ގައިދީންތަކެއް، މާލޭގެ މަގު ހެދުމުގެ މަސައްކަތް ކުރަނީ.-- މިހާރު ފޮޓޯ
09 އޮކްޓޯބަރ 2019 - 11:36
ރާއްޖޭގެ އެކި ޖަލުތަކުގައި ތިބި ގައިދީންތަކެއްގެ ކަންބޮޑުވުންތަކެއް ހުށަހަޅާފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލިހުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ ވޭތުވެދިޔަ ތިން މަހެއްހާ ދުވަހުގެ ތެރޭގައި އެކި ޖަލުތަކުގައި ތިބި ގައިދީންގެ ކަންބޮޑުވުންތައް ބަޔާންކޮށް 16 ސިޓީއެއް އެމަނިކުފާނަށް ލިބިފައިވާ ކަމަށެވެ. އެކަމަކު، ސިޓީގައި އޮތް ވާހަކަތަކުގެ ތަފްސީލެއް ނަޝީދު ނުދެއްވަ އެވެ.
ނަޝީދު ވިދާޅުވީ އެ ސިޓީތަކުގައި ހުރި މައްސަލަތައް ބެލުމަށްޓަކައި މަޖިލިހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީ އަށް ފޮނުއްވަން ނިންމަވާފައިވާ ކަމަށެވެ.
ޖަލުގައި ގައިދީންނަށް ލާއިންސާނީ އަނިޔާކުރާ ކަމަށް ޖަލުތަކުގެ ހާލަތު ދެނެގަތުމަށް މި ސަރުކާރުން އެކުލަވާލި ޖަލު އޮޑިޓް ކޮމިޝަންގެ ރިޕޯޓުގައި ވެސް ސާފުކޮށް ބުނެފައިވެ އެވެ. ކޮންމެ ގައިދީއަކަށް ދައުލަތުން މަހަކު 15،000ރ. ހޭދަވާ އިރު، ޖަލަކީ އިންސާނުން ދިރިއުޅެން އެކަށީގެން ނުވާ ތަނެއް ކަމަށާއި ގައިދީންނާ ދޭތެރޭގައި އިންތިހާ އަށް ތަފާތުކުރުން ގެންގުޅޭ ކަމަށް ވެސް އެ ރިޕޯޓުގައި ވެ އެވެ.
ޖަލު އޮޑިޓް ކުރި ކޮމިޝަނުން ލަފާ ދީފައި ވަނީ، ގައިދީންނާ ދޭތެރޭގައި މިހާރު އަމަލުކުރަމުންދާ އުސޫލްތައް ވީހާ ވެސް އަވަހަށް ބަދަލުކޮށް ޖަލުތައް ހިންގުން ހަރުދަނާ ކުރުމަށެވެ. އެ ކަމަށް ކޮމިޓީއެއް ވެސް ހޯމް މިނިސްޓްރީން އެކުލަވާލި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިފެހެއްޓުމެއްނެތް ކަރުނަ
09 October 2019
ދެން ތިހުރިހާ ކަމެއްވެސް ފެންމަތިވާނެ. އަޅާލުމާ އޯގާތެރިކަންވަނީ ކުށްކޮށް އެކުށްތަކުން ސަލާމަތް ނުވެވި ޖަލުތަކުގެ ތޭރިތަކުގެ ދަށުގާ ތިބިމީހުނަށް އެކަނި. އެމީހުންގެ ޝަކުވާތައް އަޑުއަހާނެ. އަދި އެމީހުން ބޭނުންވާ ހުރިހާކަމެއްވެސް ފުދެމުންދާނެ. އެހެޔޮ މިހާރު އެމީހުނަށް ކުރަމުންދާ 15000 ރުފިޔާ 25000 އަށް ބަދަލުކުރަން ޖެހުނަސް.
ބަނާނާ ސަރުކާރު
09 October 2019
ކައުންސިލް އިންތިހާބަށް ޖަލު ދޮވެލަން މިއުޅެނީ.. މޑޕ ބްލީޗުން ސާފުކުރުމުން އެކަކުވެސް ސާފުނުވެ ނުހުންނާނެ.. ޖަލުސާފުކޮށްފަ އެތަނުގަ ކުދިބަތާ ބިންބި ހެއްދުމަށް ކަރެކްޝަނާ ހަވާލުކުރޭ.. މިއީ ރައްޔިތުންއެދޭގޮތް ސްޕަރމެޖޯރިޓީގެ ބޭނުންމިއީ ރައްޔިތުން ދަންފަޅި ބަހައިގެން ގެދޮރުގެ ރައްކާތެރިކަން ކަށަވަރުކުރޭ މަގުހިގާއިރު ހަށިރައްކަލަކަށް ކޮއްމެ ރައްޔިތަކަށް އެއްޕާޓޭ ކައިރީގަ ގެންގުޅެންފަށާ.. މާތްﷲ އަޅަމެން ރައްކާތެރިކުރައްވާށި..
ކޮސްޑް
09 October 2019
ހޫނ ދެން ރޮލާ ތިއްބާ ދޫކޮށްލާ އެންމެން! އެމީހުން ރޯ ފިލާ އިސްލާހުވަންދެން ނުބައިތިއްބާ އިރު އިރު ކޮޅާ ނެރުނީމަ ވޭތަ؟ ނޭރޭ އިރަށް ކޮންމެސް ކަމެއް ކޮށްގެން ވަންނަން ވެފަ ތިބެނީ!
ވާލުސޮރު
09 October 2019
މަޖްލިސް ހިނގާ ސްޕީޑުގައި ޖުޑީޝަރީ ކޯޓުތައް ހިނގާ ނަމަ މިއަށްވުރެ އަމާން ގައުމެއް ނޯންނާނެ
ސަކީނާ
09 October 2019
ހުރިހާ އެންމެންގެ ޝަކުވާ މިދަނީ މަޖްލީހަށްދޯ. މަޖްލީހުން އަވަސް ހައްލެއް ހޯދައިދޭނޭކަމުގެ އުންމީދު އޮތީމަ. މެމްބަރުންނަށް އިތުބާރުކުރާތީވެ.
ޖާބެ
09 October 2019
ހެހްހެއް ޝޭޙް އިމްރާން ފެއިލްވަނީ މައްސަލައަކީ ސިޔާސީ މުދައްބިރުންކަމައް ވަކާލާތުކުރާތީ ، އައްމިލަޔައް ގޯސްހަދަނީ ގޯސްހެދޭއިރަކު ނޭންގޭ މައްސަލައަކީ ހަވާލުވަތީ ކަންކަމާ ހޫނުފެނައްލީމަ ފެނެޔެއްނުވާގޮތް..