ޕީޖީ ބިޝާމް މަޖިލީހުގެ ކޮމިޓީގައި: ނުފޫޒުން އެއްކިބާވެ މަގާމުގެ ޒިންމާ ފުރިހަމަ ގޮތުގައި އަދާނުކުރައްވާ ކަމަށް މެމްބަރުން ތުހުމަތު ކުރެއްވި. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
23 ޖުލައި 2019 - 12:03
ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް ޒިންމާ އަދާނުކުރައްވާ ކަމުގެ ކަންބޮޑުވުންފާޅުކޮށް ޖުޑިޝަރީ ކޮމިޓީގެ މެމްބަރުން ޝަކުވާ ކުރެއްވުމުން، ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހްމަދުގެ އަނބިކަނބަލުން އާމިނަތު މާޝާ ފުލުސް އޮފީހަށް ހާޒިރުކޮށް "ރަހީނުކުރި" މައްސަލަ ބައްލަވާނެ ކަމަށް ޕީޖީ އިއްޔެ ވިދާޅުވެއްޖެ އެވެ.
ކުރީގެ ސަރުކާރުގައި ސިިޔާސީ ގިނަ ބޭފުޅުންތަކެއްގެ މައްޗަށް ޕީޖީ ބިޝާމް ދައުވާ އުފުލި ގޮތާ މެދު ސުވާލު އުފައްދަވައި މަގާމުގެ ޒިންމާ އެކަށީގެންވާ ގޮތެއްގައި އަދާކުރައްވާފައި ނުވާ ކަމުގެ މިސާލެއްގެ ގޮތުން ތުޅާދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލް ހިސާން ހުސެއިން ނެންގެވީ މާޝާ ހައްޔަރުކުރި މައްސަލަ އެވެ.
ފެބުރުއަރީ، 11، 2018 ގައި މާޝާ ފުލުސް އޮފީހަށް ހާޒިރުކޮށް ގިނަ އިރުތަކެއް ވަންދެން އެތަނުގައި ބޭންދީ އޭނާގެ ފިރިކަލުން އިލްހާމް ހޯދަން އިއުލާންކުރުމަށް ފަހު އެވެ. ތުހުމަތަކާ ނުލައި އެހާ ގިނައިރު މާޝާ ހިފެހެއްޓުން ހިސާން ސިފަކުރެއްވީ ރަހީނުކުރުމުގެ އަމަލެއްގެ ގޮތުގަ އެވެ.
އިލްހާމް ހޯދަން އިއުލާން ކުރީ ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށްޓަކައި ރިޝްވަތު ދީ އަދި ރިޝްވަތު ހިފި މައްސަލައިގެ ތަހުގީގަށް ކަމަށް ފުލުހުން އޭރު ބުނެފައިވެ އެވެ.
މި މައްސަލައިގައި ސުވާލުކުރުމުން ބިޝާމް ވިދާޅުވީ އެކަމުގެ މައުލޫމާތު ލިބިވަޑައިގަތީ އެކަން ހިނގިތާ ދުވަސްތަކެއް ފަހުން ކަމަށެވެ. އެކަމަކު އިލްހާމްގެ މައްސަލާގައި ޕީޖީ އޮފީހާއި ފުލުހުންނާ ދެމެދު ހިނގި މަޝްވަރާތަކުގައި އެކަމާ ބެހޭގޮތުން ޕީޖީ އޮފީހުން ސުވާލުކުރި ކަމަށް ބިޝާމް ވިދާޅުވި އެވެ.
އެ މައްސަލައިގައި، އޭނާ ވިދާޅުވި ގޮތުގައި، ފުލުހުން ޖަވާބެއް ނުދިނެވެ. އޭގެ ފަހުން އެކަމާ މެދު އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށް ބިޝާމް ވިދާޅުވި އެވެ.
ބިޝާމްގެ މި ޖަވާބާ ގުޅުވައި ހިސާން ވިދާޅުވީ ބައެއް މައްސަލަތަކުގައި ޕީޖީ ޒިންމާ އަދާކުރެއްވުމުގައި ފަރުވާ ކުޑަކުރައްވާފައިވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އެއާއެކު ގާނޫނުއަސާސީގެ މާއްދާތައް ވިދާޅުވެދެއްވައި ޕީޖީގެ ޒިންމާ ހަނދާންކޮށްދެއްވި އެވެ.
ޖިނާއީ ކުށުގެ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފި ނަމަ ނުވަތަ ޝަކުވާއަކުން ނަމަވެސް އެފަދަ މައުލޫމާތެއް ލިބިއްޖެ ނަމަ އެ ކަމެއް ތަހުގީގު ކުރުމުގެ އަމުރު ނެރުން އެއީ ރަނގަޅު ކަމެއް ކަމަށް ފެނިވަޑައިގެންފި ނަމަ އެފަދަ އަމުރެއް ނެރުމުގެ ބާރު ޕީޖީ އަށް އޮންނަ ކަން ހިސާން ފާހަގަކުރެއްވި އެވެ.
ކުށެއްގައި ތުހުމަތު ކުރެވޭ މީހާ ވަކި ކަމެއް ކުރަން މަޖުބޫރުކުރުވުމުގެ ގޮތުން އޭނާގެ އާއިލާގެ މީހުންނަށް ނުފޫޒު ފޯރުވައި ހިފައި ހައްޔަރުކުރުން ފަދަ ކަންކަމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަން ހިސާން ފާހަގަކުރެއްވި އެވެ. އަދި މާޝާ ރަހީނުކުރުމަކީ ފުލުހުން މި ފަހުގެ ތާރީޚެއްގައި ހިންގި އެފަދަ ފުރަތަމަ އަމަލު ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.
އެއީ އެންމެ ފަހަރަކު ނަމަވެސް ފުލުހުން ހިންގަން ހުއްދަ ދެވޭނެ ފަދަ ޒާތުގެ އަމަލަކަށް ނުވާއިރު އެކަން މީޑީއާގައި އާއްމުވި ކަަމަށް ހިސާން ވިދާޅުވި އެވެ.
އޭގެފަހުން ވެސް ޕީޖީ އެއްވެސް ފިޔަވަޅެއް ނޭޅުއްވީ ކީއްވެތޯ ދެންނެވުމުން ހިސާންގެ ވާހަކަ އަށް އެއްބަސްވެވަޑައިގަންނަވަމުން ވިދާޅުވީ "އެ މައްސަލައިގައި އޭރު ތި ވިދާޅުވި ގޮތަކަށް އަޅުގަނޑު އަމުރެއް ނެރެދީފައެއް ނޯންނާނެ" ކަމަށެވެ.
"އެހެންވިޔަސް އަޅުގަނޑު އެކަމާ ގުޅިގެން އެކަން ހިނގައިދިޔަ ގޮތް ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ވާހަކަ ދަންނަވަން،" ބިޝާމް ވިދާޅުވި އެވެ.
ނުފޫޒުން އެއްކިބާވެ ބިޝާމް ޒިންމާ އަދާކުރައްވާފައި ނުވާ ކަމަށް މެމްބަރުން ކުރެއްވި ހުރިހާ ތުހުމަތުތަކެއް އޭނާ ދޮގުކުރެއްވި އެވެ.
ޕީޖީ ވިދާޅުވި ގޮތުގައި އޭނާގެ މައްޗަށް އެއްވެސް ނުފޫޒެއް ނެތެވެ. ދައުވާތައް އުފުލީ އަދި އުފުލި ބައެއް ދައުވާތައް އަނބުރާ ގެނައީ ވެސް އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒުހުދާ
25 July 2019
ބިޝާމާ ލައްވާ ކޮށްފަިވާ ޤާނޫނާއި ގަވައިދުން ބޭރުންކޮށްފަހުރި ކަންކަން ބާލާ އެކަން ރިވާރސްކޮށް. މަޤާމުގެ ޒިންމަޔައް އިހުމާލުވެފައިވާ ނަަމަ މިފަދަ ދައުލަތުގެ އިސްމަގާމުތަކަށް ފިޓްނޫންކަމައް ކަނޑައަޅައި ފިޔަވަޅުއެޅުން
ހިހީ
25 July 2019
މިހާރުވެސް ފުލުހުން އެގޮތައް ކަންތައް ކުރޭ..ވާކަމެއް ހަރާން
މީރުބަހުރު
25 July 2019
ނުފޫޒެއް ނެތްނަމަ ބިޝާމާ ހިންގާފައިވާ ޣައިރު ގާނޫނީ މައްސަލަތަކާއި ގާސިމްގެ ދަރިފުޅު ޖަލުގައި ނުހައްގުން ބެހެއްޓިއިރު އެކަމާ ބިޝާމާގެ ފަރާތުން އެއްވެސް ރައްކާތެރިކަމެއް ލިބިފައިނުވާތީ ބިސާމާގެ މައްސަލަ ތަހުގީގު ކުރަންޖެހޭ. ގާނޫނު އަސާސީގައި ޕީޖީގެ ދައުރު ވަރަށް ރަގަޅަށް ބަޔާންކޮށްފައިވޭ އެއިން އެއްވެސް މާއްދާއަކަށް ބަލާލުމެއްނެތި އެހުރިހާ ދުވަހު ހަނުހުރީ.
ީފޮނިޓައްޕު ހަސަނު
24 July 2019
ބިސާމުގެ މިފޮޓޯ ބަލައި ލުމުންވެސް އިނގާ ރަނގަޅަށް ސަައިޒު ވެއްޖެކަން. ޔާމީނާއި ވައިއެޅުނު މީހަކުވެސް ސަލާމަތެއް ނެތް.
ދޮންދީދީ
24 July 2019
ބިސާމު ހިޔެއް ނުކުރޭ މިދުވަސް އަތުވެދާނެ ކަމަކަށް.
ޖުހާ
24 July 2019
ބިސާމައަކީ އެވެސްވަރަކަށް ޒިންމާދާރު މީހެއްނޫން. މަގާމުން ވަކިކުރަން ގޮވާލަން.
އަޙުމަދު
24 July 2019
އެހިސާބަށް ކަމެއް ދިޔައީމަ ތަ ބަލަންޖެހޭ ކަމަށް ޤަބޫލުކުރަނީ. ؟ ޕީ.ޖީ ގަސްތުގައި އެކަން ނުބަލާ ދޫކޮށްލައިގެން ހުރުމުން އަނބުރާ އެކަން ގައިދަށުވެގެން ތިއުޅެނީ. ވީމާ ބުނެވޭނީ ތީ ޕީ.ޖީ އަކަށް ކުފޫ ހަމަވާ މީހެއްނޫ، އިސްތިއުފާ.
އަޙުމަދު
24 July 2019
މީނައަކީވެސް އެ މަޤާމަށް ކުފޫހަމަވާ މީހެއްނޫން، ހަމަ މީހާރު ބޭރުކުރަން ގޮވާލަން، ނުހައްގުން އެތަށް ބައެއްގެ މަށްޗަށް ސިޔާސީ ދައުވާކޮށް ބޮޑެތިވެގެން ވާއަނީޔަތަށް ކޯޓު މެދުވެރިކޮށް ދީފައި ހުރިމީހެއް، މަޖިލިސް އަށް ގެންގޮސް ސުވާލުކުރަންފެށީ ރުޅިއަސް ކުނި މޫނެއްދައްކައިގެން އިނދެ ދެމުންގެންދިޔަ ޖަވާބުތަކުން މީހަމަ ހުދުކާފޫރު ގަނޑެއް، އެއްވެސް ގޯހެއް ނުހައްދަވާ.
ހަސަނު
23 July 2019
ޕުރޮސެކިއުޓަ ޖެނެރަލް މަގާމުގެ ނުފޫޒުން ވަރަށް ގިނަ ބަޔަކަށް ސިޔާސީ މްގަސަދެއްގަ އަނިޔާދީފަ ވޭ.. މިކަމުގެ ކުށް ގާނޫނުލް އުގޫބާތުގަ އެތަށް ތަނެއްގައި އެތަށް ކުށެއް ބަޔާން ކޮށްފައިވޭ... ދިގު މުއްދަތަކަށް ޖަލަށް ލާއިގެން މުސްތަގުމަލުގަ މިކަން ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން ލިބޭނީ....
ބޮޑުމީހާ
23 July 2019
އެމްޑީ މެމްބަރުން ބިޝާމް މަޖްލީހަށް ގެންގޮސް ސުވާލުކޮށް ތަހުގީގު ކުރުމުގެ ބޭނުމެއްނެތް. އެމްޑީޕީ މެމްބަރުން އަމިއްލައަށް ލައިވް ޓީވީތަކުގަ އޭނަ ގޯސްކޮށް ކުރި ކަންތައްތަކުގެ ވާޙަކަދެއްކީ، ދެން ބޭކާރު ވަގުތު ދުއްވާނުލާ، ނޯ ކޮންފިޑެންސް ވޯޓްނަގާ، މަގާމުން ދުރުކޮށް މައްސަލަ ތަހުގީގުކުރަން ފުލުހުންނާއި ހަވާލުކުރީމަ ނިމުނީނުން.
ހާދިމް
23 July 2019
ބިސާމް ވަރަށް ރުޅި އަންނާނެ އޭނަ ކުއްވެރިވާ ޒާތުގެ ވާހަކައެއް މީހަކު ދައްކައިފިއްޔާ. ނާޤާބިލު މީހެއް، މުޅި ޤައުމުގެ ޕްރިސކިއުޝަން ހަލާކު ކޮށްލީ ބިސާމް