ވިޔަފާރި / ރިޕޯޓް

މިފްކޯ އަބަދުވެސް ކަނޑުވެފައި!

ސެޕްޓެމްބަރު 17 ގައި މަސް ދޯންޏަކުން ފެލިވަރަށް މަސް ބޭރުކުރަނީ: މިހާރު މަސްވެރިންނަށް "ހަމަ އަގު" ލިބެނީ ސަރުކާރުން ފައިސާ އަޅައިގެން ---ފޮޓޯ: ހުސައިން ވަހީދު/މިހާރު

22 ސެޕްޓެމްބަރ 2019 - 10:45

11 comments

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އެ ޓްވީޓް ކުރެއްވުމާ އެކު، އިބްރާހިމް އާތިފް، އެއަށް ރައްދުދެއްވި އެވެ. ދެ ބޭފުޅުންގެ ހިޔާލު ތަފާތު ވެގެން މި އުޅެނީ، ސަރުކާރުގެ މަސް ކުންފުނި މިފްކޯ އިން، ޒަމާނުއްސުރެ ގެންގުޅެމުން އަންނަ ސިޔާސަތު، ކަނޑުވެ، ސަލާމަތްނުކުރެވޭ ހިސާބަށް ދިޔަ އިރު ވެސް ފިޔަވަޅެއް އެޅިފައި ނެތުމުންނެވެ.

މިއަދު މިފްކޯގެ އެ ހުރިހާ ކަމަކާ ހަވާލުވެ ހުންނެވީ، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރެއްގެ ހައިސިއްޔަތުން އަމްރު އެވެ. މަސްވެރިކަން ތިޔާގިވެ، ވިޔަފާރީގެ އުސޫލުން މަސް ގަތުމުގެ ގާބިލްކަން ނެތް އިރު ވެސް، ދިވެހި މަސްވެރިންގެ ހައްގުގައި ސަރުކާރަށް އޮތީ، 2008 ގެ ރިޔާސީ އިންތިހާބުގެ ކުރިން، މިފްކޯގެ އިސް އެތައް މަގާމެއް އާތިފް ފުރުއްވި އިރު ވެސް ގެންގުޅުނު ކުންފުނި "ކަނޑުވުމު"ގެ ސިޔާސަތު ކުރިއަށް ނެރުމެވެ.

މިދިއަ 10 އަހަރު ދުވަހު ރާއްޖޭގެ މަސްވެރިކަން ތިޔާގިނުވާ ވަރަށް މި ދުވަސްވަރު ދިވެހި ކަނޑުތަކުގައި ކަޅުބިލަމަސް ވަނީ ގިނަވެ، ފުރިފަ އެވެ. ބޮޑެތި މަސްދޯނިފަހަރު، 30 ޓަނުގެ މަސް ހިފައިގެން ކިރަން އަންނަ އިރު، މިފްކޯގެ ބޯޓުފަހަރާއި ސްޓޮރޭޖް އޮންނަނީ ފުރިފަ އެވެ. އެ ވަރުގެ ދެ ދޯންޏެއްގެ މަސް ކިރާލާ އިރު، ދުވާލަކަށް މިފްކޯ އަށް ބޭނުންވާ މަހުގެ އަދަދު ހަމަވީ އެވެ. ދެން ޖެހެނީ ގަތަސް ގެއްލުންވާ ގޮތަށް މަސް ނަގާށެވެ.

ސެޕްޓެމްބަރު 4 ގައި އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ބޮޑުތަނުން މަހުގެ އަގު ދަށްވެފައި ވިޔަސް "މިފްކޯ އިން މިދަނީ މަސްވެރިންގެ އަތުން މަސް ގަންނަ އަގަށް ބަދަލެއް ނުގެނެސް، ބާނާ ހުރިހާ މަހެއް ގަންނަމުން" ކަމަށެވެ.

އާތިފް އެއަށް ރައްދު ދެއްވީ، ފައިދާ ހޯދަން ހިންގާ އެސްޓީއޯ ފަދަ ކުންފުންޏެއް ބޭނުންނުކޮށް (އެސްޓީއޯގެ ނަމެއް ސީދާ ގެންނަވާފައެއް ނެތެވެ)، ސަބްސިޑީ ދޭ ވަކި އިދާރާއެއް މެދުވެރިކޮށް އެކަން ކުރުމަށް އެދިވަޑައިގަންނަވަމުންނެވެ.

އާތިފް ވިދާޅުވި ގޮތުގައި ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ކޮންމެ ގޮތަކަށް ހުއްޓަސް އެންމެ މަތީ އަގުގައި މަސް ގަންނާނެ ކަމަށް ހުރިހާ ސަރުކާރަކުން ވެސް ވައުދުވެ އެވެ. އަދި ހަމަ އެ ވައުދާ އެއްކޮށް، މިފްކޯ އަކީ ފައިދާވާ ކުންފުންޏަކަށް ހަދަން ވެސް ސަރުކާރުން މަސައްކަތްކުރެ އެވެ.

މަސްވެރިން ޒަމާނީ ތަރައްގީގައި، މިފްކޯ ހިންދެމިނުލެވިފައި!

އިގުތިސާދީ ގޮތުން ބަލާ ކަމަށް ވަންޏާ އެއީ ވާނެ ކަމެއް ނޫނެވެ. މިފްކޯގައި އެ ގާބިލްކަމެއް ނެތެވެ. އެސްޓީއޯ އިން އެ ހުރިހާ ބުރައެއް އުފުލާ ނަމަ، މިފްކޯއާ އެއްކޮށް އެސްޓީއޯއަށް ވެސް ކުރިމަތިވާނީ ގެއްލުމެވެ. ކުރީގެ ސަރުކާރުން އެސްޓީއޯގެ ބުރަކަށި މައްޗަށް މިފްކޯގެ ބުރަ ތިރިކޮށްލި އިރު، މިފްކޯއާ ހިލާފަށް އެސްޓީއޯއަކީ އާންމުންގެ ހިއްސާ އޮންނަ ޕަބްލިކް ލިސްޓެޑް ކުންފުންޏެކެވެ. ގެއްލުމުގައި މަސް ގަތުމަށް ސަރުކާރުން ކުރިން މިފްކޯއަށް ދޭ މާލީ އެހީ، މިހާރު ދޭން ޖެހޭނީ އެސްޓީއޯއަށެވެ. ނުވަތަ ސަރުކާރުން ފަހުން އެސްޓީއޯއަށް އެ ފައިސާ ދޭ ގޮތަށް ވެސް، އެ ސިޔާސަތު ކުރިއަށް ގެންގޮސްފާނެ އެވެ.

މިފްކޯއަށް މިހާރު ވެސް ބިލިއަނަކަށް ވުރެ ރުފިޔާގެ ގެއްލުން ވަނީ ވެފަ އެވެ. އެ ބިލިއަން ރުފިޔާ އަކީ ސަރުކާރަށް ވެސް އޮތް ބޮޑު ގެއްލުމެކެވެ.

މިޒަމާނުގެ މަސް ދޯނިފަހަރު ފުރާލައިގެން ބަނދަރުކުރާ އިރު އެ މަސް ކިރުމުގައި މިފްކޯ އާއި، ހުއްދަ ދީފައިވާ އެހެން ކުންފުނިތަކަށް އެ ދަނީ އޮބިނޯވެގެންނެވެ. ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި މަސްވެރިން ހޯދަމުން އަންނަ ތަރައްގީއާ ފައި ހަމަކޮށްލެވޭ ވަރުގެ ސިޔާސަތުތަކެއް ސަރުކާރުތަކަށް ހިންގިފައެއް ނުވެ އެވެ. އޭގެ އެއް މިސާލަކީ، 2002 ގެ ފަހުން އިތުރު ކުންފުންޏަކަށް ކަޅުބިލަބަސް ގަތުމުގެ ހުއްދަ ސަރުކާރުން ދީފައި ނުވުމެވެ.

އެކަމަކު މިދިއަ 17 އަހަރުގެ ތެރޭގައި ދިވެހި މަސްވެރިން ވަނީ މިފްކޯ އަށް ވުރެ އެތައް ތަނަކުން ކުރިއަރައިފަ އެވެ. ރާއްޖޭގެ މަސްވެރިކަން ތިޔާގިވެއްޖެ ނަމަ، މިފްކޯއަށް ހުރި ދަތިތައް ދައްކާލަން، މިދިއަ ހަފުތާގައި ނޫސްވެރިން ގޮވައިގެން ފެލިވަރަށް އަމްރު ކުރެއްވި ދަތުރުން އެނގުނީ، މިފްކޯއަށް ހިންދެމިލެވޭނެ ގޮތެއް ނެތް ކަމެވެ. ކިތައްމެ ވަރަކަށް މެނޭޖްމަންޓް ބަދަލުވިޔަސް، ސަރުކާރުގެ މައި ސިޔާސަތު ޒަމާނަށް ނުފެތެންޏާ ހައްލެއް ނެތް ކަމެވެ.

"ސަރުކާރުން ބިރުގަނޭ މަސްވެރިން ރުޅިއަތުވެދާނެތީ. އެހެންވެ ކޮންމެ އަގެއްގައި ވެސް މަސް ގަންނަނީ. އެކަމަކު ވާދަވެރިކަމަށް ފުރުސަތު ނުދީ އެކަމެއް ނުވާނެ،" ހާލަތުގެ ގޮތުން ނަން ނުޖަހަށް ޝަރުތުކުރައްވާ ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.

އެ ވާދަވެރިކަމަކީ އިތުރު ކުންފުނިތަކަށް މަސް ގަތުމުގެ ހުއްދަ ދިނުމެވެ. އެ ހުއްދަ ދޭ އިރު، ކުރީގެ ތަޖުރިބާތަކަށް ވެސް ސަރުކާރުން ވިސްނަން ޖެހޭނެ ކަމަށް، ތަޖުރިބާކާރުން ބުނެ އެވެ. މިސާލަކަށް، މާ ބޮޑެތި އިންވެސްޓްމަންޓްތަކެއް ނުކޮށް، މެދު ފަންތީގައި ފުރަތަމަ އެކަން ކުރަން ފެށުމެވެ. ރާއްޖޭގެ މަސްވެރިކަމަށް އަތުވެދާނެ ވެއްޓުމަކަށް ނުބަލައި، އޭރު ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްގެން، ބައެއް ކުންފުނިތައް ވަނީ އިނދަޖެހިފަ އެވެ. އެ ތަޖުރިބާ އަލުން ނުކުރާނެ ގޮތަށް އެކަމަކު އިތުރު ކުންފުނިތަކަށް މަސް ގަތުމުގެ ހުއްދަ ސަރުކާރަށް ދެވިދާނެ ކަމަށް، ބައެއް ތަޖުރިބާކާރުން ބުނެ އެވެ.

"މިހާރު މަސް ގަންނަ ކުންފުނިތަކަށް ވެސް އެބަ ދިމާވޭ މައްސަލަތައް. މިސާލަކަށް ސަރުކާރުން މިފްކޯއަށް ސަބްސިޑީ ދެންޏާ، މާކެޓްގައި މަހުގެ އަގު ހުންނަ ވަރަށް ވުރެ ބޮޑު އަގުގައި މިފްކޯއަށް ގަނެވިދާނެ. އެކަމަކު އަމިއްލަ ކުންފުނިތަކަށް ނުގަނެވޭނެ،" މަސްވެރިކަމުގެ އެހެން ތަޖުރިބާކާރަކު ވިދާޅުވި އެވެ.

މިފްކޯގެ މަސް ފެކްޓަރީ، ފެލިވަރު: މިތަނަށް މާ ބޮޑު ތަރައްގީއެއް އައިސްފައެއް ނުވޭ --މިހާރު ފޮޓޯ/ހުސެން ވަހީދު

އާ ގާނޫނަކީ އިތުރު ފުރުސަތެއް

ބައެއް މީހުން ބުނާ ގޮތުގައި މިފްކޯ މެދުވެރިކޮށް ކުރިންސުރެ ވެސް އެތައް ބަޔަކު ގެންދަނީ ނާޖާއިޒް ފައިދާ ނަގަމުންނެވެ. މިސާލަކަށް ބޮޑު އަގުގައި މަސް ގަނެ، ނުއަގުގައި ވިއްކަން ޖެހޭ މަސް ތައިލެންޑަށް ގެންދަނީ، އޭގެ ފަހަތުގައި ދިވެހި ބަޔަކު ތިބެގެން ކަމަށް ތުހުމަތުކުރެވެ އެވެ. އެހެންކަމުން ސަރުކާރުން ދޭ ސަބްސިޑީގެ ނާޖާއިޒް ފައިދާ، ކުރިންސުރެ ރޭވިގެން ނަގާ ބަޔަކު އުޅޭ ކަމަށް، އެއް ބަޔަކު ބުނެ އެވެ.

ދިވެހި މަހަށް "ހަމަ އަގު" ހޯދައިދޭން ސަރުކާރުތަކުން ވާ ވައުދު މިހާރު ފުއްދަމުން މި ގެންދަނީ ދެމެހެއްޓެނިވި ގޮތަކަށެއް ނޫނެވެ. ހަމަ އަގަކީ، ދުނިޔޭގެ ބާޒާރުގައި މަސް ގަނެވިއްކާ އަގެވެ. މަސް އަގު ބޮޑު ނަމަ މަސްވެރިންނަށް ވެސް ފައިދާ އެވެ. އެކަމަކު މަހުގެ އަގު ދަށަށް ހިނގައްޖެ ނަމަ، އެ ހަގީގަތް ވެސް މަސްވެރިންނަށް ގަބޫލުކުރެވޭނެ ދުވަހެއް އެބަ އަންނަން ޖެހެ އެވެ.

އެސްޓީއޯ އަށް މިއީ އުނދަގޫ ދުވަސްކޮޅެކެވެ. އެކަމަކު މިހާރު ފާސްކޮށްފައިވާ މަސްވެރިކަމާ ބެހޭ ގާނޫނުން އެސްޓީއޯގެ އެ ބުރަ ފިލައިގެން ދިއުމުގެ ފުރުސަތު އެބަ އޮތެވެ. އެ ގާނޫނުގެ ދަށުން ރާއްޖޭގެ މަސްވެރިކަމަށް އެކި ފެންވަރުގެ އިންވެސްޓްކުރެވޭނެ ގޮތް ވަނީ ހަދައިފަ އެވެ. އޭގެ ނަތީޖާއަކީ ކޮބައިކަން އެނގޭނީ، "ގޭދޮށު ފެކްޓަރީތަކާ"އި އެއަށް ވުރެ ފުޅާ ދާއިރާއެއްގައި ހަދާ ބޮޑެތި ފެކްޓަރީތައް ތަރައްގީކުރާނެ ބަޔަކު ވެސް ވެގެންނެވެ.

އަމްރު އާއި އާތިފްގެ ޓްވީޓްގައި ވިދާޅުވެފައި އެހުރީ މިހާރުގެ ހާލަތެވެ. ކުރީގެ ހުރިހާ ސަރުކާރުތަކުން ގެންގުޅުނު އެކަމަކު ބަދަލުކުރަން އޭރު ޖެހިލުންވި ސިޔާސަތުތަކުގެ ނަތީޖާ އެވެ. ސަރުކާރުގެ މައި މަސް ކުންފުނި މިފްކޯ އަބަދުވެސް ކަނޑުވެގެން އުޅެން ޖެހޭ ސަބަބެވެ.

11 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 0%
icon angry icon angry 88%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޕްރަމޯޝަން

23 September 2019

ކޮންމެ އިންތިޚާބަކަށް ކޫއްޑޫ ގެ މުވައްޒަފުންނަށް 4 ގުނަ ޕްރަމޯޝަން ދޭނެ ކުންފުނި އެއްކޮށް ދޮވެލާނެ ތިޔަ ތަނެއް ރަނގަޅެއް ނުވާނެ

The name is already taken The name is available. Register?

އެންދެރި

23 September 2019

ސަރުކާރު ކުންފުނި ތަކަކި ސިޔާސީ މީހުން އެލިބޭ 5 އަހަރުގަ މުއްސަނދި ވާން ބޭނުން ކުރާ ފުރުސަތެކެވެ. ސަރުކާރުން އެފުރުސަތުގެ ބޭނުން ކުރުން ހަނި ކުރަން ޖެހެއެވެ.

The name is already taken The name is available. Register?

ގެރިބޯ

23 September 2019

މި ސަރުކާރުވެސް އޮތީ ކަނޑުވެފައި.

The name is already taken The name is available. Register?

ކަރީޕައުޑަރ

23 September 2019

އަދިވެސް ޕާޓީނިޒާމް ގެނެވޭތޯ ބަލާ ކޮންމެ ބަޔަކު ވެރިކަމައް އައިސް ޕާޓީކުދިންކޮޅު ރުއްސަން ވަޒީފާ ދިނުމުގެ ހިތި ނަތީޖާ މިފެންނަނީ މިގައުމުގައި ގާބިލްކޮންމެ ދާއިރާޔަކުން ޑިގްރީ ހަދާފައިވާ ޒުވާނުން އެބަތިބި އެޒުވާނުންގެ ބޭނުން ނުހިފާ އެކްޓިވިސްޓުން ތަންތާގެ ވެރިންނައް ލީމަ ވާނެ 6 އެތި ތިވަނީ އަނެއްކޮޅުން ވެރިން ހިންގާ ކޮރަޕްޝަން މަސް އަލަތައް ނުބެލުމުގެ ސަގާފަތެއްގެ ދަށުން ގައުމު ހިންގުމުން ދިމާވާކަންކަން ވިސްނަވާ މިގައުމުގަ އޮއް 98އާގްބޯޓްތައް ކޮބ

The name is already taken The name is available. Register?

އޭޑީ

22 September 2019

މިފްކޯ ކޮޅަށް ޖެހުމަށް ކުރަންވީ ކަމަކީ ފެލިވަރާއެކު، އުތުރާއި، ދެކުނުގައި މިފްކޯގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީ ގާސިމްކުރަންވީ! އަދި 20 ކެރިއަރުގެ ފްލީޓެއް މުޅި ރާއްޖެއަށް ރުކުރުވާލުމާއެކު، އުތުރާއި، ދެކުނާއި، އަދި ފެލިވަރުގައިވެސް މަސް ބަންދުކުރަމުން ގެންދަންވީ! މިވަރުގެ އިންވެސްޓެއް 150 މިލިއަން ޑޮލަރުން ކުރެވެންޖެހޭނެ! އޭރުން މަސްވެރިކަމުގެ އާމްދަނީ ޓުއަރިޒަމެކޭ އެއްވަރުވީ!

The name is already taken The name is available. Register?

އިސްމާލި

22 September 2019

ސަރުކާރުން ވެއްޖެއްޖެ ރައްޔިތުންގެ ޓެކްސް ފައިސާއިން މިފްކޯއަށް ސަބްސިޑީ ދީގެން މަސްވެރިންނަށް ހައްގު ނޫން އަގު ދިނުން ހުއްޓާލަން. ބާނާ މަހަށް ހަމަ އަގު ދިނުމަކީ ރައްޔިތުންބެ ޖީބުން (ޓެކްސް ފައިސާ) މަސްވެރިންނަށް، ބާޒާރުއަަގަށްވުރެ މަތީން ދިނުމެއް ނޫން. ހަމަ އަގަގީ ދުނިޔޭގެ ބާޒާރަށް އަންނަ ލޮޅުންތައް މަސްވެރިންވެސް ބަލައިގަތުން.

The name is already taken The name is available. Register?

އިސްމާލި

22 September 2019

ކުރިން ކީ އާރޓިކަލް އެއްގައި އޮތް މިފްކޯއިން ބޮޑުއަގުގައި މަސްގަނެ ތައިލެންޑަށް ގެއްލުމުގައި ވިއްކާ ވާހަކަ. ގަންނަ އަދު ކިލޯއަކުން 2 ރުފިޔާ ވަރު ދަށްކޮށްލިއަސް މަސްވެރިންނަށް ވާނެ ގެއްލުމެއް ނޯންނާނެ. އެއީ ކުރިން މަދުން ބޭނިއިރު ލިބުން އަގުން ނުލިބޭބައި މިހާރު ގިނައިން ބާނައިގެން ހަމަޖެއްސޭނެތީ. މީގެ ބަދަލުގައި މިފްކޯގެ ދަރަނި އިތުރަށް ބޮޑު ނުވެ ރައްޔިތުންގެ ޓެކްސް ފައިސާ ރަނގަޅުގޮތެއްގއައި ބޭނުންކުރެވޭނެ.

The name is already taken The name is available. Register?

ފުންއަސަރު

22 September 2019

ދެބޭފުޅުންގެ ވާހަކައިން ބޮޑަށް ބުރަވެވެނީ އާތިފްގެ ވާހަކައަށް! އާތިފްގެ ވާހަކައަށް 100 ދެންޏާ އަމްރުގެ ވާހަކައަށް ދޭން މިޖެހެނީ 80 އެވެ! މަތީގާވާ ފޮޓޯއަށް ބަލާލަބަލާށެވެ. މަސްގެންގުޅުމުގާ އެއަށްވުރެ ތަސައްރުފު ފުދެން ވެއްޖެއެވެ، މަހުގެ ބޭނުންކުރަންވާށއިރަށް މަހުގެ ދުވަސް ދަނީއެވެ. މަސް އެއްލާލާ ކޮންމެ ފަހަރަކު އެއިން ބައެއް ނުވަތަ މަސް ޖެހޭތަން ހަލާކުވާނެއެވެ. އެކަންވެސް ދަންނަން ވެއްޖެއެވެ. ކަމެއް ރަނގަޅުކުރަންޏާ އާތިފްގެ ބަސް ގަބޫލުކުރާށެވެ!

The name is already taken The name is available. Register?

ކޮލަމާފުށި 2

22 September 2019

ޢެކޮއި ތިބުނީ ތެދަށް،

The name is already taken The name is available. Register?

ރަދީފު ބިންތު ކުމާރު ބިންތު މަރޭ

22 September 2019

މިފްކޯ ފުނޑިގެންދާއިރު އެސްޓީއޯ ފުނޑާނުލާތި. އޭރުން އާއްމު ވިޔަފާރިވެރިން ރައްޔިތުން އުލުބާންދާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454