ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގެ ރިޔާސަތު، މަޖިލިހުގެ ރައީސް ނަޝީދު ބަލަހައްޓަވަނީ. --- ފޮޓޯ: މަޖިލިސް
11 ޖޫން 2019 - 14:44
ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލިހަށް ދީފައި އޮތް އެއްވެސް ބާރަކަށް އެހެން ފަރާތަކަށް އަރައިނުގަނެވޭނެ ކަމަށް މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ ތިން ބާރުގެ ތެރެއިން، ގާނޫނު ހެދުމުގެ ބާރުގެ ވެރިއަކަށް ހުންނެވި ކުރީގެ ރައީސް ނަޝީދު ވިދާޅުވީ ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލިހަށް ދީފައި އޮތް އެއްވެސް ބާރަކަށް އަދި މެމްބަރުންގެ އިމްތިޔާޒަކާއި އިނާޔަތަކަށް ވެސް އެހެން ބަޔަކަށް އަރައެއް ނުގަނެވޭނެ ކަމަށެވެ.
ނަޝީދު ވިދާޅުވި ގޮތުގައި މަޖިލިހުގެ ރިޔާސަތަށް ފެންނަ ފެނުމުގައި، ގާނޫނުއަސާސީއާ ހިލާފު މައްސަލަތައް ނިންމާނީ ސުޕްރީމް ކޯޓުން އެކަންޏެވެ. އަދި 19 ވަނަ މަޖިލިހަށް ހުށަހަޅައި ތާއީދު ލިބޭ ކަންކަމަށް ވޯޓަށް އަހަމުން ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު އެގޮތަށް ވިދާޅުވީ މަޖިލިހުގެ ގަވައިދު ދިރާސާކުރި ކޮމިޓީން ތަޅުމަށް ފޮނުވި ރިޕޯޓުގައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރި މިންވަރު ބަލާ ކޮމިޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި ވަޒީރުންނަށް ރުހުން ދޭންޖެހޭ މައްސަލަތަކުގައި އަމަލު ކުރާނެ ގޮތެއް ކަނޑައަޅާފައިވާތީ އެކަމާ މެދު އުފެދުނު ހިޔާލު ތަފާތުވުމުގަ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ބައެެއް މެމްބަރުން.---ފޮޓޯ: މަޖިލިހުގެ އިދާރާ
ގަވައިދު ދިރާސާ ކުރި ވަގުތީ ކޮމިޓީން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލައި ކޮމިޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނި އެންމެ މުހިންމު އެއް ކަމަކީ ވަޒީރުންނަށް ރުހުން ދިނުމުގެ ކުރިން އެ ބޭފުޅުންނާ އިންޓަވިއުކުރަން ޖެހޭނެ ކަމަށް ބުނެ އިތުރުކުރި މާއްދާ އެވެ.
މީގެކުރިން، އަމަލުކުރާ ގޮތަށް ބަލާ އިރު، ވަޒީރުންނަށް ރުހުން ދިނުމަށް ރައީސް އޮފީހުން ފޮނުވާ އިރު، އެމީހުންގެ ވަނަވަރު އެނގޭ ގޮތަށް ހުރިހާ މައުލޫމާތެއް ހިމަނާފައި ހުރެ އެވެ. އަދި މަޖިލިހުގެ މެމްބަރުން ވަޒީރުންނަށް ރުހުން ދެއްވަނީ ލިޔެކިޔުންތަކަށް ބެލުމަށް ފަހު އެވެ.
ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ހުރިހާ ވަޒީރުން އިސްތިއުފާ ދެއްވައި، އަލުން މަގާމުގެ ހުވައި ކުރެއްވުމާ ގުޅިގެން އޭރު އޮތް މަޖިލިހުން ބޭނުންވީ ވަޒީރުން ހާޒިރުކޮށް ސުވާލު ކުރުމަށެވެ. އެހެންވެ، އެ މައްސަލަ ދައުލަތުގެ ފަރާތުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.
ކޯޓުން އޭރު ނެރުނު ހުކުމްގައި ވަނީ މަޖިލިހުން ރުހުން ދޭންޖެހޭ މައްސަލަތަކުގައި މަޖިލިހުގެ ގަވައިދުގައި އޭރު އޮތް މާއްދާއަކީ ގާނޫނުއަސާސީގައި ދައުލަތުގެ ބާރުތައް ވަކިވެފައި އޮތުމުގެ ދުސްތޫރީ އުސޫލާއި ވަޒީރުން މަޖިލިސް އެކުލަވައިލުމުގައި ރައީސަށް ލިބިދީފައި އޮތް ބާރާއި ރުހުން ދިނުމާ ގުޅޭ ގޮތުން މަޖިލިހަށް ދީފައި އޮތް ބާރު ބަޔާންކޮށްފައިވާ ދުސްތޫރީ އުސޫލާ ތައާރަޒްވާ އިޖުރާއުތަކެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތުގައި މަޖިލިހުގެ ރައީސް ނަޝީދު.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ މަޖިލިހުގެ ގަވައިދުގައި އޭރު އޮތީ ގާނޫނުއަސާސީއާ ހިލާފު މާއްދާއެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައި އޮއްވައި އަލުން އެ މާއްދާ ގަވައިދުގެ ތެރޭގައި ހިމެނިގެން ނުވާނެ ކަމަށެވެ. ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންވާ އުޝާމް ވަނީ ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ގޮތުން ގަވައިދަށް ގެނައި އިސްލާހު އުވާލަން ހުށަހަޅުއްވައިފަ އެވެ.
އެކަމަކު ކޮމިޓީގެ މުގައްރިރު، މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ގާނޫނުއަސާސީގެ އެއްވެސް ތަނެއްގައި ވަޒީރަކަށް ރުހުން ދޭ އިރު، ސުވާލު ނުކުރެވޭނެ ކަމަށް ބަޔާންކޮށްފައި ނެތް ކަމަށެވެ. އަދި އެގޮތަށް ފާސްކުރީ ހުކުމް އޮތް ކަން އެނގި ތިބެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެން ހުރިހާ މައްސަލައެއްގައި މެމްބަރުންނަށް ރުހުން ދޭ އިރު، [މަޖިލިހަށް] ގެނެސް ސުވާލުކުރަން ޖެހޭ ހާލަތްތަކުގައި މައުލޫމާތު ސާފުކޮށްފައި އެބަހުރި. މިއީ އޮޅުމެއް ނޫން،" ޝަރީފް ވިދާޅުވި އެވެ.
ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ވިދާޅުވީ ސުޕްރީމް ކޯޓުން މީގެ ކުރިން އަމަލުކޮށްފައި ހުރީ ގާނޫނުއަސާސީއާ ވަރަށް ބޮޑަށް ހިލާފަށް ކަމަށެވެ. ސުޕްރީމް ކޯޓުން މުޅި ދުސްތޫރު ފުނޑާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޯސް
11 June 2019
މީނާކުރާ ކޮންމެ ކަމަކީ ޑިމޮކްރަސީ އަދި ގައުމަށް ފައިދާވާ ކަންކަން ކަމަށް މީނާގެ ސަޕޯޓަރުންނަށް ވިސްނައިދޭ. އެކަމަކު މީނާ ކުރާ ހުރިހާކަމެއް ކުރަނީ މީނާގެ ޝަހްސު ކިރިއަރުވާ މީނާގެ ފައިދާއަށް. ރައްޔިތުންނޭ ވިސްނާ މިހާރުމީނާ މިދަނީ ހުރިހާބާރެއް މުށުތެރެއަށް ލަމުން.
ބޮޑުމީހާ
11 June 2019
ފަންކްޝަންނުކުރާ ވަޒީރުން ދެއިރު ގެނެސްސުވާލުކުރަންވީ. މިގައުމުގަ އެބަހުރިތަ ހެލްތްމިނިސްޓަރެއް. ތިނަދޫ ހޮސްޕިޓަލް އެކްސްރޭ މެޝިން ހަލާކުވެފަ ހުންނަތާ 4 މަސް. ކޮބާތަ ހައުސިންގް މިނިސްޓަރ. ފްލެޓް ހަބަރެއް ނެތްތަ؟ އިކޮނޮމިކް މިނިސްޓަރ ކޮންއިރަކުތަ ބިދޭސީންގެ މައްސަލަ ހައްލުކުރަނީ؟ މިހާރުނޫހުން ވެސް މިމީހުންގެ ހަބަރެއްވެއްޖެއްޔާ އަންގާލަދީބަލަ
ސަރައްކާލި އިބޫ
11 June 2019
ފުލެޓް ކޮމިޓީގެ ހަބަރެއް މިހާރު ނޫހުން ގެނެސްދޭނެ ކަމަށް އުންމީދު ކުރަން... އެމީހުންގެ ހަބަރެއް ނުވާތީ
ޙަމްދަރުދީ
11 June 2019
ހީވަނީ ތިޔަ މޫސަތީ ﷲ އައްޓަކާދަރުމައައް ނިކަމެތިމީހާގެ ހައްގުގަ މަސައްކަތް ކޮއްދީފަ ހުރިމީހެއް ހެން ސިޔާސީމަންފާހޯދަން ސިޔާސީމީހުންގެ މައްސަލަތަކުގަ ދުވެ ލާރި ހޯދައިގެން މިހާރު ތިހިރީ މަޖިލިސް އައްވަދެވިފަ ގާޒީންނައްވުރެ ވަކީލުންނާގާލާރި މަދެއްނުވާނެ...
ޏމޖގފ
11 June 2019
މޫސާ ސިރާޖަކީ ވަރަށް މޮޅު މީހެއް. ނޭނގޭ އެއްވެސް ކަމެއް ނޯންނާނެ. ހުރިހާ ކަމެއް ދަސްކުރީ "ދއޖލ" ގާތުން.
ކުކުޅަށް ވުރެ ބިސް ދޮށި ނުވޭ
11 June 2019
މޫސާ ޝިރާޖް އަކީ ތަޖްރިބާއެެއް ނެތް ކުއްޖެއް..ސުޕްރީމް ކޯޓުގެ ނިންމުން ތަކަށް ފާޑު ކިޔަން އެގޭ ވަރަށް ވުރެ ޖޫނިޔަ ވަކީލެއް.. މިރި ނުވެ ގޮބޮޅި ކާށި ނުވެ ބަލަ.
ލޯނުދައްކާމީހާ
11 June 2019
ދެންވީ އަނެއްކާ މެންބަރަކު ސުވާލުނުކޮށްގެން ވަޒިރު އައްޔަނުނުކުރެވިފައި ހުންނަށް
ވިޔާޒޯރު (ދެ ބާރު)
11 June 2019
"ދަންބެރަށްވުރެ ތަގުޑި ދިގުނުކޮށް" ޖުޑީޝަރީ އިސްލާހުކުރުން އަވަސްކުރޭ! ގެއްލިއްޖެ ވަގުތަކީ އަނބުރާ ލިބޭނެ އެއްޗެއްނޫން. ވަރަށް ނުބައި ނިޔަތެއްގަ ބަޔަކު މަޖިލިހަށް ވައްދައިގެން ދަނޑިވަޅަކަށް ބަލަބަލާ ބަޔަކު ތިބިކަންވެސް "އެޖެންޑާ19" ގެ މެންބަރުން ދަންނަންޖެހޭ.
ފޫހޖ
11 June 2019
ތިޔަ މަޖްލީހުން މިހާރު ތިޔަ އަރައިގަންނަނީ އެގްޒެކެޓިވް ބާރަށް. ވަޒީރުންނަކީ ރައީސަކަށް ހުންނަ މީހަކަށް އެހީވާންތިއްބަވާބައެއް. އެމީހުންނާ ސުވާލުކޮށް އިންޓަރވިއުކުރަން ތިޔައީދެން ކޮންބައެއް. މަވޯޓާ ގާނޫނުއަސާސީގެ ކޮންތާކުތައޮތީ ސުވާލުކުރެވޭނޭ. މިހާރު މަޖިލީހަކީ އެންމެ ބާތުގަދަ ތަނަށްތިޔަހަދަނީ ނަޝީދު އަޑީގަހުރެގެން.
ކޮރަލް
11 June 2019
ބަގާވާތް ކުރަން އުޅޭނަމަ މަޖްލިސް އުވާލަން ވީއެވެ.