އެމްއެންޑީއެފްގެ ސެނެހިޔާ. --
30 ޖޫން 2019 - 10:38
އެމްއެންޑީއެފްގެ ސެނަހިޔާ ހޮސްޕިޓަލުން ދެމުން އަންނަ ހިދުމަތްތައް ފުޅާކޮށް، ސީޓީ ސްކޭނާއި އެމްއާރުއައިގެ ހިދުމަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އެމްއެންޑީއެފުން އިއްޔެ ބުނެފި އެވެ.
އެމްއެމްޑީއެފްގެ ހެޑްކުއާޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޑީއެފްގެ ސާވިސް ކޯޑް ކޮމާންޑަރު ޖެނެރަލް ހާމިދު ޝަފީގު ވިދާޅުވީ ސެނެހިޔާ އަކީ ސިފައިންނަށް ހިންގާ ތަނަކަށް ވިޔަސް، އެތަނުން ދޭ ހިދުމަތްތައް ރައްޔިތުންނަށް ވެސް ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
އެގޮތުން ސެނަހިޔާގައި ސީޓީ ސްކޭނާއި އެމްއާރުއައިގެ ހިދުމަތް ދޭނެ ތަނެއް ހަމަޖެހި މި އަހަރުގެ ތެރޭގައި އެ ހިދުމަތް ދޭން ފަށާނެ ކަމަށް ވެސް ހާމިދު ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ތަނުގައި ހެލްތު ކޭމްޕުތައް ބާއްވަން ނިންމާފައިވާ ކަމަށް ވެސް ހާމިދު ވިދާޅުވި އެވެ.
"ރާއްޖެތެރޭގެ ރަށްރަށަށް ގޮސްގެން، ސުޕަ ސްޕެޝަލިސްޓުން ގެނެސްގެން މި ކޭމްޕްތައް ވެސް މި އަހަރުގެ ތެރޭގައި ފައްޓާނަން،" ހާމިދު ވިދާޅުވި އެވެ.
ރާއްޖޭގައި އެމްއެއާރުއައިގެ ހިދުމަތް ދެމުން އަންނަނީ ވަރަށް މަދު ހޮސްޕިޓަލްތަކެއްގަ އެވެ.
ސެނެހިޔާ. އެތަނުން ދޭ ބައެއް ހިދުމަތްތައް ވަނީ ފުޅާކޮށްފައި. --
ސެނަހިޔާގައި މިދިޔަ ނޮވެމްބަރު މަހު ވަނީ އޮޕަރޭޝަން ތިއޭޓަރަކާއި ޖެނެރަލް ވޯޑެއް ހުޅުވައިފަ އެވެ. މީގެ ހަ އަހަރު ކުރިން ހުޅުވި ސެނަހިޔާގައި ޑޮކްޓަރަށް ދެއްކުމުގެ އިތުރުން ތަފާތު ޓެސްޓުތައް ވެސް ހެދެ އެވެ. ފަހުން ހުޅުވި ވޯޑުގައި 10 އެނދު އަދި އައިސީޔޫގައި ދެ އެނދު ހުރެ އެވެ.
ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ސެކިއުރިޓީ ވަރުގަދަކޮށް ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް އޭރިއާ ކޮމާންޑުތައް ބާރުވެރި ކުރުވައި ގާބިލްކަން އިތުރު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ރާއްޖޭގެ އެކި ސަރަހައްދުގައި ހިނގާ އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށް ދިނުމަށް ނުވަތަ އެކި ކަންކަމާ ގުޅިގެން ކޮންމެ ފަހަރަކު މާލެއިން ސިފައިން ފުރުވާލުމަކީ ގަބޫލުކުރާ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ، އެ ސަރަހައްދަކުން ދިމާވާ ކަންކަމުގައި އެ ސަރަހައްދެއްގެ އޭރިއާ ކޮމާންޑުން އަދާކުރާ ދައުރު ފުޅާކޮށް ގާބިލުކަން އިތުރުކުރާ ނަމަ، ބޮޑެތި ފަސޭހަތަކެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
30 June 2019
އައިޖީއެމްއެޗް، އޭޑީކޭ، ޓްރީޓޮޕް މިއިން ކޮންމެ ތަނެއްގަ އެބަހުރި އެމްއާރްއައި މެޝިނެއް. މާލެ ސަރަހައްދުގަ އެމްއާރްއައި އެއް ނެގުމަކީ އުދަގޫ ކަމަކަށްނުވާނެ! ކީއްތެވާނީ ކުޅުދުއްފުށި، ތިނަދޫ، އައްޑޫ ފަދަ ރަށެއްގައި މި މެޝިން ބެހެއްޓިއްޔާ! ރާއްޖެތެޜޭ މީހާ ދެކޮޅު ޓިކެޓް ދީފަ، މާލެއިން ބޮޑު ކުލީގަ ކޮޓަރި ހިފާފަ، ހޮޓަލުން ކައިގެން އެމްއާރްއައި އެއްވެސް ނެގޭނީ.
ޒިލް
30 June 2019
ސެނަހިޔާ ބާއްވާފަ، އުތުރުގެ މަައި ހޮސްޕިޓަލް ތަރައްގީކުރަން އުޅެބަލަ. އެތަނުގައި ނެތޭ އިށީންނާނެ ޖާގައެއްވެސް. ކުޑަކުދިން ކިހިލި ޖަހައިގެން ކޮޅަށް އެތައް ބަޔަކު އެތިބެނީ. މި ދައްކަނީ ސިއްހީ މަރުކަޒެއްގެ ވާހަކައެއް ނޫން. ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލްގެ ވާހަކަ. އައި.ޖީ.އެމް.އެޗް ނަގާފައި އެންމެ ގިނަ މީހުން ހިދުމަތް ހޯދާ މައި ހޮސްޕިޓަލެއްގެ ވާހަކަ
ޔާގޫތު
30 June 2019
އެތަނަށް އެހާ ގިނަމީހުން ދާގޮތަކަށްނޫން ރޭވިފަ އޮތީކީ. ހ.އ ގަ ހޮސްޕިޓަލް އަޅަން އެއުޅެނީ، އެޅީމަ މީހުން މަދުވާނެ.
ޒިލް
30 June 2019
ޔާގޫތުމެން މާލޭ މީހުންނަކަށް ނޭންގޭނެ. ކުދި އަލިފާން ފޮށިތަކުގައި ބަންދުވެ، ސިކުނޑި ލައްޕައިގެން ތިބި ބަޔަކަށް އަތޮޅުތެރޭގެ ހާލަތު ނޭންގުމަކީ އެއްވެސް މައްސަލައެއް ނޫން.
ޗިޗަންޑާނަވާރަ
30 June 2019
ބުނަންތަ ވާހަކައެއް. އެމްއެންޑީއެފް ގެ އެންމެ ބޮޑު ޒިންމާއަކީ ގައުމީ ސަލާމަތް. ޓެރަރިޒަމް އާއި ގުޅޭ ކަންކަން. ބޮޑު ބާޢީ އެއް އެމްބަސީގަ އޮތް އިރު ކަލޭމެން ކަހާތަން ހިރުވާވެސް ނުލާ ކިނބުލަކާ އެމް އާރު މެޝިނަކާ އަޅައިގަނެގެން ތި އުޅެނީ ކަލޭމެންގެ ގާނޫނީ ޒިންމާ އަދާ ވީތޯ؟ އަމިއްލަ ނަފްސާ ސުވާލު ކޮށްބަލަ؟ ލަދު ހަޔާތް ކޮބާ؟ މުއައްސަސާތަކުގެ ނަން ޙަރާބު ނުކޮށް އިސްތިއުފާ ދީފަ ގޭގަ ތިބެބަލަ.
ފަސީހު
30 June 2019
އެމްއާރި އައި ގެ މެޝިންގެ ވާހަކަ ދައްކަން ތީ ކޮން ބައެއް؟ އިންޑީއާ ސިފައިންގެ ވާޙަކަ ދައްކަފާނެތީ ކުރިމަރާޅަން ދޯ ސީޓީ ސްކޭންނާ އެމްއާރު އައި ވާހަކަ އާ ކެތްުލެބްގެ ވާހަކަ ތި ދައްކަނީ؟
ޑުރެކިއުލާ
30 June 2019
"ރާއްޖެތެރޭގެ ރަށްރަށަށް ގޮސްގެން"... މިސޮރު އަދިވެސް މިއުޅެނީ ދޮންދަގަނޑު 30 އަހަރުގަ ތޯއްޗެ. ސަރުކާރު ވުޒާރާތަކުން ރާއްޖެތެރެ ކިޔާފަ މުހާތަބުކުރޭތަ މިހާރުވެސް؟
ހައި
30 June 2019
ކީއްކުރަން. ތިތަން ހުއްޓަސް ނެތަސް ސިފައިންނާއި އެމީހުންގެ އަނބިދަރިން ނާއި ދަރިންގެ ގެ ދަރިންނައް ބޭނުން ތަނަކުން ހިލޭ ތި ހުރިހާ ބޭސްފަރުވާއެއްވެސް ކުރެވޭ. ހަމަ ހަމަކަމޯ
ރަދީފް
30 June 2019
ސެނަހިޔާ އެއީ ވަރަށް ބެސްޓްތަނެއް.އައިޖީއެމްއެޗުން ހަދަން އުޅުނު ޓެސްޓެއް ހަދަން ބެލިއިރު ކިޔު ވަރަށް ދިގު ، ސެނަހިޔާއިން ވަގުތުން އެހިދްމަތް ލިބުނު.ސާވިސް ވެސް ވަރަށް ބެސްޓް.
1111
30 June 2019
ކުޅުދުއްފުއްޓަށް ތިޔަ މެޝިން ފޮނުވާ. މާލޭގެ 3 ތަނެއްގައި އެބަހުރި
ކުޅޭކުޅީ
30 June 2019
ކުޅުދުއްފުށީ މީހާ މާލެ އާދޭ! 6 މީހުނަށް މެޝިނެއް ނުބެހެއްޓޭނެ! ވޯޓު ދިނަސް.