ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
29 މެއި 2019 - 10:23
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސައިން އައްޔަން ކުރުމަށް ނިންމައި، އޭނާގެ ނަން މަޖިލިހަށް ހުށަހެޅުމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕް (ޕީޖީ) ން މިއަދު ނިންމައިފި އެވެ.
މިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލިހުން ޖޭއެސްސީ އަށް އެންމެ ފަހުން ކަނޑައަޅާފައި ހުންނެވީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނެވެ.
ރޭ ހުވާކުރި 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ފަރާތުން ޖޭއެސްސީ އަށް ހިސާން ކަނޑައަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ފާސްކުރީ އެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
މަޖިލިހުގެ އާ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނެވި ހިސާނަކީ މުޅިން އަލަށް މަޖިލިހަށް އިންތިހާބުވެވަޑައިގެންނެވި އެއް ބޭފުޅާ އެވެ.
ހިސާންގެ ނަން އެމްޑީޕީ ޕީޖީ ގްރޫޕުން ފާސްކުރި އިރު، އެ ޕާޓީން މަޖިލިހަށް އެކުލަވައިލި "އެޖެންޑާ 19" ގައި ހިމެނޭ އެންމެ މުހިންމު އެއް ބައި ކަމަށްވާ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ހިމެނި ސިޔާސަތަކީ ހިސާންގެ ބޮޑު އެއްބާރުލެއްވުމަކާ އެކީ ތައްޔާރު ކުރި ސިޔާސަތެކެވެ.
އޭނާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާއި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް ގާސިމް އިބްރާހިމް ފަދަ ސިޔާސީ ތަޖުރިބާކާރު ބޭފުޅުންގެ ވަކީލަކަށް މަސައްކަތް ކުރައްވައިފަ އެވެ. އަދި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ދިފާއުގައި ކޯޓުތަކުގައި ވަކާލާތު ކުރެއްވި އެންމެ އިސް ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ ވެސް ހިސާނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮންބެ
29 May 2019
ލޯޔަރ ސިރާޖް އެކަމު ބުނަމަންދިޔަ ތިމަންނަ އޭ ލާނީ އެމަޤާމަށް
ގޮންޖެހުން
29 May 2019
މަޖްލީސް އާއި ޖުޑީޝަރީ ނަޝީދުގެ ބާރުގެ ދަށަށް ގެންނަނީ އެވެ.ރައީސް އިބޫ ގެ ސައިޒް ކުޑަކުރަނީ އެވެ.
ޔާމީނު
29 May 2019
މުޅި ޤައުމު ވަނީ އަންނީގެ ވަކީލުންގެ ޓީމުގެ އަޅުވެތި ކަމުގެ ދަށުގައެވެ.
ފޮނިޓައްޕު ހަސަނު
29 May 2019
ޖޭއެސްސީއަށް އެމްޑީޕީގެ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވޭނެ ސަބަބަަކީ އެތަނުގައި ތިބޭނެ އެމްޑީޕީއަށް ނިސްބަތްވާ 4 މެމްބަރުން. (ރައީސްގެ މެމްބަރު، ހިސާން، ނަޝީދު، އޭޖީ ރިއްފަތު) މިފަހަރު ޖެހޭނެ ފަނޑިޔަރުގެ ރަނގަޅަށް ދޮވެ ސާފުކޮށްލަން.
ހަމަ ދެތު
29 May 2019
ދިވެހި ރާއްޖޭގައި ތިބޭނީ ހުސް އެއްކަހަލަ މީހުން ނެވެ .އުޑުން ފޭބި ބަޔަކު ފަނޑިޔާރުކަން ކުރާކަށް ނުތިބޭނެ އެވެ. އެމްޑީޕީ އަކީ މާ ބޭއިންސާފު ބައެކެވެ.މާ ޚުދުމުޚްތާރު ބައެކެވެ.
ސަމަރޭ
29 May 2019
އަމުން އަމާންކަން ގައިމުކޮށް މަސްތުވާތަކެތިން ގައުމު ސަލާމަތްކޮށް ޖަލަކީ ކުއްވެރިން ޕިކުނިކުގޮސް އުފާ ކޮށް މޯބައިލް ފޯނުފަދަ ތަކެތި ވައްދާއިގެން މަޖާ ކުރާތަނަކަށް ވުރެން ބިރުވެރި ތަނަކަށް ބަދަލުކުރާނެ ކަމަށް އުއްމީދު ކުރަން .
ވަޓް
29 May 2019
މިއީ އެއްކަލަ ގާޒީ ނަގައިގެން ގެންގޮސް ހިފަހައްޓައިގެން އުޅުނުއިރު ލީގަލް އެޑްވައިޒަރގެ މަގާމުގައި ހުރި ކަނބަލުވީމަ ދެން މިފަހަރު ކޮށްލާނީ އާޝޯޚުވާ ކަހަލަ ކަންކަންތާ! ގާނޫނާ ގަވައިދުގައި އޮންނަ އެއްބައި ފެނިފަ އަނެއްބައި ނުފެނުމަށްވެސް އިންސާފޭ ކިޔާއުޅޭ މީހުން މަދެއްނޫން.
ފޮނިޓައްޕު ހަސަނު
29 May 2019
ތިބުނާ ގާޒީއަކު އޮބި އަޅަންޖެހުނީ ދައުލަތް ހިންގަން ބޮޑެތި ހުރަސްތަކެއް ކުރިމަތި ކުރުވައި ބޮޑެތި މުޖްރިމުންނާއި ގުޅިގެން ގޮތްނޭގޭ ކަންތައްތަކެއް ހިންގަމުން ދިޔައީމަ ނުން.
ނާސް
29 May 2019
ބައއެއްފަހަރު ކަންކަން ހަމަމަގަށް އަޅުވަން ގަދަބާރާއި ނުފޫޒު ވެސް ބޭނުންކުރަން ޖެހޭ! އެމެޑީޕީގެ ނުފޫޒާއި ބާރު ބޭނުންކޮށްގެން ވެސް ޖުޑިޝަރާ ސާފުކުރުމަށް އިސްކން ދިނުމަށް އެދެން. ކޮލްގެ ޝިމްްނާ މިސްއަށް ހަމަ ލަލަލާ!
އަސްލުތަ
29 May 2019
ޔާމީން ކަންކަން ހަމަ މަގަށް އަޅުވަން ގަދަބާރާއި ނުފޫޒު ފޯރުވީމަ އެކަނިދޯ ކަމުނުދަނީ؟ ތިއޮތީ ވާ ހަމަހަމަކަމެއް.
ބަކުރުކކ
29 May 2019
މަޖުލީހަށް ހޮވެން ވެގެން ހިޝާން ނުހައްގުން ހޯދަދިންވަޒީފާތަކޯ. މިކަހަލަ މީހަކު ލައިގެން ޝަރުއީދާއިރާ ކިހިނެއް ރަނގަޅު ކުރާނީ. ގޮއިދޫ ފެނަކަ އަށްހޮވި ކުއްޖާ..
ކުންނާރު
29 May 2019
،??????? ވަރަށް ރަގަޅު ނިންމުމެއް
ކަމަކުނުދޭތަ
29 May 2019
އަދުރޭ އާއި ވާދަކޮއްގެން މޮޅުވި ކޮސްމީހާ ބުނި އެންޑީޕީ އަށް މަޖުބޫރުވާނެޔެ އޭނަ ޖުޑީސަރީ އަށް ލާން ކިހިނެތް މިވީ އެކޮހަށް ނޭގޭ އާއިލީ ކަމާ ރައްޓެހިކަމާ ދުރުމީހުންގެ ތަފާތު