އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ހުސައިން ޝަހީމް (އަނދުން ހުސައިން) މަޖިލިހުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް
30 ސެޕްޓެމްބަރ 2019 - 13:16
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނުވަތަ ސަރުކާރަށް ކަމެއް ނުވާކަން ދައްކަން އެއްވެސް ވުޒާރާއަކުން މަސައްކަތް ނުކުރުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ސަރުކާރު ކޯލިޝަންގެ އެހެން ޕާޓީތަކަށް އިންޒާރު ދެއްވައިފި އެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މަޖިލިހުގައި މިއަދު ބަހުސް ކުރައްވަމުން ހުސެއިން ވިދާޅުވީ "މިވެނި ކަމެއް ވާންޖެހޭނެ" ކަމަށް ސަރުކާރުގެ މިނިސްޓްރީތަކަށް އެންގީމަ، "ބޮނޑު ނަގުލަށް ފިތާލައިގެން ތިބުން" އެއީ މަޖިލިހުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.
މި މަހުގެ 20 ވަނަ ދުވަހު ހެންވޭރުގައި ހިނގި އަލިފާނުގެ ހާދިސާ އަށް އިޝާރާތް ކުރައްވައި އަނދުން ހުސެއިން ވިދާޅުވީ އެ ހާދިސާގައި 400 އަށް ވުރެ ގިނަ މީހުން މަގުމަތިވި އިރު، ސަރުކާރުގެ ބޮޑެތި ކުންފުނިތަކުން ކުޅިބަލަން ކަމަށާއި އަނެއް ބަޔަކު ތިބީ އަތް ޖަހަން ކަމަށެވެ.
"ފަނަރަ ދުވަސް ވެގެން ދަނީ އަދި ތަން ސާފުކޮށް ނުނިމޭ،" އަނދުން ހުސެއިން ވިދާޅުވި އެވެ.
ހުސެއިން ވިދާޅުވީ މާލޭގައި ހުރި ގުދަންތައް ބަދަލުކުރަން ސަރުކާރުން ވަކި މުއްދަތެއް ދީފައި އޮއްވައި އެކަން ނުވާ ނަމަ، އެ "ތަންތަނުގައި ތިބޭނެ ކަމެއް ނެތް" ކަމަށެވެ. އަދި ކަންކަން ނުވާ "ކަމާ ބެހޭ މީހުން ގޮސް ތިބެންވީ ގޭގައި" ކަމަށް ވެސް ހުސެއިން ވިދާޅުވި އެވެ.
"ހެޔޮވަރު ބޯހިޔާވަހިކަމެއް ރައީސުލްޖުމްހޫރިއްޔާ ދެއްވަން ވިދާޅުވީމަ އެކަން ހިނގަން ޖެހޭ. އެކަން ނުކުރެވޭ މިނިސްޓަރު ވެސް ދާންވީ ގެއަށް،" އަނދުން ހުސެއިން ވިދާޅުވި އެވެ.
ކޯލިޝަން ސަރުކާރެއްގެ ގޮތުގައި އޮތް އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާ ޖައްސަން އެހެން ޕާޓީތަކުގެ ވެރިން މަސައްކަތް ކުރަމުންދާ ކަމަށާއި އެކަން މިހާރުން މިހާރަށް ހުއްޓާލުމަށް ވެސް ހުސެއިން ގޮވައިލެއްވި އެވެ.
"މިކަން ކުރެވޭނެ ކަމަށް ހިތައި އުޅުމަކީ ފޫނެތް ފަޔަށް ފެން ފުރުން،" ހުސެއިން ވިދާޅުވި އެވެ.
ހުސެއިން ވިދާޅުވި ގޮތުގައި ކޯލިޝަންގެ އެހެން ޕާޓީތަކަށް ހިއްސާގެ ގޮތުގައި ދީފައި އޮތީ އެކަށީގެން ނުވާ ބޮޑު އަދަދެކެވެ. އެހެންވެ، އެމްޑީޕީ ފިޔަވައި ސިޔާސީ އެހެން ޕާޓީތަކަށް ދީފައި އޮތް ހިއްސާއާ މެދު ގޮތެއް ނިންމައިދިނުމަށް ރައީސަށް މަޝްވަރާ އެރުވިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހުސެއިންގެ ވާހަކަ ނިންމަވާލެއްވީ ކޯލިޝަން ޕާޓީތަކުގެ ވެރިން ފަހަތަށް ޖެހިވަޑައިގަތުމަށާއި "އިމުގައި" ތިއްބެވުމަށް ނަސޭހަތްތެރިވަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނީރާ
01 October 2019
ބެރު ޖަހާ ކޮންމެ މީހަކީ ނުކިޔަވާ ހުންނަ މީހެއްނޫން އިނގޭތޯ.
ހަތްދިހަފަހެއް
01 October 2019
ތިޔަ ބުނާކަމެއް ކުރަނީވެސް އެމްޑީޕީގެ މީހުން މުޅިގައި ރީންދޫވެފައި ނުވަތަ މަގާމު ރީދޫކޮށްގެން އުޅޭ މިނިސްޓަރުންނާއި ނުކިޔަވައިތިބި އެމްޑީޕީގެ ޓަގުން ސިޔާސީ އެކިމަގާމުތަކުގައި ގިނައިން ތިބި މިނިސްޓްރީތަކުން ތިކަންފެންނާނީ މިސާލަކަށް ހެލްތު މިނިސްޓްރީގައިވެސް އެޑިޔުކޭޝަންގައިވެސް ތިބޭނެ ބެރުިޖަހަން އުޅުނުމީހުން
އަސްލަންޓޭ
01 October 2019
މަށަކަށް އެތަން ސާފެއްވެސް ނުކުރެވުނު! މީހުންތަކަށް ހިޔާވަހި ކަމެއް ވެސް ނުދެވުނު! އެއްވެސް ޒިންމާއެއްވެސް ނުނެގުނު! ދާންވީ ދޯ ގެޔަށް
އަލިބެއްޔާ، އެކުވެރިސުވައިދީބް
01 October 2019
އެމްޑީޕީ ކުދިން އަބަދުވެސް ކޮސްތަޅާނެ. ކޮސްވާހަކަ ދައްކާނެ.
ފަހީމާއިބުރޭ
01 October 2019
ތިޔަހެން ބުނީ ކާކުތޯ ބަލާކަށްނެތީމެވެ. ތިޔަ ބުނީ ކީކޭތޯ ބަލާލަން ބޭނުމެވެ.ޤާސިމް އެވިދާޅުވަނީ ނޫންތޯ މިއުޅެނީ ވެރިކަން ވައްޓާލާކަށް ނޫނޭ ، މާތްﷲ ދެނެވޮޑިގެންވޭ އެކަމުގެ ޙަޤީޤަތްވެސް، އެހެންބުނާ ބޭފުޅާގެ ހިތްނިޔަތްވެސް އަދި މާޒީގައި އެބޭފުޅާ ކަންކުރެއްވިގޮތްވެސް.ވަޒީރުކަން ކުރައްވާ ބައެއް ބޭފުޅުން ދިދަޖެހި ކާރުކޮޅުގައި އުޅުއްވުމާ ، ޕްރައިމަރީ ވާޖިބް ދޫކޮށް ތިމާ މަޝްހޫރުވެވޭތޯ އުޅޭތަން މިފެންނީ ، ޑެލިވަރ ކޮށްބަލަ އާދޭސް މި ދަންނަވަނީ ޑެލިވަރޕްލީޒް
ކަޅިރަވަ
01 October 2019
ހެޑްލައިނަށް ވާހަކަ ދޫކުރުމަކީ އަމިއްލަ އެދުން ދައްކުވައިދޭކަމެއް. ރަގަޅު ވިސްނުމެއްގައި ކުރިއަރުވަން ބޭނުންވާ ފަރާތަތަކުން ޢަމަލީ ސިފައެއްގައި އެކަން ކުރާނީ. ތިޔައީ ޕާޓީގެ ތަންފީޒީ ކަންަތައްތަކުގެ ތެރެއިން ކަމެއްކަން ނޭނގޭމީހަކު ނެތް މިހާރަކު.
ނީރާ
30 September 2019
އަނދުން ހުސައިން އެ ދެއްކީ ދައްކަން ޖެހޭ ވާހަކަ. އެއީ އަހަރެމެެން ދިވެހި ރައްޔިތުން ދައްކަން ބޭނުންވާ ވާހަކަ. އެވާހަކަޔާ ރަދީފުމެން ހިތްހަމަ.ނުޖެހޭނަމަ ކޮންމެ ދުވަހަކު މާލެ ވަށާ ދުވެލާ. އޭރުން އެވާހަކަ ރަދީފުވެސް ދައްކަން ބޭނުންވާނެ. އޭރުން ސައިޒު އޮޅިފަހުރީ ރަދީފުމެންނަށްކަން އަމިއްލައަށް.އިހުސާސްވާނެ.
ޝޮކްތެރަޕީ
30 September 2019
އެމްޑީޕީއަކީ ފުޑިފައޮތް ޕާޓީއެއް ޤާސިމްމެން އެހީނުވިނަމަ އެމްޑީޕީއަކަ ވެރިކަމެ ނުލިބުނީސް.
ގޯސް
30 September 2019
ފުރަތަމަ އޮފީސްތަކުގަ ކުރީސަރުކާރަށް ކެމްޕޭން ކުރުމަށްފަހު މިހާރުގެ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުން ވަކިކުރޭ. ޢެމީހުން ކުލަ ބަދަލުކުރީ އެކަމަކު އިހްލާސްތެރިކަމެއްނެތް. ޢެކަމަކު އެމީހުންނަށް ސިޔާސީ ނަގާމުތައްދިނީ މަޖިލިސް މެމްބަރުން ބާރުއަޅައިގެން. ދެނޯ.
ބޯސް
01 October 2019
ކުރީ ސަރުކާރަށް ކެމްޕޭން ކުރާކަން ދެއްކިގެން މިސަރުކާރަށް ވެދިން އެހީގެ ބަދަލު މިސަރުކާރުން ދެނީ.
ލައްކަވާހަކަ
30 September 2019
ެއަދިވެސް އެމްޑީޕީއަށް އެކަނި ވެރިކަމެއް ނުލިބޭނެ.
ޑޮކްޓަރ ނާން
30 September 2019
ސަހާދެއް؟ ގާނޫނު ބަދަލު ކޮށްލީމަ ނިމުނީ. ޢެންމެ ގިނަ އިން ވޯޓު ލިބޭ ޕާޓީއަށް ވެރިކަން ލިބޭ ގޮތަށް ލޮލް