ފުލުހުން ތަމްރީނުތަކެއްގައި ހަރަކާތްތެރިވަނީ.---ފޮޓޯ: ޕޮލިސް
05 އޮކްޓޯބަރ 2019 - 19:46
ފޮޓޯތަކެއް ލީކްކޮށްލާނެ ކަމަށް ބުނެ ބިރު ދައްކައިގެން އަންހެނަކާ މެދުގައި ބަދުއަޚުލާގީ އަމަލު ހިންގި މީހަކު ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ފޮޓޯތަކެއް ލީކްކޮށްލާނެ ކަމަށް ބުނެ ބިރު ދައްކައިގެން 19 އަހަރުގެ ދިވެހި އަންހެނަކާ މެދު ގަދަކަމުން ބަދު އަޚުލާގީ އަމަލު ހިންގި މައްސަލައިގައި ހައްޔަރު ކުރީ 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އެމީހާ ހައްޔަރު ކުރީ ރޭ 12:15 ހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުންއަސަރު
06 October 2019
ގިނަފަހަރަށް ކަންކަން ގޯހުން ގޯހަށްދަނީ ތިމާއަށްވެސް އުޅެވޭގޮތުން. މީހަކާ ރައްޓެހިވިޔޭކިޔާފާ ތިމާގެ ހުރިހާއެއްޗެއް އެމީހަކަށް ހިބައިން ދޭކަށް ނުޖެހޭ. އިންނާނަމޭ އިންނާނަމޭ ކިޔާ ފަސް ހައަހަރުވާއިރު އިންނަތަނެއް ނުފެނޭ. މުޅިންވެސް ލަދުވެތި އަމަލު. މިހާރުގެ ގިނަކުދިންނަކީ މީހަކާ ރައްޓެހިވާހިސާބުން އެމީހެއްގެ ހައްގަކަށްވެ ނިމޭ ކުދިން. އެގޮތް އަޅުގަނޑުމެން މައިންބަފައިންނަށްވެސް ކަމުގޮސްފި. މިގޮތަށް ކަންތައްވާންފެށީމާ ފަޅާނޭރިޔަސް އަމަލުތައް ހައްދު..
ޕޮލިހަށް
06 October 2019
އާންމުކޮށް ވެސް ހަދަނީ އެހެން ދޫކޮށްލާނެ.މަައްސަލަ އޮންނާނެ ކުރިއަށް ނުގެން ގޮސް. ދެން ސިންޕަތީ ފީލް ވާނެ އެކަން ކުރި މީހާ އާ ދޭތެރެ މާ ބޮޑަށް. މީ މި މީހުންގެ ހާލަތު.
ދެން
05 October 2019
ދެން މާދަން ދޫކޮށްލާ.