ޚަބަރު / ހައި ކޯޓް

ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ވަކިކުރަން ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފި

ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާއަކަށް ހަމަޖެއްސި ފާރިޝް: އޭނާ ވަކިކުރަން ވަނީ ނިންމާފައި.-- ފޮޓޯ: ފޭސްބުކް

ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ އެ މަގާމުން ވަކިކުރަން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފި އެވެ.

ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ކަމަށް މިދިޔަ މާޗް މަހު އައްޔަންކުރީ ފާރިޝް އަހުމަދެވެ. އޭނާއަކީ އިނގިރޭސިވިލާތުގެ ލަންޑަން ޔުނިވަސިޓީން ގާނޫނީ ދާއިރާއިން މާސްޓާސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އަކީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދުގެ ކޮއްކޮ އެކެވެ.

ފާރިޝް މަގާމުން ވަކިކުރަން ނިންމީ، އެނގިފައިވާ ގޮތުގައި، އޭނާ އައްޔަންކުރީ ހައި ކޯޓުން މިހާތަނަށް އަމަލު ކުރަމުން އަންނަ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ އެވެ. އެ ނިންމުން ފަނޑިޔާރުންގެ މަޖިލީހުން ނިންމީ މީގެ ދުވަސްކޮޅެއް ކުރިން ކަމަށް އެނގިފައިވެ އެވެ. އެކަމަކު އޭނާ ވަޒީފާއަށް ނިކުންނަ ކަން ނުވަތަ ނޫން ކަން ސާފުވާ ގޮތެއް ނުވި އެވެ.

އެސިސްޓެންޓް ރެޖިސްޓްރާގެ މަގާމުން ފާރިޝް ވަކިކުރަން ފަނޑިޔާރުންގެ މަޖިލީހުން ނިންމިއިރު، އޭނާ އެ މަގާމަށް އައްޔަންކުރި ގޮތުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ކުރިން އޮތީ ހުށަހަޅައިފަ އެވެ. އެކަމަކު އެ ކޮމިޝަނުން އެ މައްސަލައިގައި ގޮތެއް ނިންމިކަން އަދި ސާފެއް ނުވެ އެވެ.

ހައި ކޯޓުގެ ގަވާއިދު ބުނާގޮތުން އެ ކޯޓުގެ ރަޖިސްޓްރާ އަކީ އެ ކޯޓުގެ އިސް ފަނޑިޔާރާއި ފަނޑިޔާރުން ފިޔަވައި، ދެން އެންމެ އިސް ބޭފުޅާ އެވެ. އަދި ރެޖިސްޓްރާ އަށް އެހީވުމަށްޓަކައި އެސިސްޓެންޓް ރެޖިސްޓްރާއެއް ހަމަޖައްސައި، ރަޖިސްޓްރާގެ ވަކި މަސްއޫލިއްޔަތުތަކެއް އެސިސްޓެންޓް ރެޖިސްޓްރާއާ ހަވާލު ކުރެވިދާނެ ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ. ރެޖިސްޓްރާގެ މަގާމުގައި ހުންނެވީ މަރިޔަމް ހޫރުޝީދާ އެވެ.

4 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 58%
icon sad icon sad 10%
icon angry icon angry 32%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކިޔު5

10 June 2019

ސާބަސް

The name is already taken The name is available. Register?

ފަރީދާއްތަ

10 June 2019

ކަމަށް ޤާބިލް ބޭފުޅެއްނަމަ ނިންމުން ގޯސް. މަޤާމަށް އައްޔަނު ކުރީކީ އޭނާ އަމިއްލަ އަކަށް ނޫން. އުސޫލާ ޚިލާފަށް އޭނަ އައްޔަނު ކުރިބަޔަކަށް ފިޔަވަޅު އަޅާ. ގިނަ ދުވަހު އަދުލުވެރިކަމާއި އެކު މަސައްކަތް ކުރަމުން ދިޔަ މީހަކަށް ލިބޭނެ ބޮޑު ގެއްލުމެއް، ބޭ އިންސާފެއް.

The name is already taken The name is available. Register?

މޫސާ ލަތީފު

10 June 2019

މިފަދަ ލިއުން 2 ފަރާތް ނުހޯދާ ލިއުމަކީ އަބުރު ކަތިލުން.

The name is already taken The name is available. Register?

2222

10 June 2019

ޢިޖްރާ އަތާ ޚިލާފް. ޜައީސް މީހާ ސިވިލް ސަރވަންޓަކު ވަކި ކުރުން ކަހަލަ ކަމެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454