާ އާދަމް އިސްތިއުފާ ދެއްވުމުން، އެ ކޮމިޓީގެ މުގައްރިރަކަށް ހަމަޖައްސާފައި ވަނީ މިހާރު ޖޭޕީގައި ހުންނެވި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދެވެ.
މި ސަރުކާރު ވެރިކަމަށް އަންނަން އުޅުނު އިރު، އޭރުގެ އިދިކޮޅު ފަރާތްތަކުގެ ބަހުގެ ހަމަލާތައް އެންމެ ބޮޑަށް އަމާޒުވި އެއް ބޭފުޅަކީ ބިޝާމެވެ. ސިޔާސީ ކަންކަމާ ގުޅުވައި އެކި މީހުންނަށް އުފުލި ޓެރަރިޒަމްގެ ދައުވާތައް، ވެރިކަން ބަދަލުވުމާ އެކު ބިޝާމް ވަނީ އަނބުރާ ގެންނަވައިފަ އެވެ. އެއާ އެކު، އެ ދައުވާތަކުގެ ސަބަބުން ޖަލު ބަންދާއި ނުހައްގު އަނިޔާ ލިބުނު އެތައް ބަޔަކު ސަލާމަތް ވި އެވެ.
ގާނޫނީ ބައެއް ބޭފުޅުން އެކަން މާނަކުރައްވަނީ، އެ ދައުވާ އުފުލީ ގޯސްކޮށް ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް ބިޝާމް އަމިއްލަ އަށް އިއުތިރާފްވެވަޑައިގަތުން ކަމަށެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ބިޝާމްގެ މައްސަލަ ގަސްތުގައި ކުރިއަށް ނުގެންދިޔައީ ކަމަށް ކުރާ ތުހުމަތު ރޮޒައިނާ ދޮގު ކުރައްވަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދިޔައީ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން އިސްކަންދޭން ބޭނުންވި ތަރުތީބުންނެވެ. ޕީޖީގެ މައްސަލަ ހުށަހެޅި އިރު، ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލާއި ގާނޫނީ ޚިދުމަތްތަކާ ބެހޭ ބިލް އެ ކޮމިޓީން އައީ ދިރާސާ ކުރަމުންނެވެ.
"މަޖިލީސް ޗުއްޓީ އަށް ދިއުމުގެ ކުރިން ވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރި ހުށަހަޅާފައި ހުރި ބިލްތައް ނިންމަން. ޕީޖީގެ މައްސަލަ ލަސްވީ އެ ބިލްތަކަށް އިސްކަންދީގެން ކުރިއަށް ގެންދަން ޖެހުމުން،" ރޮޒައިނާ ވިދާޅުވި އެވެ.
"ޕީޖީގެ މައްސަލަ ކުރިއަށް ގެންދަން އަޅުގަނޑު މަޝްވަރާކުރިން ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުންނާ. އޭގައި، އަޅުގަނޑަށް މައުލޫމާތު ލިބުނު ގޮތުގައި ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕް މަޝްވަރާކޮށްފައެއް ނޫން މައްސަލަ ހުށަހެޅީ. އެހެންވެ، އެހެން ބިލްތައް ކުރިއަށް ގެންދިޔައީ."
ޕީޖީ މަގާމުން ވަކިކުރަން ހުށަހެޅީ ވެސް އެތައް ބަޔަކަށް ނުހައްގުން އަދަބު ލިބި ޖަލުގައި ދުވަސްތަކެއް ހޭދަކުރަން ޖެހުނު މައްސަލައިގަ އެވެ. ގިނަ މީހުންނަށް ދައުވާ އުފުލައި އަދަބު ދީފައި ވަނީ ސިޔާސީ ބޭނުމެއްގައިކަން އެ މައްސަލާގައި ފާހަގަކޮށްފައިވެ އެވެ.
ކުރިން އެޓާނީ ޖެނެރަލްގެ މަގާމު ވެސް ފުރުއްވި ބިޝާމް ޕީޖީގެ މަގާމަށް ނޮވެމްބަރު، 2015 ގައި އައްޔަން ކުރެއްވީ އޭރުގެ ޕީޖީ މުހުތާޒް މުހުސިންގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކޮށް، އޭނާ މަގާމުން ވަކި ކުރުމުންނެވެ. އޭރު ބިޝާމް ހުންނެވީ ރައީސް އަބްދުﷲ ޔާމީންގެ ލީގަލް އެޑްވައިޒަރަކަށް ރައީސް އޮފީހުގަ އެވެ. ރައީސް ޔާމީންގެ ސަރުކާރުން ސިޔާސީ ލީޑަރުން ޖަލަށް ލާފައިވާއިރު އެ ދައުވާތައް ކުރީ ރައީސް ޔާމީންގެ އެންގުމަށް ސިޔާސީ ބޭނުމުގައި ބިޝާމް ކަމަށް އިދިކޮޅު ފަރާތްތަކުން އޭރު ތުހުމަތުކުރި އެވެ.
ގާނޫނު އަސާސީގައި ޕީޖީ އައްޔަން ކުރުމާއި ވަކިކުރުމުގެ ބާރު ދީފައިވަނީ ރައްޔިތުންގެ މަޖިލީހަށެވެ. ސުޕްރީމް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމެއްގައިވާ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސް ކުރިޔަސް، އެ ކަމުގައި ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިހި
28 February 2019
ކުރިންވެސް ގޯސް ފަހުންވެސް ގޯސް ދެންވެސް ރަގަޅެއް ނުވާނެ ..
ޅިޔަނާ
28 February 2019
ރޮޒޭނާ މެން ދެން މާ މޮޅު ވާހަކަ ނިދައްކާ
ކޮމެންޓު
28 February 2019
ބިޝާމް، ވިޝާމް، ހަމަދު. ކޮންމެވެސް އެއްގޮތް ކަންތައްތަކެއް އެބަހުރި.
ހުރެދާނެ
28 February 2019
އެމީހުން ތިބީ ކިޔަވައިގެން. ކޮބާ މައްސަލައަކީ. ހަަޖަމު ނުވެގެން ތި އުޅެނީ ބަޔަކު ކިޔވައިގެން ވަޒީފާގައި ތިބީމަދޯ. ނުކިޔަވާ މަޖިލިސް މެންބަރަކަށް ކުރިމަތިލާ ގޭގެއަށް ފަސްސަތޭކައިން ލާރި ބެހީމަ އޭގެ އަވައިގަ ޖެހި ގޮސް ވޯޓް ލައިގެން އެމީހުން ބޭނުން ގަނޑެއް ގަނެފަ ރައްޔިތުންގެ ޓެކްސްލާރިން ކޮންމެ މަހަކު ސައިބޮއެފަ ދަތުރު އެޅީމާ އެކަން ހަޖަމުކުރެވޭދޯ. ނޫނޭވާ ދިވެހިން މިއީ ވަރުގަދަ ބައެއް.
ދެފުށަށްކެނޑޭ
28 February 2019
މި ރާއްޖޭގައި މީހުންނަށް ވާނީ ދެފުށަށް ކެނޑޭ މިފާޑުގެ މީހުން. އިޚްލާސްތެރިކަމާއެކު، ހަރުދަނާ އުސޫލުތަކުގެ މައްޗަށް މަސައްކަތްކުރާ މީހުން ތިބެންޖެހޭނީ ސިވިލްސާވިސްގަ ނޫނީ ކުންފުންޏެއްގެ މެދުފަށަލައިގަ ތާށި ވެފައި.
ދީމާހު
28 February 2019
އަހަރެމެންގެ ޖަޒީރާ ރާއްޖޭގައި އިންސާފު ލިބޭނީ ބޭނުންވާ ގޮތަށް ދައުވާއާއި ހުކުމް އައިމާ. އެނޫން ގޮތަކަށް ކަަން ވާނަމަ އިންސާފު ކަމުގައި ނުބެލޭނެ. މިއީ އަހަރެމެންގެ ޑިމޮކްރަސީގެ ބާނީ އަހަރެމެންނަށް އުގަންނައިދޭ ގޮތް
ރިނދޫހުން
28 February 2019
ބަލަ ހަމަ ތި އެމްޑީޕީ މީހުންނޫންތަ ބިންވިއްކާ ބިލަށް ވޯޓުދޭން އަދި އަދީބު ނައިބު ރައީސްކަމުގެ މަގާމަށް ގެންނަން ފައިސާ ނަގާ މަޖިލީހުގެ ތިން ބައި ކުޅަ ދެބައި ހަމަކޮށް އެ ހުރިހާ ޖަރީމާއެއް ހިންގީ؟ ރޮޒަަައިނާ ކޮންމެ ކަމެއްގައި ދެ ތިން ޓުވީޓުކޮށް އަޑުގެ ނެތްތަނަށް ޒުވާބުކޮށް ހެދީމަ އޭނަ ހީކުރަނީ ރައްޔިތުން ތިބެނީ ބީރުވެފައިކަމަށް. ފުރަތަމަ ގައުމު ސަލަމާތް ކުރަންވީ ނަޝީދުއާއި އޭނަގެ ކޮރަޕްޓު ބައިގަނޑުގެ ކިބައިން.
ކަތީއްބެ
28 February 2019
އެއުޅެނީ ފެންދީފަ ކަތިލަންވެގެން، ޔަހޫދީން ކަންކުރާގޮތަށް ކަންކުރާތަން މިފެންނަނީ، މުސްލިމު މުޖްތަމަޢަކަށް ފެތޭގޮތަށް ކަންކުރެވޭތަނެއް ނުފެނޭ.
ނަޝީދުވަބާ
28 February 2019
ނަޝީދަކީ ޑިމޮކްރަސީއޭ ކިޔައިގެން އުޅުނަސް ހުދުމުހުތާރު މީހެއް. އޭނަ ބޭނުންވި ދުވަހު އޭނަ ބޭނުންގޮތަށް ހުކުމް ނުކުރީމައެއްނުން ފަނޑިޔާރަކު ވަގަށް ނެގީ. މިހާރު އޭނައަށް އެންމެ ރަނގަޅު ދައުވާތައް ބިސާމު އުފުލައިދޭތީ ކަހާތަނެއް ހިރުވައި ނުލާނެ. ނަޝީދު ޓުވިޓާގައި ބިސާމް ކުރީގެ މައްސަލަތައް ރިވިއުކޮށް އަލުން ފިޔަވަޅު އަޅައިދޭ ވާހަކަ ބުނިފަހުން މިހާރަކު އެމްޑީޕީ މީހަކުވެސް ޓުވިޓާގަވެސް މި ވާހަކަ ނުލިޔައެއްނުން. ފުރަތަމަ ނަޝީދު ކިބައިން ސަލާމަތްވާންވީ.
ވޮލަންޓިއަރު
28 February 2019
މީވެސް ޖަލައް ލާންޖެހޭ މީހެއް
ބުނެލީ
28 February 2019
ތަފާތަކީ ކުރީގެ ރައީސް އާ މިހާރުގެ ރައީސް.