ތިނަދޫގައި ބަޔަކު މުޒާހަރާ ކުރަނީ: ދީނަށް ފުރައްސާރަކޮށްގެން އެ ރަށުން މީހަކު ވަނީ ހައްޔަރުކޮށްފައި
03 އޮކްޓޯބަރ 2019 - 19:53
ދީނަށް ފުރައްސާރަ ކުރި މައްސަލައެއްގައި ގދ. ތިނަދޫން މިދިޔަ މަހު ހައްޔަރު ކުރި މީހާ އަށް ކައުންސެލިން ދެމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުސް އޮފީހުން މިއަދު ބުނީ، ދީިނަށް ފުރައްސާރަކޮށް ސޯޝަލް މީޑިއާގައި ޕޯސްޓްތައް ކުރި އުމުރުން 38 އަހަރުގެ އެ މީހާ އަށް ކައުންސެލިން ދެނީ އިސްލާމިކް މިނިސްޓްރީން ކަމަށެވެ. އެކަމަކު، އޭނާ ހުރީ ހައްޔަރުކޮށްފައި ކަމެއް ފުލުހުން ޔަގީންކޮށެއް ނުދެ އެވެ.
ފުލުސް އޮފީހުން ބުނީ އެ މީހާގެ ސައިކޮލޮޖިކަލް އެސެސްމެންޓެއް ހެދުމަށާއި އިސްލާމިކް މިނިސްޓްރީގެ ކައުންސެލިން ސެޝަންތަކަށް ދިޔުމަށް އޭނާ މިހާރު ހުރީ، ފުލުހުންގެ ބެލުމުގެ ދަށުން މާލޭގައި ކަމަށެވެ.
ތިނަދޫ ކައުންސިލުން ބުނެފައިވާ ގޮތުގައި ދީނަށް ފުރައްސާރަ ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހާ އެ ރަށަށް ދިރިއުޅުން ބަދަލު ކުރީ ވަރަށް ފަހުންނެވެ. މާލޭގައި ދިރިއުޅުނު އެ މީހާ އެ ރަށަށް ބަދަލުވީ ދީނަށް ފުރައްސާރަކޮށް އުޅޭތީ ލިބޭ އިންޒާރުތަކާ ގުޅިގެން ކަމަށް، ރަށު ތެރޭގައި ދެކެވޭ ވާހަކަތަކާ ހަވާލާދީ ކަމަށް އެތަނުން ބުނެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޫހި
05 October 2019
ޢެމްޑީއެން މީހުންނަށްވެސް ކައުންސެލިން ދީ ބަލަ!
ޑިމޮކްރަސީ
04 October 2019
ދީނަށް ފުރައްސާރަކޮށް މީހުންމަރާ ނުވިތާކަށް ދީނުގައިލެއްވިހާ ޙަރާމްކަމެއްކުރީމަ މިވަނީ ސައިކޮލިޖިކަލް މައްސަލަހުންނަ މީހކަށް މީކިހާދެރަކަމެއް ކީއްވެތަ މިކަހަލަ މީހުން ހިފާ ހައްޔަރުކޮށް އިސްލާމްދީނުގެ އެއޮންނަ އަދަބުތައް ނުދެވެނީ 100%މުސްލިމް ޤަވްމެކޭ ކިޔާތީ ލަދުގަނޭ
ސާބަހޭ
05 October 2019
އޭނަ އިސްލާހުވޭތޯ މަސައްކަތް ކުރަންޖެހޭ.
އާދަންބެ
04 October 2019
ދީނަށް ފުރައްސާރަ ކުރުމުގައި އޭނަ އުޅޭތާ ލައްކަ ދުވަސް ވެއްޖެ. ކައުންސެލިން ދީގެންވެސް އޭނަ ރަނގަޅުވެއްޖެއްޔާ ކިތަންމެގާވެސް ރަނގަޅު
ހުސެން
04 October 2019
އިސްލާމިކް މިނިސްޓްރީން ކުރާ ކަންކަމުގެ މަޢުލޫމާތު ހާމަކުރުން މިހާރު ފުލުހުންނަށްތަ އޮނަންނަނީ!
ކޯޑިނޭޓަރ
04 October 2019
އޭނަ އަށް ކައުންސެލިންނެއް ނޫން ދޭންވީ ކައުންސެލަރުކަން ،
ޖޫލިއާން
04 October 2019
މީގެފަހުން ޒޯނުން ބޭރުގަ ސައިކަލް ޕާކުކުރިއަސް ދޭންވާނީ ކައުންސިލިން. އެވެސް ސައިކަލަށް.
ޖޫލިއާން
04 October 2019
ވައްކަންކުރީމަ ލަނީ ޖަލަށް، އެއީ ގާނޫނުގަ އޮންނަގޮތް. ހަމަ އެގާނޫނުގަ ދީނަށް ފުރައްސާރަކުރުން މަނާ، އެކަމަކު ދައުވާނުކޮށް ދެނީ ކައުންސެލިން؟ ގާނޫނު ތަންފީޒުނުކުރެވެންޏާ އިސްތިއުފާދީފަ ގެއަށްދޭ.
ބޮޑުމީހާ
03 October 2019
ދީނީ ކަންތައްތަކާއި ގުޅިގެން މިހިގާ ކަންތައްތަކަކީ ބަޔަކު އަޑީގައިތިބެގެން ދިވެހިންގެ ރިއެކްޝަންސް ބަލަން ހިންގާ ޖަރީމާތަކެއްކަން ލަފާކުރެވޭ. ސިޔާސީ ހަރަކާތްތައްވެސް ފެށިގެންއައީ މި އުސޫލުން. ދީނަށް ފުރައްސާރަކުރާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅެންވާނެ
ގޮހޮރުކުޑޭ
03 October 2019
ދީނަށް ފުރައްސާރަކުރީމަ އެވީ މޮޔަމީހަކަށް ކައުންސިލިންދީ
މަބުނީ
03 October 2019
ހައްދުފަހަނަޅާ ދިއުމުން ތަންތަނަށާއި މީހުންގެ ފުރާނަޔަށް ނުރައްކާ އެހެންވީމަ ހައްޔަރުކުރަނީ.
އެންދެރި
04 October 2019
ދީނައް ފުރައްސާކޮށް ދީނުން މީހާ ބޭރު ވުމަށް ވުރެ ވަކިން ބޮޑު ހައްދު ފަހަނަ އެޅެއް ކޮބާތޯއެވެ.؟
ބޭކާރު
04 October 2019
ކުފުރަކީ މީހުންމެރުމަށް ވުރެ ނުބައިކަމެއް.