ފ. މަގޫދޫ ކައުންސިލްގެ އިދާރާ
01 ޖުލައި 2019 - 10:10
ފ. މަގޫދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ގާޑު ބަނުމަށް ފަހު، އެ ތަނުގެ ތިޖޫރި ފަޅާލައިގެން ރޭ ފަތިހު ވައްކަން ކޮށްފި އެވެ.
މަގޫދޫ ކައުންސިލްގެ ރައީސް އަބްދުﷲ ވަހީދު "މިހާރު" އަށް މިއަދު ވިދާޅުވީ، ތިޖޫރިން ވައްކަން ކުރުމުގެ އިތުރުން ކައުންސިލްގެ އިދާރާގެ ފަރުނީޗަރުތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށެވެ.
އެގޮތުން، އެތަނުގައި ހުރި ގާތްގަނޑަކަށް ހުރިހާ ކަބަޑެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްފައިވާ ކަަމަށާއި ލިޔެކިޔުންތަކަށް ވެސް ގެއްލުން ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ އަމަލު ހިންގި މީހުން ސެކިއުރިޓީ ގާޑު ބަނުމުގެ އިތުރުން އޭނާ އަށް އަނިޔާ ވެސް ކޮށްފައިވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
"ތިޖޫރީގައި މާގިނަ ފައިސާއެއް ހުންނާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ގިނަވެގެން ހުންނާނީ ދެތިން ހާސް ރުފިޔާއެއް. އެކަމަކު އޮފީހަށް ވަރަށް ބޮޑެތި ގެއްލުންތައް ދީފައި ހުރީ،" އޭނާ ވިދާޅުވި އެވެ.
ފުލުހުން ބުނިގޮތުގައި، މަގޫދޫ ކައުންސިލް އިދާރާގެ ތިޖޫރީން ބަޔަކު ވައްކަން ކޮށްފައި ވަނީ ގާޑު ބަނުމަށް ފަހު، ދޮރު ހަލާކުކޮށްލައިގެން ކަން އެނގިފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ. އެކަމަކު އެ މައްސަލައިގައި މީހަކު ހައްޔަރެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކުޅަނދޭ
01 July 2019
އަމިއްލަ ރަށުގެ ކައުންސިލުން ވައްކަންކޮއްފަ ދެން ގޮވާނެ މާލޭ މީހުން ރާއްޖެތެރޭ މީހުން ނިކަމެތިކުރަނިއްޔޭ!
މަ މިއު މަ
01 July 2019
ތިގޮތަށް ވައްކަން ކުރި ބަޔަކޫ ޖެހޭނީ އުމުރަށް ޖަލަށް ލާން
މުޙުއްމާ
01 July 2019
ވައްކަންކުރަން ހާހެއްނުވާނެތާ ގެންދާއިރަށް ކޯޓުންދޫކޮށްލާނެކަން އެގޭ ވިއްޔާ. ކޯޓާނުލާ މިޤައުމު ހިންގޭތޯ ބަލަމާހިގާ.
ޗިޗަންޑާނަވާރަ
01 July 2019
ކޯޓުން ހުކުމް ކުރި ކިތަށް މީހުންނަށް ރައީސް މީހާ މާފުދީ ދޫކޮށްފި؟ ސިޔާސީ ވެރިންގެ ފޫ ބުޑުން އަބަދު ދުވަންޏާ ކޯޓެއް ކީއްކުރަން އެހެން ބަޔަކަށް ވެސް ކުރެވޭނެ ކަމެއް ނެތް. މިއީ ހަމަ އެކަނި މިހާރުގެ ރައީސް ވާހަކަ އެއް ނޫން. ހުރިހާ ރައީސުންގެ ވެސް ވާހަކަ.
ހަކީމް
01 July 2019
1000 ހަމަ ނުވާ ރަށްރަށް .. ކަނޑައެޅިގެން އިނގޭ ކޮންބަޔެއްކަން ކުރާ ކަމެއްކަންވެސް. އެއްފަހަރު ފުލުހުންގެ ނުކުރެދުން ތެރިކަން ، އަނެއްފަހަރު ކޯޓުތަށް. ވަގުންގެ އުނދަގޫ ބޮޑުވެގެން ރަށްޔިތުމީހާ އެންމެ ފަހުވެސް ކަރަންޓު ދަންތުރަ ހަދައިގެން ވަގުމީހާ އޮތީ މަރުވެފަ. ކުއްވެރިމިވީ އާމު ރަށްޔިތުމީހާ. އެކަމު ރަށްޔިތުމީހާ ޓެކްސް ދައްކައިގެން އޭނާގަ ސަލާމަތާ އިންސާފު ގާއިމު ކުރުމަށް ހަދާފަ އޮންނަ ފުލުހުންގެ މުއައްސަސާ އާއި ކޯޓު ތައް ފެއިލް ވެފަ.
ނީރާ
01 July 2019
ފ. މަގޫދޫ ދޯ. ތިޖޫރިދޯ. ތިރަށާ ތިޖޫރިޔާ ތީ ވަރަށް ގުޅޭ ކަމެއް. މިކަން ކަން ބަޔަކު ދިރާސާކޮށްފިއްޔާ މާޒީގެ ޞަފްޙާތަކުން މިކަންކަން ވަރަށް ފާހަގަ ވާނެ.
ތިމަންނަ
01 July 2019
އިބޫބެ ކިހިނެއްހޭ ވަމުން މި ދަނީ...
ބްރާވޯ
01 July 2019
ތިޖޫރީ ފެޅީމަ ނިމުނީ ދޯ... އޭގަ ލާރި ނެތަސް... ބަައްލަވާއެއް