ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަގާމުގެ ހުވާކުރެއްވި ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު މޯދީ ވަޑައިގެން، އެމަނިކުފާނާ ސަލާމް ކުރައްވަނީ-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
08 އެޕްރީލް 2019 - 13:20
މަޖިލިސް އިންތިޚާބުގައި، ސަރުކާރު ކޯލިޝަންގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީން ހޯދި ކާމިޔާބީއަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު މަރުހަބާ ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޯނުން ގުޅުއްވައި، އިންތިޚާބުގެ ނަތީޖާއިން ފެނުނީ މިހާރު އޮތް ސަރުކާރު ބަލައިގެންފައިވާ މިންވަރު ކަމަށް މޯދީ ވިދާޅުވި އެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރެއްވުމަށް މޯދީ ވަނީ އެދިވަޑައިގެންފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އިންތިޚާބުގައި މަޖިލީހުގެ 87 ގޮނޑީގެ ތެރެއިން 65 ގޮނޑިއާ އެކު މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައިވަނީ އެމްޑީޕީއަށެވެ.
މޯދީގެ ވާހަކަފުޅުގައި ރާއްޖެއަކީ އިންޑިއާއާ ވަރަށް ގާތް ގައުމެއްކަން ފާހަގަކުރައްވައި އެ ގައުމުން އަބަދުވެސް ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސް ވިދާޅުވީ އިންޑިއާއާ ރާއްޖެ އޮތް ގުޅުމަށް މި ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާނެ ކަމަށެވެ.
މޯދީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަތެވެ. އަދި ބޭރު ގައުމެއްގެ ވެރިޔަކާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭއްވެވި ފުރަތަމަ ބައްދަލުކުރެއްވުން ވެސް އޮތީ މޯދީއާ އެކުގަ އެވެ. އަދި ވެރިކަމަށް ވަޑައިގެން ރައީސްގެ ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރެއްވީ ވެސް އިންޑިއާއަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
08 April 2019
މިހާރު އިބޫ ބޭނުން ކޮންމެ އެއްޗެއް ދިވެހި ގައުމަށް ހެދޭނެ. އެއީ ހުދުމުހްތާރުކަމެއްނޫންތަ؟ ނަމުގައި ޑިމޮކްރެސީ. 3 ބާރު ވަކިކުރަން ވަކާލާތުކުރި އަންނި 3 ބާރު މިހާރު 2 ބާރަށް ހަދައި ކުޑަދުވަސްކޮޅަކުން އެއްބާރަށް ހަދާތަން ރީދޫކުރިން ތިބޭ ބަލަން! ދެން އަތްޖަހާފާ ޑިމޮކްރެސީއޭ ގޮވާ!
ސިމާ
08 April 2019
ރަނގަޅު ވާހަކައެއް، އިބޫ ބޭނުން ގޮތެއް ހެދިދާނެ - އެކަމަކު އެއީކީއެއް އޭގެ ޒާތުގައި ހުދުމުހުތާރުވުމެއްނޫން.
އުދުހޭ
08 April 2019
ރައްޔިތުން އެއޮތީ ވޯޓް ދީފަ. ދެން ރަށްތަކާ އެއާޕޯޓާ އެއްޗެއް އިންޑިޔާ ކުންފުނިތަކަށް ކުށްޔަށްދިނުމުގެ ބަދަލުގަ ވިއްކާލާ! ދިވެހިންގެ މޮޔަކަމާއެވެ!؟!
ކަނބިލި
08 April 2019
އެވަރަށް ލާރިއަޅާ ލިޔޭ.ދެން ހޮވެންވާނެނު.
ދޯސްތީ
08 April 2019
މޯދީ އަންނާނަމެކޭ ނުބުނޭތަ؟
ހަބޭސް789
08 April 2019
އިންޑިއާގެ މޯދީ އެމީހުންގެ ތިރީސްވަނަ ސްޓޭޓް ޖަޒީރާ ކަމަށް ރާއްޖޭގެ ކަނޑައަޅައި ޗީފް މިނިސްޓަރަކަށް ސާލިހަށް ހަމޖެއްސީތަ ތަހުނިޔާ ކިޔަސް ﷲ އިރާދަކުރެއްވިއްޔާ އިންޑިޔާއިން ތިޔަ ބޭނުންވާގޮތް ވިޔަކަނުދޭނަން ﷲ އިރާދަކުރެއްވިއްޔާ ރާއްޖެ އޮންނާނީ މިނިވަން އިސްލާމީ ދައުލަތެއްގެ ގޮތުގައި އަންނިވެސް އަދި ޖަލަށްދާނެ ޔާމީންވެސް ހޯހޯ
ނޯނޯ
08 April 2019
ސްޓޭޓަކަށްވެސް ހަދާވަރަށްވުރެ ރާއްޖެ ދެރައޭ. އެމީހުންގެ ބެކްޔާޑޭ އެމީހުން ކިއަނީ މިއީ.
ހަސަން ނުވަވަނަ
08 April 2019
އިންޑިއާގެ މޯދީ އެމީހުންގެ ތިރީސްވަނަ ސްޓޭޓް ޖަޒީރާ ރާއްޖޭގެ ޗީފް މިނިސްޓަރު ސާލިހަށް ގުޅައި ތަހުނިޔާ ކިޔައިފި. ކޮއްކޯ ރާއްޖޭގެ މިނިވަންދުވަހަކީ ކޮބާ؟ އެޖެންޑާ 19
ސޯލްޓް
08 April 2019
އަސްލު ވަރަށް ބޮޑަށް ވިސްނައިފިން. މިގައުމުގެ ހަމަޖެހުމަށް އިންޑިޔާގެ އެހީ ވަރަށް މުހިއްމު. ރާއްޖެ އޮއްނަތަނުގެ ސަބަބުން އިންޑިޔާއަށް މަޖްބޫރުވޭ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮއްދޭން. މޯރަލް އޮބްލިގޭޝަނެއް އޮވޭ. ވީމާ ދިވެހިން ތިބެންވީ އިންޑިޔާއެކު ދޯސްތީވެގެން.
ރައްކާތެރިކަން
08 April 2019
އިންޑިޔާއިން ދުވަހަކުވެސް ދިވެހީންގެ ރައްކާތެރިކަން ކަށަވަރުކޮއްދޭކަށް ނޫޅެ. ޢަޅުވެތިކުރުމާ ޖެއްސުން ކުރުންނޫންކަމެއްނުކުރެ. ވޭތުވެދިޔަތަނުގައިވެސް މިހާރުވެސް ރާއްޖެއަށް ނުރައްކަލެއްވެއްޖެނަމަ ނުވަތަ އަޅުވެތިވެއްޖެނަމަ ވާނީ އިންޑިޔާއިން. ދިވެހިރާއްޖޭސަލާމަތައް އިންޑިޔާނޫން ޤައުމަކުން ނުރައްކަލެއްނުކުރާނެ. ޢދ. މެމްބަރު ޤައުމަކަށް ދިވެހިރާއްޖެ ވުމަށް އިންޑިޔާއިން ވޯޓް ނުދޭ. ނަޝީދު އާއި އިބޫ ޤައުމަށް ޚިޔާނާތްވެ އިންޑިޔާއަށް ރާއްޖެ އަޅުވެޮކޮށްފި.
އިބާދު
08 April 2019
ނުޖެހޭ ދޯސްތީ އޭ ކިޔާފަ ރާއްޖެ ދާޚިލީ އަދި ޙަރިޖީ ނިންމުން ތަކައް ނުފޫޒް ފޯރުބައި އިންދިއާހއ ސިފައިން ރާއްޚެގައި ބައިތިއްބާކައް .މި ރާއްޖެއަށް އިންޑިއާ އިން އައްގަދަ ކޮއް އަޅުވެތި ކިރުމައް އިންދިއާ އިން ބޭނުންވަނީ
ހައިކު
08 April 2019
އަހަރުމެން އެމްޑީޕީ އަށް ވޯޓު ދިނަކަސް ކަލޭމެން ދުރުރުގަ ތިބޭ. ދިވެހި ބަލިމީހުންނަށާ، ކިޔަވާކުދިން، ފިޔާ، ހިލަވެލި، ހެދިގޮތް ހަދާން އެބަހުއްޓޭ މިމީހުން ބޭނުން ވާނީ އަހަރުމެން އަޅުވެތިކޮށްފަ ޝަރަފެއް، އިއްޒަތެއް، އަމިއްލަ ބާރެއް ނެތް، ގަމާރު ބައެއް ގޮތުގަބައިތިއް ބަން.
އައްޔަ ސްވާމީ
08 April 2019
ނުތިބޭނަން. ބަލަ އަހަރުމެން ފަންޑުކޮށްގެން ލިބުނު އެއްޗެކޭ. ވަނައްކަމް
ޓޭކްއަހައިކް
08 April 2019
ދުރުގަ ނުތިބެވޭނެދޯ ދެން. ތިޔަކިޔާ ހުރިހާ ކަމެއް ކުރުމަށް މަގު ހުޅުވަދީފަ ދުރުގަ ތިބޭށޭ ނުކިޔޭނެ.
ހިގޮ
08 April 2019
މޯދީގެ ޕާޓީ އައްވެސް މިފަދަ ކާމިޔާބީ އަކަށް އެދެން/ އަދި އެޖެންޑާ ނަވާރައިގެ ދެލިކޮޕީ ހޯދުމައް ވެސް މޯދި އަށްދަންނަވަން
ސޭކުސްތާން
08 April 2019
މިތަނުން އެމްޑީޕީ ކުއްޖެއް އަތުގަ ނެތްބާ އިނގިރޭސި ކޮޕީއެއް؟
ނަޖުމުއްދީން
08 April 2019
މިފަހަރު އިންޑިޔާގެ އިންތިޚާބުގާ މޮދީ ވައްޓާނުލެވެއްޖިއްޔާ ވަރަށް ސަކަރާތްވާނެ.