ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު: މައުމޫނާ ދެކޮޅަށް ފުލުސް އޮފީހަށް ހުށަހެޅުއްވި މައްސަލައިގެ ތަހުގީގަށް ހާޒިރުކުރުމުން ވާހަކަ ދައްކަން ވަނީ ދެކޮޅު ހައްދަވާފައި. --ފޮޓޯ: މިހާރު
24 ސެޕްޓެމްބަރ 2019 - 12:10
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފައިސާ އަށް ޚިޔާނާތްތެރިވެވަޑައިގަތް ކަމަށް ތުހުމަތުކޮށް ފުލުސް އޮފީހަށް އޭނާ ހުށަހެޅުއްވި މައްސަލައިގެ ތަހުގީގުގައި އެއްވެސް ވާހަކައެއް ދައްކަވާނީ އެމަނިކުފާނާ އެކުގައި ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެ އެވެ.
މައުމޫންއާ ދެކޮޅަށް ޖާބިރު ފުލުސް އޮފީހަށް މައްސަލައެއް ހުށަހެޅުއްވީ އަނބުރާ ދައްކަވާ ގޮތަށް މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި 29 މިލިއަން ރުފިޔާ އޭނާގެ އަތުން ނަންގަވައި އެ ފައިސާ ނުދެއްވި ކަމަށް ވިދާޅުވެ އެވެ. އެކަމަކު މި ތުހުމަތު މައުމޫން އުފައްދަވާ ޕާޓީ، އެމްއާރުއެމް އިން ވަނީ ދޮގުކޮށްފަ އެވެ.
ޖާބިރު ހުށަހެޅުއްވި މައްސަލައިގައި އޭނާ ރޭ ފުލުސް އޮފީހަށް ހާޒިރު ކުރުމުން ތަހުގީގަށް އެއްވެސް ވާހަކައެއް ނުދެއްކެވި އެވެ.
އޭނާ ވިދާޅުވީ ފުލުހުންގެ ސުވާލުތަކަށް އެއްވެސް ޖަވާބެއް ނުދެއްވީ ފުލުސް އޮފީހުގައި މައުމޫން ހާޒިރުވެވަޑައިގެން ނެތުމުން ކަމަށެވެ.
"އޭގައި އޮންނާނެ ގޮތަކީ އަޅުގަނޑާ އެކު މައުމޫން ވެސް އިންނަވަން ޖެހިވަޑައިގަންނަވާނެ ފުލުސް އޮފީހުގައި. މައުމޫން ހާޒިރުކޮށްފައި ނެތީމަ އަޅުގަނޑު ވާހަކަ ދައްކަން ބޭނުން ނުވީ،" މައުމޫން އުފެއްދެވި ފުރަތަމަ ސިޔާސީ ޕާޓީ، ޑީއާރުޕީގެ ލީޑަރުކަން ވެސް ކުރައްވާ ޖާބިރު ވިދާޅުވި އެވެ.
ޖާބިރާއި މައުމޫން: މައުމޫންއާ ދެކޮޅަށް ޖާބިރު ހުށަހެޅުއްވި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން.
ޖާބިރު ވިދާޅުވި ގޮތުގައި ތަހުގީގާ ގުޅޭ ގޮތުން މައުމޫންއާ ވާހަކަ ދައްކަވާނެ އެވެ. ފުލުސް އޮފީހަށް ދެން ވަޑައިގަންނަވާނީ އޭގެ ފަހުން ކަމަށް ވިދާޅުވި އެވެ.
ޖާބިރުގެ ވާހަކަ ދޮގުކޮށް، އެމްއާރުއެމުން ބުނެފައި ވަނީ އޭނާ އެއްވެސް ފައިސާއެއް މައުމޫނަށް އަދި އެމްއާރުއެމްގެ ޓީމުގެ މީހަކަށް ވެސް ދެއްވާފައެއް ނުވެ އެވެ.
މައުމޫނާ ދެކޮޅަށް ޖާބިރު ފުރަތަމަ މައްސަލަ ހުށަހެޅުއްވުމުން ފުލުހުން ނުބެލި އެވެ. އެއީ، އެ މައްސަލައިގައި އެއްވެސް ހެއްކެއް ހުށަަހަޅާފައި ނެތުމުންނެވެ. ދެ ވަނަ ފަހަރަށް މައްސަލަ ހުށަހަޅާފައި ވަނީ ހެއްކާ އެކުގައި ކަމަށް ޖާބިރު ވިދާޅުވި އެވެ.
ޖާބިރު ވިދާޅުވާ ގޮތުގައި، ފައިސާ ނެންގެވީ މައުމޫންގެ އަމިއްލަ ގެކޮޅު މ. ކިނބިގަސްދޮށުގެ މޯގޭޖް ކުރައްވާފައި ކަމަށެވެ. އެ ފައިސާ ނުދައްކަވައިފި ނަމަ، ކިނބިގަސްދޮށުގެއާ ހަވާލުވާނެ ކަމަށް ވެސް ޖާބިރު ވަނީ ވިދާޅުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު.
29 September 2019
ޖާބިރަކީ މޮޔައެއްތަ ؟ ހުށަހަޅައިގެން ތިއުޅޭ މައްސަލަ ކުރިއަށް ގެންދާނެ ގޮތް އެނގޭނީ މައްސަލަ ބަލާ ފަރާތަށް. ޖާބިރަކަށް ނޫން. މަޖިލުގެ ގޮނޑި ހޯދަން ކީހާޅެން ފަރިއްސަށްވެ ޖާބިރު ފަހަތުން ކާށިދޫ މީހުން ދުވަން ނުފަށަނީސް ކޭބަލް ކާރުގެ ދަތުރުތަށް މޭދުކަނޑާލުން އެދެން. މިހާރު އެހުރީ އޯވަހެޑް ކޭބަލްތަށް ބަދަލު ކުރަން ޖެހިފައި،
ކޭބަލް ކާރު
29 September 2019
މީނާގެ ޑީއެންއޭ ޗެކްކުރަން ފެނޭ. ޖާބިރު ޒަކީއަކީ މޮޔަ ގޮލައެއް.
ތެއާސާ.
25 September 2019
ފުލުހުންނަށް މައްސަލަ ހުށަހަޅާފަ، އެ މައްސައެއް ފުލުހުން ތަހުގީގު ކުރާނެގޮތްވެސް ކިޔައިދެވޭތަ؟ އަންތަރީހެއް ނުވާނެތަ؟
ގައުމީދޫ
25 September 2019
މީޑިއާގެ ފަލަ ސުރުޚީތައް މިފަދަ މީހުންގެ އަމަލުތަކަށް ދޭންވެއްޖެނަމަ، މިގައުމުގެ ސުލްހަޔާއި އަމާންކަން ގެއްލި ފިތުނަ އާއްމުވެދާނެ! ދަރަނީގެ މުއާމަލާތްތަކަކީ ފުލުހުން ބަލަންޖެހޭ ޖިނާއީ މައްސަލައެއްނޫން. އަދި މީހަކި ކުރާ މިފަދަ ތުހުމަތުތަކަކީ މީޑިއާގެ ސަމާލުކަން ދޭންޖެހޭ ކަމެއްވެސް ނޫން.
ރަދީފް
25 September 2019
އަހްމަދު ޒަކީ.އިފް ޔޫ ނޯ ވަޓް އައި މީން.
މަހިތަށް އަރާ
24 September 2019
މީ ކިހާވަރަކުން ދާނެ މީހެ އްބާ!
ބޭބެ
24 September 2019
ފުލުސް އިދާރާ މިނިވަން ކުރަންޖެހޭއެބަ.
ވާގިރު
24 September 2019
މިނާ އަބަދުވެސް ފުލުހުން ކައިރީހުންނާނީ ހަނު
ޢަލީބެ
24 September 2019
މަޖިލީހުގައާއި ނޫސްތަކުގައާއި އެތަންމިތަނުގައި ތިވާހަކަ ދެއްކީ މައުމޫނު ހާޒިރުގައި ހުރެގެންތޯ؟ އަޅެފަހެ ހަމާގަބާމިހުރީ؟
ޢަބްދުﷲނާފިޒް
24 September 2019
"ތަހުގީގުގައި ދެން ވެސް ވާހަކަ ދައްކާނީ މައުމޫން ހާޒިރުކުރުމުން": ޖާބިރު، މީނާ މިހެން ބުނީ ފިސާރި ރަނގަޅަށް މޫނުގަ ފުއްޖަހައިގެން އިދެބާ!