ކަނޑު ގަދަ ދުވަހަކު ލޯންޗެއް ދަތުރު ކުރަނީ: އީދާ ދިމާކޮށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރޭ--
07 އޯގަސްޓް 2019 - 10:47
މި އަހަރުގެ އަޟްހާ އީދާ ދިމާކޮށް، މުޅި ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ލަފާކޮށްފި އެވެ.
މެޓް އޮފީހުން ބުނީ އަންނަ ހަފްތާ ބުދަ ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ކަނޑު ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން މިއަދު މެންދުރު ފަހުން ފެށިގެން މެދު ރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް ވިއްސާރަވާނެ ކަމަށް ލަފާކުރެ އެވެ. އަދި މާދަމާއިން ފެށިގެން މުޅި ރާއްޖެ އަށް ވިއްސާރަ ކުރާނެ ކަމަށް މެޓުން ބުނެ އެވެ.
އަންނަ އާދިއްތަ ދުވަހު ބޮޑު އީދު ފާހަގަ ކުރާއިރު އީދާ ދިމާކޮށް ގިނަ ބަޔަކު އެކި ރަށްރަށަށް ދަތުރު ކުރަމުން އެބަދެ އެވެ.
ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އުތުރާއި މެދު ރާއްޖެތެރެ އަށް އާއްމު ގޮތެއްގައި 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ އިރު ދެކުނުގެ އަތޮޅުތަކަށް 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވާނެ ކަމަށް ލަފާކުރެވެ އެވެ.
އެހެންވެ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި މުޅި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަަރަކަށް ގަދަވާނެ ކަމަށް މެޓުން ލަފާކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮބޯ
07 August 2019
އިސްލާމިކް މިނިސްޓްރީން މެޓް ހޮފީހުން މައުލޫމާތު ސާފުނުކޮށް މިހާރު ރާއްޖޭގެ 10 ތަނެއްގައި ( އައުޓްޑޯރ) އީދު ނަމާދު ކުރަން އަންގައިފި. މީ ގައުމުގަ ކަންހިގާ ގިތަކީ.
މަރޭމިތުރު
07 August 2019
އަހަރެން މިއީވެސް ދިވެއްސެއް. އަހަރެން ގަބޫލުކުރާގޮތުގައި މޫސުން ގޯސްނުވާނެ މޫސުން ނުބައިވާނީ!
ދަންނަނުދަންނަ.
07 August 2019
އެއީ ކާއެއްޗެއްތަ ނުބައިވާން މޫސުން ސަކަރާތްވާނީ ގޯހެއް ނުބައެއްވެސް ނުވާނެ
މަރޭމިތުރު
07 August 2019
މޫސުން ގޯހެއްނުވާނެ މޫސުން ނުބައިވާނީ! މިލަފްޒު ރަނގަޅުކޮށްގެން ލިޔުންތެރިން ލިޔުން އެދެން.
އަމީނާ
07 August 2019
މެޓް އޮފީހަކީ މާ ބޮޑުއެއްޗެއް އެނގޭ ބައެއްކަމަކަށް ނުދެކެން. ގިނަފަހަރަށް ކަންވަނީ ދިމާ އިދިކޮޅަށް.
ކޮމަންމޭން
07 August 2019
ދިވެހިރާއްޖޭގެ މެޓް އޮފީހުން ތިޔަހެންބުނިނަމަ ބަލާނެ ވެސް ކަމެއްނެތް. މިފަހަރުގެ ބޮޑުޢީދުގަ މޫސުން ރީތިވާނެ. ވޭތުވެދިޔަ ތަނުގެ ތަޖުރިބާއަށްބަލާފަ މިބުނަނީ. އާއްމުކޮށް އެމީހުން ލަފާކުރާ ގޮތާ ޚިލާފަށް މުޅީންވެސް ވެފައޮތީ. ޔަހުޔާ ކާޅުހިފިވަރަށްވެސް ނޭގެ މިމީހުންނަށް މިކަންދިމާކުރެވުނުކަމެއް.
މަރޭމިތުރު
07 August 2019
ވިއަސާރަ މޫސުމަކީ ގޯސް މޫސުމެއްކަމަކަށް މަށަކަށް ނުބެލެވޭ!
ގަނީރު
07 August 2019
މަރޭމިތުރުއަށް - ވިއްސާރަ ވީމާ ގޯސްވެގެންނޫޅޭމީހަކު. މޫސުން ގޯސްވުމޭކިޔަނީ ކަނޑުގަދަވެ ވައިގަދަވީމަ. ސަބަބަކީ އެއީ ދަތުރުފަތުރުކުރަން އުނދަގޫވެ ނުރައްކާތެރި ހާދިސާތައް ހިނގާފާނެ ދުވަސްވަރަކަށް ވެދާނެތީ. ނުރައްކާތެރި ހާދިސާ ހިނގާފާނެ ދުވަސްވަރަކަށް ރީތި، ރަނގަޅޭ ކިޔާނީ ކާކުބާ؟ އެހެނެއްނޫން، ކަނޑުގަދަނުވެ ވައި ބާރުނުވެ ވިއްސާރަވެހޭދުވަސްވަރަކީ ގިނަމީހުން އުފާވާނެދުވަސްތަކެއް. އެކަމަކު މަގުމަތީ ޗަކަވެ ކުދިންގޮވައިގެން ސްކޫލަށް ދާން އުދަގޫވެސްވޭ.
މަރޭމިތުރު
07 August 2019
ގަނީރުއަށް....މޫސުމެއް، ކަނޑެއް، ތަނެއް، ބިމެއް، ގޯހެއްނުވާނެ ގޯސްވާނީ ކުރާކަންކަމާއި މީހުން. މިސާލު ހާދަގޯސްކޮށޭ ތިކަންކަން ތިކުރަނީ. ހާދަގޯހޭ ގަނީރު އެކަމަކު މޫސުން ނުބައިވެދާނެ.
މޯޑް
07 August 2019
އީދަށް ހޯރަފުށްޓަށް ދާން ވާއިރަށް މޫސުން ރަގަޅުވާނެ. އިންސާ ﷲ.
މަރޭމިތުރު
07 August 2019
[ވެސްކަނޑު ގަދަވީ، ވެހިވާރޭ ވައިބާރުވަނީ! ގަސްތައް ދިރެނީ ދަނޑުތައްހެދި މާތައްފޮޅެނީ!]........... އިންސާނުންގެ ޑިޒާޔާއަކީ އުފާވެރިކަން އަބަދުވެސް ލިބުންކަމުގައިވެދާނެ، އެކަމަކު ވިސްނާލަންޖެހޭ ކަމަކީ މިދުނިޔެމަތީގައި ދިރުންވާ އެހެންވެސް ތަކެތި ތިބިކަން. ހަމަ ގައިމުންވެސް ވާރޭވެހޭ ދުވަސްވަރަކީ ގަސްގަހާގެއްސައް ލިބޭ ވަރަށްވެސް އުފާވެރި މޫސުމެއް.
ފުންއަސަރު
07 August 2019
މޫސުން ގޯހަސް، ތިޔަބުނާ ސައިޒުން ވައިހުރީ ބަރާބަރަށް. އިރާދަކުރެއްވިއްޔާ މީ ދިވެހީންނަށް ފައްކާ ސަޅި މަޖާ އީދަކަށްވާނެ. އިންޝާﷲ!