ސަލްމާން: އޭނާ މިހާރު އަންނަނީ ޓީވީ ޗެނެލެއް ލޯންޗް ކުރަން ތައްޔާރުވަމުން.
19 މާޗް 2019 - 07:25
ކުޅުނު ހުރިހާ ފިލްމެއްގެ ރައިޓްސް ހޯދަން ސަލްމާން ހާން ނިންމާފައިވާ ކަމަށް ދާދި ފަހުން މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށް، އޭނާ އަމިއްލަ ޓީވީ ޗެނަލެއް ލޯންޗް ކުރަން އުޅޭ ކަމަށް ވެސް ރިޕޯޓްކޮށްފި އެވެ.
ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ސަލްމާނު އުފައްދާ ޓީވީ ޗެނެލްގެ ނަމަކީ އެސްކޭޓީވީ އެވެ. އެސްކޭއަކީ އޭނާގެ ނަމުގެ ދެ އިނިޝިއަލްސް އެވެ. ކުޅުނު ހުރިހާ ފިލްމެއްގެ ރައިޓްސް ވެސް ހޯދަން 53 އަހަރުގެ އެކްޓަރު ބޭނުންވި ސަބަބަކީ ވެސް ޗެނެލް މުއްސަނދިކޮށް، އޭނާގެ ހުރިހާ ފިލްމެއް ޕްލެޓްފޯމަކުން ފޭނުންނަށް ބަލައިލެވޭނެ ގޮތް ހަދައި ދިނުމެވެ.
ޓީވީ ޗެނެލެއް ވުޖޫދަށް ގެންނަ އިރު، ސަލްމާން ވަނީ ޓީވީ އުފެއްދުންތައް ގެނެސްދޭން ހާއްސަކޮށްގެން ސަލްމާން ހާން ޓެލެވިޝަންގެ ނަމުގައި ކުންފުންޏެއް ވެސް ރަޖިސްޓްރީކޮށްފަ އެވެ. ސޮނީ ޓީވީން މިހާރު ގެނެސްދޭ "ދަ ކަޕިލް ޝަރުމާ ޝޯ" އަކީ އެ ކުންފުނިން ޕްރޮޑިއުސްކުރާ ޝޯއެކެވެ.
އެ ކުންފުނީގެ ދަށުން ދާދި ފަހުން ވަނީ ސަލްމާންގެ ހަގު ކޮއްކޮ ސޮހައިލް ހާން ހިމަނައިގެން އިންޑިއާގެ ކުރީގެ ވަރުގަދަ ރެސްލިން ޝަހުސިއްޔަތު ގުލާމް މުހައްމަދު ބަކްޝް ބަޓް (ގަމާ ޕެހެލުވާން/ދަ ގްރޭޓް ގަމާ) ގެ ވާހަކަ ކިޔައިދޭ ސިލްސިލާއެއް ވެސް ހަދަން ނިންމައިފަ އެވެ.
ސަލްމާނަކީ އެސްކޭ ފިލްމްސްގެ ނަމުގައި ފިލްމު ކުންފުންޏެއް ވެސް ހިންގާ މީހެކެވެ. އެތަނުން ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ގެނެސް ދޭނީ މި މަހުގެ 29 ގައި ރިލީޒް ކުރާ "ނޯޓްބުކް" އެވެ.
Salman Khan TV silsila eh hadhanee
The most trusted news source in the Maldives
Mihaaru
ސަލްމާން ޓީވީ ސިލްސިލާތައް ވެސް އުފައްދާނެ.
"ބީން ހިއުމަން" ގެ ނަމުގައި ފައުންޑޭޝަނެއް ވެސް ހިންގަމުން އަންނަ ސަލްމާންގެ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން މިހާރު ވަނީ ކުޑަކުދިންނަށް ޑޭ ކެއާ އާއި އެ ނޫން ވެސް ކުޑަކުދިންނާ ގުޅުން ހުރި ހިދުމަތްތައް ފޯރުކޮށް ދޭން "ބީން ޗިލްޑްރެން" ގެ ނަމުގައި ސަބްސިޑަރީ ފައުންޑޭޝަނެއް ވެސް ވުޖޫދަށް ގެނެސްފައި ކަމަށް ރިޕޯތްތައް ބުނެ އެވެ.
އޭނާ ދެން އެންމެ އަވަހަށް ސްކްރީނުން ފެންނާނީ ފިތުރު އީދުގައި ރިލީޒް ކުރާ "ބާރަތު" އިންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝައަލޫ
19 March 2019
ސަލްމާން އަކީ އަބަދުވެސް ކުޑަކުދިންނަ އެކި ގޮތްގޮތުން އެހީ ފޯރުކޮށްދޭ މީހެއް...
ދޮނާ1
19 March 2019
ހާދަހާ މަސައްކަތެކޭދޯ މީނަ މިކުރަނީ.