ޚަބަރު / މެމްބަރު އިމްތިޔާޒް ފަހުމީ

ވޯޓު ސިއްރުކޮށްފި ނަމަ ފައިސާގެ ނުފޫޒު ވަދެދާނެތީ ކަންބޮޑުވޭ: އިންތި

ރައްޔިތުންގެ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: މިހާރު

ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމަށް ކަނޑައަޅާނެ ބޭފުޅަކާ މެދު އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގައި ނަގާ ވޯޓު ސިއްރުކޮށްފި ނަމަ، ފައިސާގެ ނުފޫޒު ވަދެދާނެތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) މިއަދު ވިދާޅުވެއްޖެ އެވެ.

މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި އާންމު އިންތިޚާބުގެ ސާފު އަޣުލަބިއްޔަތު ހޯދުމަށް ފަހު، އެ ޕާޓީގެ ތެރޭގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ މަޖިލިހުގެ ރައީސާއި ނައިބު ރައީސް ކަމަށް އެމްޑީޕީގެ ތެރެއިން ހަމަޖައްސާނެ ބޭފުޅުންނާ މެދުގަ އެވެ. އެމްޑީޕީގެ އިންތިޚާބީ މެމްބަރުންގެ ތެރެއިން މަޖިލިހުގެ ރައީސް ކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަސް ބޭފުޅަކު މިވަގުތު އެބަ ތިއްބެވި އެވެ.

އިންތި "މިހާރު" އަށް ވިދާޅުވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި މިހާތަނަށް ވެސް ހާމަކޮށް ނިންމަމުން ގެންދާ ނިންމުމެއް ސިއްރު ކުރަން އުޅުމަކީ ފައިސާގެ ނުފޫޒަށް ޖާގަ ލިބިގެން ހިނގައިދާނެ ކަމެއް ކަމަށެވެ.

"މަޖިލިހުގެ ރައީސް ކަމުގެ މަގާމާ މެދު ނިންމާ ނިންމުމަކަށް ވާތީ މި ޕާޓީން ބޭރުން އެހެން ބައެއްގެ ނުފޫޒު ޕާޓީ އަށް ވެއްދުމަށް މަސައްކަތް ކުރާނެ ކަމަށް ގަބޫލު ކުރެވޭ،" އިންތި ވިދާޅުވި އެވެ.

އެމްޑީޕީގެ ސްޕޯކްސްޕާސަން ކަން ކުރައްވަމުން ގެންދަވާ އިންތި ވިދާޅުވި ގޮތުގައި "މަޖިލިސް 19 ސިއްރުވެރިއެއް ނުވާނެ" މި ޝިއާރުގެ ދަށުން އެމްޑީޕީގެ މެމްބަރުން ކެމްޕެއިން ކުރެއްވި އިރު، ކުރިން ސިއްރު ނޫން ގޮތަކަށް ހުރި ކަންކަން ސިއްރު ކުރަން އުޅުމުގެ ބޭނުމެއް ނެތް ކަމަށެވެ.

މަޖިލިހުގެ ރައީސަކަށް ގެންނަންވީ ބޭފުޅަކާ މެދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ އިންތިޚާބީ މެމްބަރު މުހައްމަދު ނަޝީދާއި އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުންނާ ދެމެދު ތަފާތު ހިޔާލެއް ނެތް ކަމަށް އިންތި ވިދާޅުވި އެވެ.

"ބައެއް މެމްބަރުން މީޑިއާގައި ނަން ސިއްރުކޮށްގެންނާއި އެނޫން ގޮތަށް ވަކި ރާގަކަށް ވާހަކަ ދައްކަވަމުން ދާ ދިއުމަކީ އެހެން މަގްސަދެއްގައި ކުރައްވާ ކަމެއް ކަމުގައި ދެކެން. އެހެން ނޫން ނަމަ، އެގޮތަކަށް ވާހަކަ ދެއްކެވުމުގެ ބޭނުމެއް އޮތް ކަމަކަށް އަޅުގަނޑު ނުދެކެން،" އިންތި ވިދާޅުވި އެވެ.

އިންތި ވިދާޅުވި ގޮތުގައި ކަންކަން ހިނގާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު ދައްކަވާ ގޮތެއްގެ މަތިންނެވެ. އަދި ހުރިހާ ކަމެއް ކުރިއަށް ދާނީ ދެ ބޭފުޅުންގެ ވިސްނުމާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް ތިން ވަނަ ދައުރަކަށް މަޖިލިހަށް އިންތިޚާބުވެވަޑައިގެންނެވި އިންތި ވިދާޅުވި އެވެ.

މަޖިލިހުގެ ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކުރެއްވި ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ވިލުފުށީ ދާއިރާގެ އިންތިޚާބީ މެމްބަރު ހަސަން އަފީފާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ހިމެނިވަޑައިގަންނަވަ އެވެ.

މަޖިލިހުގެ ރައީސް އާއި ނައިބު ރައީސް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ކަނޑައަޅާނީ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. އެއް ބަޔަކު ގަބޫލު ކުރާ ގޮތުގައި އެ ވޯޓަކީ ސިއްރު ވޯޓަކަށް ވާން ޖެހޭނެ އެވެ. އެކަމަކު، އަނެއް ބަޔަކު ބުނަނީ އެ ވޯޓު ސިއްރު ވޯޓަކަށް ހަދަން ނުޖެހޭ ކަމަށެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ތެރޭގައި ވޯޓު ނަގާނެ ގޮތެއް އަދި ނުނިންމަ އެވެ. މީގެކުރިން، މަޖިލިހުގެ ބޮޑު އަޣުލަބިއްޔަތެއް އެމްޑީޕީ އަށް ލިބިފައި ނުވާތީ، އެ ޕާޓީގެ ތެރެއިން މަޖިލިހުގެ ރައީސް ނުވަތަ ނައިބު ރައީސަކު ކަނޑައަޅަން މެމްބަރުންގެ މެދުގައި ވޯޓަކަށް ގޮސްފައެއް ނުވެ އެވެ.

44 ކޮމެންޓް, 74 ރިއެކްޝަންސް

icon happy icon happy 45%
icon sad icon sad 0%
icon angry icon angry 55%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

120687

01 March 2022

އެހެންވީމާ ރިޔާސީ އިންތިޚާބާއި، މަޖިލިސް އިންތިޚާބާއި، ކައުސިލް އިންތިޚާބުވެސް ހާމަކުރަންވީ. ސިއްރު ވޯޓު ލީމާ ފައިސާގެ ނުފޫޒު މާ ބޮޑަށްވެސް ވަންކަން ސާފު. އިންތި މެންކަހަލަ މީހުން ވިސްނުން މިހުންނަނީ.

The name is already taken The name is available. Register?

ނޫސް ބަލާމީހާ

23 April 2019

ވޯޓު ސިއްރު ނުކޮށްފިނަމަ ރޫހާނީ ލީޑަރގެ ނުފޫޒު ވަންނާނެ. ޢިޚްލާޞްތެިރިން ވޯޓު ސިއްރު ކުރާނެ. މިނިވަން ވޯޓަކަށް ވާނީއޭރުން

The name is already taken The name is available. Register?

ވަޙީދު

23 April 2019

އަޅުގަނޑަކީވެސް އެމް.ޑީ.ޕީގެ މެމްބަރެއް ތިޔަކަން ސިއްރު ކުރާކަށް އަޅުގަނޑުވެސް ޤަބޫލެއްނޫން.

The name is already taken The name is available. Register?

ދޮންބެއްޔާ

23 April 2019

ވޯޓު ސިއްރު ކުރިޔަސް ނުކުރިޔަސް ފައިސާގެ ނުފޫޒު ނުވަންނާނެ ގޮތެއް މިޤައުމުގަ ވެދާނެހެނެއް ހިޔެއްނުވޭ. އެއީ ޕާޓީއެއްގެ އެތެރޭގައި ވިޔަސް ނޫނީ ރައްޔިތުންގެ މަޖިލީހުގައި ކަމަށްވިޔަސް ހިޔެއްނުވޭ. އެއީ ކޮރަޕްޝަނާއި ނާޖާއިޒު ފާއިދާއަށް ދެވިހިފީމަ.

The name is already taken The name is available. Register?

އޮސްކާ

23 April 2019

ވޯޓު ސިއްރުކޮށްފި ނަމަ އަންނިގެ ނުފޫޒު ފޯރާނެ. ސިޔާސީ މައިދާނުގައި އަންނިއަކީ ބޮޑު ބުލީއެއް އޭނަ ބޭނުން ނުވާ ގޮތެއް މީހަކު ހަދައިފިއްޔާ. މިސާލު: ރުކުމާއާއި މެދު ކަންކުރިގޮތް.

The name is already taken The name is available. Register?

ހަސަން ނުވަވަނަ

23 April 2019

ޔައުނީ އެމްޑީޕީއޭ ކިޔުން ދޮންނަ ކުނޑި ޖަހާފަ ސާފު ކުރިޔަސް ލާރިޔަށް ވިކޭނެއޭތޯ؟ އެޖެންޑާ 19 ސަޅި ވާނެ.

The name is already taken The name is available. Register?

އިންޑިއާރާއްޖެ

23 April 2019

ނޫނޭ އެމްޑީޕީ މެންބަރުންނަކީ ވިކޭނެބައެއްނޫން. ޑިކްޓޭޓަރުގެ ބޭނުންވާގޮތެއް އޭގަ އޮންނާނީ، ނަންވާނީ މައުމޫން.

The name is already taken The name is available. Register?

ހަމްދަރުދީ

23 April 2019

ކިއްވެތަ ސިއްރުވޯޓެއްނަގަންބިރު ތިއުޅެނީ މީގެކުރިން ހަޅޭލަވަނީ ސިއްރުވޯޓުނަގަންވެގެން އެހެންނޫނަސް ވޯޓުނަގާނީ ހާމަކޮއްކަން އިގޭ އެއީ ނަސީދު ބޭނުންގޮތަކައްނޫނީ ތިޕާޓީގައެއްވެސްކަނެއް ނުކުރެވޭނެ މައުމޫނު ޑިކްޓޭޓަރޭ ބުނާއިރު ލަދުކޮބާ މައުމޫނު 30 އަހަރު މިގައުމުގަ ވެރިކަން ކުރިއޭ ގޮވާއިރު ތިޕާޓީ މީހެއްގެ މުށުތެރޭ އޮންނަތާ 15 ަހަރު ަދިވެސް 30 އަހަރުވެސް އޮނޤނާނީ ތިގޮތައް .....

The name is already taken The name is available. Register?

އިސްމާލި

23 April 2019

ބަލަ 19 މަޖިލީހުގެ ނުތިބޭނޭ ފައިސާއަށް ވިކޭ، އަނބިންނަށް އަނިޔާ ކުރާ، އަންހެނުންނަށް ފުރައްސާރަ ކުރާ، ކުޑަކުދިންނަށް އިހާނެތިވާ މީހުނެއް. އެއީ ނަޒާހަތްތެރި މަޖިލީހެއް ކަމަށް ރޫހާނީ ލީޑަރު އޮތީ ކަނޑައަޅައި ނިންމާފަ.

The name is already taken The name is available. Register?

ކަރޮޕްޝަން

23 April 2019

އަހަރެން ހީކުރީ އެމް.ޑީ.ޕީ މީހުން ކަރޮޕްޝަނާއި ދެކޮޅު ކަމަށް. މިހާރު މި ދައްކާ ވާހަކަ ތަކުން އިގެނީ މި މީހުންވެސް ވިކޭކަން. ހިތާމަހުރި ކަމެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454