29 އޯގަސްޓް 2019 - 13:58
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަސްމީ މޮޓޯގޭޓުގައި ހިމެނޭ ބޮޑީގާޑުން ދުއްވާ ވެހިކަލެއް ބްރިޖް ހައިވޭގެ ޑިވައިޑާތަކުގައި ޖެހި އެކްސިޑެންޓް ވެއްޖެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެކްސިޑެންޓްވީ ރައީސް ތ. އަތޮޅަށް ފުރާވަޑައިގަތުމަށް އެއާޕޯޓަށް ދިޔަ މޮޓޯކޭޑެވެ.
އެކްސިޑެންޓް ހިނގި ވަގުތު އެ ވެހިކަލުގައި ސިފައިންގެ ބޮޑީގާޑުން ތިބި ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. ނަމަވެސް އެ ވެހިކަލްގެ ކުރީ ބަފަރު ނެއްޓި ވަނީ ގެއްލުންތަކެއްވެފަ އެވެ.
ހުޅުމާލެ އިން ބްރިޖަށް ދަތުރުކުރާ ހައިވޭގައި ހިނގި އެކްސިޑެންޓް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްލާހު
30 August 2019
މޮޓޯކޭޑުވީމަ ދުއްވަން ޖެހެނީ ދުންޖަހާފަ ....އެހެންވީމަ ވާގޮތް ތީ....
އިސްލާހިއްޔާ
30 August 2019
މޮޓޯ ކޭޑް ތަކުން ވަކި ޕޮރޮޓޮކޯލް ތަކެއް ފޮލޯ ކުރާން ޖެހޭ، މަގުން ދުއްވާ މީހުން ގަވާއިދާ އެއްގޮތަށް ދުއްވާ ނަމަ މިކަހަލަ ކަންތައްތް މަދުވާނެ!
ގޮރުގުނބާ
30 August 2019
ބުރިޖާއި ރާއްޖޭގެ ހުރިހާ މަގެއްގައި ކޮންމެ 10-15 މީޓަރަކަށް ބަންޕަރު ހަރުކުރަނިކޮށް ބާރަށް ދުއްވާކަށް ނުކެރޭނެ. އެއިރުން ވެހިކަލްތައް ދޫކޮށް ބައިސްކަލާއި ފައިމަގު ޚިޔާރުކުރަން ފަށައިދާނެ. ނަތީޖާއަކީ މީހުންގެ މުދަލާއި ފުރާނަ ސަލާމަތްވެ އިންޖީނު އުޅަދުތައް މަދުވެ ތިމާވެއްޓާއި ރައްޔިތުންގެ ސިއްހަތަށް ފައިދާކުރުން.
6މީދާ
30 August 2019
ތިމައްސަލަ ބަލާނިމޭއިރު ޑިވައިޑަރުކަންނެ ގޯސްވާނީ. ޑިވައިޑަރު ތޮށިމައްޗަށް ބަދަލުކުރުންވެސް ދުރެއްނޫން.
ދަހަނާ
29 August 2019
ކޮންކުރިޓުގަނޑުގަ ޖެހުނު ނަމަ އިނގުނީހީ ކިހާވަރެއްގެ ކަމެއްކަން. ނަސީބު ހަމަ ސަލާމަތްވިކަން
ސިމާޒާ
29 August 2019
ކޮޅިގަނޑެއްގައި ލައްވާލީ ދޯ.. ފޮނިބޮޑުކން
ރައީސް ނަޝީދު
29 August 2019
ސިފައިންނެއް ފުލުހުންނެއް ކިޔާނެކަމެއްނެތް، ކޮންޓްރޯލް ނުވާވަރަށް ނުދުއްވާ، ހެޔޮނުވާނެ! ކިރިޔާއެއްނު ރައްޔިތުންގެ އުންމީދުތައް ފެނުން ނުދިޔައީ!
ޞާދު
29 August 2019
26 ޖޫން 2018 ގައި ހަމަ ސިފައިންގެ މީހަކު ގަޑިއަކު 90 ކިލޯމީޓަރަށްވުރެ ބާރަށް މާލޭގެ މަގެއްގައި ދުއްވާ މީހެއްގެ ދުވަސް ދުއްވާލި. އަދި އަދަށް ދާންދެންވެސް އެމީހާ މިނިވަންކަމާއިއެކު އުޅެމުންދޭ!
ދަތްނެތްކުއްޖާ
29 August 2019
މިދާވަރުން ދަންޏާމު ބްރިޖު އާއި ޖެހިގެން ޗެކްޕޮއިންޓެއް ބްރިޖުއަށް އަރާ ފައިބާ ތަނުގައި ޤާއިމު ކޮއް މި ޗެކް ޕޮއިންޓް އަކީ މަސްތުވާ ތަކެއްޗަށް ޕޮސިޓިވް ނުވަތަ ނެގެޓިވް ތޯ ބެލުމަށްޓަކައި ޤާއިމު ކުރަން ޖެހޭ ޗެކް ޕްއިންޓް ތަކަކަށް ވެގެން ނޫނީ މިފަދަ ހާދިސާ ތަކެއް ނުހުއްޓުވޭނެ ކަމަށް ދެކެން. ކޮންމެ ވެހިކަލެއް ދުއްވަން އިންނަ ޑްރައިވަރެއް މަސްތުވާ ތަކެއްޗަށް ޓެސްޓް ކުރެވެންޖެހޭނެ. އޭރުން އޯކޭވީ!
ކިމް
29 August 2019
މިދެން ބޮޑުވަރު ދެން ކިހިނެއް އާމް މީހުންގެ ކަންތައް ހަލް ކުރާނީ..
ކިތާބު
29 August 2019
މިއީ ބިރުދައްކައް ގެން ގުޅޭ ވެހިކަލް އެއް..އެއްވެސް ބޭނުމެއް ހިފޭ އެއްޗެއް ނޫން