ކުޑަކުދިންގެ ހިޔާގެ ބޭރުން ނަގާފައިވާ ފޮޓޯއެއް: އުމުރުން 14 އަހަރުގެ ޝައިމް ގެއްލުނީ ހިޔާގެ ކޮމްޕައުންޑުގެ ތެރޭގައި ހުއްޓާ ކަމަށަް ޖެންޑާ މިނިސްޓްރީން ބުނޭ.
24 ޖޫން 2019 - 00:11
ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓައި މިދިޔަ އަންގާރަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ އުމުރުން 14 އަހަރުގެ ފިރިހެންކުއްޖާގެ މައްސަލައިގައި ޖެންޑާ މިނިސްޓްރީގެ އިހުމާލު އެބައޮތް ކަމަށް އިދިކޮޅު ޕީއެންސީން މިރޭ ބުނެފި އެވެ.
ޝައިމް އަބްދުﷲ (ދަފްތަރު 2997) ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުގެ ހެނދުނު 9:29 ގައި ކަމަށް ފުލުހުން ބުނެފައި ވެ އެވެ. އަދި އޭގެ ފަހުން، ފުލުހުން އާންމުކޮށް އަމަލުކުރާ އުސޫލުގެ މަތިން، އެ ކުއްޖާ ހޯދަން އިއުލާން ކުރީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ.
އެކަމަކު، ޝައިމް އަކީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުއްޖެއް ކަން މީޑިއާ އިން މިރޭ އާންމުކުރުމާ ހަމައަށް ޖެންޑާ މިނިސްޓްރީން އޮތީ އެކަން ސިއްރު ކޮށްފަ އެވެ. އަދި ޝައިމް ގެއްލުނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ހުއްޓާ ކަމަށް އެ މިނިސްޓްރީން އެއްބަސްވީ މީޑިއާގެ ފިއްތުންތަކާ ހެދި އެވެ. ޖެންޑާ މިނިސްޓްރީން ބޮޑަށް މަސައްކަތް ކޮށްފައި ވަނީ އެއީ ކުޑަކުދިންގެ ހިޔާގެ ދަފްތަރުގައި ނެތް ކުއްޖެއް ކަން މީޑިއާ އަށް ހާމަކުރުމަށެވެ.
އެ މިނިސްޓްރީން ބުނީ، އެއީ ކުޑަކުދިންގެ ހިޔާގެ ދަފްތަރުގައި ރަޖިސްޓަރީ ކޮށްފައިވާ ކުއްޖެއް ނޫން ކަމަށެވެ. އަދި ޝައިމް ފެނުނީ ކުށުގެ ވެށިން ކަމަށް ވާތީ، ކުޑަކުދިންގެ ހިޔާ އަށް ގެންދިޔައީ އެސެސްމަންޓުތައް ހެދުމަށް ކަމަށް އެ މިނިސްޓްރީން ބުނެފައި ވެ އެވެ.
ކުޑަކުދިންގެ ހިޔާގެ ކޮމްޕައުންޑުގެ ތެރެއިން މިދިޔަ އަންގާރަ ދުވަހު ހެނދުނު ގެއްލުނު ޝައިމް.
"އެއްވެސް ހާލެއްގައި އެތަނުގައި މަރުކަޒު ކުރުމަކަށް ނޫން. އެގޮތަށް އޭނާ ހުރި ހުރުމުގައި ކުޑަކުދިންގެ ހިޔާގެ ކުދިންނާ އެއް ތަން ކުރެވިފައެއް ނުވޭ،" ޖެންޑާ މިނިސްޓްރީގެ މީޑިއާ ވައިބާ ގުރޫޕުގައި ބުންޏެވެ.
މި މައްސަލާގައި ޕީއެންސީން ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނުގައި ބުނިގޮތުގައި، މިފަދަ ކަންކަން ހިނގަނީ ސަރުކާރުގެ އެއްވެސް ހަރުދަނާ ކަމެއް ނެތް، ދޯހަޅި ސިޔާސަތުތަކުގެ ސަބަބުންނެވެ.
"ކުޑަކުދިންގެ ހިޔާ އަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓާ ތަނަށް ވުމާއި، އެ ތަނަކީ އެ ކުދިންނަށް ސަލާމަތްތެރި، ރައްކާތެރި ތަނަކަށް ހެދުމާއި، އެ ކުދިންގެ ކަންކަން އެންމެ ފުރިހަމަ އަށް ބެލެހެއްޓުމާއި، މި ކަންކަން އެންމެ ރަނގަޅަށް މޮނީޓާކޮށް ބެލެހެއްޓުމުގެ ޒިންމާ ގާނޫނުން މަތިކޮށްފައި ވަނީ މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސްއާ ކަމަށް ވީ ހިނދު، މި ހާދިސާއާ ގުޅިގެން އެ މިނިސްޓްރީ އަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާ އަށް ވަނީ އިހުމާލުވެފަ އެވެ،" ޕީއެންސީގެ ބަޔާނުގައި ވެ އެވެ.
ޖެންޑާ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޝިދާތާ (މ) ވާހަކަ ދައްކަވަނީ: އުމުރުން 14 އަހަރުގެ ޝައިމް ގެއްލުނީ ޖެންޑާ މިނިސްޓްރީގެ އިހުމާލުން ކަމަށް ޕީއެންސީން ތުހުމަތު ކުރޭ.--- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އެހެންވެ، އެ ޕާޓީން ވަނީ ޝައިމް ގެއްލުނު މައްސަލައިގެ ސައްހަ މައުލޫމާތު އޮޅުވައި ނުލައި ހާމަކުރުމަށް ގޮވާލައިފަ އެވެ.
ޕީއެންސީން ތުހުމަތު ކުރާ ގޮތުގައި ވ. ރަކީދޫގައި ވަރަށް އިހާނެތިކޮށް މަރާލާފައިވާ ކުޑަކުއްޖާ މުހައްމަދު އިބްތިހާލްގެ މައްސަލާގައި މިހާރުގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވަނީ އިހުމާލުވެފަ އެވެ. އޭރު އޭނާ ހުންނެވީ އެ މިނިސްޓްރީގެ އިސް މަގާމެއްގަ އެވެ.
"އަދި އެފަދަ ފަރާތަކަށް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސް ފަދަ މުހިންމު ވުޒާރާއެއް ޒިންމާދާރުކަމާ އެކު ހިންގި ދާނެ ކަމަށް މި ޕާޓީ އަކަށް ގަބޫލެއް ނުކުރެވެ އެވެ،" ޕީއެންސީން ބުންޏެވެ.
އެހެންވެ، ޝައިމް ގެއްލުނު މައްސަލައިގައި ވެސް ފުރިހަމަ ތަހުގީގެއް ހިންގައި، އިހުމާލު ވެފައިވާ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ޕީއެންސީން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.
Dhaulathuge belumuge dhashugai huri kudakujjaku veenuvee eh neyngi gellumaa gulhigen @congress_mv in nerey noosbayaan pic.twitter.com/CGiXBbVtBh
— SpokespersonPNC (@SpokespersonPnc) June 23, 2019
އިދިކޮޅު ޕާޓީ، ޕީއެންސީގެ ނޫސްބަޔާން
"އަދި މިފަދަ ހާދިސާތައް ހިނގުމުން މި ސަރުކާރުން ރައްޔިތުންނަށް ކަންކަން ފޮރުވައި އޮޅުވާލުމަކީ ރައްޔިތުންނާ މެދު އިހާނެތިވުން ކަން ފާހަގަކޮށް، މި ސަރުކާރުގެ މިފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ. ސަރުކާރުގެ ތެރޭގައި ކަންކަން ބޮންސުންލައި ރައްޔިތުން ކަންބޮޑުވާ ގިނަ ކަންތައްތަކެއް ގައުމުގައި ހިނގަމުންދާއިރު، ގައުމު ހިންގުމާ ހަވާލު ހުންނެވި ރައީސުލްޖުމްހޫރިއްޔާ މި ކަންކަމަށް ޖަވާބުދާރީވުމަށް މި ޕާޓީން ގޮވާލަމެވެ،" ޕީއެންސީގެ ބަޔާނުގައި ވެ އެވެ.
މީޑިއާ އިން ތަކުރާރުކޮށް ސުވާލު ކުރުމާ ގުޅިގެން، ޝައިމް ގެއްލުނު މައްސަލައިގައި ޖެންޑާ މިނިސްޓްރީން ޖަވާބުދާރީ ވި ފަހުން ފުލުހުން ބުނީ، އެ ކުއްޖާ ހޯދަން ތިން ގެ އެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި ސީސީޓީވީ ފުޓޭޖުތައް ބަލައިގެން ވެސް އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ޝައިމަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއްކަން ހާމަވެ، މީޑިއާގެ ސަމާލުކަން މިރޭ ކުއްލި ގޮތަކަށް އެ މައްސަލަ އަށް ހުއްޓި، ޖެންޑާ މިނިސްޓްރީ ޖަވާބުދާރީވާން ޖެހުނީ ޝޯޝަލް މީޑީއާ ގައި އާންމުވި އަމުރަކާ ގުޅިގެންނެވެ. ޝައިމް ހޯދުމަށްޓަކައި ތަނެއް ބަލައި ފާސްކުރުމަށް ނެރެފައިވާ އެ ކޯޓު އަމުރުގައިވާ ގޮތުން ނަމަ އެއީ ކުޑަކުދިންގެ ހިޔާ އިން ފިލާފައިވާ ކުއްޖެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޛސޖއ
24 June 2019
މީނާ ނޫންތޯ އިބްތިހާލްގެ މައްސަލާގައިވެސް އިހްމާލުވެ އެމައްސަލަ ބަލަން ފެށުމުން ޔާމީން ގޯސްވެ ވެރިކަން ވައްޓާލަން ނުކުތީ.
ފިކުރީ ހަނގުރާމަ
24 June 2019
ކުޑަކުދިންގެ ހިޔާގަ މަރުކަޒުވެފަ ތިބިކުދިން 24ގަޑިއިރު އުޅޭނޫޅޭ ބެލޭބާ...އެކުދިންނަކީ މުޅިރަށް ކުޑަކުރަމުން ދުވާކުދިން.....މިކަންދަންނާނެ ވިލިމާލޭގަ ދިރިއުޅޭ ކުޑަބޮޑު އެންމެންވެސް...ޒިންމާވާނެ ފަރާތެއް ހުރިހެނެއް ހިއެއްނުވޭ..މިކަން މިހެން އޮތީ ސަރުކާރު ބަދަލުވުމުގެ ކުރިންވެސް...ރައީސްމީހާ ބަދަލުވީ އެއްވެސް ބަދަލެއް މިކަހަލަ އިޖްތިމާޢީ މައްސަލަތަކަކަށް ނާދޭ...
ދޮންބެއްޔާ
24 June 2019
އެއީ ކުޑަކުދިންގެ ހިޔާގެ ދަފްތަރުގައި ރަޖިސްޓަރީ ކޮށްފައިވާ ކުއްޖެއް ނޫން. ޝައިމް ފެނުނީ ކުށުގެ ވެށިން ކަމަށް ވާތީ، ކުޑަކުދިންގެ ހިޔާ އަށް ގެންދިޔައީ އެސެސްމަންޓުތައް ހެދުމަށް. ކަމަށް އެ މިނިސްޓްރީން ބުނެފައިވޭ.. "އެއްވެސް ހާލެއްގައި އެތަނުގައި މަރުކަޒު ކުރުމަކަށް ނޫން". މަރުކަޒު ނުކުރިޔަސް އެސެސްމަންޓުތައް ހެދުމަށް ހިސާބުން އެކުއްޖާ އެހެރީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގަ. ރައްކާތެރިކަން އެކުއްޖާއަށް ވެސް ދޭންޖެހޭނެ.
ޢައިމިނަ
24 June 2019
ކަލޯގޔާ މިވެރިން ވެރިކަމުގަވެސް ކިތައްކުދިން ތިބުނާ ހިޔާ އިން ގެއްލިގެން ހޯދަން ޖެހނުކަން މިވެރިން މިހާރު ހަނދާން ނެތީބާ؟ މހާރުވެސް ރަށުތެރޭގަ ބޭނުން ގޮތަކަށް ތިބުނާ ކުދިން އުޅެނީ ސިގިރޭޓު ބޮމުން. ޢޭރުވެސް މިހާރުވެސް އުޅޭ ގޮތް ތީ އަހަރުްނަށް އާކަމެއްނުނޫ ނޫސްވެރިންނަށ ތިކަން އާކަމަކަށް ވިޔަކސް
ރައްޔިތުން..
24 June 2019
ކުއްޖާ ނެގި ފަރާތް މިހާރު ކޮންމެވެސް ވަރަކަށް އެނގިއްޖެ! ރައްޔިތުން. ޖަލުގައި ހަމަނުޖެހުމާ މިކަމާ .. މިނޫނަސް ގެއްލިފައި ތިބި އަދި ގެއްލޭ މީހުން ބައިވަރު. ސްޓޭޓްމަންޓް ކޮބާ؟
ކަބީރު
24 June 2019
ކޮބާ؟ ކޮބާ އެއްކަލަ މަޖްލީސް. ކޮންމެވެސް ޑްރާމާއެއް ކުޅެބަލަ. ހަމަހަމައޭ. ރައްކާތެރިކަމޭ. ކުދިންގެ ހައްޤޭ. ޖެންޑާއޭ. އިންސާފޭ ކިޔާފަ. ހިޔެއްނުވޭ ފުލޮޕަކަށް ވާނެހެނެއް.
ޙިމާރުލް ވަތަން
24 June 2019
ކިހިނެއް މިވަނީ ހުރިހާ ކަމެއް ބޮއްސުންލަނީ. ޖަލު ބޮއްސުން. ޖެންޑާ ބޮއްސުން. މިކަންކަން މިހރންވިޔަނުދީ. ޢަސްލު އިމްރާން އަދި ޝިދާތާއަކީ މިކަންކަމަށް އެކަށޭނަ ބެފުޅުންނެއްނޫން. މިފަދަ މަޤާމްތައް ހަވާލުކުރަންވާނީ ހިންގުމުގެ ތަޖުރިބާ އަދި ކަމުގެ އިލްމުހުރި ބޭފުޅުންނާ. އިލްމަށް އެންމބޮޑަށް އިންވެސްޓްކުރާ އިލްމީ ދިވެހިރާއްޖޭގައި ހިންގަން މިތިބި......
ހަތްދިހަފަހެއް
24 June 2019
ޖެންދަރ މިނިސްޓްރީން ސިދާތާޢައި ޑެލިއުޓީމިންސްޓަރ ޔުމްނާއާއި ކޭސްވޯކަރ އަކުރަމް ދުރަށްދާންޖެހޭ ނޫނީ މިސަރުކާރު ފެއިލްވާނެ
އިމަނާ
24 June 2019
ތިޔަ ތިޔަމިނިސްޓަރގެ ވައްތަރު. މިފަހަރުވެސް ކޮށްމެވެސް ބަހަނާއެއްދައްކާނެ. ނުވަންޏާ އިސްތިއުފާ ދީފައި ގޭގައި ހުރެބަލަ. ވާވަރު މީހުން އެބަ ތިއްބޭ. ބޮޑު ނުކަނޑާބަލަ. އަދިވެސް ޕްލޭންގަތަ.
ފަހަރިދައްތަ
24 June 2019
ޔާމީނުގެ ވެރިކަމުގަ އިބްތިޙާލު މަރާލީ އެކަން ބެލުނުތަ؟ ކިތައް ކުދިން ގެއްލުނު. ހޯދުނުތަ؟ ކިތައް މީހުން އިހާނެތިކޮށް މަރާލިތަ؟ ބެލުނުތަ؟ ކަމެއްވާއިރަށް ބަޔާނެއް ނެރުނީމަ އެވީދޯ ތިޔަބުނާ އިބުތިހާލުގެ މައްސަލާގައި ތުހުމަތުކުރެވޭ ޖެންޑަރ މިނިސްޓްރީގެ މީހާ ވަގުތުން ސިޔާސީ މަޤާމަކަށް ބަދަލުވީމަ. އަދިވެސް އެކަން އޮތީ ނުބެލި ކަލޭމެންގެ ސަރުކާރުގަ ދެން ކޮން ވާހަކައެއްތަ ތިދައްކަނީ.. ސިދާތާ އޭރުވެސް ހުރި ކީއްވެތޯ އޭނަގެ އިހުމާލެއްވާނަމަ ނުބެލީ.
ރާއްޖެ
24 June 2019
އޭރު އޮތް ސަރުކާރު ގޯސް ވެގެން ބަދަލު ކުރީ. ކަލޭމެން މި 5 އަހަރު ތިބޭނީ ތިހެން ޔާމީނު ކިޔާލަ ކިޔާލާ.