ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ އެކު ޝުމްބާ (ކ) ފޮޓޯއަކަށް ހުއްޓިގެން، ލަންކާގައި ހުއްޓައި ގެނައި މައްސަލަ ތަހުގީގުކޮށްދޭން އޭނާ ވަނީ އެދިފައި.
07 ޖުލައި 2019 - 15:51
ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ) ސްރީލަންކާގައި ހުއްޓައި ހައްޔަރުކޮށްގެން ރާއްޖެ އަށް ގެނައި މައްސަލަ ތަހުގީގުކޮށް، ކުރީ ސަރުކާރުގެ ބައެއް އިސްވެރިންގެ މައްޗަށް ދައުވާކޮށްދޭން އޭނާ އެދިއްޖެ އެވެ.
ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް އަޝްރަފް ފޮނުވި ސިޓީގައި އެދިފައި ވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އަދި ރާއްޖެއިން ލަންކާ އަށް އޭރު ކަނޑައަޅާފައި ހުރި ސަފީރު ޒާހިޔާ ޒަރީރުގެ މައްޗަށް ތަހުގީގު ހިންގައި ދައުވާކޮށްދިނުމަށެވެ. އޭގެ އިތުރުން އޭރުގެ ކަމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް، އެސިސްޓެންޓް ކަމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒް އަދި ޑިފެންސް އެޓޭޗް އަހުމަދު ގިޔާސްގެ މައްޗަށް ވެސް ތަހުގީގު ހިންގައި ދައުވާކޮށްދޭން އަޝްރަފްގެ ސިޓީގައި އެދިފައި ވެ އެވެ.
ސިޓީގައި އޭނާ ތުހުމަތުކޮށްފައިވާ ގޮތުގައި ލަންކާގައި ހުއްޓައި 2015 ވަނަ އަހަރު އޭރުގެ ސަރުކާރުން އޭނާ ރާއްޖެއަށް ގެނައީ ރަހީނުކޮށްގެންނެވެ.
Alhugandu Lanka inn raheenu koh jahaigathumuga ravaa hingumuga baiverivi @UmarNaseerMV, @dunyamaumoon, @zahiya_zareer adhi MNDF Giyas aai kureege CP Areef, adhi kureege ACP Nawaz mahchah jinaaee thahugeegu koh dhinumah edhi @PoliceMv CP @M_Hameedh ah sity husha alhaifin. https://t.co/NoI2B6VYiR pic.twitter.com/rsdNg31ioF
— Shumba | ޝުމްބާ 🇲🇻 (@ShumbaGong) July 7, 2019
ޝުމްބާގެ ޓްވީޓް
ސީޕީ އަށް އަޝްރަފް މިފަދަ ސިޓީއެއް ފޮނުވީ އޭނާ ރާއްޖެ އަށް ގެނައީ ގާނޫނާ ހިލާފަށް ކަމަށް ރައީސް އިބްރާހޯމް މުހައްމަދު ސޯލިހު މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވި ފަހުންނެވެ.
ނޮވެމްބަރު 3، 1988ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރި އަބްދުﷲ ލުތުފީ ރާއްޖެ އަށް ގެނައުމާ ބެހޭ ގޮތުން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އަޝްރަފް އޭރު ރާއްޖެ އަށް ގެނައީ ލަންކާ ސަރުކާރުގެ ހުއްދަ ނެތިކަން އެ ގައުމުން އެންގި ކަމަށެވެ.
"މީގެ ކުރިން ދިވެއްސަކު، އެނގިވަޑައިގަންނަވާނެ ސޯޝަލް މީޑިއާ އެކްޓިވިސްޓެއް އަޝްރަފް، ޝުމްބާ ސިލޯނުގައި ހުއްޓައި ސަރުކާރުން ވަނީ ޖަހައިގަނެގެން މިކޮޅަށް ގެނެސްފައި،" ރައީސް ބުރާސްފަތި ދުވަހު ވިދާޅުވި އެވެ.
ލަންކާގައި ޝުމްބާ ދިރިއުޅެމުން ދިޔަ ގެއަށް ހަތިޔާރާ އެކު ވަދެ އޭނާ ހައްޔަރުކުރީ ދިވެހި ފުލުހުންނާއި ލަންކާ ފުލުހުން ހިންގި އޮޕަރޭޝަނެއްގަ އެވެ. ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން ދިން މައުލޫމާތުތަކެއްގެ މައްޗަށް ލަންކާގެ ފުލުހުން ޝުމްބާ ހައްޔަރުކޮށް ދިވެހި ފުލުހުންނާ ހަވާލުކުރީ އެ ގައުމުގެ ކަމާބެހޭ އިދާރާތަކަށް ނޭނގި އެވެ. މި މައްސަލައިގައި، ލަންކާގެ ސަރުކާރުން ދިވެހި ސަރުކާރާ މެދު ހިތްހަމަނުޖެހުންފާޅުކޮށް ބަޔާނެއް ވެސް ނެރުނެވެ.
އެ މައްސަލައިގައި، ލަންކާގެ ސަރުކާރުން ދިވެހި ސަރުކާރާ މެދު ހިތްހަމަނުޖެހުންފާޅުކޮށް ބަޔާނެއް ވެސް ނެރުނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮހޮނު123
09 July 2019
ލަންކާފުލުހުން ދިޔައީ ސަރުކާރަށް ނޭގިތަ؟ ފުލުހުންނަކީ ސަރުކާރަށްނޭގި މަސައްކަތްކުރާ ބައެއްތަ؟
ިއިބްރާ
08 July 2019
ހެޔޮނުވާނެ ތާކުންތާކު ނުޖެހޭކަންކަމަށް މިގައުމުގެ ބައިތުލްމާލު ހުސްނުކުރޭ. ވެރިކަމަށް އައިސް ރައްޔިތުން ފަހައި ދުވުން ފިޔަވައި ކަމެއްކުރާތަނެއް ނުފެނޭ.
އިމަނާ
08 July 2019
އެތަނުގެ ފުލުހުންނަކީ ލަންކާގެ ރަސްމީ އަދާރާއަކަށް ނުވަންޏާ އެއީ ޓެރަރިސްޓް ޖަމާއަތަކަށް ކިޔާ ނަމެއްތޯ އަޅުގަނޑު ސުވާލުކޮށްލަންބޭން. އަދި ރަސްމީ އިދާރާއަކަށް ވަނީ ކޮން އިދާރާއެއްތޯވެސް ބަލަންބޭނުން. އަނެއްކާ ވެއްޓުނު ވެރިމީހާހެން ހދކޅ އަންނަނަީތޯ؟
ޓައްޕުސީދި
07 July 2019
ތިއީ ރަނގަޅު ކަމެއް. އެކަމަކު މިކިޔާ ކޯލިޝަނަކާހެދި ހިޔެއްނުވޭ އެއްވެސް ކަމެއް ރަނގަޅުވެ އިންސާފުލިބިދާނެހެނެއް. ކޯލިޝަންތެރޭވެސް ރައީސް ޔާމީނުގެ ވާގިވެރިން ސަރުކާރުތެރޭވެސް އަދި ހުރިހާ މުއައްސަސާއެއްގަ ނަގާކިޔަންވެސް ޔާމީނުގެ ކެހިވެރި ސިޔާސީ ގުއިރޯނުގަޖެހިފަ ތިބިމީހުން.
ސިޑިޓައްޕު
07 July 2019
މި ސަރުކާރަށް ކަމެއްނުކުރެވިގެން އުޅޭއިރަށް ޔާމީނުގެ ވާގިވެރިން ތިބީމަ ކަމެއް ނުވަނީ ކަމަށް ބުންޏަސް ގަބޫލެއްނުކުރެވޭނެ. މިހާރުވެސް 300 އެތައް ސިޔާސީ މަގާމެއްގަ އެތިބީ ޔާމީނުގެ މީހުންނެއް ނޫން، ކަމެއް ނުކުރެވިގެން ތި އުޅެނީ. އެ އެންމެން ބަލަހައްޓަންވާ ކަންކަން ގާތުން ނުބެލޭނަމަ އެ އެންމެން ކަނޑާލާފަ ގެއަށް ފޮނުވާލަންވީނު ކަމަށް އެހާ ނުކުޅެދޭނަމަ.
ިއިބްރާ
08 July 2019
މިސަރުކާރުގެ ވެރިމީހާއިން ފެށިގެންގޮސް އެމްޑީޕީ އެއްކޮށް ފެންނަނީ ރ ޔާމީނުގެ ވާގިވެރިންގެ ގޮތުގައެވެ. އިންތިޚށބުގެ ފަހުން ރައްޔިތުން ފަހައި ދުވުން ނޫންކަމެއް ކުރާތަނެއް ނުފެނޭ.
ޝުމްބާ
07 July 2019
މިސޮރު ސައިޒު އޮޅިގެންކަންނޭގެ އުޅެނީ
ޑިމޮކްރަޓިސްޓް، ރ.ވާދޫ
07 July 2019
މީނަ ދެންމީ ކާކު؟؟ ދެދަޅަޔަށް މޮޅުވާހަކަދައްކަން!!
ލދހަޔތ ކުދު
07 July 2019
މަވެސް ތިހެންބުނަން އުޅުނީ ހަމަ.
ސަނީޒާ
07 July 2019
ކަލެ ތިބުނަނީ ޖިނާއީ ކުއްތަކުގެ ތަހުގީގައް މީހުން ހިފައި ހައްޔަރުކޮއްގެން ގެނައުމުގެ ބާރު ފުލުހުންނަކައް ނެތޭތަ..؟
ވަކީލު
07 July 2019
ބައިނަލްލަގުވާމީ ޤާނޫނޫތަކެއް އޮންނާނެ މީހުން އެއް ޤައުމުން އަނެއް ޤައުމަށް ބަދަލު ކުރުމުގައި. އެއާއި ހިލާފަށް އެކަން ކޮށްފި ނަމަ އެ ކުރެވެނީ ޓެރަރިޒަމުގެ އަމަލެއް
ރަދީފް
07 July 2019
ޝުމްބާ ޔޫ އާ ރޯންގް.
ރަފީދް
07 July 2019
އެޔޯ! ބަލަ އެމީހެއްގެ ހައްގު ހޯދަން އުޅޭނީ އެމީހެއް. ޝުމްބާ ހަމަ ހަބޭސް.
ނިޔާމަ
07 July 2019
ޝުމްބާ ނުބުންޏަސް އިއްޔެ ވިހޭ ތުއްތު ކުއްޖާއަށްވެސް ތިވަރު އެނގޭ. ދެރައީ އޭރުގެ އެންްމެން މިނިވަންކޮށް މި ސަރުކާރަށް ކަމެއް ނުކުރވޭ ގޮތަށް ތިބީމަ. ކޮން މެޖޯރިޓީއެއް ނުލިބިގެން ކަމެއް ނޭނގެ
55559
07 July 2019
މިކަލޭގެ އެހެން މީހުންނަށް ދިން މަރުގެ އިންޒާރުތައް ވެސް ތަހުގީގުކުރަންޖެހޭ...