ވިޔަފާރި / ޕަބްލިކް ކުންފުނި

ނަތީޖާއާ އެކު ކުންފުނިތައް އުންމީދީ ބަދަލަކާ ދިމާއަށް

އެސްއޯއީ ކޮމިޓީގައި ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކެއްގެ އިސްވެރިން--ފޮޓޯ:ހުސައިން ވަހީދު/މިހާރު

ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކަށް، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވަނީ ބޮޑު ކުރިއެރުމެއް ލިބިފަ އެވެ. ކުންފުނިތަކުގެ ފައިދާ އަށް ބަލާއިރު އެސްޓީއޯ އާއި ފެނަކަ އާއި އައިލެންޑް އޭވިއޭޝަނުން ވަނީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރަށް ވުރެ 100 ޕަސެންޓް ކުރިއެރުން ހޯދައިފަ އެވެ. ޖުމްލަކޮށް ހުރިހާ ސްޓޭޓް އޯން އެންޓަޕްރައިޒަސް އަށް ލިބުނު ފައިދާ 1.4 ބިލިއަން ރުފިޔާ އަށް އަހަރެ އެވެ. މިއީ މިދިޔަ އަހަރަށް ވުރެ 24 ޕަސެންޓުގެ ކުރިއެރުމެކެވެ.

ފުރަތަމަ ކުއާޓަރުގައި އެމްއެމްޕީއާރްސީ އާއި އެމްއޭސީއެލް އާއި އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އިން ވެސް ބޮޑު ކުރިއެރުމެއް ހޯދާފައިވެ އެވެ. އެންމެ ބޮޑު ފައިދާއެއް ލިބިފައިވަނީ އެމްއޭސީއެލް އަށެވެ. އެގޮތުން އެ ކުންފުންޏަށް 572 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނެވެ. މިދިޔަ އަހަރު ލިބުނީ 397 މިލިއަން ރުފިޔާ އެވެ. އެހާ ބޮޑު ފައިދާއެއް މި އަހަރު ލިބުނީ މާލީ ހަރަދުތައް ނުވަތަ ފައިނޭންސް ކޯސްޓް ކުރަ ކުރެވުމުންނެވެ. އެމްއޭސީއެލަށް އެންމެ ބޮޑު އާމްދަނީއެއް މިހާރު ލިބެނީ ތެޔޮ ވިއްކައިގެންނެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެސް ތެލުގެ ވިޔަފާރީގެ އާމްދަނީ ވަނީ 14 ޕަސެންޓް އިތުރުވެފަ އެވެ.

އައިލެންޑް އޭވިއޭޝަންގެ ބައެއް މުވައްޒަފުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި: އެ ކުންފުނީގެ ފައިދާ ދިޔައީ މައްޗަށް --- ފައިލް ފޮޓޯ: މިހާރު

އެއާޕޯޓަށް ބޮޑު ފައިދާއެއް ވެފައިވާ އިރު އެއާޕޯޓު ތަރައްގީ ކުރުމަށް ނަގާފައިވާ ލޯނުތައް ދައްކަން ފެށުމުން ކުންފުންޏަށް އަނެއްކާވެސް ބުރަބޮޑު ވެގެންދާނެ އެވެ. އެ ކުންފުނިން މިހާރު ވެސް އަންނަނީ ރަންވޭ އާއި އޭޕްރަން އާއި އާ ޓާމިނަލްގެ މަސައްކަތް ކުރަމުންނެވެ. މި ހުރިހާ މަސައްކަތަށް ފަސް މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 17 ޕަސެންޓުގެ ކުރިއެރުމެއް ހޯދާފައިވާ އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވީ، ކުންފުންޏަށް ކުރިއެރުން ލިބުނީ ބޯޓުފަހަރު ޑިލޭވާ މިންވަރު ކުޑަކޮށް ހިދުމަތްތައް އަވަސް ކުރުމުންނެވެ. ދެވަނަ ކުއާޓާގައި ވެސް އެ ކުންފުންޏަށް ރަނގަޅު ފައިދާއެއް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަހަރުގެ ފަހު ދެ ކުއާޓަރުގައި މިހާރަށްވުރެ ރަނގަޅު ކުރިއެރުމެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ވެސް އެންމެ އިސްކަމެއް ދެނީ ބަނދަރުގެ ޔާޑުތަކުގެ ތޮއްޖެހުން ކުޑަކޮށް، ކޮންޓެއިނާތައް ޝިފްޓްކުރުމަށް ދާ ހަރަދު ކުޑަކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ، އެ ކުންފުނީގެ ފައިދާ އިތުރު ކުރެވުނީ، ހަރަދުތައް ކުޑަކުރުމުގެ ސަބަބުންނެވެ.

"މި ކުންފުންޏަށް ލިބެނީ ފިކްސްޑް ރެވެނިއުއެއް. ފައިދާ އިތުރު ކުރާނަމަ ޖެހޭނީ ހަރަދުތައް ކުޑަކުރަން،" އޭނާ ވިދާޅުވި އެވެ.

ކުންފުނީގެ މުވައްޒަފުން އިތުރަށް މޯޓިވޭޓްކޮށް، މަސައްކަތްތައް އަވަހަށް ނިންމުމަށް ހާއްސަ އިސްކަމެއް ދެވުނު ކަމަށް އޭނާ ވިދާޅުވި އެވެ. ކުރިއަށް އޮތްތަނުގައި މި އަހަރު އެ ކުންފުންޏަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ގެއްލުންވި ބައެއް ކުންފުނިތައް ކަމަށްވާ ވެމްކޯ އާއި މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ވެސް ވަނީ ގެއްލުންވި މިންވަރު ވަރަށް ބޮޑަށް ކުޑަކޮށްފަ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްއައިޓީޑީސީ އަށް 5.9 މިލިއަން ރުފިޔާގެ ގެއްލުން ލިބުނު އިރު މި އަހަރު 1.1 މިލިއަން ރުފިޔާ އަށް ގެއްލުން ކުޑަކުރި އެވެ.

ވެމްކޯގެ މުވައްޒަފުންތަކެއް މާލޭގެ ގެއަކުން ކުނި ގެންދިއުމުގެ މަސައްކަތްކުރަނީ -- ފައިލް ފޮޓޯ؛ މިހާރު

ފުރަތަމަ ކުއާޓާގައި ވެމްކޯ އަށް ގެއްލުންވި ނަމަވެސް އެ ކުންފުނިން ވަނީ ގެއްލުން ވަރަށް ބޮޑަށް ކުޑަކޮށްފަ އެވެ. ވެމްކޯ އަށް މިދިޔަ އަހަރުގެ ތިން މަސް ދުވަހު 30.6 މިލިއަން ރުފިޔާގެ ގެއްލުއްވީ އިރު މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު ގެއްލުން ވަނީ އެއް މިލިއަނަށް ކުޑަކޮށްފަ އެވެ. ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ، ގެއްލުވި މިންވަރު އެހާ ބޮޑަށް ކުޑަ ކުރެވުނީ ބޭކާރު ހަރަދުތައް ކުޑަ ކުރުމުގެ ސަބަބުންނެވެ. އެގޮތުން ކޮންމެހެން މުހިއްމު ނޫން ކަންކަމަށް ސްޕޮންސާ ދިނުމާއި ވެހިކަލް ކުއްޔަށް ހިފުން ވަރަށް ބޮޑަށް ކުޑަކުރި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންގެ މަސައްކަތްތައް ކުރުމަށް އިސްކަން ދެނީ އަމިއްލަ ވެހިކަލްތަކުގައި. އިތުރު ހަރަދަކާ ނުލާ އޮޕަރޭޝަންތައް ކުރިއަށް ގެންދަން މަސައްކަތް ކުރީ،" އޭނާ ވިދާޅުވި އެވެ.

ވެމްކޯގެ ކުނި އުކާ ސަރަހައްދަށް ފީ ދެއްކުމަށް ފަހު ނޫނީ ނުވަދެވޭނެ ކަމަށާއި މާލީ ކަންކަން ކުރިއަށް ވުރެ ބަލައިގެން މިހާރު މޮނީޓާކުރާ ކަމަށް އާދަމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އެ ކުންފުނީގެ ހުރިހާ ޑިޕާޓްމެންޓަކުން ކޮންމެ ހަފްތާއަކު ކުރި ކަންކަމުގެ ރިޕޯޓު ހުށަހަޅަންޖެހޭނެ ކަމަށެވެ. މިގޮތަށް ކޮންމެ ހަފްތާއެއްގެ މުއާމަލާތްތައް ބެލެހެއްޓުމުން ކުންފުނި މެނޭޖް ކުރުމަށް ފަސޭހަ ކަމަށް އޭނާ ވިދާޅުވި އެވެ. ދެވަނަ ކުއާޓަރުގައި ވެސް ކުންފުނީގެ ޕާފޮމެންސް އެއް ހަމައެއްގައި ހިފެހެއްޓޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އެ ކުންފުނިން ބުނެ އެވެ. އެގޮތުން ދެން އަންނަ ކުއާޓާގައި އެ ކުންފުންޏަށް ލިބެންޖެހޭ 50 މިލިއަން ރުފިޔާގެ ތެރެއިން 20 މިލިއަން ރުފިޔާ ހޯދާނެ ކަމަށް އާދަމް ވިދާޅުވި އެވެ.

މި އަހަރުގެ ފަހު ދެ ކުއާޓަރުގައި ކުންފުންޏަށް ބޭނުންވާ ބައެއް ވެހިކަލްތައް ގަންނަން ވިސްނަވާ ކަމަށް އޭނާ ވިދާޅުވި އެވެ. ވެމްކޯއަކީ ގެއްލުމުގައި ހިންގާ ކުންފުންޏެއް ނަމަވެސް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެ ކުންފުންޏަކީ ލިބޭ އާމްދަނީން ކުންފުނީގެ ހަރަދުތައް މެނޭޖް ކުރާނެ ކުންފުންޏަކަށް ހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރުގެ ގިނަ ކުންފުނިތަކަށް ބޮޑު ފައިދާއެއްވީ ނަމަވެސް އެމްޓީސީސީ އާއި އެޗްޑީސީ އާއި ދިރާގައި ސްޓެލްކޯ އަށް ލިބުނު ފައިދާ ވަނީ ދަށަށް ގޮސްފަ އެވެ. އެގޮތުން އެޗްޑީސީގެ ފައިދާ ވަނީ 60 މިލިއަނުން 19 މިލިއަނަށް ދަށްވެފަ އެވެ. އެމްޓީސީސީ އަށް ފުރަތަމަ ކުއާޓަރުގައި 45 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވެ އެވެ. މީގެ މައިގަނޑު ސަބަބަކީ އެ ކުންފުންޏަށް ޕްރޮޖެކްޓްތައް ނުލިބުމެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް 238 މިލިއަން ރުފިޔާ ލިބުނު އިރު މިއީ 6 ޕަސެންޓުގެ ކުރި އެރުމެކެވެ. ސްޓެލްކޯގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން ލިބުނު ފައިދާ ވަނީ 17 ޕަސެންޓް ދަށްވެފަ އެވެ.

މި ގެއްލުންތައް ހުރި ނަމަވެސް ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކަށް މިވަނީ ކުރިއެރުން ލިބި އަހަރުގެ ދެން އޮތް ބަޔަކަށް އުންމީދު އާވެފަ އެވެ.

7 ކޮމެންޓް, 30 ރިއެކްޝަންސް

icon happy icon happy 87%
icon sad icon sad 0%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސޮބުރީ

21 July 2019

ކޮށްފަ ހުރި އިންވެސްޓްމަންޓް ތަކުގެ ފައިދާ ތިޔަފެންނަނީ އަދި ކިއެއްތަ މިއަހަރު ތިއުޅެނީ އެއްވެސް އެހެން ކަމަކަށް އިންވެސްޓް ނުކުރެވިގެން

The name is already taken The name is available. Register?

އަލިބެއްޔާގެ ނިއުމަތު

20 July 2019

ފޭކް ފިގާ ތަކެއް ޖަހައިގެން އާޓިފިޝަލް ޕްރޮފިޓް ތަކެއް ނެރުނީ ނަތީޖާ ދައްކަން އަނދުން އަޅުވަން. މަންޒަރު ބަލަންތިބޭ އަހަރު ނިމޭއިރުގައި.

The name is already taken The name is available. Register?

މުހައްމަދު - ޖ

20 July 2019

ނުވިސްނޭ އެމްއޭސީއެލްއަށް ބުރަ ބޮޑުވާންވީ ސަބަބެށް އަހަރުމެން ފުރާއިރު ކޮންމެ މީހެއްއަތުން އެބަނަގާ އެއަރޕޯޓް ޑިވެލޮޕްމަންޓޭކިޔާފަ ؟؟؟؟؟

The name is already taken The name is available. Register?

ހޯލްޑްއޮން

19 July 2019

ދައުލަތުގެ ކުންފުނި ތަކުގެ ތެރެއިން ސަރުކާރުގެ އިކޮނޮމިކް ޕޮލިސީސް ތައް ރަނގަޅަށް ރޭވިއްޖެނަމަ އެންމެ ބާރަށް ކުރިއަރާނެ ކަަމަށް ފެންނަނީ އެއީ ވެމްކޯގެ ވިޔަފާރިއޭ ވެމްކޯ އިން ހަމަ އެކަނި މާލެ އަތޮޅުގައި ހުރި ހުރިހާ ރަށްރަށާއި ރިސޯރޓްސް ތަކުގެ ކުނި ތިލަފުއްޓަށް އަގު ނަގައިގެން އުކާލާ ގޮތަށް މަޖްލީހުން ގާނޫނެއް އުފައްދައިފިނަމަ އެދެން ބިލިއަނުން ފައިސާ އޮހޭނެ ކުންފުންނެކޭ އޮފް ކީޕިންގް ދިސް އިން ދަ ރައިޓް ޑިރެކްޝަން ބެޓަރ ޓޭކް އެކްޝަން ހޯލްޑް އޮން

The name is already taken The name is available. Register?

ސަމްކައިންޑް

19 July 2019

ސަރުކާރުގެ ކުންފުނި ތަކުގެ ތެެެރެއިން ވެމްކޯ އިން ދުވާލަކު ބިލިއަން ރުފިޔާ ފައިދާ ނެރެދިނުމަށް ޓަކައި ތިލަފުށި ފަޅުން ނުހިއްކާ އޮތް ބައިން 1 ކިލޯ މީޓަރު ދިގު އަދި 1 ކިލޯމީޓަރު ފުޅާ މިނުގެ ބިމެއް ދޭންވީއޭ އިންސިނިރޭޓިންގް ފެސިލިޓީ އަދި ސްކްރެޕް ޔާރޑެއް ހަދަން ދެން މާލެ ސަރަހައްދުގެ ހުރިހާ ރިސޯރޓްސް ތަކުގެ ކުނި ރިސޯރޓްސް ތަކުން ނަގައިގެން ތިލަފުއްޓަށް ގެނެސް އުކާލުމުގެ މަސައްކަތް ކުރާނީ ވެމްކޯއިންނޭ ގާނޫނަކުން މިކަން ކުރަންވީއޭ އައި އޭމް ގޮނާނީޑް

The name is already taken The name is available. Register?

ލުކްވެލް

19 July 2019

ސަރުކާރުގެ ހުރިހާ ކުންފުނި ތައް އެބަޖެހޭ ބިލިއަނުން ފައިދާ ނެރެދޭ ކުންފުނި ތަކަށް ހަދަން އެގޮތުން ވަރަށް މުހިއްމޭ ސަރުކާރުގެ ކުންފުނި ތަކަށް ޑޮލަރު އަމިއްލަ މީސް މީހުން އަތުން ގަތުމުގެ ބަދަލުގައި ބީއެމްއެލް އާއި އެކު އެއްބަސްވުމެއް ހަދާ އެެއެއްބަސްވުމުގެ ދަށުން ސަރުކާރުގެ ކުންފުނި ތަކަށް ދޭންޖެހޭނީ ބީއެމްއެލްއިންނޭ ހުރިހާ ރިސޯރޓްސް ތަކުގެ މުވައްޒަފުންގެ މުސާރަ ޑޮލަރުން ޖަމާ ކުރަން ޖެހޭނީ ބީއެމްއެލް އަށް ކަމަށް މަޖްލީހުން ގާނޫނެއް ފާސް ކުރަންވީއޭ

The name is already taken The name is available. Register?

ދޭންވީއޭ

19 July 2019

ނަތީޖާއާ އެކު ކުންފުނިތައް އުންމީދީ ބަދަލަކާ ދިމާއަށް ދަތުރު ކުރާނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ އަދިވެސް ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ރަށްރަށުގެ ފެނާއި ބޯފެނާއި ފާޚާނާ ޚިދްމަތާއި ކަރަންޓް ޚިދްމަތް ދޭން އުފައްދާފައިވާ ކުންފުނި ކަމުގައިވާ ފެނަކަ ސްޓްރީމް ލައިން ކުރަންވީއޭ އައްޑޫ އަދި ފުވައްމުލަކު ގެ ޔުޓިލިޓީ ޚިދްމަތް ދިނުމަށް ޓަކައި އެލައިސަންސް އެމްޑަބްލިޔު އެސްސީ އަށް 1000 އަހަރަށް އެކްސްކްލޫސިވް ރައިޓްސް އާއި އެކު ލައިސެންސް ދޭންވީއޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454