ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް: ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކޮށްފައިވާ މި މަޝްރޫއުގެ މަސައްކަތް މިހާރު ވަނީ މަޑުޖެހިފައި. --ފޮޓޯ/މިހާރު
08 މެއި 2019 - 13:45
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގައި ހިމެނޭ އާ ޓާމިނަލްގެ މަސައްކަތް އަންނަ މަހު ތެރޭގައި އަލުން ފެށޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
އެއާޕޯޓުގައި މިހާތަނަށް ހިންގާ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއުގައި ހިމެނޭ ޓާމިނަލްގެ މަސައްކަތް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަވާލުކުރީ ސައުދީ ބިންލާދިން ގްރޫޕާ އެވެ. އެއީ، ސައުދީ އަރަބިއްޔާގެ ވެސް އެންމެ ވަރުގަދަ އެއް ކުންފުންޏެވެ.
އަހަރަކު ގާތްގަނޑަކަށް ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށް ޒަމާނީ ވަސީލަތްތަކާ އެކު ހަދާ ޓާމިނަލްގެ މަސައްކަތް ބިން ލާދިން ގްރޫޕާ ހަވާލުކުރީ ގާތްގަނޑަކަށް 350 މިލިއަން ޑޮލަރަށް (5.3 ބިލިއަން ރުފިޔާ) އަށެވެ. އެ މަސައްކަތް، މިދިޔަ އަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ ތަފާތު ސަބަބުތަކާ ހެދި މަޑުޖައްސާލައިފަ އެވެ.
މި މަޝްރޫއު އަލުން ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އިއްޔެ ވަނީ ސައުދީ ފަންޑުގެ އިސް ބޭފުޅުންނާ އެކު މަޝްވަރާ ކުރައްވައިފަ އެވެ. މި މަސައްކަތަށް ފައިސާ ޚަރަދު ކުރަނީ ސައޫދީ އާއި އަބޫދާބީ އަދި ކުވެއިތު ފަންޑުން އުފައްދާފައިވާ ކޮންސޯޓިއަމަކުންނެވެ.
H.E. Dr. Khaled bin Sulaiman Alkhudairy Vice-Chairman and Managing Director of the Saudi Fund for Development meets Minister of Finance @iameeru to discuss the Velana International Airport Project today. pic.twitter.com/T5p5NCYzUY
— FinanceGovMv (@FinanceGovMv) May 7, 2019
ފިނޭންސް މިނިސްޓަރު އަމީރު "މިހާރު" އަށް ވިދާޅުވީ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ފަށަން ބޭނުންވާ މަޝްރޫއެއް ކަން އެ މަޝްވަރާތަކުގައި ދެންނެވި ކަމަށެވެ. ސަރުކާރުން ބޭނުންވާ ބަދަލުތަކާ އެކު އެ މަޝްރޫއު އަލުން ފެށޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.
"ބަދަލުތައް މި މަހުގެ ފަހުކޮޅު ފައިނަލްކުރެވި، އުއްމީދުކުރަނީ އަންނަ މަހު މަސައްކަތް ފަށައިގަނެވޭނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
މި ސަރުކާރުން ބޭނުންވާ އެއް ބަދަލަކީ، އެނގިފައިވާ ގޮތުގައި، ބައިނަލްއަގުވާމީ ދަތުރުތަކަށް ހާއްސަ ޓާމިނަލް ކުރިން ހަދަން އޮތް ވަރަށް ވުރެ ބޮޑުކުރުމެވެ.
އާ ޓާމިނަލްގެ ފައުންޑޭޝަނަށް ބޭނުންވާ 1400 އަށް ވުރެ ގިނަ ދަގަނޑު ހޮޅި ޖެހުމުގެ މަސައްކަތް، ކުރީގެ ރައީސް ޔާމީންގެ ވެރިކަން ނިމުނު އިރު، ބިންލާދިން ގްރޫޕުން އޮތީ ފަށައިފަ އެވެ. އާ ޓާމިނަލް ހަދަނީ، މިހާރުގެ ޓާމިނަލްގެ ދެކުނު ފަަރާތުގައި، 78،000 އަކަމީޓަރުގެ ސަރަހައްދެއްގަ އެވެ.
އާ ޓާމިނަލް ނިމި، ބޭނުން ކުރަން ފެށުމުން، މިހާރުގެ އިންޓަނޭޝަނަލް ޓާމިނަލް ބަދަލުކުރާނީ ޑޮމެސްޓިކް ޓާމިނަލަށެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފައިވާ ގޮތުގައި ޓާމިނަލްގެ މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވެނީ 2022 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒަވިޔަނި
09 May 2019
ހުއްޓަން ޖެހެނީ ސަރުކާރު ބަދަލުވާއިރަށް ބޭނުންހާ ބަދަލު ތަކެއް ގެންނަން އުޅޭތީ ނޫންތޯ. ކުރިޔަށް ގެންގޮސް ނިންމިނަމަ މިހާރު ތިތަން އޮންނާނީ ނިމެންވެފަ ނޫންތޯ.
އަހުމަދު އިބްރާހިމް
09 May 2019
ފަށައިގެން ކުރިއަށްދާ ޕުރޮޖެކްޓެއް އަނެއްކާ ހުއްޓުވާފަ ފެށީމަ ދެންް މިސަރުކާރުގެ ގާބިލްކަން ފެނި އަތްޖަހަންވީ؟
ޙަބީބު
09 May 2019
މަރުހަބާ އާސަރުކާރު އަވަސްކޮއްލައްވާ ރައްޔިތުންނައް ތިޔައެއާޕޯޓުތަކުގެ ފައިދާ ވީހާއަވަހަކައް ލިބޭނެމަގު ފަހިކޮއްދެއްވާ ބަންގާޅިން މަދުކުރެވޭނެ ދާއިރާތައް ދެނެގަނެ އަމަލުކުރައްވަން ފައްޓަވާ
2022
09 May 2019
ނިމޭނެ އަހަރު ވެސް އެނގޭދޯ މަސައްކަތް އަދި ރަނގަޅަށް ނުފެށިގެން އުޅޭއިރު ވެސް، މަޑުޖެހިގެން އުޅެނީ ބިންލާދިން ގްރޫޕުން ކަޓެއް ޖައްސައިގެން ކަމަށް ހަބަރު ލިބެނީ
ފިސާރި ދިވެހިން
08 May 2019
ސާފެއް ނޫން ދުވަސްކަނޑައަޅާ ނުބުނާތީ އަންނަމަހު އެންމެ ފަހު ދުވަހުވެސް ފެށިދާނެ އަހަރެމެންނަކީ ވާރުދައްކާފަ އަދި ފުރަން އެއަރޕޯރޓަށް ގޮސް އެތަނަށް ވަކިން 40 ޑޮލަރު ދައްކަން ޖެހިފަ ތިބި ބައެއް
ޝައުކަތު
08 May 2019
ތިހުރިހާ ކަމެއް ތިޔަ ކުރީ ކްރެޑިޓް ކޮޅެއް ލިބޭތޯ
ޥަރައް ސަލާމް
08 May 2019
ޢެއްކަމެއްވެސް ކުރާނެކަމެއްނެތް މިއޮތީ ސަރުކާރުބަދަލުވެފައެއްންނު ދެން ނޫއިގްތިސޯދޭ ޖަޒީރާއޭ ކިޔަކިޔާތިބީމަ އޯކޭވާނެ އެމްޑީޕީ ވިއްޔާ މިއުޅޭ ގިނަމީހުނަ ވޯޓުދޭނެ ކަމެއްނުކުރިއަކަސް އަދިވެސް ކާޑުކޮޅު ހެޔޮކޮލާ އޭރުން ގައުމު ސިންގަޕޫރައްވީ
ލުތުފަރު
08 May 2019
އިންޑިއާ ބަޔަކު ނާރުވާތި... ހަބަރުދާރު
ހާޖާބާޖާ
08 May 2019
އަޖައިބަކީ އެއަރޕޯޓު ޑިވެލޮޕްމެންޓު ޗާރޖޭ ކިޔާފައި ނަގާ ފައިސާއިން މިކަން ނުކުރެވޭތީ!
ފެށޭނެ.
08 May 2019
މަޝްރޫޢު މަޑުޖެއްސީ މި ސަރުކާރުން. ޢެތަންކޮއްމެވެސް އެއްޗެކޭ ކިޔާފަ ޖީއެމްއާރ އަށްދިނުމުގެ ވިސްނުމުގައި. މިހާރު އާގޮތްތަކެއްގެނެސް ފެށިއަސް ގެނެވޭނެ މާބޮޑު ބަދަލެއްވެސް ނޯންނާނެ. ބޭކާރުވާހަކަ ދައްކައް މާގިނަމަސައްކަތް ކުރާކަމަށް ހެދިޔަސް ޤައުމު އިންޑިޔާއަށްވިއްކާލުން ނޫކަމެއްނުކުރެ.