ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ކެޔޮދު އަށް ވަޑައިގެން ކުޑަ ކުއްޖަކު އުރާލައްވައިގެން. --- ފޮޓޯ: އެމްޑީޕީ
14 މާޗް 2019 - 15:25
އަންނަ މަހުގެ ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ފައިސާ ނެންގެވި ބޭފުޅުންނަށް ތާއީދު ނުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވ. ފެލިދޫގައި މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލިހުގެ އިންތިޚާބުގައި ފެލިދޫ ދާއިރާ އަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާ މުހައްމަދު މަބްރޫކްގެ ކެމްޕެއިނަށް އެ ރަށަށް ވަޑައިގެން ރައީސް ވިދާޅުވީ "އެމްއެމްޕީއާރުސީގެ ކެންޑިޑޭޓުންނަށް" ތާއީދު ނުކުރައްވާނެ ކަމަށެވެ. ރައީސްގެ ވާހަކައިގައި އިޝާރާތް އެ ކުރައްވަނީ ބޮޑު ޚިޔާނާތުގެ ފައިސާ ނެންގެވި ކަމަށް ތުހުމަތު ކުރެވޭ ބޭފުޅުންގެ ތެރެއިން މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ބޭފުޅުންނަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައްޔިތުންނަށް ގިނަ ވައުދުތަކެއް ވެވަޑައިގެންނެވި އިރު، ވެރިކަމަށް ވަޑައިގެން ފުރަތަމަ ދުވަހުން ފެށިގެން ވައުދުތައް ފުއްދަން މަސައްކަތް ކުރައްވާ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ކެޔޮދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަނީ. --- ފޮޓޯ: އެމްޑީޕީ
ސަރުކާރުން ރައްޔިތުންނަށް ވި ވައުދުތައް ފުއްދުމުގެ މަސައްކަތް ކުރާ އިރު، މަޖިލިހަކީ މުހިންމު ދައުރެއް އަދާކުރަން ޖެހޭ ބައެއް ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ބައެއް އުސޫލުތައް ގާއިމު ކުރުމަށްޓަކައި ހޯދަން ޖެހޭ ގާނޫނީ ބާރުވެރިކަން މަޖިލިސް މެދުވެރިކޮށް ހޯދަން ޖެހޭ ކަމަށެވެ.
"މިކަން ކުރެވޭނީ އަޅުގަނޑުމެން ވީ ވައުދުތައް ގަބޫލުކޮށް، މިއަށް ތާއީދު ކުރާ ބަޔަކު މަޖިލިހުގައި ތިބެގެން،" މަބްރޫކަށް ތާއީދު ކުރައްވާ ކަން ހާމަކުރައްވައި ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މަޖިލިހުގައި 25 އަހަރު ދުވަހު ހިދުމަތް ކުރެއްވުމަށް ފަހު، ފަހަތަށް ޖެހިވަޑައިގެން ޒުވާނުންނަށް ފުރުސަތު ދޭން ނިންމީ މަޖިލިހަށް ބަދަލުތަކެއް ގެންނަން ޖެހޭތީ އެވެ. މަޖިލިހަށް ޒުވާން، ލޭގެ ޖޯޝާ އެކީގައި އާ ފިކުރުތަކާއި ޒަމާނީ ބަދަލުތަކެއް ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ހަމަ ގައިމު ވެސް އަޅުގަނޑު ތާއީދެއް ނުކުރާނަން އެމްއެމްޕީއާރުސީގެ ކެންޑިޑޭޓުންނަކަށް. މަބްރޫކް އެ އިންނެވީ ސަރުކާރުގެ ކެންޑިޑޭޓުގެ ގޮތުގައި،" ރައީސް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޮކްތެރަޕީ
15 March 2019
ފަހުޒަމާނުގަ ތެދުވެރިން ދޮގުކޮ. މަކަރު ވެރިން ތެދުވެރިންނަވާނެ. މީހަގީގަތަކީ. ޤައުމު ފުޑުފުޑު.
ހަމަހޭ
15 March 2019
ސުވާލަކީ މަނިކުފާނުވެސް ތިޔަހުންނެވީ ނަސީދުގެ ޕްރިޕެއިޑް ދަންތުރައިގަ ޖެހިވަޑައިގެން ޕަޕެޓަކައްވުން ނޫންގޮތެއް ނެތިފަތޯއޭ؟.
ހަމަހޭ
15 March 2019
ތިޔަވިދާޅުވާ ފައިސާ ނެގިމީހުނާ ބޭނުންކުރިމީހުން ރަނގަޅައްއެގޭނެ މޮހޯ ރާއްޖެގެނެސް ރަގަޅު ސަރީއަތެއް ހިންގައިފިއްޔާ. އެކަމަކު އެއީ މަނިކުފާނު ކުރައްވާނެކަމެއްނޫން. މަނިކުފާނު މޮހޯ ރާއްޖެނުވެސް ގެންނާނެ ގެންނާކައް މަސައްކަތެއްވެސް ނުކުރައްވާނެ، ނުވެސް ކެރޭނެ.
އަހައްމާ
15 March 2019
18 ވަނަ މަޖުލިސްގައި ތިބި ޚިޔާތްތެރިވި ވޯޓް ވިއްކި މީހުންނަ މިފަހަރު ރައްޔިތުން ވޯޓް ނުދޭނެއެވެ. އެ މީހުންނަ ވޯޓް ދީފިއްޔާ ދެންވެސް ވޯޓް ވިއްކާނީއެވެ. މިހާރު ވެސް ވޯޓް ގަންނަ އެ މެމްބަރުން އެދަނީ ބޮޑުތި އަދަދު ވޯޓަށް ފައިސާދީ ވޯޓް ގަންނަމުންނެވެ.
ޗެލްސީ
15 March 2019
ބޭސްފަރުވާ ހިލޭ ކޮއްދޭ ވާހަކަ އަޑުއިވެނީ. ތިޔަ ބުނާ ގޮތުން ކީއްވެބާ ހުރުމާ ކެއުން ޓެކްސީ ދަތުރުފީ އާސަންދައިން ނުދެނީ..
ކޭބީ
15 March 2019
ކެބިނެޓް ގަ ހިމެނުން މީހުންނަށް ފެއިޑް ހޮލިޑޭ... ޒީރޯ ޓޮލަރަންސް އަށް ނިދިފަ
ކަނބިލި
14 March 2019
ރައީސްވެސް ހުންނަވަންޖެހޭނީ ކެނެރީގޭ ނަޝީދު އަޅާހާ ބަތަކަށް ރިހައަޅަން. އެހެންނޫނީ ކުޅިސަމާ ދައްކާލާނެ
ޖަމީލުބެ
14 March 2019
މިޚަބރުގެ ސުރުޚީ މިއޮތީއޮޅުވާލާފަ. ޢިބޫ ބުނީ ހަަމަ ސީދާ އެމް އެމް ޕީ އާރު ސީ ކެޑިޑޭޓުންނޭ. ޚިޔާނާތެކޭ ނުބުނެ.
އިންސާފް
14 March 2019
މިގައުމުގެ ރައީސަކީ ކާކުބާ؟؟؟، އިބޫ ތަ؟ ޢަންނި ތަ؟
ޗިއްލޫ
15 March 2019
އަންނިއަކީ ބޮޑުވަޒީރޯ، ހިތުންހެދިގެން މިހާރުވެސް އުޅެނީ، ރައްޔިތުންގެ ބޮޑުއަގުލަބިއްޔަތަކުން ބަރުލަމާނީއަށް ނޫނެކޭ ބުނެފައޮއްވާ އެކަމާ ފޫގަޅައިގެން އުޅޭނީ ކިހާ އަމިއްލައެދުން ބޮޑުމީހެއްތޯ މިކަމާ ރައްޔިތުން ވިސްނަން އެބަޖެހޭ!
ބޭބެ
14 March 2019
ހިލޭ ޑިގުރީއަށް ކިޔަވާދޭނަމޭކިޔާގެން ދޮގުހެދި ގޮތަށް ހުރިހާކަމެއް ކުރަނީ އެކަމަޑޭޝަން އަމިއްލަ އަށ ކެއުން އަމިއްލައަށް ކޯސްފީގެ %50 އަމިއްލައަށް އެކަމަކުވެސް ޑިގުރީއަށް ހިލޭ ކިޔަވާދޭ ސަރުކާރެކޯ ކޮބާ އެމްޑީ.ޕީ ގެ ގުބޯލުން