ފީއަލި
25 ޖުލައި 2019 - 12:52
މި އަހަރުގެ އަޟްހާ އީދު ފާހަގަކުރުމުގައި އުފެދުނު މައްސަލަތަކެއް ހައްލު ކުރަން އުޅުނު ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި އިންޒާރު ދިން މައްސަލައެއްގައި ފ. ފީއަލިން ހަތަރު މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.
އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު ޖަލީލް ވިދާޅުވީ، އެ އިދާރާ އިން މި ފަހަރުގެ އީދު ކުލަގަދަ ގޮތެއްގައި ފާހަގަކުރަން ނިންމާފައި އޮއްވައި، ބަނދަރު ސަރަހައްދުގައި އީދަށް ތައްޔާރުވުމަށް ޖަމިއްޔާ އަކުން އެއްޗެހިތަކެއް ބެހެއްޓި ކަމަށެވެ. އެ ތަކެތި ނެގުމަށް މުއްދަތެއް ދިނުމުން ވެސް އެކަމަށް އެއްބާރުލުން ދީފައި ނުވާތީ، މައްސަލަ ފުލުހުންނަށް ހުށަހެޅީ ކަމަށް ޖަލީލް ވިދާޅުވި އެވެ.
"ކައުންސިލުން ނިންމާފައި އޮތީ ބަނދަރު ސަރަހައްދުގައި ކުލަގަދަ ގޮތެއްގައި އީދު ފާހަގަކުރަން. އެގޮތަށް ނިންމާފައި އޮއްވައި އަމިއްލަ ބައެއްގެ ތަކެތި އެތަނުގައި ބަހައްޓައި އީދަށް ތައްޔާރުވާން މި ފެށީ. ބަނދަރު ސަރަހައްދުު ހޯދަން އެ ޖަމިއްޔާ އިން އެދުނީމާ ކައުންސިލުން އަންގާފައި ވާނީ، ބަނދަރު ނޫން އެހެން ތަނެއް ހޯދުމަށް،" އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާގެ އޮފިޝަލަކު ވިދާޅުވީ ފީއަލީގައި އާއްމު އިޖުތިމާއީ މިންގަނޑާ ހިލާފުވެ އަދި ރަށުގެ މަސްލަހަތު ނަގާލަން އުޅުމުން އެކަން ހުއްޓުވަން މަސައްކަތްކުރި ކަމަށެވެ. އަދި އެ މައްސަލައިގައި ހަތަރު ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އުމުރުން 40-46 އަހަރާ ދެމެދުގެ ދިވެހި ފިރިހެނުންނެވެ.
"މި މައްސަލަ ދަނީ އިތުރަށް ތަހުގީގުކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފީއަލީ ރައްޔިތުމީހާ
25 July 2019
މިދެން ވަރައް ދެރަވަރުކަމެއް ވަރައް ނާތަހުޒީބު ބައެއްމީ. ކީކުރާނީ
ހާނޫ
25 July 2019
ޢީދުގެ ނަމުގައި ހައްދުފަހަނަ އަޅާނުދާތި!
ލައްޗޭ
25 July 2019
އީދުގެ ކަންކަމުގައި މައްސަލަޖެހޭނީ ހާދަ ފީބައެއްވީމައެވެ.
ބަބުރަންޖީ ހާޖީ
25 July 2019
އީދަކީ އުފާކުރަން އޮންނަދުވަހެއް. އަރައިރުންވާން އޮންނަ ދުވަހެއްނޫން.
ފީއަލީ މީހާ
25 July 2019
ފީއަލީގަ ހަޖަމްނުވާބަޔަކު އުޅެނީ...... ޒުވާނުންގެ ޖަމުއްޔާއިން އީދުގަބާވާ ކުޅިވަރުތައް ރީތިވެފަ ފޯރިގަދަވީމަ ބަޔަކުމީހުންނަ ހަޖަމް ކުރަން އުދަގޫވަނީ...... ރަށުގެ މަސްލަހަތު ނަގާލަން ބޭނުންވާ މީހުން އުޅޭތީ ރައްދެބާތްވެ ފިތުނަ ފަސާދަވަނީ.......ހަޖަމް ޕްލީސް....???