މާލޭގައި ޕާކްކޮށްފައި އޮތް ޓެކްސީއެއްގެ ބިއްލޫރިގަނޑު ތަޅާލާފައި. ޕާކްކޮށްފައި ހުންނަ ވެހިކަލްތަކަށް ގެއްލުން ދިނުން ވަނީ އިތުރުވެފައި.
29 ސެޕްޓެމްބަރ 2019 - 14:56
މާލޭގެ އެކި ސަރަހައްދުތަކުގައި ޕާކްކޮށްފައި ހުންނަ ވެހިކަލްތަކުގެ ބިއްލޫރިގަނޑުތައް ތަޅައި، ވައްކަން ކުރުން ވަރަށް ބޮޑަށް އާންމުވެފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އަމިއްލަ ކާރާއި ޓެކްސީތަކާއި ޕިކަޕްތަކުގެ ބިއްލޫރިގަނޑުތައް ތަޅައި، އެ އިން ވައްކަން ކުރުން ފަހަކަށް އައިސް އިތުރު ވެފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި ރޭ އެކަނި ވެސް އެފަދަ ގިނަ މައްސަލަތަކެއް ފުލުހުންނަށް ހުށަހެޅި އެވެ.
އަމިއްލަ ކާރެއް ގެންގުޅެމުން އަންނަ މީހަކު "މިހާރު" އަށް ބުނީ، އޭނާގެ ކާރަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ގެއްލުން ދީފައި ވަނީ ކަލާފާނު ސްކޫލް ފުރަގަހުގައި ޕާކްކޮށްފައި އޮއްވައި އެވެ. ކާރުގެ ބިއްލޫރިގަނޑު ތަޅާލައިގެން، ކާރު ތެރޭގައި ހުރި ބައެއް ސާމާނު ވަގަށް ނަގާފައިވާ ކަމަށް އޭނާ ބުންޏެވެ.
މާލޭގައި ޕާކްކޮށްފައިވާ ޕްރައިވެޓް ކާރުތަކަކާއި ޓެކްސީތަކެއް. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
"ބެލެވޭ ގޮތުގައި އެ ކަން ކުރަނީ ގާބުރިއެއް ނޫނީ ދަގަނޑު ބުރިއެއް ބޭނުންކޮށްގެން. އަޅުގަނޑުގެ ކާރުން ފައިސާތަކަކާއި ސެންޓު ފުޅި ފަދަ ތަކެތި ވަގަށް ނެގި،" އެމީހާ ކިޔައި ދިނެވެ.
މާލޭގައި ފަހަކަށް އައިސް، ކާރާއި ޕިކަޕްތަކުގެ ބިއްލޫރިގަނޑު ތަޅާލައި ވައްކަން އިތުރުވަމުންދާތީ ބައެއް އާންމުން ވެސް ސޯޝަލް މީޑިއާގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މާލޭގެ ޓެކްސީ ސެންޓަރަކުން މިއަދު ބުނީ އެ ސެންޓަރުގެ ބައެއް ކާރުތަކަށް ވެސް ގެއްލުންދީ، ވައްކަން ކުރަމުންދާ ކަމަށެވެ. އަދި އެ ކާރުތަކުގައި ހުންނަ ވޯކީޓޯކީ ސެޓް ފަދަ ތަކެތި ވަގަށް ނަގާ ކަމަށާއި އެކަމުގެ ސަބަބުން ޑްރައިވަރުންނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ވެސް ސެންޓަރުން ބުންޏެވެ.
"އާންމުކޮށް މިކަން ކުރަނީ ޓެކްސީތައް މަގުމަތީގައި ޕާކްކޮށްފައި [ޑްރައިވަރު] ނިދަން ދާ ވަގުތުގައި. އަނެއް ދުވަހު ހޭލާ އިރު، މި ހުންނަނީ ގެއްލުން ދީފައި،" ސެންޓަރުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
މާލޭގައި ޕާކްކޮށްފައި ހުރި ކާރަކަށް ގެއްލުން ދީފައި. ---
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވެހިކަލްތަކަށް ގެއްލުންދީ ވައްކަން ކުރުން އާންމުވެފައިވާތީ އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އަދި އެފަދަ މައްސަލަތަކާ ގުޅިގެން މީގެ ކުރިން ބައެއް މީހުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެފަދަ މީހުން ހައްޔަރުކޮށް ތަހުގީގު ކުރަމުން މި ދަނީ،" އޮފިޝަލް ވިދާޅުވި އެވެ.
ޓެކްސީތަކުން ވައްކަން ކުރާތީ މީހަކު ފޭސްބުކްގައި ޖެހި ޕޯސްޓެއް.
މާލެ އަށް ނުތަކާ ވަރަށް އެއްގަމު އުޅަނދު ގެންގުޅުމުގެ ސަބަބުން ވެރިރަށް މާލޭގެ މަގުތައް ވަނީ ވަރަށް ބޮޑަށް ތޮއްޖެހިފަ އެވެ. މާލޭގެ މަގުތައް ތޮއްޖެހުން ކުޑަކުރުމަށް އެޅި އެއް ފިޔަވަޅަކީ މާލޭގައި ބޭނުންކުރާ، ހަތަރު ފުރޮޅުލީ ކޮންމެ އުޅަނދަކަށް ގަރާޖެއް ހުންނަން ޖެހޭ ގޮތަށް ގަވައިދެއް ހެދުމެވެ. އެއީ އެ އުޅަނދެއް ބޭނުން ނުކުރާ ވަގުތުގައި މަގު މަތީގައި ބޭއްވިޔަ ނުދިނުމަށްޓަކަ އެވެ. އެކަމަކު، މާލޭގައި އިންތިހާ އަށް ވެހިކަލްތަކުގެ އަދަދު އިތުރުވެ، މަގުތައް އޮތީ ވެހިކަލްތަކުން ފުރާލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮތަރު
30 September 2019
މިހުރިހާ ކަމެއްގެ ފެށުމަކީ މަސްތުވާތަކެއްޗަށް ޒުވާނުން ދެވިހިފުން. ޒުވާން ޖީލްތަށް ދަނީ ހަލާކުވަމުން. އެކަމާދެތެރޭ ސީރިޔަސް ވާންޖެހޭ. އެހެންނޫނީ ޤައުމުގެ މުސްތަގުބަލް ވަރަށް ބަނަވާނެ.
ަައަލީ ތަކުރު
30 September 2019
ކާރާ ޕިކަޕް ބިއްލޫރި އެކަންޏެއް ނޫން ތަޅަނީ ސައިކަލުގެ މަޑިދައްވެސް ފަޅަނީ. ޕޮލިހުން ހަވީރު ފިންޏައް ބުރުޖަހާ ބީދައިން މާލޭ މަގުތަކުގަ ބުރުޖަހަނީ އެނޫންވަރެއް އަދިނުވެ މާލެ ޕެޓްރޯލް ކުރުމުގަ.!
ދެރަވަރު
30 September 2019
މިތާ ކޮމެންޓް ކޮށްފައިވާ ގިނަ މީހުން ބުނެފައިވާ ގޮތުން ކާރުތަކުގެ ބިއްލޫރި ގަނޑު ތަޅާ ވައްކަން ކުރުމަކީ ކުރަންޖެހޭ ކަމެކެވެ. އެއީ އެ ކާރުތައް މަގުމަތީގައި ޕާކު ކޮށްފައި އޮތުމުންނެވެ. އެހެންވީމާ މަގުމަތިން ދަނިކޮށް ފޭރުމުގެ ޢަމަލެއް ހިންގިޔަސް މައްސަލައެއް ނެތްތާއެވެ. ފޭރުނީ އެ މީހެއްގެ ގޭގައި ހުއްޓަކާ ނޫނެވެ. ނުބައިކަމެއް ކުރުމުން އެކަންކުރި މީހާއަށް ހިތްވަރު ލިބޭގޮތަށް ވާހަކަ ދެއްކުމީ އެ ނުބައި ކަން ފަތުރަން މަސައްކަތް ކުރާ މީހެކެވެ.
މުހައްމަދު25
30 September 2019
ޖަލުތައް އިސްލާހުކުރާއިރު މިފަދަކަންތައް ހިގާނެ.. ހުރިހާކުއްވެރިން ދޫކޮއްގެން އަމާންކަން ޙޯދަނީ މި ސަރުކާރުން...
lord voldemort
29 September 2019
ތިޔައީ ވަރަށް ދެރަކަމެއް. ގަރާޖުތަކުގަ ހުންނަންޖެހޭ ވެހިކަލްތައް މަގުމަތީ ހުރުމަކީވެސް ދެރަކަމެއް.
ޓިއުސް
29 September 2019
ރަޖިސްޓްރީ ކޮށްފަހުރި ގަރާޖްތަކަށް ވައްދާ އެނޫނިއްޔަހައްލެއްނެއް
ކައުންސެލަރު
29 September 2019
ކުދިންނޭ ވާހަކައެއް ދައްކާނެކަމެއްނެތް! މިއޮތީ އިންސާފު ގާއިމުކޮށްދޭ ސަރުކާރޯ އައިސްފަ. މިހާރު އިންސާފުގެ މޫސުން ލައިގަނެގެން ތިޔައުޅެނީ ކާރު ޕިކަޕުފަދަ ތަކެއްޗަށް. އެލިބެނީ އިންސާފު؟ ވާވާ!
ދދދދ
29 September 2019
ތިބާވަތުގެ ވައްކަން ގިނަވަނީ ސްޓިކާ ޖަހައިގެން ލާރި އެއްކުރުން ނޫން ކަމެއް ފުލުހުންނާ ހަވާލު ކުރެވިފަ ނެތީމަ.
ނިިބޫ
29 September 2019
ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓްރީކޮށްފަ ހުންނަ ގަރާޖުގައިތަ ކާރުއޮތީ؟ މައްސަލާގެ ހުރިހާ ދިމާލަކަށްވެސް ނަޒަރުހިންގާ... ފުރަތަމަ ގަރާޖުކޮބާ؟
ޒަފުނާ
30 September 2019
ގަރާޖުތައް ހުންނަނީ ޓްރާންސްޕޯޓްގައި ތިބޭ ކަރަޕްޓް މީހުންގެ ޖީބުތަކުގައި އާއި މާލޭ ބަންޑާރަ ބިމުގައި އިމާރާތް ހަަދައިގެން ބޮޑުކުއްޔަށް ދޫ ކޮށްފައިވާ މީހުންގެ ގަލަމުތުނޑުން އުފެއްދި ތަންތަނުގައި.
އައިސާ
30 September 2019
ތިބުނަނީ ގަރާޖުގަ ޕާކު ނުކުރަންޏާ އެއިން ވައްކަން ކުރަން ޖެހޭނެ އޭ؟ ތިކަހަލަ ވިސްނުން ގިނަމީހުން އުޅޭތީ މިރާއްޖެ ހަލާކުގެ ތެރެއަށްދަނީ
ބޭޗާރާ
29 September 2019
ޖަޒީރާވަންތަކަން އަރާއަރަފޯދި މޭވާ އަންނަނީ. ކުށްވެރިންނަށް އުފަލާއި ބާއްޖަވެރިކަން ހުރި. ހައްގުތައް ކުރިލައި ހެދެނީ. ނިމުނީ ނޫންތޯ.
މަގުފުޅާޓިނު
29 September 2019
ބޭޗާރާ ތިއުޅެނީ ގެއްލުނު އެއްޗެއްގެ ބޮޑު ކަމުން ހަމަ ރަނގަޅަށްވެސް ބޭޗާރާ ވެގެން، އާނފަހެ މޫސުން ގޯސްވިއަސް ޖަޒީރާވީ، މަސްވެރިކަން ދަށްވިއަސް ޖަޒީރާވީ، ތިހިރީ ހަމަ ރަނގަޅަށްވެސް ވާތާވެފަ ބޭޗާރާ.