ކްރައިމް ސީން ރިބަން: މާލޭގެ މޮބައިލް ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައިގެން ވަދެ ވަނީ ވައްކަން ކޮށްފައި
07 ސެޕްޓެމްބަރ 2019 - 13:23
މާލޭގައި މޮބައިލް ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައިގެން ފިހާރައަށް ވަދެ ފޯނުތަކެއް ވަގަށް ނަގައިފި އެވެ.
ފުލުހުން ބުނީ މާފަންނުގައި ހުރި ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައިގެން ވަދެ ވައްކަން ކޮށްފައިވަނީ ރޭ ފަތިހު ކަމަށެވެ.
އެ ފިހާރައިން 18 ފޯނު ވަގަށް ނަގާފައިވާ ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށާއި އެކަމަކު އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި މިހާރު އެ މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބީކޭކޭ
07 September 2019
ތިކަމާކަންބޮޑުނުވޭ!! ތިކަންބެލޭވަރައް ހެއްކެއް ނުލިބޭނެ! ދާނީ ޗޮކުން!!
ބޮޑުމީހާ
07 September 2019
ތިކަންވެސް ހަވާލުކުރޭ ކޮންމެވެސް ކޮމިޝަނަކާ. ހަވާލުކޮށް 8 މަސްފަހުން އައުޓްސޯސްކޮށްގެން މައްސަލަ ބަލާނެ ފަރާތްތައް ހޯދާ
ސުލެއިމާން
07 September 2019
ތިކަމަކާ ކަންބޮޑުވާބަޔަކު އުޅޭބާ.
އަލިބެއްޔާގެދަރި
07 September 2019
ތިޔަ ވާނީ އައިސިސް މީހުންގެ ކަމަކަށް. ސޫދު ކައިރީބުނޭ އެމީހުން ހޯދަން
އަހުމަދުބޭ
07 September 2019
ކޮންމެ ކަމެއް ސިޔާސީ ކުރަން ނޫނީ ޖެއްސުމަށް ކުރީމަކާ އެހާ ސަޅިއެއްނޫން
ޔެލޯފީވާ
07 September 2019
އަސްލުވެސް. އައިސިސް މީހުންގެ ކަަމަކާ ވައްތަރީ. އިޒްރޭލް ނޫނީ ޔަހޫދީންގެ ވިސްނުން މިހާރު އޮތީ. ކޮންމެ ކަމެއް ވީމަ ޖަވާބަކަށް އައިސިސް.