މޯލްޑިވިއަންގެ މަތިންދާބޯޓު، އެއާބަސް-އޭ320 އަށް ބަޔަކު އަރަނީ: އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބުގެ ކެމްޕޭން ދަތުރުތަކަށް ފަހުން ފައިސާ ދައްކާ ގޮތަށް ޓިކެޓް ދޫކުރި ކަމުގެ ތުހުމަތު އެ ކުންފުނިން ދޮގުކުރޭ. ---ފޮޓޯ: ކިޔުންތެރިއެއް
04 އެޕްރީލް 2019 - 11:37
ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރާ ކެމްޕޭން ދަތުރުތަކަށް ކްރެޑިޓަށް ޓިކެޓް ދޫކުރި ކަމުގެ ތުހުމަތު މޯލްޑިވިއަނުން މިއަދު ދޮގުކޮށްފި އެވެ.
އަންނަ ހޮނިހިރުދުވަހު ބާއްވާ އިންތިޚާބުގައި ގަމު ދާއިރާ އަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ވިސާމްގެ ސަޕޯޓަރުން ގަމަށް ގެންދަން މޯލްޑިވިއަނުން 150،000 ރުފިޔާގެ ކްރެޑިޓް ފެސިލިޓީއެއް ހަމަޖައްސައިދީފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
އެއީ، ހަގީގަތާ ޚިލާފު ވާހަކައެއް ކަން އޮޅުންފިލުވައިދޭން މޯލްޑިވިއަނުން ކުރި ޓުވީޓެއްގައި ބުނީ ސިޔާސީ ޕާޓީތަކުގެ އިތުރުން އެއްވެސް ކެންޑިޑޭޓަކަށް ވެސް އެ ކުންފުނިން ކްރެޑިޓަށް ޓިކެޓް ދޫކޮށްފައި ނުވާނެ ކަމަށެވެ.
ިސިޔާސީ ޕާޓީއަކަށްވެސް އެއްވެސް ކެންޑިޑޭޓަކަށްވެސް މި ކުންފުނިން ކުރެޑިޓަށް ޓިކެޓެއް ނުދެން.
— Maldivian (@MaldivianAero) April 4, 2019
މޯލްޑިވިއަން އިން ކުރި ޓުވީޓް.
މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގައި އޭރު ވެރިކަން ކުރާ ޕީޕީއެމްގެ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ހޯދަން ކުރި ކެމްޕޭން ދަތުރުތަކަށް ފަހުން ފައިސާ ދައްކާ ގޮތަށް އެއްބަސްވުމެއް މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ޕީޕީއެމާ އެކު ހެދި އެވެ. އެ ފަހަރު ދަތުރުތަކަށް 4.8 މިލިއަން ރުފިޔާ އެރި އެވެ. އެ ފައިސާ ޕީޕީއެމުން ނުދައްކައިގެން އައިލެންޑް އޭވިއޭޝަނުން އީސީ އަށް މައްސަލަ ހުށަހެޅި އެވެ.
އީސީއަށް މައްސަލަ ހުށައެޅުމާ އެކު ޕީޕީއެމުން އެއް މިލިއަން ރުފިޔާ ދެއްކުމުން ބަކީ 3.8 މިލިއަން ރުފިޔާ ދައްކަން އެބަ އޮތެވެ.
އައިއޭއެސްގެ އޮފިޝަލަކު ވިދާޅުވެފައިވާ ގޮތުގައި އެ ފައިސާ އަކީ މާލޭގައި ޕީޕީއެމުން ބޭއްވި ބޮޑު ޖަލްސާއަށް ރާއްޖޭގެ އެކި ރަށްރަށުން އުފުލު މީހުންގެ ދަތުރަށް ދައްކަން ޖެހޭ ވަރެވެ. އެގޮތުން ބައެއް ފްލައިޓްތައް ޕީޕީއެމުން ޗާޓަރު ކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާުއުދުހޭއަލީ
04 April 2019
ތިޔަ ނިންމެވުމަށް ޝުކުރު!!
1111
04 April 2019
މިފަހަރު ތިކަން ނުޖުރަންޏާ ނުކުރީ. އެކަމަކު ނިހާން ސަޖިދަ ޖެހި ރައުންޑް ގަ އެކަން އެއޮތީ ކޮށްފައެއްނޫންތަ؟ އަމިއްލައަށް ވިއްޔާ އުޅުނީ ޕޕމ އިން އެ ދަރަނި ނުދައްކައިގެން. ދެން "ސިޔާސީ ޕާޓީތަކުގެ އިތުރުން އެއްވެސް ކެންޑިޑޭޓަކަށް ވެސް އެ ކުންފުނިން ކްރެޑިޓަށް ޓިކެޓް ދޫކޮށްފައި ނުވާނެ" މިކިޔަނީ ކީކޭ؟
ޅަބޭ
04 April 2019
އެކީއްވެ ؟ ބަނގުރޫޓު ވެދާނެތީ އުތަ؟؟!
ކުޑަ ޅަބޭ
04 April 2019
ޅަބޭ މެންނަށް ނޯންނާނެ ރަނގަޅު އެއްގޮތްވެސް.. އަމިއްލަ ނަފްސަމެދުވެސް އަބަދު ޝަކުވާ..
ދޭސީ
04 April 2019
ހަގީގަތެއްނޭންގެ އަހަރެން ޓިކެޓެއް ހޯދަން އުޅެއުޅެ ނުލިބިގެން އެންމެ ފަހުން މީހަކު ބުނެގެން އެމްޑީޕީ ކެންޑިޑޭޓުގެ ކެންޕެއިން އޮފީހައް ދިޔައިރައް ޖާގަ ހަމަ ޖެހިއްޖެ. އަހަރެން މޯލްޑިވިއަން އަށްގޮސްގެން ޓިކެޓް ނުލިބުން. ހަމަ އެމީހުން ގުޅާލިއިރައް ޖާގަ ލިބިގެން އަހަރެން ޓިކެޓް ގަނެގެން މާދަން ފުރަނީމި.
އަޖުވަދު ފިރާގު
04 April 2019
މި ޔާމީނަކު ނުކުރާ އެއްކަމެއްވެސް ނެތެއްނު. ޕީޕީއެމުން އެފައިސާ އަދިވެސް ނުދައްކާތަ؟ އެހެންވިއްޔާ ކީއްވެ ޝަރީޢަތަށް ނުފޮނުވަނީ. އާދައިގެ މީހެއްކުރިކަމެއްނަމަ މިހާރު ޝަރީޢަތަށްފޮނުވާ އެފަކީރުން ތިބޭނީ ޖަލުގަ..
ކުޑަފޫޅު
04 April 2019
ފިރާޤު ތިޔާ ބުނީ ޙަމަ ތެދުފުޅެއް
މަންޑޭލާ
04 April 2019
މިސަރުކާރުން ވައްކަންކުރަނީ ވަރައްމިޅަ. މިހާރުވެސް އެދެނީ ބަދަލޭ ކިޔަފަ މިލިޔަނުން ލާރި.
ޝޮކްތެރަޕީ
04 April 2019
މިހަތަނަ އިބޫ ދެއްކި ވާހަކަތަކަކީ އިތުރުފުޅު.
ޢަހްމަދު
04 April 2019
ޙުސްދޮގު. ދީގެން ތިޔަ އުޅެނީ
އަސޭލާ1
04 April 2019
ދެން ކަލޭ ދާންވީނު އޭސީސީ އަށް ނޫނި ކޯޓަށް.
މަރޭމިތުރު
04 April 2019
ހުރިހާ ކަސްޓަމަރުން ހަމަހަމަ ކުރަންވީ! ކުރިއާއި ހިލާފައް ކުރެޑިޓު ނުދޭންވީ!.............. މޯލްޑިވިއަން ވާންވީ އެންމެންނަށްވެސް އެއް ހަމައެއްގައި ހިދުމަތްކޮށްދޭ ބަޔަކަށް. މޯލްޑިވިއަން އަކީ އަޅުގަނޑުގެ ފުލައިޓް. މަގޭ އެއާލައިން.
ސަކީނަ
04 April 2019
ޕީޕީއެމް ކުދިންނަށް ރަށްރަށަށް ނުދެވުނީ މިހެންވެތާ