މަޖީދީމަގު: އިމާރާތްތަކުގެ މަތިން އެއްޗެހި ވެއްޓި ހިނގާ ހިތާމަވެރި ހާދިސާތައް ގިނަ.-- މިހާރު ފައިލް ފައިލް
04 މާޗް 2019 - 16:13
ހަދަމުންދިޔަ އިމާރާތެއްގެ މަތިން ބާލިދީއެއް ވެއްޓި އަންހެނެއްގެ ގައިގައި މިއަދު ޖެހިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާވެޔޮ ގޯޅީގައި ހަދަމުންދިޔަ އިމާރާތަކުން ބާލިދީއެއް ވެއްޓިގެން މެންދުރު 1:50 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ ހާދިސާގަައި 28 އަހަރުގެ މީހެއްގެ މޭމަތީގައި ޖެހުނު ކަމުގައި ވިއަސް އޭނާއަށް ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށް ފުލުހުން ބުންޏެވެ.
އިމާރާތްތަކުގެ މަތިން އެއްޗެހި ވެއްޓި މީގެ ކުރިން ވެސް ހިތާމަވެރި ހާދިސާތައް ހިނގާފައި ވެ އެވެ. އެގޮތުން ސިމެންތި ބަސްތާއެއް ވެއްޓި މިިދިޔަ ޑިސެމްބަރު މަހު ކުޑަކުއްޖަކު މަރުވެފައިވާއިރު އޭގެ ފަހުން ވެސް ގަލެއް ވެއްޓި މީހަކު މަރުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
05 March 2019
މަގުހިނގާ މީހުން ގެ ބޮލުގަ ހެލްމެޓު އަޅުވަންޖެހޭ ހިސާބަށް މިއޮތީ ގޮސްފަ ނޫންތޯ؟؟
އެކަމު
05 March 2019
މިފަހަރު ޖެހުނީ ބޮލަކު ނޫން.
ޙަސަން އަޙްމަދު
05 March 2019
ބަނގްލަދޭޝް ކުއްޖާ މަރުވުމަށް ފަހު ވެސް ސަލާމަތީ ފިޔަވަޅެއް އެޅިކަމުގެ އެއްވެސް އަސަރެއް ނެތް
Dhaadhey
05 March 2019
ނިކަން ބަލާލާބަލަ ސޯސަންމަގުގައި ހުންނަ ރާދަ ބުކްޝޮޕާ ޖެހިގެން ހުންނަ ގޭގެ އެއަރކޯން ތަކުންނާއި ހަމައެމަގުގެ ދެކުނުގައި ސްޕަސޭވާ ޝޮޕް ހުންނަ ފަޅީގައި ހަރުކޮށްފައި ހުންނަ އެއަރކޯންތަކުން އަބަދު ފެންތިކި ތަޅަތަޅައި އެހުންނަނީ. ޕޭމަންޓްމަތިން ހިނގާމީހުންނަށް މިކަމުގެ ސަބަބުން ވަމުންދާ އުނދަގޫ ސިޓީ ކައުންސިލަށް ޝަކުވާއެއްގެ ގޮތުގައި ހުށަނެހެޅިއްޔާ ނުވޭތަ މިކަންކަން ބަލައި ހުއްޓުވާކަށް. މިވެސް ގަވާއިދަކުން މަނާކޮށްފައި އޮންނަ ކަމެއް. ގައުމުގެ ހާލަތު!
މަންމަ
04 March 2019
އެންމެންވެސް ސަމާލުވާންވީ ކަމެއްމީ. މަގުމައްޗަށް ނިކުތުމަކީ މިހާރު ޖެހިލުންވާ ކަމަކަށް ވެއްޖެ.
ފަލަޑޭ
04 March 2019
ހާދަހާ ވެއްޓޭ ދުވަސްވަރެކޭ! ތިހެން ވެއްޓެމުން ވެއްޓެމުންގޮސް ވެރިކަން ނުވެއްޓޭނަ ކަމަށް އުއްމީދު ކުރަން
އާނއެ
05 March 2019
ތަތްކޮށްފަ އޮތީ ނުވެއްޓޭ ގޮތަށް.
ޒިޔާޕު
04 March 2019
އުސްކޮށް އިމަރާތ ކުރާއިރު، މަގުމައްޗަށް އިމަރަތުނ ބއެއް ނެރޭގޮތަށް އޮތް އޮތުން މަނާކުރަން އެބަޖެހޭ. ޢެމީހެއްގެ އިމުގަ އިމަރާތް ކުރަން ޖެހޭނީ. މަގުމައްޗަކީ ރައްޔިތުނގެ ތަނެއް. ބޭރަށް ބައެއް ނެރެގެން އިމާރާތް ކުރީމާ ދެން ވަނެ ގޮތަކީ މަގުހިނގާމީހުން ބޮލަށް އޮއްގަ އެޅޭނީ.
Dhaadhey
05 March 2019
ޒިޔާޕުގެ ކޮމެންޓް ވަރަށް ރަނގަޅު. މީހުންނަށް ރަޖިސްޓްރީކޮށްދީފައިވާ އަކަފޫޓުގެ ތެރޭގައި އެމީހެއްގެ ތަންތަން ހަދަންވާނީ. އެހެންނަމަވެސް ކޮންމެވެސް ބަޔަކަށް މަންފާ ހޯދައިދިނުމަށްޓަކައި 10 ފޫޓު މަތިން އެމީހަކު ބޭނުންވަރަކަށް (ބުނަނީ 2ފޫޓު) ތިން ހަތަރުފޫޓަށް ނެރެ އެއާކޯން ހަރުކުރުމުންނާއި އަންނަ އޮނު ދޮވެފައި އެޅުމުގެ ސަބަބުން މަގުމަތީ ހިނގާމީހުންގެ ބޮލަށް ފެން ފޭބުމާއި ޕޭމަންޓް މަތި އަބަދު ތެމިފައިވުމާއި މަގަށް އެއްޗެހިވެއްޓުން އިތުރުވެފައިވަނީ.
ހަސަން ނުވަވަނަ
04 March 2019
ކޮބާ އެއްޗެހި ވެއްޓޭތީ އެކަން ބަލަން ހަދާ "ވެއްޓޭ ނުވެއްޓޭ" ކޮމިޓީ
ވާލުސޮރު
04 March 2019
ތިޔަ މައްސަލަ ހައްލުވާނީ އިމާރާތް ކުރުމުގެ ހުއްދަދޭ ފަރާތާ އިމާރާތްކުރުމުގެ މަސައްކަތް ހިންގަނީ ގަވައިދުޔަކާ އެއްގޮތަށްޔޯ ބަލަން ހަވާލުކޮށްފަ ތިބި ބަޔަކު ވަގުތުން ހައްޔަރުކޮށް މައްސަލަ ބަލާ ފިޔަވަޅުއަޅަން ފެށިގެން. އެހެންނޫނީ އަބަދުވެސް ތިޔަ ކަހަލަ ކަންކަން ތަކުރާރުވަމުންދާނެ.
ޒިޔާޕު
04 March 2019
އަޅަންވި ފިޔަވަޅެއްނޫން. ޟައްޗަށް ކުރާއިމަރަތުގަވެސް އިމުން ބެރަށް ނެރެން ހުއްދަ ނުދޭންވީ. ޢަލަށް ހުއްދަދޭ އެއްވެސް އިމަރާތެއް މަގުމައްޗަށް ނެރުން މަނަކުރަންވީ. ޢޭރުން މިކން ހައްލުވަނެ. 2 ބުރި އިމާރާތެއް ނމަ ބެލްކނި 1 ތޫޓައް 3 ބުރިވެއްޖެޔާ 3 ފޫޓަށް 5 ބުރި ވެއްޖެޔަ 12 ފޫޓަށް. މިދެންބޮޑުވަރު. އެމީހެއްގެ އިން އޮންނާނޭ ރަޖިސްޓްރީކޮއްފ ދީފަ
ކާލު
05 March 2019
ނާހަމުތަ؟ ގަވައިދުންނޯ އެހުރިހާ ތަނަކުންވެސް މަސައްކަތްކުރަނީ. އެކަމު ހަމަ އެއްޗެހި ވެއްޓެނީ..އަޖައިބެއްނު؟
ކަރީމުއްދީން ބާޝާ
04 March 2019
މިދުވަސްކޮޅު ދެން އޮންނާނީ ހުސް މިސަކަރާތް. މީ ބާލިދީ، ބަސްތާބަސްތާ ފައިބާ މޫސުން.
ރަދީފް
04 March 2019
28 އަހަރުގެ މީހެއްގެ މޭމަތީގައި ޖެހުނު ކަމުގައި ވިއަސް އޭނާއަށް ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށް ''. ބާލިދީއަކުން ޖެހިގެން އަނިޔާއެއް ނުވާނެކަން އިނގޭ.