ރާއްޖެ އަށް ވަގަށް އެތެރެ ކުރި ސައިކަލްތައް. --- ފޮޓޯ: ކަސްޓަމްސް
27 އޯގަސްޓް 2019 - 18:10
ދެ ކޮންޓެއިނަރެއްގައި ރާއްޖެ އަށް ވަގަށް އެތެރެ ކުރި 21 ވެހިކަލެއް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެތަނުން މިއަދު ބުނެފި އެވެ.
ކަސްޓަމުން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ އަށް ލަކުޑި އެތެރެ ކުރުމުގެ ނަމުގައި މިދިޔަ ހޮނިހިރު ދުވަހު ގެނައި ދެ ކޮންޓެއިނަރަކުން ތިން ކާރާއި ދެ ޕިކަޕާއި ދެ ވޭނާއި 14 ސައިކަލް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ. މި ވެހިކަލްތަކުގެ ސީއެންޑްއެފް އަގު 586،000ރ. އަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ކަސްޓަމުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ކަސްޓަމުން ބުނި ގޮތުގައި އިމްޕޯޓު ޑިއުޓީގެ ގޮތުގައި އެ ފައިސާ ދައުލަތަށް ލިބެން ޖެހެ އެވެ.
އެހެންވެ، މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ. އަދި އޮޕަރޭޝަން ހިންގުމަށް ފުލުހުން ދިން އެއްބާރުލުމަށް ކަސްޓަމްގެ ބަޔާނުގައި ވަނީ ޝުކުރު އަދާކޮށްފަ އެވެ.
މިފަދަ މައްސަލަތަކާ ގުޅިގެން ކަސްޓަމުން ފޯރުކޮށްދޭ ހިދުމަތްތަކާއި މުއައްސަސާގެ ނަޒާހަތްތެރިކަން ގާއިމުކޮށް ނެގެހެއްޓުމަށް އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް ފަސް ޖެހުމެއް ނެތި އަޅަމުންދާ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށް ވެސް ކަސްޓަމްގެ ބަޔާނުގައިވެ އެވެ.
އެނގިފައިވާ ގޮތުގައި ފުލުހުންނާއި ކަސްޓަމްސް އިން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކާރުތައް ހޯދީ، ހުޅުމާލޭގެ ގާކޮށި ސަރަހައްދުގައި ފޮރުވާފައި ހުއްޓަ އެވެ. އަދި އެ ވެހިކަލްތައް މާލެ ޕޯޓް ސަރަހައްދުން ނެރުނީ އިމްޕޯޓު ޑިއުޓީގެ ގޮތުގައި ދައުލަތަށް އެއްވެސް ފައިސާއެއް ނުދީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދު
30 August 2019
ކަސްޓަމަށް ވަގަށް ކާރާއި ލޮރީ ބޭރުކުރެވެންޏާ ދެން މިކޮމެންޓްކޮށް ވަގުތު ދުއްވުމަކީ ބޭކާރުކަމެއް
ނެތްތަ
28 August 2019
މިސަރުކާރުގައި ވަގަށް އެތެރެކުރި މިވެހިކަލްތައް ދޮވެ ސާފުކޮށްދޭނެ ކަނބަލެއް ނެތްތަ؟
އަޒުހަރު
28 August 2019
ކަސްޓަމްސް އިން ހިތައް އެރި ގޮތަކަށް މަގުމަތީގައި ބަހައްޓަފައި ހުރި ރައްޔިތުންގެ އަގު ބޮޑު މުދާ ގެންދަނީ ކޮން ހައްސިޔަތަކުންތޯ؟ ނުކިޔާ ތިބި ބަޔަކު މަގާމުތަކާއި ހަވާލު ވެގެން ހުރިހާ މުސީބަތެއް އަހަރެމެންނަށް
އަހުމަދު އަލީ
28 August 2019
މިވާހަކަ ކަސްޓަމްސް އިން ދައްކާ އިރު މި ކަމަކީ ވަގަށް ކުރި ކަމެއް ނޫން. ސީދާ ގުޅިގެން ކުރިކަމެއް. ދެން އަހަރެމެންނަށް ދުެއްޕާން ކުރަން ރެޖިސްޓަރި ކުރަން ޓްރާންސްޕޯޓަށް ހުށަހަޅާފައި އޮއްވާ އެޔެކޭ މިޔެކޭ ކިޔައިގެން އަހަރެމެންގެ ވެހިކަލް ގަނޑު އެ ޓޯ ކުރަނީ.
ކަލޫބެ
28 August 2019
ބޮޑެތި ރޭލު ދިޔަހެން ވާނުވާނޭގި ބޭރުކޮއްލާއިރު ޑުރަގު ގޯންޏެއް ބޭރުކޮއްްލަން ހާދަފަސޭހަވާނެޢޭދޯ؟ އެކަކުވެސް ނިދާފަކާއެއްނޫން. މިއީ ހަމަ ގުޅުފައިވާ ބޮޑެތިވަގުންގެ ވިޔަފާރިއެއް.
އަދީބު
28 August 2019
ތިޔަ މައްސަލަ ތަހުޤީޤު ކުރަން ޖެހޭ ކަމަކަށް ނުދެކެން. ނާ އެހެންޏަ! މަސް ބާނަނީ ކަނޑަށް ނިކުމެ މިވެނި އާލާތްތަކެއް ބޭނުންކޮށްގެންކަން އެނގޭ ފަދައިން، ވެހިކަލްތައް އެތެރެކުރިނަމަ އެ މީހުންނާއި އެތެރެކުރެވޭނެ ގޮތްތައް ވެސް ކަސްޓަމްސް އެންމެ އާދައިގެ އޮފިސަރަށް ވެސް އެނގޭ. އެހެންވީމާ، ކަމެއް ކުރަންޏާ ދެން އޮތީ ތި ވައްކަން ކުރި މީހުންނަށް އަދަބު ދިނުން. ތިފަދަ މީހުންނަށް އުމުރު ދުވަހު ވިޔަފާރި ރަޖިސްޓަރީ ނުކުރެވޭ ގޮތް ހެދުމަށް ފެނޭ.
ޕޯޓް
28 August 2019
ޕޯޓް ސަރަހައްދުން ތިވަރުގެ ކަމެއް ކުރި އިރު އެމްޕީއެލްގެ މީހުން ނިދާފަތޯ ތިބީ؟ ކަސްޓަމްސް ބޭފުޅުން ނިދާފަތޯ ތިބީ؟ ކޮންޓްރޯލް އޭރިއާއަކުން އެއްޗެހިބޭރުވާ އިރު ބޯޑަރ ކޮންޓްރޯލްގައި ތިބޭ ފަރާތްތަކަށް އެބަ އިނގޭތޯ ވާނުވާ؟ މިއީ ވެހިކަލް މިއަށް ވުރެ ކުދި އެއްޗެހި އަދި ކިހާ ފަސޭހަވާނެ ނެރެގެން ބޭނުންކުރަން ނުވަތަ ވިއްކަން.
ޛުހާ
28 August 2019
މިވަގަށް ގެންދިޔަކަނަމަކަށް ނުވާނެ. މިމުދަލަކީ ކަސްޓަމު އިފިސަރު ބަލާވެސް ނުލާ ދޫކޮށްފައި ހުރި މުދާ. ޢެކަމަކު ގޭޓް ފާސް ހެދި އޮންނަ އުސޫލު ތެރެއިން. މިގޮތައް ވެހިކަލް ޝައްކުވެޔޭ ކިޔާފައި ގެންދަން ކޯޓް އަމުރު ދިން ގާޒީއަށް ފިޔަވަޅު އަޅަން ޖެހޭ. މިހާރު މަގުމަތިން ނަގައިގެން އުޅޭ ވެހިކަލް އަކީ ކާކުގެ ކޯއްޗެއް ކަން ނޭގޭ ހުދި ކަސްޓަންސް އަށް ވެސް.
އަަންދ
28 August 2019
އިޖުރާތްތަކައި ހިލާފަތް ހެކި ނެތި ބައެއްގެ ހަރު މުދާ ކަސްޓަމސް އަށް ގެންދެވިގެން ނުވާނެ. ސަރުކާރުން ރަޖިސްޓަރީ ނުކޮށްދޭތީވެ މަގުމަތީގައި ބާއްވަފައި އޮއްވާ މިގެންދެވެންޖެހޭ ގޮތެއް ނޭގުނު.
ނަޒީހް
28 August 2019
ކަސްޓަމްގެ ނާގާބިލް ކަން. ޢެެތެރެ ކުރާ އަިރު ނުފެނޭ. ޥިއްކަން އައިބޭގައި ކާރު ޖެހީމަ ގާނޫނާއި ހިލާފަތް މަގުމަތިން ވަގަށް ވެހިކަލް މި ނަގަނީ. ކޮންފަދަ ބޮޑު މުސީބާތެއް. ނުވަންޏާ ގޭގައި ތިބެންވީނު
މުނީރު މުހައްމަދު
28 August 2019
ދެން ކާރު ނުގަނެ ހުރެބަލ އައިބޭއިން
އެހެން
28 August 2019
ކަސްޓަމް ކުދިން ނުބަލާނެތާ ލަކުޑިއޭ ޖަހާފަ އޮތީމަ. އެމީހުން ހީކުރަނީ އެއްޗެހި އެތެރެކުރާ މީހުންނަކީ އަލިފުންކަމަށް. ދޮގެއް ނުހަދާނެ ކަމަށް.
Haixen
28 August 2019
ކ އޮފިސަރުންނަކީ ކޮބާ؟ މިތަކެތި އެތެރެކުރަނީ ކޮންބައެއް؟ މިއީކީ އާންމުރައްޔިތަކަށް ކުރެވޭނެކަމެއްނޫން! މިވާގޮތަކީ ޝެއާބަހާލީމާ އެކަކަށް މާކުޑަފައިސާކޮޅެއް ލިބުނީމާ އޭނަ ރުޅިއައިސްގެން މިކަންތްށަ ރަސްމީކޮށް، ކަސްޓަމަށް ދައްކަންޖެހޭ ޑިއުޓީދެއްކުމަށް މަޖުބޫރުކުރުވަނީ.. ދެން މިކައަނީ ވަގުކާރު، ވަގުވެހިކަލް ނުވަތަ ވަގު ކޮންމެވެސްކަމެއް ހޯދައި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނަސްސިއޯއޯޢޯ..! ތިމަންނަގެ އަމިއްލަ ނަފސަށް ޚިޔާނާތްތެރިވަނީ...!!!
ޓިކޫ
28 August 2019
ތިއީ ހަމަ ތިކަން ހިގާނެ ގޮތް. މަޖިލިސް މެމްބަރުންގެ އިންވެސްޓްމަންޓް ކަމަށް ބެލެވޭ.