ޚަބަރު / އެޑިއުކޭޝަން މިނިސްޓްރީ

ދަރުމަވަންތަ ސްކޫލުގެ ކްލާސްރޫމުތައް އޭސީކޮށްފި

ދަރުމަވަންތަ ސްކޫލް އޭސީ ކުރުމަށްފަހު އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެ ސްކޫލުގެ ދަރިވަރުންނާ މިއަދު ބައްދަލުކުރައްވަނީ .-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ދަރުމަވަންތަ ސްކޫލުގެ ހުރިހާ ކްލާސްރޫމެއް އެޑިއުކޭޝަން މިނިސްޓްރީން އޭސީކޮށްފި އެވެ.

އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒު ވިދާޅުވީ އެ ސްކޫލް ހޫނު ގަދަވުމުގެ ޝަކުވާ ބެލެނިވެރިންނާއި ސްކޫލުގެ ފަރާތުން މިއަހަރުގެ ކިޔެވުން ފެށުމާއެކު ވަރަށް ބޮޑަށް ކުރި ކަމަށެވެ. އެހެންވެ ހާއްސަ ސަމާލުކަމެއް ދީގެން ދަރުމަވަންތަ ސްކޫލު އޭސީކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް އެޅެންދެން، އެ ސްކޫލުގެ ދަރިވަރުންނަށް 2016 ވަނަ އަހަރުން ފެށިގެން ކިޔަވައިދެމުން އަންނަނީ ވެލާނާގޭ ކައިރީގައި ހަދާފައި ހުރި ވަގުތީ އިމާރާތުގަ އެވެ. އެތަން ހަދާފައިވަނީ ދަގަނާއި ޓިނުން ކަމަށްވާތީ، އެ އިމާރާތުގައި ކިޔަވައިދޭން ފެށީއްސުރެ ހޫނުވުމުގެ ޝަކުވާ ވަނީ ކޮށްފަ އެވެ.

ދަރުމަވަންތަ ސްކޫލް އޭސީކުރުމަށްފަހު އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެ ސްކޫލުގެ ދަރިވަރުންތަކަކާ މިއަދު ބައްދަލުކުރައްވަނީ-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އެ ސްކޫލުގައި 24 ކްލާސްރޫމް ހުންނައިރު އެ ހުރިހާ ތަނެއް އޭސީކުރަން އެޑިއުކޭޝަނުން 1.5 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެ އެވެ.

ރިޔާޒު ވިދާޅުވީ ދަރުމަވަންތައިގެ އާ އިމާރާތް ކުރެހުމުގެ މަސައްކަތް ކުރަމުން އަންނައިރު މި އަހަރުގެ ތެރޭގައި ސްކޫލުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ. ތަފާތު މޮޑިއުލަކަށް އެ ސްކޫލް ހަދައި 2021 ވަނަ އަހަރު ކިޔަވައިދޭން ފަށާނެ ކަމަށް ވިދާޅުވި އެވެ.

ދަރުމަވަންތަ ސްކޫލް އޭސީކުރުމަށްފަހު އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވަނީ އެ ސްކޫލަށް ވަޑައިގެންފަ އެވެ. އަދި ދަރިވަރުންތަކަކާ ބައްދަލުކުރެއްވުމަށްފަހު ވިދާޅުވެފައި ވަނީ ދަރިވަރުން މޫނުމަތިން މިއަދު ފެންނަނީ އުފާވެރިކަން ކަމަށެވެ.

30 ކޮމެންޓް, 36 ރިއެކްޝަންސް

icon happy icon happy 61%
icon sad icon sad 22%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބުޅާ

17 June 2019

ދަގަނޑުން ހަދާފަ ހުންނަ ތަންތަން ކޮންކްރީޓުން ހަދާފަ ހުންނަ ތަންތަނަށްވުރެ ފިނިވާނެ.

The name is already taken The name is available. Register?

ބޯ ހަލާކު

17 June 2019

ގާޒީ ސްކޫލަކީ ދަރުމަވަންތަ އަށް ވުރެ އާބާދީ ބޮޑު ސްކޫލް އެއް. ގަޒީ ސްކޫލްގައިވެސް އޭސީ އެއް ނެތް. ގައިމު މާލެ އަށް ވުރެވެސް ހޫނު ވޭ ކްލާސްތަށް ގާޒީގަ. ގާޒީ ސްކޫލް ގެ ކްލާސްތައްވެސް އޭސީ ކޮށްދޭނެ ކަމަށް އުންމީދު ކުރަން....

The name is already taken The name is available. Register?

ޟަގޭ

17 June 2019

ޢަހަރުން ރަށު ސްކޫލު ހުންނަނީ ސީލިންވެސްނުކޮށް. ކުލާސްރޫމުގަ ކުޑަ ދޮރެއް ދޮރުފަތެއް ނުހުރެ. ތަޅުމުގަ މުއްޓެއްނުހުރެ. ކުލާހުގަ އިންނަނި ދެ ފަންކާ، އެނބުރޭ ދުވަހާ ނޭބުރޭ ދުވަހާ. ޢެންމެ ވައްތަރުވާނީ އިހުގެ އޮޑިހަރުގެ އަކާ. ... ޢަހަންނަވެސް ފިހާރައިން މުދާވިއްކަަނި ޓެކުސްލާފަ. ޢެކަމު މަގޯތި ސޮރަށްވެސް ކިރުޕެކެޓް ލިބެ. ޢެހެންވެ ވީވަރު ހެޔޮވަރުކަމަށް ބަލައިގެން މިހުންނަނި..

The name is already taken The name is available. Register?

ރަދީފް

17 June 2019

ހެހެހެހެ.ވަރަށް ރަނގަޅު ވާހަކައެއް.އަހަރުމެން 1994 ވަނަ އަހަރު އީޕީއެސްގަ ކިޔެވިއިރު 02 ކްލާސް ވަކިކުރަން ދަމާފަ ހުންނަނީ ބާ ރިޔަލުގެ ފޮތި.ފަންކާ ގިނަ ފަހަރު ނުވެސް އެނބުރޭނެ.ބުލް ، އަސަރޭ ، ޕަރޭދެކެ ކުދިން ނުލާހިކު ޖެހިލުންވޭ.

The name is already taken The name is available. Register?

ަަެަބުރޯ

17 June 2019

ތިވަރުން ދަންޏާ 32 ބިލިޔަނުން ބަޖެޓް ދެކޮޅުޖައްސާނީ ކިހިނެއް. ދަރަނި 62 ބިލިޔަނުން 100 ބިލިޔަނަށް ތިވަރުންދަންޔާ އަރާފަނެ.

The name is already taken The name is available. Register?

ޔާނު

17 June 2019

ނަންވާނީ ޔާމީން. ހެޔޮނުވާނެ ތިގޮތައް ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީ ކުރައްވަން ނޫޅުއްވިއްޔާ ރަނގަޅީ. ރައްޔިތުން ތިބީ ބުއްދިފިލާ ގޮސްފަކަމަށް ހީފުޅު ނުކުރައްވައްޗޭ.

The name is already taken The name is available. Register?

އިދުރީސް19

17 June 2019

މާކެޓުން ލިބެންހުރި އެންމެ އަގުފަލަ އޭސީ އެޅުވިޔަސް ތިޔައްވުރެ މަދުން ޚަރަދުވާނީ. ބަލަމާ ކޮންމެ ކިލާހަަކައް 18000 ހުގެ 2 އޭސީ ކަމައް. އެއީ ޔުނިޓެއް ހަރުކުރުމާއެކު -/13000ރ މަގުން ބަލަންޏާ -/624000ރ. ވީމާ 1.5 މިލިއަން ޚަރަދުވާންވީ ކިހިނަކުން ބާއޭ ހިތައް އަރަނީ.

The name is already taken The name is available. Register?

ކެނެޑީ

17 June 2019

ސަރވިސް ޗާޖާ ޖީއެސްޓީއާ ސަޔާ ކަޓާލީމަ ބޮޑުވާނެދޯ :ޕ

The name is already taken The name is available. Register?

ރަދީފް

17 June 2019

18000 ބީޓީޔޫގެ އޭސީއެއްގެ މާކެޓް އަގަކީ 13000 ރުފިޔާ ތޯ!!!؟؟ ހަބަރުގަ އޮތް އަދަދު 1.5 މިލިއަނުގެ ފައިސާއިން ހިސާބްޖެހީމަ ރޫމެއް އޭސީކުރުމަށް 62500 ރުފިޔާ ޖެހޭ.ހަބަރު ލިބޭގޮތުގަ މި ޕްރޮޖެކްޓް ހިންގީ އެސްޓީއޯއީން.

The name is already taken The name is available. Register?

ފާފުހާ

17 June 2019

ދަރުމަވަންތަ ސްކޫލް އަކީ ވަގުތީ އިމާރާތެއްގެ ގޮތުގަ ސްޓީލް ޝީޓްސް އިނ ހަދާފަ ހުރި ތަނެއް. އެ ސްކޫލް ގެ ކްލާސްރޫމްތަކުގެ ހޫނު އިންތިހާ އަށް ގޮސްފަ ހުންނަނީ.. ކިތައް އަހަރު މިވީ. އެ ހޫނުގަ މި ދިޔަހުރިހާ ދުވަސްތައް ކުދިން ތިބީ. އާ އިމާރާތް އެޅެއްދެންވެސް ސަރުކާރުން އެ ކުރީ ހަމަ ކުރަންޖެހޭ ކަމެއް. ކުދިންތަކެއް ކްލާސްރޫމް އަށް ވައްދާފަ ތިބޭއިރު އިތުރަށް ހޫނު ވާނެ. ވެންޓިލޭޝަން އެހާ ރަގަޅެއް ނޫން ހުރިލެއް، ހަމަ ސްޓީލް ކޮއްޓެއް ހެއް ހުރީ ހަދާފަ.

The name is already taken The name is available. Register?

ނާޡިމް

17 June 2019

ތިކަން ކުރަން އުޅޭތާ މިހާރު 3 އަހަރު ވެއްޖެ. ޕޭރެންޓުން އަމިއްލައަށް ތިކަން ކުރަންވެސް ހުށަހެޅި. ސަރުކާރުން ކުރާނަމޭ ކިޔައިގެން މިހާ ދުވަސް މިދުއްވާލީ. އޭސީ ހަރުކޮށްފަ ހުންނަތާވެސް 6 މަސްވެއްޖެ. ކަރަންޓު ނުގުޅިގެންނޭ ކިޔައިގެން މިއަހަރުވެސް އެގޮތަށް ދުއްވާލަން އުޅުނީ. ޖެހިގެން އޮތްދުވަހު ޕޭރެންޓުން ޕެޓިޝަން ހަދައިގެން މުޒާހަރާއަށް ނުކުންނަން ރާވާފަ އޮތީމަ ވީކެންޑްގަ އަވަސް އަރުވާލައިގެން ކަރަންޓް ގުޅާފަ ނިންމާލީ.

The name is already taken The name is available. Register?

ިުގފދ

17 June 2019

އޭސީ ކުރަންވީ ދަރުމަވަންތަ ސްކޫލް އޭސީ އެކަންޏެއް ނޫން. ތަފާތު ނުކުރޭ

The name is already taken The name is available. Register?

ތުނިޔަ

17 June 2019

އެހެން ސްކޫލްތަށް ހުރީ ހުސް ދަގަނޑާ ޓިނުންތަ؟ ތަފާތު ނުކުރޭ!

The name is already taken The name is available. Register?

ދޮމްބޭބެ

17 June 2019

24 ކްލާސްރޫމް އޭސީ ކުރަން އެންމެ ޚަރަދު ބޮޑުކޮން ބެލިޔަސް ދާނީ 960000 ހާސް ރުފިޔާ. އެހެންކަމުން އަނެއް 540000 ރުފިޔާ ވަނީ ކޮންތާކަށްބާ؟ އަދި ތިތާ ހަރުކޮށްފަހުރީ ކޮން ބްރޭންޑެއް ކަމެއްނޭންގޭ. އަގޮހެޔޮ ބްރޭންޑެއް ނަމަ އަދި މާ އަގުކުޑަކޮން ވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454