ނައިބު ރައީސް ފައިސަލް ނަސީމަށް މާލެ ސިޓީ ކައުންސިލުގެ މެމްބަރުން ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
21 އޯގަސްޓް 2019 - 15:19
މާލެ ތަރައްގީކުރުމުގައި ދިމާވާ މައްސަލަތައް ނައިބު ރައީސް ފައިސަލް ނަސީމާ، މާލެ ސިޓީ ކައުންސިލުން މިއަދު ހިއްސާކޮށްފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ކައުންސިލުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަސައްކަތްތަކަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކަށީގެންވާ ވަރަށް މުވައްޒަފުން ނެތް ކަމަށް ކައުންސިލުން ބުނި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އިދާރީ ގޮތުންނާއި މާލީ ގޮތުން ދިމާވާ ދަތިތަކުގެ ސަބަބުން މަޝްރޫއުތައް ކުރިއަށް ގެންދަން އުނދަގޫކަން ވެސް ކައުންސިލުން ފާހަގަކުރި ކަމަށް އެތަނުން ބުންޏެވެ.
މި ބައްދަލުވުމުގައި މާލެ ސިޓީގެ މާލޭގެ މޭޔަރު ޝިފާ މުހައްމަދާއި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފާއި އެހެން ކައުންސިލަރުން ވެސް ބައިވެރިވެ ވަޑައިގަތެވެ.
މާލެ ސިޓީ ކައުންސިލުގެ ބައެއް ބާރުތައް މިދިޔަ ސަރުކާރުން ނެގި ކަމަށާއި، އޭގެ ތެރެއިން ބައެއް ބާރުތައް އެތަނާ ހަވާލުކޮށްފައިވާ ކަން މި ބައްދަލުވުމުގައި ނައިބު ރައީސް ފާހަގަކުރެއްވި އެވެ. އަދި މާލެ ތަރައްގީކުރަން ކުރެވިދާނެ ކަންތައްތަކާއި އެ ކައުންސިލަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދަން މި ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އޭގެ ތެރޭގައި ވެހިކަލް ޕާކުކުރުމުގައި މާލެ އަށް ދިމާވެފައިވާ ދަތިތަކާއި މާލެ އަށް އަންނަ ޓޫރިސްޓުން ފަސޭހަކަމާ އެކު ކަންތައް ހަމަޖެހޭނެ ނިޒާމެއް ގާއިމްކުރުން ހިމެނޭ ކަމަށް ވެސް އެތަނުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ.އަހުމަދު ނާސިހު/ކެނަޑާ
21 August 2019
ސިޓީ ކައުންސިލުން ބުއްދި ރަންވަނީތޯ.؟؟؟؟
ޜޮޑް
21 August 2019
އެޑިޔުކޭޝަން މިނިސްޓަރުގެ ރޯލް އެއްނެތް ދެއްތޯ
ދޮންދީ
21 August 2019
ކައުންސިލްގެ އެންމެ ބޮޑު ޒިންމާއަކީ ޕާކިންގ ޒޯންތައް ހެދުން
ޢަފްލަ
21 August 2019
ޢެންމެފުރަތަމަ އަންހެނުން ޢައުރަ ނިވާކުރަން ދަސްކުރަންވީ ތިމާގެ ހަށިގަނޑުގެ ވަނާތައް ފޮތުވަންވީ ﷲ އާ އެކަލާނގެ ރަސޫލާ އެންގެވި ގޮތައް އުޅެންވީ ހެދުން އަޅަންވީ
ފުރާދު
21 August 2019
ވރަށް ރީތިވާނެ ވާހަކަތައް..މިހާރުވެސް 11ކައުންސިލަރުން ކޯޅެނީ ޖީބް ފުރޭނެ ގޮތްތައް ހޯދަން..އޭސީސީއަށް ކައުންސިލަރުންގެ މައްސލަވެސް ހަމަ އެތަނުންކައުންސިލަރުން ހުށައަޅައިފި.މަގުމަތީ ބާޒާރޔތައް އާދަޔާ ހިލާފަށް ގިނަވަނީ ވެސް ސަބަބުތަކެއް ހުރެގެން.
އިބޫ ސަރުކާރު
21 August 2019
މާލެ ސިޓީ ކައުންސިލް އިން ހިންގާ ކޮރަޕްޝަން އިންތިހާއަށް ބައެއް ކައުންސިލަރުން މިކަމާ ދެކޮޅު އެހެން ނަމަވެސް ކައުންސިލްގެ ވެރިން މޫނަކަށް ކަދުރާއަކަށް ބެލުމެއް ނެތި ލާރިޔާގެން.