ޚަބަރު / މަސްތުވާތަކެތި

މަސްތުވާތަކެތީގެ މައްސަލައިގައި ދޫކޮށްލި މީހުން ތިން ވަނަ ފަހަރަށް ހައްޔަރުކޮށްފި

ހުޅުމާލޭގެ ގެއަކުން ތިން ކިލޯގެ މަސްތުވާތަކެއްޗާ އެކު އީދު ދުވަހު ފުލުހުން ހައްޔަރުކޮށް، ދެ ފަހަރެއްގެ މަތިން ކޯޓުން ދޫކޮށްލި ދެ މީހުން އަނެއްކާވެސް ރޭ ހައްޔަރުކޮށްފި އެވެ.

އެ ދެ މީހުން ފުރަތަމަ ދޫކޮށްލީ ހުޅުމާލޭގެ މެޖިސްޓްރޭޓް ކޯޓުން ނެރުނު ސައްހަ ނޫން އަމުރަކާ ހެދި ކްރިމިނަލް ކޯޓުންނެވެ. ދެ ވަނަ ފަހަރަށް ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރަން ގެންދިއުމުން ހުޅުމާލޭ ކޯޓުން ވެސް އެ ދެ މީހުން ދޫކޮށްލީ އެވެ.

ތިން ވަނަ ފަހަރަށް އެ ދެ މީހުން ރޭ ހައްޔަރުކޮށްފައިވީ ނަމަވެސް ތަފްސީލެއް ފުލުހުން ނުދެ އެވެ. ފުލުހުން ބުނީ އެ މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށެވެ.

ތިން ކިލޯ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރީ 25 އަހަރުގެ ފިރިހެނަކާއި 52 އަހަރުގެ އަންހެނެކެވެ. ނަމަވެސް އެ ގެ ފާސްކުރުމަށާއި މީހުން ހައްޔަރުކުރަން ހުޅުމާލޭ ކޯޓުން ނެރުނު އަމުރުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ކަންކަން ފުރިހަމަވެފައި ނެތުމުން ކްރިމިނަލް ކޯޓުން އެ މީހުން އެ މީހުން ދޫކޮށްލީ ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓަށް އެ މީހުން ހާޒިރުކުރުމުންނެވެ.

Hulhumale' drug massalaige 2 meehun anekka ves dhookollaifi

Hulhumale' drug massalaige 2 meehun anekka ves dhookollaifi

The most trusted news source in the Maldives

Mihaaru

ޑްރަގް މައްސަލާގެ ދެ މީހުން 2 ވަނަ ފަހަރަށް ދޫކޮށްލުން--

ބަންދުގައި ބައިތިއްބަން އަމުރު ނެރެވެން ނެތް ކަމަށް ބުނެ، މައްސަލާގައި ހިމެނޭ އެކަކަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައި އޮތީ އެ މީހާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި ކަމަށް ބުނެފައި ވާއިރު، އޭނާ އަށް ދިން އަމުރުގެ ކޮޕީގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 41 ވަނަ މާއްދާގެ (ށ) ގައި ބުނާ، ކޯޓު އަމުރެއްގައި ހުންނަން ޖެހޭ ކަންކަން ފުރިހަމަވެފައި ނެތް ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ފުލުހުން އިއްޔެ ބުނީ ކޯޓުން އެ މައްސަލައިގައި ފާހަގަކުރި އިޖުރާއީ މައްސަލަ އަކީ ކުރިން އެއްގޮތަކަށް ވެސް ނުނަގާ މައްސަލައެއް ކަމަށެވެ. އެގޮތުން މައްސަލައެއް ކަމަށް ބެލީ، މައްސަލަ ތަހުގީގުކުރުމާ ހަވާލުވެފައިވާ ފުލުސް އޮފިސަރު ނޫން އެހެން މީހަކު ބަންދުގެ މުއްދަތަށް އެދުމުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ވާހަކަޔާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު ބަޔާނުގައި ބުނީ ދެ މީހުން ފުރަތަމަ ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެހެންވީމާ އެމީހުންގެ ބަންދުގެ މުއްދަތު ފުރަތަމަ ޖަހައި ނުދިން މައްްސަލަ ޖެހޭނީ ހައިކޯޓުގައި އިސްތިއުނާފް ކުރަން ކަމަށެވެ. އަދި އެގޮތަށް އަމަލު ނުކޮށް އަނެއްކާ ވެސް ހައްޔަރު ކުރުމުގެ އަމުރު ހޯދަން ފުލުހުން އުޅުމުން ޖިނާއީ އަދުލުގެ ނިޒާމުގެ ތަރުތީބު މުގުރިގެންދާ ކަމަށް ވެސް ބުންޏެވެ. ބަޔާނުގައި ބުނެފައިވާ ގޮތުން މަސްތުވާތަކެތި ހޯދި، ބަލައި ފާސްކުރުމުގެ އަމުރު ވެސް އޮތީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށެވެ. އެހެންވެ އެ މީހުންނާ ދެކޮޅަށް ހެކި ހޯދާފައި ވަނީ ވެސް ގާނޫނާ ހިލާފަށް ކަމަށް ކޯޓުން ބުންޏެވެ.

23 ކޮމެންޓް, 93 ރިއެކްޝަންސް

icon happy icon happy 94%
icon sad icon sad 1%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކާޖާ

06 June 2019

2008-2012 ގައި ކަންހިގަމުން ދިޔަގޮތް އަނެއްކާ ތަކުރާރު ވަނީއެވެ. މި ފަހަރު އިބޫ ސޯލިހު ޅައެއްޗެއް ނާޅާނެކަމަށް އުއްމީދު ކުރަމެވެ.

The name is already taken The name is available. Register?

ފެންވަރު

06 June 2019

ފުލުހުންގެ މައްސަލައެއް. ބޮޑެތި ޑްރަގް މައްސަލަތަކުގަ އަބަދުވެސް އިޖުރާތު ފުރިހަމަ ނުކޮށް އޮންނަނީ. ޗެއިން އޮފް ކަސްޓަޑީ ނޫނީ ބަލާ ފާސްކުރުމުގަ ކޮންމެސް ކަމެއް އޮޅުވާލާނެ. ދެން ކޯޓުންޖެހޭނީ ދޫކޮށްލަން. ޕީޖީ އޮފީހަށްވެސް އެވަރު އެނގޭނެ. އެކަން އެނގިތިބެ ކޯޓަށް ހުށަހަޅަނީ. އެގޮތަށް އޮއްވަ ބަންދުކުރަން ހުކުމްކޮށްފިއްޔާ ބުނާނެ އިޖްރާތު ފުރިހަމަނުވަނީސް ބަންދުކުރިއްޔޭ. ޖުޑިޝަރީ އެކަނި އިސްލާހުކުރިޔަސް ނުވާނެ. ޕޮލިސް ހަރުދަނާކޮށް ޕީޖީ ބަދަލުކުރަންޖެހޭ

The name is already taken The name is available. Register?

ޢާދަމް

06 June 2019

ފަނޑިޔާރުން ބިރުންތައެއުޅެނީ؟

The name is already taken The name is available. Register?

ޢަބްދުﷲނާފިޒް

06 June 2019

ތިމީހުނާ އާއިލީގުޅުން އޮންނަ ލޯޔަރުގެ ފިރިމީހާވެސް ހުރީ ޑްރަގް މައްސަލައިގަ ލަންކާގަ ހައްޔަރު ކޮށްފަ.

The name is already taken The name is available. Register?

ޢަޒްމީރު

06 June 2019

ތިމީހުން ދޫކުރާ ގާޒީންގެ ވަނަވަރު ހާމަކުރޭ. ޏުދެންޔާ ހޯދިދާނެ. ފުލުހުންނަންވެސް ސައްހަނޫން އަމުރު ހިފައިގެން ދާކަށް ނުޖެހޭ. ޜޭވިގެން މިކަންމިހިގަނީ.

The name is already taken The name is available. Register?

ސަކީނާ

06 June 2019

ފުހުންނޭ ހިތްވަރުކުރާތި. އެއްގޮތަކަށްވެސް ދޫ ދީގެން ނުވާނެ.

The name is already taken The name is available. Register?

ޢެޑްމުންޑޯ

06 June 2019

މީކުޅޭ ކުޅިވަރެއްތަ

The name is already taken The name is available. Register?

މުށި

06 June 2019

އިސްތިއުނާފު ކުރާކަށް ނޫން ޖެހޭނީކީ. ސައްހަ ކޯޓު އަމުރެއް ހޯދަން ޖެހޭނީ.

The name is already taken The name is available. Register?

ގުއިއްޒު

06 June 2019

ތިކަންކަން އޮންނަގޮތް ފިލްމެއްގެ ސިފައިގައި ހަދައިގެން އެންމެންނަށް ދަސްކޮށްދޭން ވެއްޖެ.

The name is already taken The name is available. Register?

ޢަހްމަދު007

06 June 2019

ސާބަހޭ ދިވެހި ފުލުހުން..އެންމެ އިންޗިއެއް ވެސް ދޫނުކުރާތި..ގާޒީންތައް ސައިޒްކޮށްފަ ބައިތިއްބާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454